ދިވެހިރާއްޖޭގައި މިހާރު އޮތް ސިޔާސީ ޕާޓީތަކުގެ ތެރެއިން ޕްރައިމަރީ ބާއްވާ ހަމައެކަނި ޕާޓީއަކީ ވެރިކަންކުރާ ކޯލިޝަންގައި ހިމެނޭ އެންމެ ބޮޑު ޕާޓީ، އެމްޑީޕީކަމަށް ވިދާޅުވެ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު އީވާ އަބްދުﷲ، ޖޭޕީ އަށް ނިސްބަތްވާ ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހުށަހެޅި އިސްލާހާއި ދެކޮޅަށް ވާހަކަފުޅު ދައްކަވައިފިއެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ބަދަލު ގެނައުމަށް ދިއްދޫ ދާއިރާގެ މެމްބަރު އަބްދުއްލަތީފް ހުށަހަޅުއްވާފައިވާ، އިސްލާހާއި ދެކޮޅަށް އީވާ ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން އީވާ ވިދާޅުވީ، އެމްޑީޕީއަކީ ޑިމޮކްރަސީގައި އޮންނަ އުސޫލުން ކަންކަން ކުރުމަށް އަންނަ ޕާޓީއެއްކަމަށެވެ.

"އެމްޑީޕީން އެކަނި ޕްރައިމަރީޒް ބާއްވަނީ. މި އިސްލާހު ހުށަހެޅީމާ މިއީ އެމްޑީޕީއާ ގުޅޭ އިސްލާހެއް. އަޅުގަނޑުމެން ތިން ހަތަރު މަސް ދުވަހުގެ ތެރޭގައި އެބަދަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް، މިއަދުވެސް އަޅުގަނޑުމެންނަށް ފެންނަނީ ފުލުފުލުގަ ފުލުފުލުގަ މަޖިލީހަށް ކުރިމަތިލާތަން. 84 ގޮނޑިއަށް ތިން ހަތަރު މީހުން އެބަ ކުރިމަތިލާ. އެއީ އަޅުގަނޑުމެންގެ ގަބޫލުކުރާ ގޮތުގައި އެންމެ ހަރުދަނާ ސިފައަކީ އެތެރޭގައި ވާދަކުރުމަކީ. އިންތިހާބަކުން ދެމިގަންނަ މީހާއަށް ޓިކެޓު ލިބެންޖެހޭނެ. ޕާޓީގެ ވެރިމީހާ މިހެން މިހެން ހޮވާލީމަކާނޫން އެމްޑީޕީން ޓިކެޓު ދެނީކީއެއް،" އީވާ ވިދާޅުވިއެވެ.

އަބްދުއްލަތީފް ހުށަހެޅުއްވި ބިލުގައި ވަނީ ޕާޓީތަކުގެ ޕްރައިމަރީން ބަލިވާ ކެނޑިޑޭޓުންނަށް އިންތިހާބުތަކުގައި ވާދަނުކުރެވޭނެކަމަށް ބުނެފައި އޮންނަ އިސްލާހު އުވާލުމަށެވެ.

އިވާގެ އިތުރުން އެމްޑިޕީގެ ގިނަ މެމްބަރުން ދެކިލައްވާގޮތުގައި ޕާޓީގެ ޕްރައިމަރީން ބަލިވާ މީހާއަށް އަލުން އިންތިހާބުގައި ބައިވެރިވުމުގެ ފުރުސަތު އޮވެގެން ނުވާނެއެވެ. ސަބަބެއްކަމުގައި މެންބަރުން ބުނަމުން އައީ އެކަމަކީ ދުނިޔޭގައި ބޮޑެތި ގައުމުތަކުންވެސް ކަންތައްކުރަމުން އަންނަ ގޮތް ކަމަށްވާތީއާއި އެކަމަކީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފުކަމަށްވާތީ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. އެދުރުބެ

    ހުރިހާ އަންހެންވެރިން ބުރުގާއެޅިއިރު ރައްޔިތުންގެ މަޖިލިސްގެ މެމްބަރެއް ބުރުގާއާއި ދުރުގައި! ތީ ރާއްޖޭގެ ރައްޔިތުން ރަނގަޅުކުރަންތިބޭ މީހުން މިސްމިސް

  2. ނައިބުތުއްތު

    މިހާރު ތިބި މެންބަރުންނަށް އެމީހުންގެ އުމުރުދުވަހަށް އިތުރު އިންތިޚާބަކާނުލާ މަޖިލީހުގައި ތިބެވޭނެގޮތަށް ޤާނޫނުތައް ބަދަލުކޮށްލަން ފެނޭ.

  3. އިންސާނާ

    އީވާ މާގައްޑާވެން އުޅުއްވާނެ ކަމެއްނެއް ކިތަމްމެ ޑިމޮކްރަސީ ވިޔަސް މަންޖެއައްވެސް ލިބޭނީ ހުދު ފޮތިކޮޅަކާ 3 ފިލާ ބަލަންވީ ހައްގު މިންވަރުލިބިގެންދާދުވަހުން އިފާފާގަތިކަން ލިބޭތޯ

  4. ކަރާ

    އެހެވެދޯ މިދިޔަ އިންތިޚާބުގަ ޕްރައިމަރީއާނުލާ ނަޝީދަށް ޓިކެޓް ދިނީ. އޭރަކަު ދުނިޔެއަކު އޮންނަގޮތެއްނޫންދޯ އެއީ. މިހާރުތަ އެކަން އުފަންވީ

  5. ދޮންދުބުރިމާ

    އީވާގެ ބަރުދަނައްވުރެ ބުރަ ވާހަކަ ދެއްކުމަކީ ކައްޗައް އެޅުނު ބިންގަލެއް

  6. މާރިޔާ

    ފޮނުވާކޮމެންޓްޖަހަންނުކެރެނީކީއްވެބާ

  7. އިންސާފު

    ތީވެސް ޔާމީނު ކުރި ކަމެއް އެހެންވީމަ ތިކަންވެސް ޖެހޭނެ ބަދަލު ކުރަން މިހާރު ޑިމޮކްރަސީ އޭކިޔާނެ ކަމެއް ނެތް...

  8. އިންސާފު

    ނަޝީދު ޕާރޓީގެ އިސްމަގާމުގަ ހުރެގެން ތިކިޔާ ޕްރައިމަރީގައި ވާދަކުރަނީ ކޮބާ ޑިމޮކްރަސީގެ އުސޫލުތައް.. ކަލޭމެން ބޭނުންވީމަ ޑިމޮކްރަސީ ފެއްނަނީ... ސެލްފިޝް ޕީޕަލް

  9. އެއްކަލަދުނިޔެނެރުނީ

    ދުނިޔޭގެ ބޮޑެތި ގައުމުތަކޭ ތަރައްގީ ގައުމުތަކޭ ޑިމޮކްރެޓިކް ގައުމުތަކޭ ކިޔަކިޔާގެން ހަޅޭލާއިރު، އެގައުމުތަކުގަ ނަގާ އިންކަމްޓެކްސް މިގައުމުގަ ނުނެގިގެން މިއުޅެނީ ކީއްވެ؟ ނޫނީ އެކަމާ ކަލޭމެން ނޫޅެ ތިތިބެނީީއްވެ؟ އެކަންފުރަތަމަ ކޮށްފަ ދެން ބޮޑެއްޗޭ ރީއްޗޭ ހެޔޮވަރޭ ކިޔަންއުޅެބަލަ!

  10. އެހެންތަ؟

    ބޮޑުބޭ ބުނާ މީހުން ނަގަން މިހާރުވެސް ތިތެޅެނީ.ނަމެއްގަ ޕްރައިމަރީ ލޮލުގަ އަދުން އަޅުވަން.ބޮޑުބޭ ބުނީތީ ހޯރަބޭ ދޫކުރީ،ހަމަ އެހެން ޕާޓީތެރެއޮތީ،ހިއްވަރެއް ހުރިއްޔާމު ގަލޮޅު އުތުރު ދާއިރާ ބޮޑުބޭ އާ ދެމީހުން ކުރިމަތިލަބަލަ.ގައިމު ބޮޑުބެ އަކީ މައްޗަންގޮޅި މެދު މީހެއް ނުން.އެއީ ގަލޮޅު އުތުރު މީހެއް.

  11. ޙަމީދު

    ޢަޅުގަނޑުމެންމީ މޑޕ އާއެކު އެތައްއަހަރަކު މަގުމަތީގަޔާ އެމީހުންބުނިގޮތަކައްއުޅުނުމީހުން
    ހަސަންސޯބިރު މެނަކީ މެލޭޝިޔާގަ
    ކާރުދުއްވާ ލަދުއްވާލަ ތިބިމީހުން އޭނައަކަށް ހައްގެއްނުވާނެ މޑޕ ސަރުކާރުގަ ވަޒީފާދޭކަށް އަހަރެން ވަރަށްރުޅިއާދޭ

  12. ސަލީމު

    ޢީވާމެންއެބަވިސްނަންޖެހޭ އެމްބެސެޑަރުންނަށް މީހުންލާއިރު މޑޕ އަށް ކިހާތެދުވެރިބައެއްތޯ. ނަމެއްފޮނުވާއިރަށް ބަލާލަންޖެހޭ

  13. ޕޮފުބާ

    އެމްޑީޕީން މުޅިގައުމު ކާލާ

  14. މިއަދު

    ރާއްޖޭގައި މިހާރު ހެދިފައިއޮތް ޤާނޫނު އަސާސީ އާއި އެޤާނޫނު އަސާސީގެ ދަށުން ހެދިފައި އޮތް ޤަވަޢިދު ތަކާއި އުސޫލުތައް އުވާލާ މިގައުމު ޖަންގަލީގެ އުޞޫލަށް ދޫކޮށްލުމަށްފެނޭ

  15. އިނޫ

    ބުރުގާ އެޅުމާ ނޭޅުމަކީ އެމީހެއްގެ އަމިއްލަ ކަމެއް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހަކު މީހަކާ ބެހޭކަމެއްނޫން އީވާ ބުރުގާ ނޭޅީމާ އެކަމުގެ ސުވާލު އަންނާނީ އީވާއަށް މީހަކާ ބެހޭކަމެއްނޫން

  16. ޒުލްފިގާރު.

    އީވާ ކޮން އިރަކު ލޭމައްޗައްދާންފެށީ .. ބަލަ އެމްޑީޕީ އަކީ އެންމެނައްވެސް އިގޭގޮތުގައި ޑިމޮކްރަސީ އަށް ވަރއް ބީރައްޓެހިބައެއް ..ބަލަ ތިޔަޕާޓީ ގައި ޕްރައިމެރީ ބޭއްވިއަސް ޓީކެޓް ޑޭންޖެހޭ މީހުންގެ ލިސްޓް ހަދައިނިމިފައިވާ ކަން އާއްމުމެންބަރުނައްވެސް މިހާރުވަނީ އިނގިނިމިފައި. ނުފޫޒް ގެ ބޭނުންކޮއްގެން ނަޝިދު މިނވަން ކޮއްގެންވެސް ތިޔައުޅޭނީ

  17. އިނޫ

    ރަގަޅުވާހަކައެއް ބުނެފިނަމް އެމީހެއްގެ ބޮލުފޮތިކޮޅޭ އަޅައިގެންގުރި އައިނޭ ނުގޮވާ އެބުނާ ކަމަކާމެދު ވިސްނަބަލަ

  18. ހެޔޮއެދޭ

    މި މަންޖެއަށް އަވަހަށް ހެޔޮވިސްނުން ދެއްވާނެ ނަމަ ދޯ

  19. ހދ

    ޕްރައިމަރީއަކީ ޕާޓީތަކުގެ އިސްމީހުންބޭނުންވާ
    ގޮތަކަށް ނަތީޖާ ނެތެމުންއަންނަ ވިއާނުދާ އުސޫލެކެވެ ނަމުގަޑިމަކްރަސީ ކަމުގައި ޚޮދުމުޚްތާރުސިފަތަކެވެ އެހެންވީމާ ޕްރައިމަރީ
    އޮތަސް ނެތަސް ވާދަކުރެވެން ޖެހޭނެއެވެ
    މޑޕ އަކީ ޑިމަކްރަސީ ނަންބޯޑެއް ހަރުކޮށްގެން އުޅޭ ޚޮދުމުޚްތާރިު ޕާޓީއެކެވެ އެއީ
    ރައްޔިތު އެންމެން ދަންނަ ހަގީގަތެކެވެ

  20. މިއަދު

    އީވާ މިއޮތީވަކަމެއް ޖޭޕީގެ އަތްދަށުން މިގައުމު ސަލާމަތްވާނީ އިބޫ ވެރިކަމުން ބަލައިގެން އެމްޑީޕީ ކުދިން ނުކުމެ މުޒާހަރާފަށާ އެއިރުން ޕީޕީ އެމްކުދިންވެސް ބައިވެރިވާނެ އިބޫވެރިކަމުން ދުރުކުރެވިގެން މެނުވީ ޖޭޕީގެ ކޮރަޕްޝަނުން މިގައުމު ސަލާމަތްވާކަށްނެތް އަންނިވެރިކަމަށްގެނަސްގެންމެނުވީ އެމްޑީޕީ ކުދިން ބޭނުންވާ ވެރިކަމެއް މިގައުމަކު ނުކުރެވޭނެ

  21. ހަމީދު

    ލިޔުމުގައި ވާގޮތުން ލަތީފްއާ ދެކޮޅަކައް އީވާ ވާހަކައެއް ނުދައްކައެއްނު

  22. ބޮޑު އަނގަ

    ޢިބޫ އަށް ޓިކެޓު ލިބުނީ ، ޕުރައިމަރީ ބާވާފަތޯ! ޙެ ހެ ހެ ހެ ެހެ ެ