އެކްޓިން ޕޮލިސް ކޮމިޝަނާގެ މަގާމަށް މުހައްމަދު ހަމީދު (އެމްސީ) އައްޔަން ކުރައްވައިފިއެވެ.

އެކްޓިން ޕޮލިސް ކޮމިޝަނާގެ މަގާމަށް އެމްސީ ހަމީދު އައްޔަން ކުރެއްވީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމުން ހަމްދޫން ރަޝީދު ވަކިކުރުމަށް ފަހުއެވެ.

އެކްޓިން ޕޮލިސް ކޮމިޝަނާގެ މަގާމަށް އެމްސީ ހަމީދު ހަމަޖެއްސީ ޑެޕިއުޓީ ޕޮލިސް ކޮމިޝަނާގެ މަގާމަށް ޕްރޮމޯޓް ކުރުމަށް ފަހު އެވެ.

ރައީސް އޮފީހުން މިއަދު ވިދާޅުވީ އަދި ރައީސުލްޖުމްހޫރިއްޔާވަނީ، ކޮމިޝަނަރ އޮފް ޕޮލިސްގެ މަގާމު މިވަގުތު ހުސްކޮށް އޮތުމާގުޅިގެން، އެ މަގާމުގެ މަސްއޫލިއްޔަތުތައް، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދާ ވަގުތީގޮތުން ހަވާލުކުރައްވާފައި ކަމަށެވެ.

ސުޕްރީމް ކޯޓުގެ ޙުކުމާއި ގުޅިގެން އެމްސީ ހަމީދަށް އަލުން ވަޒީފާ ދިނީ މިމަހުގެ 04 ވަނަ ދުވަހު އެވެ. އެދުވަހު އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސްގެ މަގާމަށް އޭނާ ޕްރޮމޯޓް ވެސް ކުރިއެވެ.

ޗީފް ސުޕްރިޓެންޑެންޓްގެ ރޭންކްގައި ހުއްޓާ އޮގަސްޓް، 2012 ގައި ހަމީދު ވަޒީފާއިން ވަކިކުރީ ފުލުހުންގެ ސިއްރު މައުލޫމާތުތަކެއް ލީކު ކުރުމުންނެވެ.

ނަމަވެސް ސުޕްރީމް ކޯޓުން މިމަހުގެ 02 ވަނަ ދުވަހު ޙުކުމް ކުރީ އެމްސީ ހަމީދު ވަޒީފާ އިން ވަކިކޮށްފައި ވަނީ އިޖުރާއަތުތަކާއި ހިލާފަށް ކަމަށާއި އެހެންކަމުން އޭނާ އަށް އަލުން ވަޒީފާ ދިނުމަށް އަމުރު ކުރާ ކަމަށެވެ. އެމްސީ ހަމީދަށް އަލުން ވަޒީފާ ދޭން ޙުކުމް ކުރި ނަމަވެސް އޭނާ ފުލުހުންގެ ސިއްރު މައުލޫމާތުތައް ލީކް ނުކުރާކަމަކަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ނެތެވެ.

އެމްސީ ހަމީދާއި ރައީސް ސޯލިހަކީ ދެޅިއަނުންނެވެ. ރައީސްގެ އަނބިކަނބަލުން ފަޒްނާ އަހްމަދާއި ހަމީދުގެ އަނބިކަނބަލުން ނަޒީހާ އަހްމަދަކީ އެއްބަނޑު އެއްބަފާ ދެބެންނެވެ.

ކިޔުންތެރިންގެ ހިޔާލު

13 ކޮމެންޓް

  1. އަފީ

    ފުލުހުންގެ އިންޓެލިޖެންސްގެ މައުލޫމާތުތައް ލީކްކޮށްލި މީހަކު ހުދު ކާފޫރަށް ވެއްޖެ!

  2. ބޯހަލާކު

    ބޮޑުމަންޒަރު މިފެންނަނީ. ވަޒީފާއިން ވަކި ނުކުރަން ވަޢުދުވި ގްރޫޕް ޔާމީނަށްވުރެ ނުބައިވާތަން މިފެންނަނީ. ކުށެއްގަ ބޭރުކޮށްފަ ތިބި ބަޔަކަށް މުއައްސަސާގެ ވެރިކަން ދިނުމުން އެނގގެންދަނީ ހަގީގަތުގަވެސް އެމީހުން އެކުށްވަނީ ކޮށްފައޭ އެމްޑީޕީ ހިތްހަމަ ޖައްސަން. ފުލުހުންނާ ސިފައިންގެ ވެރިންނަށް ވާން ޖެހޭނީ ވަކި އަތަކަށް ނުޖެހި ތިބިކަމަށް ފެންނަ މީހުން. ހަމީދާ ޝަމާލްއަކީ އެމްޑީޕީއަށް ގޮސް ހުސްވެފަތިބި ދެމީހުންކަން އެނެމެނަށްވެސް އެނގޭ. އިތުބާރު ގެއްލިއްޖެ.

  3. އިނޫ

    މަރުހަބާ ސާރ

  4. ނަން

    ????

  5. ހިންނަވަރު

    އަހަރެން ވަރައްރަނގަޅައްދައްނަ ސޮރެއްތީ

  6. ނުރަބޯ

    އެއްފުޅަށް މަތިން ފުއްމާލި ބަކަރި އަނެއް ހާސް ފުޅައްމަތިންވެސް ފުއްމާލާނެޔޭ ބުނެއުޅޭ.

  7. Miadhu

    ދިރިތިބިމީހުން ކަތިލުމުގެކުރިން މިސަރުކާރު ބަދަލުކުރަން ނުކުންނަމާ ހިނގާ

  8. ޕީޖޭ

    ފުލުހުންގެ ކަމިޝަނަރ އަދި ޑެޕިއުޓީ އަކީ ރައީސް ކަނޑައަޅުއްވާ ދެމަގާމް އެހެން ވީމަ އެހިސާބުން ފުލުހުންގެ މުއައްސަސާ ކޯލިޝަނާއި ގުޅުނީ، ސަބަބަކީ ފުލުހުންނަކީ ހައިރާކީ ފޮލޯ ކުރަންޖެހޭ ބައެއް، ގާނޫނާއި އެއްގޮތަށް ވާނަމަ..ގާނޫނާއި ޙިލާފަށް ކަމެއް ކުރުމަށް މައްޗަށް ހުރި ވެރިޔަކު އަންގައިފިނަމަ އޭގެއަށް ނޫނެކޭ ބުނަން ދަސްކުރަންވީ..މައްޗަށް ހުރި މީހަކު ކުށެއް ކުރިޔަސް ރައީސް މީހާ ކުށެއް ކުރިޔަސް އެމީހަކު ގާނޫނާއި ހުވަޔާއި އެއްގޮތަށް އަމަލުކުރީމަ ނިމުނީ، މިކަންވާނީ ދީނީ ގޮތުން ވަރުގަދަ ބަޔަކަށް ފުލުހުން ވެގެން.. މިރާއްޖޭގައި ބަޔަކީ ފުލުހުން، ފުލުހުން ނާއި ކުޅެން ހިތަށްވެސް ނާރުވާތި އަދި ސިފައިން މީގެތެރޭ ހިމެނޭ ގޮތަށް..

  9. އަލިބިޔާއްކަލޯ

    އެއްފުޅަށް މަތިން ފުއްމާލި ބަކަރި އަނެއް ހާސް ފުޅައްމަތިންވެސް ފުއްމާލާނެޔޭ ބުނެއުޅެ އެވެ

    ބޮޑު ގައްދާރު

    ބޮޑު ގައްދާރެތް

  10. އަލިބިޔާއްކަލޯ

    އެއްފުޅަށް މަތިން ފުއްމާލި ބަކަރި އަނެއް ފުޅައްމަތިންވެސް ފުއްމާލާނެޔޭ ބުނެއުޅެ އެވެ

    ބޮޑު ގައްދާރު

    ބޮޑު ގައްދާރެތް

  11. އުފް

    ޤައުމު ހަލާކުވެ ނިމިއްޖެ، މަގުތަކަށް ނިކުންނަން ގޮވާލަން.

  12. ކޮމާ

    އެމްސީ ހަމީދަށް އަލުން ވަޒީފާ ދޭން ޙުކުމް ކުރި ނަމަވެސް އޭނާ ފުލުހުންގެ ސިއްރު މައުލޫމާތުތައް ލީކް ނުކުރާކަމަކަށް ސުޕްރީމް ކޯޓުގެ ޙުކުމުގައި ނެތެވެ. ކުއްވެރިންނަށް ޣައްދާރުންނަށް ތިފަދަ ޒިންމާދާރު މަގާމުތައް ތި ހޥަލުކުރަނީ. އިބޫ ތިހައަދަވަނީ ގޯހެއް. އަޔައް ގޮވާނެ.

  13. ގަސްލި

    އިބު އެބުނާ ނަޒާހަތްތެރި ކަމާ އިހިލާސްތެރި ކަމަލީ މިއީތަ