މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވުމުން އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުން މީސްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަން ފަށައިފިއެވެ.

ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުނު އަލިމަސް ޔޫބީލު ފާހަގަ ކުރުމަށް ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޝަހީބު ވެސް ހިމެނިވަޑައިގަންނަވާހެން އަށް ބޭފުޅަކަށް "ނޫސްވެރިކަމުގެ އަލިމަސް ގަލަން" އަރުވާފައިވަނީ، ނޫސްވެރިކަން ކުރިއަރުވައި، އެ ދާއިރާ އިން ދިގު މުއްދަތަކަށް ކޮށްދެއްވާފައިވާ ގިނަގުނަ ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވިއިރު، ޝަހީބަކީ ދިވެހި ނޫސްވެރިކަމަށް ތަފާތު ސްޓައިލެއް ގެނެސްދެއްވި ނޫސްވެރިއެކެވެ. އިޝޫ ނެގުމާއި، ގެނެސްދޭ ގޮތް ވަރަށް ތަފާތެވެ. ހަވީރު ނޫހަށް ކުޅިވަރު ކަވަރު ކުރަމުން އެ ނޫހުން ނެރުނު ހުވާސް މަޖައްލާގެ އެޑިޓަރުކަން ވެސް ކުރައްވާފައިވާ ޝަހީބު ވަނީ ނޫސްވެރިން ތަމްރީނު ކުރުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައެވެ.

އެމްޑީޕީ އެކްޓިވިސްޓުންގެ ފާޑުކިޔުންތައް ޝަހީބަށް އަމާޒުވެފައިވާއިރު، ވޭތުވެދިޔަ ސަރުކާރުގެ ތެރޭގައި އަބުރުގެ ޤާނޫނުގެ ދަށުން އެމްޑީޕީ އެކްޓިވިސްޓުން ލޯބިވާ "ރާއްޖެ ޓީވީ" ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކޮށްފައިވާކަން ފާހަގަ ކޮށްލެވެއެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ ދާއިރާ އިން ޕީއެޗް.ޑީ ހާސިލްކުރެއްވި ފުރަތަމަ ދިވެއްސަކަށް ވެވަޑައިގެންނެވި ޑރ. އަލީ ރަފީގަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވިއިރު، އޭނާއަކީ "ހަވީރު" ނޫޙުގެ ކުރީގެ އެޑިޓަރު އަދި ރާއްޖެއަށް އިންޓަނެޓް ތައާރަފް ވުމުގެ ކުރިން 1977 ވަނަ އަހަރު ރާއްޖޭގެ އެންމެ ފުރަތަމަ އޮންލައިން ހަބަރު ނެރެން ފެއްޓެވި ބޭފުޅާއެވެ. ދިވެހި ނޫސްވެރިކަން ޒަމާނީ ކުރި ޑރ. އަލީ ރަފީގު މިހާރު ގެންދަވަނީ ޔޫއޭއީގެ ޔުނިވަރސިޓީއެއްގައި ނޫސްވެރިކަން ކިޔަވައިދެއްވަމުންނެވެ.

"އާފަތިސް" ނޫހުގައި އިސް ދައުރެއް އަދާކުރެއްވި އަބްދުﷲ ނައީމް އިބްރާހީމަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވިއިރު، އޭނާއަކީ 1980 ގެ ކުރީކޮޅު ހަވީރު ނޫހުން މި ދާއިރާއަށް ތައާރަފްވެ، "އާފަތިސް" ނޫހުން ވިދާލި ބޭފުޅެކެވެ. އޭނާ ވަނީ ރާއްޖޭގެ ލިޔުންތެރިކަމަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވައި، ގިނަ އަދަދެއްގެ ތަރުޖަމާ އަދި އަމިއްލަ ފޮތްތައް ލިޔުއްވާފައެވެ.

"މިހާރު"ގެ އެޑިޓަރު މޫސާ ލަތީފަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވިއިރު، އޭނާއަކީ ކުޅިވަރު ނޫސްވެރިއެއްގެ ގޮތުގައި ދާއިރާގެ ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ނަމަވެސް ހުރިހާ ދާއިރާއެއްގައިވެސް ގަލަން ހިނގާ ލިޔުންތެރިއެކެވެ. ނޫސްވެރިކަމުގެ ޤައުމީ އިނާމާއި، ނޫސްވެރިކަމުގެ ރިހި ގަލަން ހާސިލް ކުރައްވާފައިވާ މޫސާ ލަތީފް ވަނީ "ހަވީރު" ނޫހުގެ އެޑިޓަރުކަން ކުރައްވާފައެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވި މުހައްމަދު ސައީދު މޫސާ ވަޖުދީ އަކީ 1980 ގެ އަހަރުތަކުގައި ވިދާލި، މިހާރުގެ ސްޓައިލަށް ކުޅިވަރު ހަބަރު ގެނެސްދޭން ފެއްޓެވި ނޫސްވެރިޔާއެވެ. ފަހުން ހަވީރުގެ އެޑިޓަރުކަންވސް ކުރެއްވި ވަޖުދީ ވަނީ އެ ނޫހުގެ އައްޑޫ އަތޮޅު ބިއުރޯވެސް ހިންގަވާފައެވެ.

ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވި ހޯރަފުށީ މުހައްމަދު ސަލީމަކީ ފުލްޓައިމްކޮށް ނޫސްވެރިކަން ކުރި އެންމެ ފުރަތަމަ މަދު މީހުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ އެކެއް އެއްބޭފުޅެކެވެ. "ހަވީރު" ގެ އެޑިޓަރުކަން ކުރެއްވިއިރު، ބައެއް އެހެން ނޫސްތައް ވުޖޫދަށް ގެންނެވުމަށްވެސް މަސައްކަތް ކުރައްވާފައިވާ ސަލީމަށް ނޫސްވެރިކަމުގެ ޝަރަފުގެ އިނާމާއި، ނޫސްވެރިކަމުގެ ރަން ގަލަންވެސް ލިބިވަޑައިގެންފައިވެއެވެ.

ސަން އޮންލައިންގެ ޗީފް އެޑިޓަރު ހިރިގާ އަހުމަދު ޒާހިރަށްވެސް ނޫސްވެރިކަމުގެ އަލިމަސް ގަލަން އަރުވާފައިވާއިރު، އޭނާ ވަނީ ހަވީރު ނޫހުގެ މެނޭޖިން އެޑިޓަރުގެ މަޤާމާއެކު ނޫސް ހިންގެވުމުގެ ޒިންމާ ވަރަށް ގިނަ ދުވަހު އަދާކުރައްވާފައެވެ. ފާޑުކިޔުމުގެ ނޫސްވެރިކަން ރާއްޖޭގައި އާލާ ކުރެއްވި ކޮލަމިސްޓެއްގެ ގޮތުގައި ހިރިގާ މަޝްހޫރުވެފައިވާއިރު، އޭނާ ވަނީ ނޫސްވެރިކަމުގެ ޤައުމީ އިނާމުވެސް ހާސިލްކުރައްވާފައެވެ.

ދިވެހި ނޫސްވެރިކަމުގެ އަލިމަސް ޔޫބީލް ފާހަގަކުރުމުގެ ގޮތުން ބޭއްވެވި ރަސްމިއްޔާތުގެ ތެރެއިން - ފޮޓޯ: ރައީސް އޮފީސް

ވީމީޑިއާގެ އިސް ހިންގުންތެރިޔާ އިމާދު ލަތީފަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އަރުވާފައިވާއިރު، އިމާދަކީ މަޢޫލޫމާތު ހޯދޭނެ ގޮތްތައް މަދު ޒަމާނެއްގައި ކުޅިވަރާއި ބޭރު ދުނިޔޭގެ ޚަބަރުތަކުން ދިވެހިންގެ މަޢުލޫމާތުގެ ހަޒާނާ މުއްސަނދި ކޮށްލަދިން ކުޅަދާނަ ނޫސްވެރިއެކެވެ. އެނާ ވަނީ ހަވީރު ނޫހުގެ ލިޔުންތެރިއެއްގެ ގޮތުގައި އަދި ޓީވީއެމްގެ ކޮމެންޓޭޓަރެއްގެ ގޮތުގައިވެސް ދިވެހިންގެ މަޤްބޫލުކަން ހޯދާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުޙައްމަދު ޝަހީބަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވުމުން އެމްޑީޕީއަށް ނިސްބަތްވާ އެކްޓިވިސްޓުން މީސްމީޑިއާގައި ހިތްހަމަނުޖެހުން ފާޅުކުރަން ފަށާފައިވާއިރު، ބައެއް ފަރާތްތަކުން ބުނެފައިވަނީ އެއީ ނޫސްވެރިކަމަށް ކުރި މަލާމާތެއް ކަމަށެވެ.

ޝަހީބަށް ނޫސްވެރިކަމުގެ އަލިމަސް ގަލަން އެރުވުމަކީ "ޖޯކެއް" ކަމަށާއި، ވޭތުވެދިޔަ ފަސް އަހަރު ނޫސްވެރިކަމުގެ ދާއިރާ ވެއްޓިގެންދިޔަ ދިއުމުގެ ޒިންމާ ނަގަންޖެހޭ ފަރާތަކީވެސް ޝަހީބް ކަމަށް ބައެއް ފަރާތްތަކުން ވަނީ މީސްމީޑިއާގައި ބުނެފައެވެ.

މީގެ އިތުރުން ދިވެހި ނޫސްވެރިކަން ކުރިއަރުވައި ދެމެހެއްޓުމަށް ދިގު މުއްދަތެއްގައި ގިނަގުނަ ޚިދުމަތް ކުރައްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކޮށް، "ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން" ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް ހިމެނިވަޑައިގަންނަވާހެން އަށް ބޭފުޅަކަށް އަރުވާފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. ސަޒާ

    ރަތައް އެރިޔަސް ހަޤީގަތްވާނީ ހަޤީގަތައް

  2. މާމިގިލީ މީހާ

    މީ އެމްޑީޕީ އާ އިދިކޮޅު މީހުންނަށް ދޭ އެވޯޑެއް ތަ؟ ރައީސް ޔާމީނަށް ވެސް މި އެވޯޑު އަރުވަން ޖެހޭ.. ސޯލިހު މޮޔަފުޅު ވީތަ؟ ލޮލީ ޖާބިރު ހެން.. ޖާބިރު މިނިސްޓަރު ކަން ނުލިބިގެން އެހެރީ މޮޔަވެފަ..

  3. ބުއްޅަބޭ

    ރީދުލަށް އެރިޔަސް ގައުމަށް ޚިދުމަތްކުރުމަކީ ރީދުލަށް އަޅުކަންކުރުމެއްނޫން!

  4. ސޭޓުގެ އަންހެނުންގެ ފިރިމިހާ

    ތި ވެސް ލިބެންވީ ރަން ރީނދޫ ތުވިޓަރޭ މެނަށް އެކަނި

  5. ރައްޔިތުމީހާ

    އެމްޑީޕީ މީހުންބޭނުންގޮތަކަށް ކަންތައް ނުވާނެ. އޭރު ސަރުކާރު އަބުރުގެ ޤާނޫނެއް ފާސްކޮށަފއި އޮއްވާ އެޤާނޫނަށް ޢަމަލުކުރުމަކީ ޝަހީބު ގެ ވަޒީފާ ގެ ޒިއްމާއެއް. އެއީ ޝަހީބުގެ ގޯސްކަމުން ވީކމެއްނޫން. އޭރު މީސްމީހުންގެ އަބުރާބެހުމުން އަބުރާބެހުމުގެ ޤާނޫނުގެ ދަށުން ކުރިކަމެއް.ކޮންމެ ކަމެއްވެސް ތިއުޅެނީ ތިމާމެން ހިތުހުރި ގޮތަކަށް ކުރަން.

  6. ޖިންނި

    އެމް ޑީ ޕީ އުފާވާނީ މުރުތައްދު ސަލްމާން ރުސްދީ އަށް އަލިމަސް ގަލަން ދިނީމަ ، ވ ވ ވ އުފާވާނެ

  7. ާއަލީ

    މޑޕ އެކަނިދުނިޔޭގަ އުޅެން ވަނީ

  8. ހާމާނު

    އެމްޑީޕީ މީހުން އަރަންވާނީ ރީނދުލަށް. ރަތަށް އަރާނީ ގާސިމު. ދެން އަތްޖަހާ.

  9. ހަމަ

    ވެލިޒިނީއަށް ދިނީމަ ރީދޫމެން ހިތްހަމް ޖެހޭނެ

  10. ނަސްރީނާ

    އެތޭރޭގެ ފުއްގަޑު ހަރުވެ ރޫޅެން ފަށައިފި، ތި އޮތީ އެތެރެ އެތެރޭން ލިސްޓް އޮޅުވާލާފަ ދެން ކިތަންމެ ހިތްހަމަ ނުޖެހުނަސް ލައިވް ކޮއްދައްކަމުން ދިޔައެއްޗެއްގަ ނަންގޮވީމަ ޖެހޭނީ އިތްނުރުހުނަސް މޫނުމަތިން ހެވިފަ ހުރެ އިނާމް ހަވާލްކުރަން. ނަސީދައް ނުދީ މައުމޫނައް، ރާއްޛެ ޓީވީ ކުދިންނައް ނުދީ އެއްމެ މޮޅު ވީޑިޔޯ ޖަރނަލިސްޓް ކަން ޗެނަލް 13ގެ އަހަރުމެން ފަހުރުވެރިވާ ލަޔާލް އައް، ދެން އޮތް އިނާމު ގަނޑުވެސް ރާއްޖެޓީވީ ކުދިންނައް ނުދީ އެސަރަފުވެސް އެދިނީ ޝަހީބަށް. ކޮންމެ ކަމެއްވެސް އަޑިން ކުޅެކުޅެތިއްބަ ލައްކަރީއްޗައް މިފަހަރު އަޑިން ކުޅެވިއްޖެއެއްނު، ދެން ސޯލިހު ނުރުހުނަސް އަތްޖަހާ... ލޮލް

  11. އަހުން

    އެމްޑީޕީ މީހުން ދެން ހޭބަލިވޭ ތިއޮތީ ތިކަން ކޮށްފަ ދެން ލަލަލާ.