މުސްލިމު 58 ގައުމު ހިމެނޭހެން އެކުލަވާލާފައިވާ އިސްލާމީ އެންމެ ބޮޑު ޖަމްއިއްޔާ، އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރަކަށްވުމަށް އިސްލާމިކް ޔުނިވާސިޓީގެ ކުރީގެ ޗާންސެލާ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދަށް ހުށަހަޅުއްވައިފިއެވެ.

ރާއްޖެވެސް ހިމެނޭ އޯއައިސީ އާ ގާތް ގުޅުމެއް ބާއްވަމުން އަންނަ، ޑރ. ޝަހީމަށް އެ ޖަމްއިއްޔާގެ ސެކްރެޓްރީ ޖެނަރަލްގެ ހާއްސަ އެޑްވައިޒަރުގެ މަޤާމް ހުށަހަޅާފައިވާއިރު، އެ ޖަމްޢިއްޔާގެ މައި އިދާރާ ހުންނަނީ ޖިއްދާގައެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެންނެވި، ކުރީގެ ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ވަރަށް ހަރަކާތްތެރިކޮށް އުޅުއްވި ޝަހީމް، އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަމުން އިސްތިއުފާ ދެއްވާފައިވަނީ ނިމިދިޔަ ނޮވެމްބަރ މަހުގެ މެދުތެރޭގައެވެ.

ޝަހީމްގެ ޗާންސެލާ ކަމުގައި އިސްލާމިކް ޔުނިވަސިޓީ އިން ވަނީ ގިނަ ކުރިއެރުންތަކެއް ހާސިލް ކޮށްފައެވެ. ޔުނިވަސިޓީ އާއި ބޭރުގެ ޔުނިވަސިޓީތަކާއި އޮންނަ ގުޅުން ބަދަހި ކުރައްވާ މާލީ ގޮތުން ވަރުގަދަ ޔުނިވަސިޓީ އަކަށް އިސްލާމިކް ޔުނިވަސިޓީ ހެއްދެވުމަށް ޝަހީމް މަސައްކަތްތަކެއް ކުރެއްވެވިއެވެ. އަދި ގިނަ ކޯސްތަކެއް އިސްލާމިކް ޔުނިވަސިޓީގައި ތަޢާރަފް ކުރައްވާ އެކަށީގެންވާ ތައުލީމެއް ފޯރުކޮށްދޭ ޔުނިވަސިޓީ އަކަށް އިސްލާމިކް މިނިސްޓްރީ ކުރު މުއްދަތެއްގެ ތެރޭގައި ހެއްދެވުމުގެ މޭސްތިރިއަކީ ޝަހީމެވެ.

އިސްލާމިކް ޔުނިވަރސިޓީގެ ޗާންސެލަރުކަމުން އިސްތިއުފާ ދެއްވުމަށްފަހު، ދީން ފެތުރުމާއި، ސިޔާސީ ދާއިރާގައި ހަރަކާތްތެރިކޮށް ފެންނާނެކަމުގެ އިޝާރާތެއް ދެއްވާފައި ވީނަމަވެސް، ޝަހީމް ފެންނާނީ ސީދާ ކޮން ދިމާލަކުންކަން ހާމަކުރައްވާފައެއް ނުވެއެވެ. ނަމަވެސް ޝަހީމް ގެންދަވަނީ ސިޔާސީ މަޝްރަހުގައި ހިނގާ ކަންކަމަށް މީސްމީޑިއާގައި ފާޑުވިދާޅުވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. މިއަދު

    މަރްޙަބާ ޝަހީމު އިސްލާމްދީނަށް ޚިދުމަތްކުރުމަށް ލިބުނު މިފުރުޞަތު އުފަލާއެކު ޤަބޫލުކުރައްވާނެކަމަށް އުއްމީދުކުރަން

  2. އުފް

    މަރުޙަބާ ޑރ ޝަހީމް، ތީ އަޅުގަނޑުމެންގެ ތެރޭގައިވާ އަލިގަދަ ތަރިއެއް، ތި ތަރީގެ އަލި މި ޤައުމަށް އަދި ދުނިޔޭގެ އެކި ކަންކޮޅުތަކުގައިވާ އެންމެހާ މުސްލިމް އަޚުނަށް ބޭނުންވޭ، އިންޝާﷲ ކާމިޔާބު ދެއްވާނެ.

  3. ޤައުމު

    މަރުހަބާ ޑރ. ޝަހީމް. ތިޔައީ ދިވެހި ދަރިންނަކީ. ޝަހީމް އަކީ ހިންގުންތެރި ވަރަށް ޤާބިލް ބޭފުޅެއް. އެހުށައެޅުން ގަބޫލުފުޅުކުރައްވާ.

  4. عبدالله

    މަރުހަބާ ޑރ. ޝަހީމް. ތިޔައީ ދިވެހި ދަރިންނަކީ. އުސްތާޛު ޝަހީމް އަކީ ހިންގުންތެރި ވަރަށް ޤާބިލް ބޭފުޅެއް. އެހުށައެޅުން ގަބޫލުފުޅުކުރައްވާނެ ކަމަށް އުން

  5. عبدالله

    މަރުހަބާ ޑރ. ޝަހީމް. ތިޔައީ ދިވެހި ދަރިންނަކީ. އުސްތާޛު ޝަހީމް އަކީ ހިންގުންތެރި ވަރަށް ޤާބިލް ބޭފުޅެއް. އެހުށައެޅުން ގަބޫލުފުޅުކުރައްވާނެ ކަމަށް އުންމީދު ކުރަމެވެ.