ރައްޔިތުން މަޖިލީހުގެ މެންބަރު މާރިޔާ އަހްމަދު ދީދީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މާރިޔާ ފުލުހުންގެ ބެލުމުގެ ދަށުން ފުލުހުންގެ ވެހިކަލްތައް ކައިރިއަށް ގެންދިޔަ މަންޒަރު ނޫސްވެރިންނަށް ފެނުނެވެ. ނަމަވެސް މާރިޔާ ގެންދިޔައީ ކޮންތަނަކަށް ކަމެއް އަދި ކަށަވަރެއް ނުވެއެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުތީ ސަރުކާރު ހުއްޓުވާލާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް މުޒާހަރާގައި ބައިވެރިވަމުން ދަނީ މަދު އަދަދެއްގެ މީހުންނެވެ. ބައެއް ސަރަހައްދުތަކުން މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސަން ފުލުހުން ވަނީ ޕެޕަ ސްޕްރޭ ޖަހާފައެވެ.

އެކި ސަރަހައްދުތަކަށް އެއްވުމަށް މީހުން މަސައްކަތް ކުރި ނަމަވެސް މީހުން އެއްވާ ސަރަހައްދެއް ކައިރިން ފުލުހުންގެ ވެހިކަލް ފެންނަ އިރަށް މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކަށް އަމިއްލަ އަށް ގޮސް މުޒާހަރާ ރޫޅެއެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙަސަން

    ތި ދައިތަގަނޑު ދޫކޮށްނުލާތި.

  2. ހަމްނާ

    މޫދަަށް ލާބަލަ! ހޭ އަރާތޯ!

  3. ޒުނޭis

    ކިހާ ބޮޑުވެއްޖެ ކަމެއް ދެން މި މީހުންނާ ހެދި.ގޭގަ ތިބެބަލަ!

  4. Anonymous

    އަދިކިރިޔާ އެންޑީޕީ ބޮޑަކުތިހައްޔަރުވީ ކޮބާރުޒޭނާ ފިލީދޯވަގުގޮލައެއް އެހެންޏަ އަބަދުވެސްމިހައްޔަރުކުރަނީ އެއްބައެއް އަޑުއަހާފޫހިވެއްޖެ

  5. ބޭބެ

    މީނާގެ ފައި ބިންދާލަން ގޮވާލަން!! ގައުމުގެ ޣައްދާރު!!!

  6. އަބްދުއްލާ

    ހިއްސު ތައް ނަސީދަށް އޯޑިޔޯކޮށް.

  7. ސަންޕާޅާ

    ކޮބާ ފާރިސްގެ އަންހެނުން. އޭނަ ބުރުގާ ނާޅަނީ ހަަމަ މައުމޫނު ބުނެގެންހެންހީވަނީ. މައުމޫނު ވަރަށް ރުޅި އަންނާނެ ބުރުގާ އަޅާ މީހުންދެކެ.