ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު، ޔާމީން ރަޝީދު މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އަށް ސޮއި ކުރައްވައިފިއެވެ.

އެނޭ އެޕާޓީ އަށް ސޮއި ކުރެއްވީ މިއަދުއެވެ. މިކަން އިޢުލާން ކޮށްފައިވަނީ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސް އެއްގައެވެ. ޔާމީންގެ އެންމެ ފުރަތަމަ މަޖިލީހަށް ހޮވިވަޑައިގެންނެވީ އެމްޑީޕީގެ ޓިކެޓުގައެވެ. އެއަށްފަހު، އޭނާވަނީ ޕީޕީއެމް އަށް ސޮއި ކުރައްވާފައެވެ.

އެމްޓީޑީއަށް ސޮއި ކުރެއްވުމަށްފަހު މީޑިއާއާ ބައްދަލު ކުރައްވާ ޔާމީން ރަޝީދު ވިދާޅުވީ، އެމްޓީޑީއަށް ސޮއި ކުރަން ނިންމި ނިންމުމަކީ ކުއްލި ނިންމުމެއް ނޫން ކަމަށާއި، ވަރަށް ފުންކޮށް ވިސްނުމަށްފަހު މި ނިންމުން ނިންމެވީ، ދިވެހިރާއްޖޭގެ މުސްތަޤްބަލް އޮތީ އެމްޓީޑީއާ އެކުގައި ކަމަށް ޤަބޫލުފުޅު ކުރެއްވޭތީ ކަމަށެވެ.

"މިހާ ހަމައަށް އައިއިރު ދިވެހިރާއްޖެއަށް ތަފާތު ސިޔާސީ ފިކުރެއް ބޭނުންވާކަން އެބަ އެނގޭ. އެ ފުކުރަކީ އެމްޓީޑީ ކަމަށް އަޅުގަނޑު މިއަދު މި ނިންމީ. މިއީ ވަރަށް އުންމީދީ ނިންމުމެއްގެ ގޮތުގައި ދިވެހި ރައްޔިތުން ބަލައިގަތުމަކީ އަޅިގަނޑުގެ ވަރަށް ބޮޑު އެދުމެއް." ޔާމީން ވިދާޅުވިއެވެ.

ވެލިދޫ ދާއިރާގެ މެންބަރު، ޔާމީން ރަޝީދު އެމްޓީޑީ އަށް ސޮއި ކުރެއްވުމަށްފަހު މީޑިއާއާ ވާހަކަ ދައްކަނީ - ވަގުތު އިމޭޖަސް: ޢަލީ ވިސާމް

ޔާމީން ރަޝީދު ވިދާޅުވީ، އާ ފިކުރަކަށް، އާ ބޭފުޅުންނަށް ދިވެހި ސިޔާސީ ޖައްވުން ޖާގަ ލިބިގެން ގޮސްފައި އޮތްތަން ނުފެންނަ ކަމަށާއި، އެހެންކަމުން މިއަދު މަސައްކަތް ކުރައްވަނީ އާ ފިކުރެއް ދިވެހިރާއްޖޭގެ ސިޔާސީ ވެއްޓަށް ގެނައުމަށްޓަކައި ކަމަށެވެ.

"މިއީ ސިޔާސީ ގޮތުން މާ ހަރުކަށި ވިސްނުމެއްވެސް ނޫން، ސިޔާސީ ގޮތުން މާ ލޫޒީ ވިސްނުމެއްވެސް ނޫން. އެހެންވީމަ މެދުމިނެއްގައި އޮންނަ ސިޔާސީ ފިކުރަކީ ދިވެހިރައްޔިތުންނަށް މިއަދު އެންމެ ބޭނުންވާ ފިކުރު." ޔާމީން ރަޝީދު ވިދާޅުވިއެވެ.

އިތުރަށް ޔާމީން ރަޝީދު ވިދާޅުވީ، ދިވެހި ޒުވާނުންނަށް އިތުރު ފުރުޞަތުތަކެއް ފަހިވާންޖެހޭ ކަމަށާއި، ޒުވާނުން މިއަދު ވިސްނަންވީ ސިޔާސީގޮތުން ކުރިއަރާން ބޭނުންވާ ޒުވާނުންނަށް ފުރުޞަތު އޮތީ ކޮން ޕާޓީއެއްގައި ކަމާމެދުގައި ކަމަށެވެ.

"މިއީ ހުރިހާ ޒުވާނުންނަށްވެސް، ދިވެހިރާއްޖޭގައި ސިޔާސީ މުސްތަޤްބަލް ބައްޓަންކުރަން ބޭނުންވާ ކޮންމެ ބޭފުޅަކަށްވެސް މިއަދު ހުޅުވިގެން ދިޔަ ވަރަށް ބޮޑު ދޮރެއް، އެއީ އެމްޓީޑީ." ޔާމީން ރަޝީދު ވިދާޅުވިއެވެ.

މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) ގެ މުސްތަޝާރު އިސްމާއިލް އާސިފް އަށް ސިޔާސީ ޕާޓީއެއް އުފެއްދުމުގެ ހުއްދަ ދާދި ފަހުން އިލެކްޝަންސް ކޮމިޝަނުން ދެއްވުމުން އެ ޕާޓީއަށް އެންމެ ފުރަތަމަ ސޮއި ކުރެއްވީ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބެވެ. ޔާމީން ރަޝީދަކީ އެމްޓީޑީއަށް ސޮއި ކުރެއްވި ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ މެންބަރެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. މިއަދު

    ވެލިދޫ ދާއިރަގެ ކުދިންނަށް ފެހުރިހި ލިބޭނެ

  2. ހުސޭނުބޭ

    އޭތް! އަދި ޖެހޭނެ މަގޭ ދަރިފުޅުގެ ބާތުޑޭ ޕާޓީއަށްވެސް ސޮއިކޮށްދޭން!

    • މާނު

      ހުސޭނުބޭގެ ދަރިއެއް ހުރޭތަ؟

  3. ލޮލު

    މިކަލޭގެ ކޮންމެޕާޓީއަކައްވަދެފަބުނާނެ މީއެންމެރަނގަޅުޕާޓީއޭ ކޮންކަހަލަމީހެއްމީ...

  4. ހަޖަމިން

    ކޮބާ ޔާމީނަށް ވަފާތެރި އެންމެ ވަފާތެރި ކިޔައިގެން އުޅެފަ ކިހިނެއް ތިހެދީ ކޮއިފުޅާ!؟؟؟؟ އަދީބުގެ ލާރިގަނޑު ޕްރޮސެސް ކުރަން އެހީވާން ދިޔައިދޯ؟

  5. ޭލަނޑަޔާ ވާނީ ލަނޑަޔާ

    ލަދު ހަޔާތްވެސް ކުޑަ، ދިވެހިރައްޔިތުންގެ ފައިސާ ވަގަށް ކާލި އަދީބުގެ އެންމެ އަރިސް އެކަކުތީ، ވަގަށް ނެގި ލާރިން މީނައަށް ވެސް ބައި އެޅި، އަދި އަދީބު އަތުން ލާރި ނެގި އެންމެން ތިޕާޓީއަށް ސޮައިކުރާނެ، ތިހުންނަނީ ހައިރާންވާނެ ވަރުގެ ކަންކަމެއް ނޫން

  6. ކާސިމް

    ޓުރާންސްފާ ފީ ކިހާވަރެއްތަ؟

  7. ނުރަބޯ

    ފައްކާ ދެކޮޅަށްދެމޭ ރަބަރުގަނޑެއްތާ.