މޯލްޑިވްސް މީޑިޔާ ކައުންސިލާއި މިނިސްޓްރީ އޮފް ހޯމް އެފެއާޒް ގުޅިގެން ރޭ ބޭއްވި ނޫސްވެރިކަމުގެ އެވޯޑު ދިނުމުގެ ޙަފްލާގައި، އެންމެ މޮޅު ފީޗަރ ލިޔުންތެރިޔާގެ އެވޯޑު ހަވާލުކުރުމަށް އެރި ފަރާތަށް އޮޅުމެއް އެރިކަމަށާއި، އެވޯޑު ހިފައިގެން ފޭބުނީ ހީވި ހީވުމެއްގެ ސަބަބުންކަމަށް އޭނާ ބުނެފިއެވެ.

މި އެވޯޑު ލިބޭ ނޫސްވެރިޔާއަށް އެވޯޑު ހަވާލުކުރުމަށް ސްޓޭޖު މައްޗަށް އެރީ ވާހަކަ ލިޔުންތެރިޔާ އިބްރާހީމް ޙުސައިން މަނިކެވެ. އެ އެވޯޑު ލިބިފައިވަނީ އޮންލައިން ނޫސް "މިހާރު"ގެ އައިމިނަތު ޝިފްލީން އަށެވެ.

އިބްރާހީމް ޙުސައިން މަނިކު، އޮންލައިން ނޫސް "ސަން" އަށް މައުލޫމާތު ދެމުން ބުނެފައިވަނީ އޭނާއަށް އެވޯޑު ހިފައިގެން ސްޓޭޖު މަތިން ފޭބުނީ ހީވި ހީވުމެއްގެ ސަބަބުންކަމަށެވެ. އެގޮތުން، އޭނާއަށް ހީކުރެވުނީ އެވޯޑު ލިބުނީ އޭނާއަށްކަމަށްވެސް ބުނެފައިވެއެވެ.

"އެކަހަލަ ގޮތަކަށް [އޭނާއަށް އެވޯޑް ލިބުނު ކަމަށް] އަޅުގަނޑަށް ވިސްނުނީ،" އޭނާއާ ހަވާލާދީ ސަން އޮންލައިންގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން ގިނަ ބަޔަކު ސުވާލު އުފައްދާފައިވެއެވެ. އަދި، މި މަންޒަރު ފެންނަ ބައެއް ވީޑިޔޯތައް މީސް މީޑިޔާގައި އާއްމުވެފައިވެސްވެއެވެ. އެހެންނަމަވެސް، ފަހުން ޝިފްލީން އަށް ވަނީ އެވޯޑު ހަވާލުކޮށްފައެވެ.

ރޭގެ ރަސްމިއްޔާތުގައި އެކި ދާއިރާތަކުން ގިނަ ނޫސްވެރިންނަށް އެވޯޑު ދީފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. ާައެވޯޑް

    ލަދުން ބޯ ހަލާކު. އެވޯޑާ ހަވާލުވާން މީހަކުގޮސް ކުރިމަތީގަ ހުރިއިރުވެސް ގަމާރުކަމުން ނޭންގުނު ދޯ.

  2. ލޮލްލޮލް

    ހެހެހެ އެހެންވެދާނެ ސްޓޭޖް މަތީ އެހާ މީހުންގިނަވީމަ

  3. ރަބަރޭ

    ބީތާވެދާނެ....ސަހާދެއް

  4. ތިއްތަ

    ކަމަކީ ލަދުވެތި ކަމެއް. އެކަމަކު އެމީހާއާއި ބެހޭގޮތުންވެސް ހުރިހާ ކަމެއް ނޭގި އެމީހާ ގޯސް ކުރުމަކީ ރަގަޅު ގޮތެއް ނޫން. ކިހިނެއް އެގެނީ ކޮންފަދަ ކަމެއް ދިމާވެފަ ކޮން ހާލަތެއްގަ ކަމެއް ހުރީ؟

  5. ޝަރްދާން

    ދެން ކީކޭ ބުނާނީ.. ހިނދުކޮޅުގަތޯ ހުންނެވީ..

  6. ދޮންބޭބެ

    ލައިފްގަ އަންނާނެ އަޕްސް އެންޑް ޑައުންސް ވެސް... ??‍♂️

  7. އާދަމް

    ތީ ދެން ބޮޑުވަރު ދޯ. ތިވަރު މީހަކު ވާނެތަ އުވޯޑު ދޭން އަރުވަން. ދިވެހި ބަސްވެސް ތި މީހާއަށް ނޭނގެނީ ތޯއްޗެ

  8. ޖޯން

    ތި ކަމެއްނޭނގޭ އެ އިނާމުތައް ޖެހުނީ ގަދަކަމުނެ އޭނާ އަތުން އަތުލަން. އެއީ ޝިފްލީންގެ އެއްޗެކޭ ބުނުމުންވެސް އޭގައި އޮޅުލައިގެންއޮތީ.

  9. ނާނު

    އެއީ ވެދާނެ ގޮތެއް. ތިމާގެ ސިކުނޑި ތިމާއަށް ލިބުނު އެއްޗެއް ކަމަށް ވިސްނަދޭވަގުތު ތިމާއަށް ކުރިމަތީ ހުންނަ މީހާވެސް ނުފެނި ، އަދި ކިޔާ އެއްޗެއްވެސް އަޑުނީވިދާނެ. ވެދާނެ އެވޯޑަކަށް އުންމީދުކޮށްގެން ހުރިވަގުތަކަށްވެސް.