އޮޅުވާލައިގެން ގަރާޖު ސިޓީ ހައްދާފައިހުރި ވެހިކަލްތަކުގެ ރަޖިސްޓްރީ ބާތިލު ކުރަން ނިންމާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކުރައްވައިފިއެވެ.

މިއަދު ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާ ވިދާޅުވީ ގަވާއިދާއި ހިލާފަށް ގަރާޖު ސިޓީ ހައްދާފައިވާ މައްސަލަތަކެއް އެމިނިސްޓްރީ އަށް ފާހަގަކުރެވިފައިވާކަމުގައެވެ. އަދި މިކަންކަން ބެލުމަށް މިނިސްޓްރީން މޮނިޓަރިންގ ޓީމުތައް ފޮނުވުމަށް ނިންމާފައިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ އިތުރަށް ވިދާޅުވީ އޮޅުވާލައިގެން އެއް ގަރާޖެއްގެ ނަން މަތީގައި އެތައް ދުއްވާ އުޅަނދެއް ރަޖިސްޓްރީ ކޮށްފައިވާ މައްސަލައެއް ފާހަގަކުރެވިފައިވާކަމުގައެވެ.

"ރައްޔިތުންގެ ޝަކުވާ އެންމެ ގިނައިން ލިބެނީ ގަރާޖުގެ މައްސަލަތަކުގައި، އެކަންތައްތަކަށްވެސް ހައްލެއް ހޯދުމަށް އަޅުގަނޑުމެންގެ ތެރޭގައި ޓީމެއް ނަގައިގެން މަސައްކަތް ކުރަމުން ދަނީ. އެހެންމަ އެކަން ފާހަގަކޮށްލަން. ދެން މިހާރުވެސް ރަޖިސްޓްރޭޝަން ހައްދާފައި ހުރި ކާރުތަކުގައި އެބަހުރި ވަރަށް މައްސަލަޖެހޭ ކަހަލަ ކަންތައްތައް. އެއްގަރާޖަކަށް އެތަކެއް ކާރުތަކެއް ރަޖިސްޓްރީކުރުމާއި މިކަހަލަ އެތަކެއް ކަމެއް ހިންގާފައި އެބަހުރި. އެހެންކަމުން އަޅުގަނޑުމެން މިއޮންނަ ގާނޫނުގެ ތެރެއިން މިއޮންނަ އުސޫލުގެ ތެރެއިން އަޅުގަނޑުމެން ވަކި އިންސްޕެކްޝަން ޓީމެއް ކަނޑައަޅާ ގަވައިދާ ހިލާފަށް އަމަލުކުރާ ތަންތަން ބަލާ ރަޖިސްޓްރީ ކުރެވިފައި ހުރި ކާރުތަކާއި އެއްޗެހި ބަލާ ރަޖިސްޓްރޭޝަން އުވާލާނެ ކަމުގައި ދަންނަވަން" މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

މިނިސްޓަރ ނަހުލާ ވިދާޅުވީ ކަމެއް ކުރާއިރު ކުރަންވާނީ އެކަމެއް ކުރަން އޮންނަ އެންމެ ރަނގަޅަކަށް ކަމަށެވެ. އަދި ގާނޫނާއި ގަވައިދުގެ ތެރެއިންކަމަށްވެސް މިނިސްޓަރު އައިޝާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ސައްލެ

    މިކަން ކުރަނީ ޓުރާންސްޕޯޓުގަ ތިބި މީހުންނާއި ގަރާޖު ތަކުގެ ވެރިން ބައި އަޅައިގެން މީ ބޮޑުވެއްޖެކަމެއް. މިކަން މިގޮތަށް ކުރާމީހުނާއިމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ

    • ޙައްގުބަސް

      މިނިސްޓަ ނަހުލާގެ ކަނައަތްފަރާތުގައި ތިހިރީ ކާކު؟ ތިތަނުގައި ޓްރާސްޕޯޓް މިނިސްޓްރީގައި ހިންގާ ހުރިހާ ނުބައެއްގައި އޭނާގެ ޙިއްސާވެސް ކުޑައެއްނޫންކަމަށް ގިނަބަޔަކު ދެކޭ!! ތީ ހުރިހާ އިރެއްގައި ތިތާތެރޭ އުޅޭ މީހެއް! މުޅިން އަނގައިން ހިފަހައްޓަނީ! މޮޅުވާހަކަ ދައްކާނީ މީޓިންގް ތަކުގައި! އެކަމަކު އެއްވެސް ކަމެއް ޢަމަލީގޮތުން ކުރުމުގެ ތަޢުލީމީ ކެޕޭސިޓީއެއް ހުރި މީހެއްނޫން! ތީނަ ތިތަނުން ބޭރުކޮށްގެން ރަގަނޅު މީހަކު ލައިގެން ތިތަންވެސް ކޮރަޕްޝަނުން ސާފުކުރަން!

  2. ޓަޔަރު

    ތީ މިސަރުކާރުގައި ކުރަން އުޅޭ އަދި ކޮށް ފިނަނަ މިހާތަނަށް ކުރެވޭނެ އެންމެ ރަނގަޅު ކަންތައް ވަރަށް ތާއީދު ?

  3. މަންޖެ

    ނުވާނެ ތިޔަކަމެއް. ތިޔަ ބުނާ ކާރުތައް ރެޖިސްޓްރީ ކޮށްފައި ހުންނާނީ ސަރުކާރާ ގުޅުން ހުރި ނުޕޫޒު ފޯރުވޭ ވަރުގެ މީހުން. އަހަރުމެން ނިކަމެތިންގެ ވެހިކަލެއް އަދި ޚާއްސަކޮށް ހަތަރު ފުރޮޅުލީ ވެހިކަލެއް ނުހުންނާނެ. ނަހުލާމެން ކުރެވޭނެ ކަންތަކުގެ ވާހަކަ ދައްކަބަލަ.

  4. ގަރާޖު

    ބަލަގަ ގަރާޖު ސިޓީ އަކީ މާލޭބޭފުޅުން ވިއްކާ އެއްޗެއް، ކީއްވެ ހަމައެކަނި ވެހިކަލް ރަޖިސްޓަރީ ބާތިލް ކުރަންވީ؟ ގޭގެ ރަޖިސްޓަރީ ވެސް ބާތިލްކުރަންވީނު.. ގޭ ވެރިފަރާތުން އޮޅުވާލީމަ ނިކަމެތި ރާއްޖެތެރޭ މީހާގެ ވެހިކަލް އަށް ހުރިހާ ނިކަމެތި ކަމެއް..

    • Anonymous

      ބަލަގަ ގަރާޖު ސިޓީ އަކީ މާލޭބޭފުޅުން ވިއްކާ އެއްޗެއް، ކީއްވެ ހަމައެކަނި ވެހިކަލް ރަޖިސްޓަރީ ބާތިލް ކުރަންވީ؟ ގޭގެ ރަޖިސްޓަރީ ވެސް ބާތިލްކުރަންވީނު.. ގޭ ވެރިފަރާތުން އޮޅުވާލީމަ ނިކަމެތި ރާއްޖެތެރޭ މީހާގެ ވެހިކަލް އަށް ހުރިހާ ނިކަމެތި ކަމެއް..

      ވަރަށް ރަނގަޅު ވާހަކަ އެއް

  5. ނަފާ

    މިވަރު ވަޒީރެއް މި ސަރުލާރަކު ނެތް.. އެކަމު އެމްޑީޕީ ޓުވިޓަރޭމެން ހޭބަލިވި އައިޝާއަށް ވަޒީރުކަން ދީގެން.. އައިޝާ ބުނަން ތިޔަ ތަނުން ނިކުމެގެން ސޭޓު ގޮވައިގެން އާދޭ ޕީޕީއެމްއާ ގުޅޭ އަލުން.. ކިތަންމެ މަސައްކަތެއް ކުރިޔަސް ރީތި ބަހެއް ނުލިބޭނެ

  6. ެިއިޚްލާސް

    ކާރު ޑުރައިަރުންނަށް ހުންނާނީ ރާކަނިމަސްކެވިފަ. ދެން އަނެއްކާވެސް މި ސަރުކާރަށް ބަވަންފަށާ. ކާރު ޑުރައިވަރުން ވަތުގެ ބައެއްނެތިގެން ވރަށްފުއްޕާފަ އުޅޭނެ.

  7. އިއްސެ

    އެކަންކުރި މީހުންނަށް ފިޔަވަޅު އެޅުމަށްފަހު ރަޖިސްޓަރީތަށް ބާތިލްކުރައްވާ. އޭރުން އިނގޭނީ އަޅުގަނޑުމެންގެ އަތުން ބޮޑުލާރި އަތުލައިގެން އެކަންކުރި މީހުން، ޓްރާންސްޕޯޓު ތެރެއިންނާއި ބޭރުން. އެނޫން އެއްވެސް މަގެއް ނުދައްކާ މިއޮއްހާދުވަހު ކަންކުރަމުން އައިގޮތް އެއީ. ދެކޮޅު ނުޖެހޭ އުސޫލެއް މާލޭގެ ރައްވެހިންނަށް ކާރު ރަޖިސްޓަރީ ކުރުމަށް އޮތީ. ވީމާ، ކަމަނާ އެކަމަށް ހަމަޖެހޭ ހައްލެއް ހޯދައިދެއްވުންވެސް އެދެން ތިޔަ ރަޖިސްޓަރީތައް ބާތިލް ކުރުމުގެ ކުރިން.

  8. ޢައިންތު

    މެޑަމް އައިޝާ އަށްއެގިވަޑައިންނަވާތޯ ހުޅުލެ ހުޅުމާލެ ޓެކްސީ ދަތުރަކަށް 100 ރުފިޔާ ޓެކްސީ ޑްރައިވަރުން ނަގާކަން މިކަން ވެސް އަގުހެޔޮ ކޮށްދެއްވަބަލަ

  9. އަހަންމާ

    މެޑަމް އަށްވަރައްތާއީދު ތިވަރުގެ މިނިސްޓަރެއް މިސަރުކާރަކުނެތް އަދި ހުޅުމާލެ ހުޅުލެ ދަތުރުއަގުހެޔޮ ކޮށްދިނުމަށްއެދެން

  10. ޓުވީޓް

    ތިހެން ހެދީމަ ހުރިހާ މޮޅެއް ތި ލިބުނީ ގަރާޖު ގެންގުޅޭ މާލެ މީހުނަށް.

  11. ކޮތަރު އިމްރާނު

    ތިކަން ގޮވާނީ އަތަށް.

    • ރޯޑްވާދީ

      ހިއެއްނުވޭ ތީ ވާވރު ކަމެއްހެނެއް

  12. ޖިންނި

    '' ގޮން '' ޖަހާފަ މި ބުނަނީ ތި ކަމެއް ނުވާނެ ތި ކަމެއް ނުވާނެއޭ ، ނަގޫ ފިއްތާލައިގެން އަންނަ ސަރުކާރަކަށް ކޮން ކަމެއް ކުރެވޭނީ ( އާނ ރިބަންކޮޅު ކަނޑާ ލެވިދާނެ )

  13. ގަރާޖް

    ވަކި ބަޔަކަށް ފައިދާވާ ގޮތައް ހަދާފައިވާ ގަވައިދެއްތީ... ގަރާޖް ލެޓާ އެއްހޯދަން އެންމެ ކުޑަކޮއްވެސް 25ހާސް ރުފިޔާ ހަރަދުކުރަން ޖިހޭ،،،އެ ގަރާޖައް އެވެހިކަލް ވެއްދެނީކީއެއްނޫން
    ގަރާޖައް ނުވެއްދޭނަމަ ކީކުރާ ގަރާޖް ލެޓާރއެއްތަ،،،
    އެހެންވީމާ 50ލެޓާވެސް ދޫކުރަންވީނު

  14. ކުލި

    ވަކި ބަޔަކަށް ފައިދާވާ ގޮތައް ހަދާފައިވާ ގަވައިދެއްތީ... ގަރާޖް ލެޓާ އެއްހޯދަން އެންމެ ކުޑަކޮއްވެސް 25ހާސް ރުފިޔާ ހަރަދުކުރަން ޖިހޭ،،،އެ ގަރާޖައް އެވެހިކަލް ވެއްދެނީކީއެއްނޫން
    ގަރާޖައް ނުވެއްދޭނަމަ ކީކުރާ ގަރާޖް ލެޓާރއެއްތަ،،،
    އެހެންވީމާ 50ލެޓާވެސް ދޫކުރަންވީނު

  15. މޯޑު

    ވެހިކަލްގެ ރެޖިސްޓްރީ ބާތިލް ކުރުމަކީ ވަރަށް ބޭއިންސާފުކަމެއް. ގަރާޖްސިޓީ ދޫކުރި މީހުންނަށް އަދިވެސް ދެ ރިސޯޓުދީފަ ސަރުކާރުގެ ހިއްސާދީ. ގަރާޖު ސިޓީ ދިނުން އެއީ ކުށެއް ނޫނޭ ތި ވިދާޅުވަނީ. ކިހާ ހަމަޔާ އިންސާފު. ކުއްލިއަކަށް ނަހުލާ ކިޔާ މީހަކަށް މިނިސްޓަރުކަން ލިބުނަސް ނިކަމެތި ރއްޔަތުންގެ މުދާ ނައްތައެއް ނުލެވޭނެ. މާލޭގަ ތި ވިޔަފާރި ކުރާކަން ނޭންގޭ މީހަކު ޓްރާންސްޕޯޓުގަ ނޫޅޭ.އެއްވެސް ފިޔަވަޅެއް ނާޅާ މިއޮއްހާދުވަހު ބާއްވާފަ މި ކުއްވެރިވަނީ ރަގިސްޓްރީ. ގަރާޖްސިޓީ ދޫކުރި މީހާ ހަމަ ހުދުކާފޫރު.

  16. އަހްމަދު

    ވެހިކަލްގެ ރަޖިސްޓްރީއެއްނޫން ގަރާޖުގެރަޖިސއޓްރީ ބާތިލުކުރަންޖެހޭނީ އެކަން ކުރަންކެރޭނެބާ ވެހިކަލް ރަޖިސްޓްރީކުރާމީހަކައްނޭގޭނެ އެގަރާޖުގަ އިތުރުވެހިކަލްތަކެއްރަޖުސްޓްރީކޮށްފަހުރިކަމެއް އޮޅުވާލަނީ ގަރާޖުގެވެރިމީހާ އަދަބުލިބެންޖެހޭނީ ގަރާޖުގެވެރިމީހާއައް

  17. ސްޕައިވެއަރ

    ކަމަނާފާނަށް އޮޅިގެން ނަމަވެސް ތިޔައަޅުއްވަން ޤަސްދު ކުރެއްވީ ކަސިޔާރު ފިޔަވަޅެއް! މިމާލޭގައި ދުއްވާ އަމިއްލަ ކާރުތަކުގެ ވެރީންނަކީ ކޮބައިކަން ދަނެގަތުން ބުއްދިވެރިވާނެ! ދޮޅުލައްކަ ސައިކަލް އެބަދުއްވާ މާލޭގަޢި! ކަމަނާފާނުގެ ފިރިމީހާ އަކީ މަހުޖަނެއް، ޙަލާލުކޮންމެ އަންބަކަށް ގަރާޖޫހުންނަ ގަނޑުވަރެއް ހުއްޓަސް އެހެންމީހުނަކަށް ނެތް! ތަންކޮޅެއް ހަމަޖެހުނީސް ތިވިދާޅުވުން ގަރާޖްތަކަށް އަމާޒުކޮށް އެގަރާޖަށް ދޭނެ އަދަބެއް އަދި ތިހުންނެވި މިނިސްޓަރީ މީގެކުރީ ސަރުކާރުތަކުން ހިންގެވި ބޭކަލުން ނަހަމަ ގޮތުގައި ފައިސާނަންގަވާ ކުރެއްވި ތިރަޖިސްޓަރީގެ ކަންތައް ބަލާނެ ކަމިސަނެއް އުފެއްދުން. އަމިއްލަފުޅަކަށް ކަމަނާެއަކަށް ޢިލްމެއް ޙިލްމެއްނެތި ނުވިސްނޭތީ ދިންނަސޭހަތެއް.

  18. އިސްމާޢީލް

    މިކަން ކުރަނީ ޓުރާންސްޕޯޓުގަ ތިބި މީހުންނާއި ގަރާޖު ތަކުގެ ވެރިން ބައި އަޅައިގެން މީ ބޮޑުވެއްޖެކަމެއް. މިކަން މިގޮތަށް ކުރާމީހުނާއިމެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ. އަދި ރަޖިސްޓްރީ ކޮށްފައިވާ އުޅަނދުގެ ރަޖިސްޓްރީ ބާތިލްކުރުމަކުން ނުނިމޭ. ވެހިކަލްގެ ވެރިފާރާތުން ގަރާޖް ސިޓީއަށް ގަރާޖުގެ ވެރިފަރާތައް ދެއްކި ފައިސާ، 25،000.00، 30،000.00، 40،000.00 އެފަހަރަކު ހިތައްއެރި ވަރެއް ވެހިކަލްގެ ވެރިފަރާތައް ހޯދައިދޭން ޖެހޭނެ. ނޫނީ އަނެއްކާވެސް ނިކަމެތި މީހާއަށް ދެރަގޮތްވާނީ. ނަހުލާ ތިޔަ ކުރައްވާ މަސައްކަތްޕުޅަށް ހަމަ އައްސަރިބަހާއި ސާބަސް!

  19. ހުސެއިން

    ތިކަންކުރަނީ މިނިސްޓަރ އެންމެކައިރީ ހުރި ރަފީއު. ރަފީއުވަނީ ވަރަށް ގިނަ ގަރާޖު ވިއްކާފައި . ޢެސްޖެހި ގެލެރީ ގައި އިދެ ކުރާކަމަކީ އެއީ.

    • ޖޯޖޯ

      ހޫނ މީ ދޯ މި ކާފޯގޭ ދޮންމަނިކުގެ ރަފީޢު މިހާ މުއްސަނދިވެގެން އުޅޭ ސަބަބަކީ؟ އެހެންވީމާ މިނިސްޓަރުގެ އަތްފޯރާހިސާބުން ކޮރަޕްޝަން ނައްތާލަން އުޅެގަ.

  20. ާއަސޭ

    ގަރާޖް ސިޓީއެއް މިލިބެނީ ހަމައެކަނި މާލެ ހުޅުމާލޭގައި ގެދޮރު ހުރި މީހުންނަަށް. ވިލިމާލެ އަކީވެސް މަަލޭގެ އަވަށަކަށް ވީއިރު ވިލިމާލޭގައި ގެދޮރު ހުރި މީހުންނަަށްވެސް މާލޭ ފަސްގަނޑުގަ އަމިއްލަ ކާރެއް ދުއްވުމުގެ ހައްޤު ލިބެންވާނެ. ވިލިމާލޭގައި އަމިއްލަ ވެހިކަލް ނުދުއްވުނަސް މިދާއިރާގެ ރައްޔިތުންނަށްވެސް މާލޭގައި ކާރު ރަޖިސްޓްރީ ކުރުމުގެ ހައްޤު ލިބެންވާނެ

  21. ޏަހޫ

    ދެން ހުންނާނީ މުޅިންވެސް ގަރާޖުގަތާ ޕާކް ކޮއްފަ. މަގުމަތީ އެއްވެސް ކާރެއް އޮވެގެން ނުވާނެތާ.
    ކޮސް ނުގޮވާ
    މާލޭގެ އޮންނާނީ 100 ވަރަކަށް ކާރު

  22. ޑިމޮކްރަޓިސްޓް

    ޓެކްސީ ޑްރައިވަރުންނަކީ، ވަރަށް ސައިޒު އޮޅިފަ ތިބޭބައެއް.. އެމީހުން ބޭނުންގޮތަކަށް އަގުނަގާ ދަތުރުކުރާބައެއް.. މިކަން ސައިޒަށް ކަނޑާލަން އެބަޖެހޭ.. ޓެކްސީ ޑްރައިވަރުންނަށް ހީވާކަހަލަ މިގައުމުގަ މީހުންނަކީ މިމީހުން އެކަންޏޭ..

  23. މުރުތަލޯ

    ތިކަން ވާނެ ބާ. ވަރަށް ބޮޑު ޗެލެންޖެއް ތީ

  24. ހުސޭނުބޭ

    ތިހެން ދެކަޅި ވިދެފައި އިނަސް އަދި ކަމަކުނުދާނެ! ރަޖިސްޓަރީ ބާޠިލުކުރުމުން ވެހިކަލް ގެންގޮސް ވައްދާނީ ކޮންތާކަށް! މީސްމީހުން ދިރިއުޅުމަށްކުރާ މަސައްކަތޭ!

  25. ޖޮއްބެ

    ތިޔަހެންވެގެންނޭ ވެހިކަލްތައް އާދަޔާ ޚިލާފަށް ގިނަވެގެން މިއުޅެނީ. އަނެއްކާ ކޮންމެ ސިޓީއެއްގެ އަގަކީ 60،000 ރުފިޔާ. އޭތި މިބަހާލަނީ ޓްރާންސްޕޯޓްގައި ހުންނަ އެކަމާ ބެހޭ ކޮރަޕްޓް މީހާއަށް ބައެއް. ގޭގެ ވެރިމީހާއަށް ބައެއް......!!!!

  26. ގަރާޖު

    1 ގަރާޖުގަ ކިތަށް ކާރު ރަޖިސްޓަރީ ކޮށްފަ އޮތްތޯ ބަލާފަ ލިސްޓެއް އާއްމު ކޮއްލަބަލަ

  27. އެއްމެން

    ސަރުކާރުން މީގެ ކުރީން ހަދާދީފައިވާ އެއްވެސް ރަޖިސްޓްރީ އެއް މިހާރު ބާތިލު ކޮށްގެން ނުވާނެ. ސަބަބަކީ މާލޭގެ މަގުތަށް ތޮއްޖެހެމުން ދިޔައިރު ވަމުންދާގޮތް އެގޭއިރުވެސް އަޅާނުލަމު. ވީއިރު މިކަން ހައްލުކުރަން ޖެހޭނީ އެހެން ގޮތަކަށް. ސަރުކާރުދެކެ ގިނަ ބަޔަކު ރުޅިއަރުވާލައިގެން ނުވާނެ.

  28. Anonymous

    ރާއްޖެތެރޭ މީހުން ނިކްނެތިވާނެހެން ހުރީހާ ސަރުކާރަކުން މަަސައްކތް ކުރަނީ ކުއްވެރި މިވީ 30000 ރުފިޔާ ދިފަ ސިޓީ ގަަންް މިހާ ކޮބާ ލާރިގަނޑު ނެގިމީހާ؟