ކުރީގެ ރައީސް އަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ރައީސްކަން ކުރައްވާ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) ގައި މުސްތަޤްބަލެއް ނެތް ކަމަށް، މިއަދު ޕީޕީއެމް ދޫކޮށް މޯލްޑިވްސް ތާޑްވޭ ޑިމޮކްރަޓްސް (އެމްޓީޑީ) އާ ގުޅިވަޑައިގެން ރައްޔިތުންގެ މަޖިލީހުގެ ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވެއްޖެއެވެ.

މެންބަރު ޔާމީން ރަޝީދު ވިދާޅުވީ، ޕީޕީއެމް އަކީ މިވީހާދުވަހު ވަރަށް ބުރަކޮށް މަސައްކަތްކުރެއްވި ޕާޓީ ކަމަށާއި، ނަމަވެސް ޕީޕީއެމްގައި މުސްތަޤްބަލެއް ނެތޭ ދަންނަވަން މިއަދު ކެރިވަޑައިގަންނަވާ ކަމަށެވެ.

"ޕީޕީއެމްގެ މުސްތަޤްބަލް އޮތީ ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓުތަކަށް މިހާރު ހުށަހެޅިފައިހުރި މައްސަލަތަކުގެ މައްޗަށް. އެހެންވީމަ މިހާރު ޕީޕީއެމްގެ މުސްތަޢްބަލް މިއޮތީ ކޯޓުތަކުގައި ހުރި މައްސަލަތަކެއްގެ މައްޗަށް." ޔާމީން ރަޝީދު ވިދާޅުވިއެވެ.

ޔާމީން ރަޝީދު ވިދާޅުވީ، ދިވެހި ރައްޔިތުންނަށް ޚިދުމަތް ކުރެވެން އޮތް އަދި މުސްތަޤްބަލް އޮތް މަގަކީ ޕާޓީ ބަދަލުކުރުން ކަމުގައި ވާނަމަ، ޕާޓީ ބަދަލުކުރެވިދާނެ ކަމަށެވެ.

"އެހެންވީމަ އަދުތޯ މާދަމާތޯ، ކޯޓުން ގޮތެއް ނިމޭތޯ ނުނިމޭތޯ އެހެން އިންތިޒާރު ކުރުމުގެ ބަދަލުގައި ރައްޔިތަކަށް ޚިދުމަތް ކުރެވެން އޮތް މަގަކީ، އެ މަގު އިހްތިޔާރުކުރާއިރު މުސްތަޤްބަލް އޮތް މަގެއް ކަމަށްވަންޏާ، ޒުވާނުންނަށް ފުރުޞަތު އޮތް މަގެއް ކަމަށްވަންޏާ، އެ މަގަކީ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އުޖާލާކަމެއް ގެންނާނެ މަގަކަށް ވަންޏާ، އަދި އެ މަގަކީ ދިވެހިރާއްޖޭގެ ރައްޔިތުން އިހްލާސްތެރިކަމާއެކު އިހްތިޔާރުކުރާ މަގެއްކަމަށް ފެނިއްޖެ ހާލަތެއްގައި ޕާޓީ ބަދަލުކުރެވިދާނެ" ޔާމީން ވިދާޅިވިއެވެ.

ގޯސް ފެނުނީމާ، އެ ގޯސް ރަނގަޅަށް ބަދަލުކުރުމުގެ ފުރުޞަތު ކޮންމެ ބޭފުޅަކަށްވެސް އޮންނާނެ ކަމަށާއި، މުސްތަޤްބަލް ވަކި ސިޔާސީ ޕްލެޓްފޯމެއްގައި ބަނަކޮށް ފެނުނީމަ ދެން އެ މުސްތަޤްބަލް އުޖާލާ ކުރުމުގެ ފުރުޞަތު ކޮންމެ ޒުވާނަކަށްވެސް، ކޮންމެ ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވެސް އަދި ސަރުކާރުގައި ޚިދުމަތް ކުރެއްވި ބޭފުޅުންނަށްވެސް އޮންނާނެ ކަމަށް ޔާމީން ރަޝީދު ވިދާޅުވިއެވެ.

"އެހެންވީމަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އިތުރުން، ކުރީ ސަރުކާރުގެ ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ކުންފުނިތަކުގެ ވެރިންނާއި، އަދި އެހެން ބޭފުޅުންނަށްވެސް އޮންނަ ފުރުޞަތެއް ޕާޓީ ބަދަލުކުރުމަކީ. އެހެންވީމަ މިއަދު އަޅުގަނޑުމެން މި ގޮވާލަނީ އެމްޓީޑީއާ ގުޅުމަށް." ޔާމީން ރަޝީދު ވިދާޅުވިއެވެ.

ޔާމީން ރަޝީދު އިތުރަށް ވިދާޅުވީ، މިއަދު އޭނާ އެމްޓީޑީއަށް ގުޅިވަޑައިގަތުމަށް ނިންމި ނިންމެވުމަކީ ފެށުމެއް ކަމަށް ބެއްލެވުމަށާއި، މަޖިލީހުގެ ގިނަ މެންބަރުން އެމްޓީޑީ މެދުގައި ޝައުގުވެރިވާ ކަމަށެވެ.

"އަޅުގަނޑަށް އެބައެނގޭ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މި ޕާޓީއާ ދޭތެރޭގައި އޮތް ނަޒަރިއްޔާ. އެ ނަޒަރިއްޔާ ވަރަށް ސާފު. ތިއްބެވީ މިޕާޓީއާ ގުޅިވަޑައިގަންނަވަން، ގިނަ ބޭފުޅުންގެ ޝައުގުވެރިކަން އެބަހުރި. އެހެންވީމަ މިއަދު އަޅުގަނޑު މި ނިންމި ނިންމުމަކީ ފެށުމެއް ކަމަށް ބައްލަވާ. އަޅުގަނޑުގެ މި ފެށުމާ އެއްކޮށް އިރާދަކުރެއްވިއްޔާ ގިނަ އަދަދެއްގެ މަޖިލިސް މެންބަރުން މިޕާޓީއާ ދިމާއަށް މިސްރާބު ޖަހާނެ." ޔާމީން ރަޝީދު ވިދާޅުވިއެވެ.

ޕީޕީއެމްގައި މުސްތަޤްބަލެއް ނެތް ކަމަށް ވެލިދޫ ދާއިރާގެ މެންބަރު ޔާމީން ރަޝީދު ވިދާޅުވިއިރު، 2019 ވަނަ އަހަރުގެ މަޖިލިސް އިންތިޚާބުގައި ވެލިދޫ ދާއިރާއަށް ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރުމަށް ޕީޕީއެމް އިން ވަނީ އޭނާއަށް ޓިކެޓްވެސް އަރުވާފައެވެ. ނަމަވެސް އޭނާ ނިންމަވާފައިވަނީ ޕީޕީއެމްގެ ޓިކެޓްގައި މަޖިލީހަށް ކުރިމަތި ނުލުމަށެވެ.

ޕީޕީއެމްގެ މިލްކުވެރިކަން ހޯދުމަށް ކުރީގެ ރައީސް މަޢުމޫން ޢަބްދުލްޤައްޔޫމް މަސައްކަތް ކުރައްވާއިރު، ޕީޕީއެމްގެ ލީޑާޝިޕާ ގުޅޭ މައްސަލައެއް ސިވިލް ކޯޓުގައި ހިނގަމުންދަނިކޮށް، ސްޕްރީމް ކޯޓުން ވަނީ އެ މައްސަލައިގެ ފައިލް ސްޕްރީމް ކޯޓަށް ނަންގަވާފައެވެ. އެ މައްސަލަވެސް ކުރިއަށް ނުގޮސް އޮތީ ސްޕްރީމް ކޯޓުގައެވެ.

ކިޔުންތެރިންގެ ހިޔާލު

17 ކޮމެންޓް

  1. ހުސޭނުބޭ

    ކަލޯ މުސްތަޤްބަލް ތި ކިޔަނީ އަދީބުގެ ފައިސާބޮނޑިއަށްތަ؟ ނޫނީ ގަހަކު އަޅާ އެއްޗަކަށްތަ؟

  2. ސިޔާސީ ލަފާ

    ޕީޕީ އެމް އަކީ މުސްތަގުބަލް އޮތްޕާޓީއެއް ޕާޓީ
    ދާނީ އެއްދުވަހުން އަނެއްދުވަހަށް ކުރިއަށް
    އިންސާ ﷲ

  3. ޑިމޮކްރަޓިސްޓް

    ތާޑްވޭ އަކާ ދުވަހަކުވެސް ގުޅެވޭކަށްނެތް! ފުރަތަމަވެސް ތިޕާޓީގެ ކުރިމަގާ ދޭތެރޭ ސުވާލުއުފެދޭ.. އަދި ފުރަތަމަވެސް ތިޕާޓީއަށް ސޮއިކުރީ މުޖުތަމައު ބަލައިނުގަންނަ، އަނިޔާވެރިއެއް، އަދި ވަގެއް.. މީ ހަގީގަތް.. ސާބިތުވެ، ހުކުމްތަންފީޒުކުރަމުންގެންދާ ފަރާތެއް..

  4. ޙަފްޞާ/މާލެ

    ތިޔައީ އަދީބު އަޑީގައިހުރެގެން އުފައްދާ ނުބައި ޕާޓީއެއްކަން ހަނދާންކުރާތި! އެކަމަކު އޭނައަތުގައި ބިލިޔަނުން ބިލިޔަނުން ރުފިޔާއާ ޑޮލަރު ވެއްޖެ! އެއިން އެތިކޮޅެއް ކައްވާލެވޭތޯ ކުޑަބޮލުން ކުޅުން ރަގަޅުވާނީ ! ޕީޕީއެމްއޭ ، މުސްތަޤުބަލޭ ، ކޯޓުަތަކޭކިޔައި ހާސަރުތައް ދަމާނޭކަމެއް ނެތް! އިރާދަކުރެއްވިއްޔާ ރައީސް ޔަމީންއާއެކުތިބި އިޚްލާޞްތެރިބަޔަކަށް މުސްތަޤުބަލް އުޖާލާކޮށްފެންނާނެއެވެ.

  5. ބްރޯ

    އަދީބު އަކީ ކޮރަޕްޓް ކުއްވެރިއެއްކަން ގަބޫލު ނުކުރާ ދިވެއްސަކު މަދުވާނެ. އެކަމަކު އޭނާގެ ޕާޓީއަށް އެތައް ބަޔަކު ދަނީ ސޮއި ކުރަމުން. ފައިސާގެ ބާރު.

  6. ޔާން

    އަނބިމީހާވެސް ބަލިވެއްޖިއްޔާ މުސްތަޤްބަލެއް ނެތޭ ކިޔާފަ ދޫކޮށްލަންވީދޯ.

  7. ޙައްވަ

    ޙައްހައްހާަަ.?????މިވީ ކިހިނެއް. ޢިބުރަތް ލިބިގަންނަން ޖެހޭ. ޢިއްޔެ ފައިސާޔާ އާރާއި ބާރުގެ ބޭނުމުގަ މަރުދީ އުޅެފަ މިއަދު ބާރެއް ނެތްކަން އނގުނީމަ ފައިންއެރީ.????

  8. މިއަދު

    މުސްތަގުބަލްއޮތީ މިގައުމުން ގެއްލިގެން ހޯދަ ނުފެނިފައިވާ،ފެހުރިހިޖެހި ނޫޓުތައް ހުރި ޕާޓީގައި އެއީ ހަރަމްވިއަސް ޙަލާލުނުވިއަސް ރިސްވަތާއި ކޮރަޕްޝަނުގެ ގޮތުގައިވެސް ގިނަ ފައިސާ އަތަށް ލިބެންއޮތީ އެޕާޓީންކަމަށްވާތީ އެދިމާއަށް ތިދެމިގަތީ ސަރުކާރުއޮތްއިރު ޕީޕީ އެމްގައި މުސްތަގުބަލްއޮތީ އެތަނުން ގިނައިން ލިބެނެކަމަށްބަލަފައި ތިއީ ގައުމަށް ހެޔޮއެދޭ ބައެއްނޫން މިގައުމު ހަލަކުގެމަގަށް މިގެންދަނީ މިފަދަ ދެފުއްކެހެރިވައްތަރު މީހުން މަޖިލިހަށްވަދެތިބެގެން ހަދާ ދއުޅިއެއްނުވާ ޤާނުނު ތަކުގެ ސަބަބުން ﷲހުގެ ރަހުމަތްފުޅުން މިބައިގަނޑު 2019 ގައި މަޖިލިހަށް ނުހޮވިއްޖެނަމަ ކިތަންމެހާވެސް ރަގަޅު

  9. ބްރޯ

    މީދިވެހިރާއްޖެ ވަގުންގެ ބާރުގެ ދަށައް ގެންދއިއުމަށް ކޮށައިދިން މަގެއް. ބްރޯ ދޫކޮށްލައިގެން. ދެންތިބޭ ބަލަން ރިޗާޖްކޮއްދޭނެ އިތުރު މީހެއް މާކެޓެއް ނުކުތީމަ ދެން ސިޔާސީ ކުދިން އިތުރު ކޮޅުކޮޅައް ދުވާނެ.

  10. ޖާން

    ޕީޕީއެމްގައި މުސްތަޤުބަލެއްނެތީއެއްނޫން.
    ނުތާހިރު ފައިސާ ދެނެއްނުލިބޭނެތީ ފެންއޮތް ދިމާލަކަށް ދުއްވައިގަތީ

  11. ނިހާން ހަމީދު

    ޟމީހާދަ ކޮތްކުޑަ މީހެކޭ ލަދެއްވެސް ގަންނަ މޮޔައެއްނޫންތަ

  12. ހުއްބުލްވަތަން އަސްލު

    މެޑަމް ފާތުމާ ނުވަތަ މަހާ ރެހެންދިއަށް ސިޔާސީގޮތުން އެހީތެރިކަން އެންމެބޮޑަށް ބޭނުންވި ވަގުތު އެހީތެރިނުވުމީ ކުރިން ދެއްކި ވާހަކަ ތަކުގައި އެވެސް އަސާސެއް އަދި އިހުލާސްތެރިކަމެއް ނެތްކަމުގެ މިސާލެކެވެ. ޗޮކުލެޓް ބަންދުކުރަން ކުޑަކަކޫޖެހީ އެހެންގޮތެއް ނެތިގެންކަން މިހާރު މާބޮޑަށްވެސް ޔަގީންވެއްޖެއެވެ. އެއީ މާޒީއެވެ ނަމެވެސް ތާރީހުގައި އެކަން އެގޮތަށް ލިޔެވިބިންވަޅު ނެގިއްޖެއެވެ.

  13. އަފީ

    ޕޕމ ގެ މުސްތަގުބަލް އަކީ ޕާޓީގެ އާންމު މެމްބަރުން! ޕާޓީގެ އާންމު މެމްބަރުން ތިއްބެވީ ރައީސް ޔާމީންގެ ފަހައްޕުޅުގައި! ޕޕމ ގެ މުސްތަގުބަލަކީ މަތިފަޑި މީހުންނެއް ނޫން! އަދި ތިޔަކަހަލަ ގަމާރު ތަނެއްދޮރެއް ނޭގޭ މީހުންނެއްވެސް ނޫން

  14. ވަހީދު

    ތިމީހާއަށްވުރެ އަލްހާނުމެން އަލީ ވަހީދުމެން މާ ކުރީގައި އުޅުނީ. އެކަމަކު އެއްޕާޓީން އަނެއް ޕާޓީން ދުވަން ހަދައިގެން ރައްޔިތުން ބަލައިނުގަނޭ

  15. އެދުރުބެ

    ތިހެން ބުނެފަ ޕާޓީ ދޫ ނުކުރައްވާ ! މިފަހަރުވެސް ޔާމީންޕާޓީ ވެރިކަމަށް އައިނަމަ އެ ޕާޓީ ވަރެއްނޯނެ! ތިޔަ މަޖިލިސް މެމްބަރުން މިހާރު ރައްޔިތުންނަށް ވަރަށްބޮޑަށް ދަސްވެއްޖެ ! ތިޔަ މީހުންނަކީ ދުވާލަކު މީހެއްގެ ފަހަތުން ދުވާބައެއް! ތިޔަ ކަހަލަ މީހުން މަޖްލިސް މެމްބަރަކަށް ބޭނުމެއްނުވޭ!

  16. މާރިޔާ އަޙްމަދު

    މަ ބުނާނެ ވާހަކައެއް ނެތް މީނާއަކީ މިހެން އުޅޭ މީހެއް ! އަނބި ކަމަނާ ބަލިވެއްޖެ ނަމަ މީނަ މަށަށް ހީވަނީ ދެން އާކުއްޖަކާ ގުޅޭނީހެން މިސް މިސް

  17. ޖޭޒް

    ޔާމީނަށް ބުނެލަން އޮތީ މުޅި ޤައުމުވެސް އޮތީ ކޯޓުތަކުގައި ކަމަށް