ކުރީގެ ރައީސް މުޙައްމަދު ނަޝީދަކީ ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާގެ އެންމެ ފުންނާބު އުސް ޒައީމުކަމާމެދު އެއްވެސް ޝައްކެއް ނެތްކަމަށާއި އެހެންކަމުން، މީގެފަހުން ދެން ނޫސްވެރިންނަށް ދޭ އެވޯޑުތައް އެމަނިކުފާނުގެ ނަމުގައި ދޭން ފެންނަކަމަށް ވިލިމާލޭ ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ލީޑަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވެއްޖެއެވެ.

ނިހާން މިހެން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓްވީޓެއްގައެވެ.

"މީގެ ފަހުން ރާއްޖޭގެ ނޫސްވެރިންނަށް ދެވޭ އެންމެ މަތީ ޝަރަފުގެ އެވޯޑު ދޭންވާނީ އެމަނިކުފާނު (ރައީސް ނަޝީދު) ގެ ނަމުގައި." ހޭޝްޓެގް އަންނި އެވޯޑް އާއެކު ނިހާން ވިދާޅުވިއެވެ.

ނިހާން މިހެން ވިދާޅުވިއިރު، ކުރީގެ ރައީސް ނަޝީދުވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރިން، ރައީސް މައުމޫނުގެ ވެރިކަމުގެ ދުވަސްވަރު ފުޅާ ދާއިރާއެއްގައި، ނޫސްވެރިއެއްގެ ގޮތުން މަސައްކަތްޕުޅު ކުރައްވާފައެވެ. އެގޮތުން، އޭނާ ލިޔުއްވި ބައެއް ލިޔުއްވުންތަކުގެ ސަބަބުން އަދަބުވެސް ލިބިވަޑައިގެންނެވިއެވެ.

ރޭ ބޭއްވި ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ އުފަލުގައި ބޭއްވި ރަސްމިއްޔާތުގައި، މި ދާއިރާގައި ގިނަ މަސައްކަތްތަކެއް ކުރެއްވި ފަރާތްތަކަަށް ނޫސްވެރިކަމުގެ ޝަރަފުގެ އަލިމަސް ގަލަން އަރުވާފައިވާއިރު، އޭގެތެރޭގައި ނަޝީދު ހިމެނިވަޑައިނުގަންނަވައެވެ. އެކަމުގެ ސަބަބުން ބައެއް ފަރާތްތަކުން ސުވާލު އުފައްދާ ފާޑު ކިޔާފައިވެސްވެއެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ކުޑަކާށި

    ބޮޑުހުޅު އެވޯޑް އަންނިއަށް ދޭންފެނޭ. އިސްތިއުފާގެ އެވޯޑް ރައީސް ނަޝީދަށް ދެއްވުން އެދެން

  2. ޙައްވަ

    ނިހާން ޖޭވީ. ޢަންނި އެވޯޑްވެސް ދެވިދާނެ. ދޮންކެޔޯ އެވޯޑްވެސް އޯކޭ.?????

  3. މުހައްމަދު

    ނިހާނުބުންޏަސް ތިއާކިޔަނީ ހެޔޮކޮށް

  4. Gaumeeގައުމީ ލޭ

    ނޫސްވެރި ކަމުގެ ލައިސެންސް އެއް ލިބުމަކީ އެހެން މީހުންގެ އަބުރާ އިއްޒަތް ވެއްޔާ މޮޑެލަން ލިބޭ ލައިސެންސް އެއް ނޫން. އަދި އެއީ ހިތުހުރި އެއްޗެއް ހިތުހުރިގޮތަކަށް ލިޔެލަން ލިބޭ ފުރުސަތެއްވެސް ނޫން.
    ހިތާމަޔާ އެކު ދަންނަވަން ޖެހެނީ މިއަދު މިގައުމުގެ ނޫސްވެރިކަން މިއޮތީ މިދެންނެވި ހާލަތުގަކަން.