ކުރީގެ ޓޫރިޒަމް މިނިސްޓަރ އަދި ޕީޕީއެމްގެ ނައިބު ރައީސް މޫސާ ޒަމީރާއެކު، މޯލްޑިވްސް ޕޮލިސް ސަރވިސް އަށް މިއަދު ވަޑައިގެންނެވި ޤާނޫނީ ވަކީލު ބަލައިގަނެވެން ނެތްކަމަށް އަންގާ، އެހެން ވަކީލަކާއެކު އަނެއްކާވެސް މާދަމާ ފުލުހަށް ހާޟިރުވުމަށް އޭނާއަށް އަންގައިފިއެވެ.

އެނގިފައިވާ ގޮތުގައި ޒަމީރު ފުލުހުންގެ އިދާރާއަށް ހާޟިރުކޮށްފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެންނެވެ. އަދި، ޒަމީރުގެ ވަކީލު ބަލައިގެންފައި ނުވަނީ، އެއީ އެމްއެމްޕީއާރްސީގެ މައްސަލަ ބަލަން ފެށިއިރު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުގައި މަސައްކަތް ކުރި ވަކީލަކަށް ވުމުންނެވެ.

ޒަމީރު ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވަނީ- ވަގުތު އިމޭޖަސް: އަމީން ފަހްމީ

ބަޔާނެއް ނެގުމަށް މިއަދު ހަވީރު 16:00 ގައި ޒަމީރު ފުލުހުންގެ އިދާރާއަށް ހާޟިރުކުރިއިރު، މާދަމާ އޭނާ ހާޟިރުވުމަށް އަންގާފައިވަނީ 17:00 ގައެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ބައެއް ފަރާތްތަކުގެ މައްޗަށް ކޯޓުން މިހާރު ހުކުމް ކޮށްފައިވެއެވެ. އޭގެތެރޭގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުވެސް ހިމެނިވަޑައިގަންނަވައެވެ. އަދީބު ވަރަށް ފަހުން ވިދާޅުވެފައިވަނީ މި ކަމުގައި ޕީޕީއެމްގެ އިސް ފަރާތްތަކުގެ ބައިވެރިވުން އޮތްކަމަށެވެ.

އެހެންނަމަވެސް، މި ބޮޑު ޚިޔާނާތް ހިނގާ ދިޔައިރު، ޒަމީރު ހުންނެވީ ޓޫރިޒަމް މިނިސްޓްރީ ނުވަތަ ސަރުކާރުގެ އެހެން އެއްވެސް މަޤާމެއްގައި ނޫންކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު

6 ކޮމެންޓް

  1. ކބ

    ޙިއްސާނު ގޮވައިގެން ދޭބަލަ އޭރުން ބަލައިގައްނާނެ

  2. ދަތްދޫނި

    ލައްކަ މީހުންގެ ނަމުގައި ޗެކު ތައް ހަދައިފައިވާ މަޢުލޫމާތު ލިބޭ. މިހެންކަމުން ހާޟިރު ކޮއް ސުވާލު ކުރެވެންޖެހޭނެ.

  3. އަހަންމާ

    ޙިސާނު ބުނާނެ މުސައްލަ ތައްވަޔާއޭދާނީ

  4. ލަބީބު

    ވަގުވޯޓުންއައި ވަގުސަރުކާރު ނޭވާހޮޅިއަށް އެޅޭތަން މި ފެންނަނީ އިރާދަކުރެއްވިއްޔާ!

  5. އަލީ

    މިހާރު މިއުޅެނީ ޕީޕީއެމަށް ރައްޔިތުންގެ މަޖްލީހަށް ވާދަ ނުކުރެވޭނެ ގޮތަށް ކުޅިގަނަޑު ފަށައިގެން. އޭރުންތާ މަޖްލީހަށް ޕީޕީއެމަށް ކުރިމަތި ނުލެވޭނީ. މީއެއްވެސް ކަމެއްވެގެނެއްނޫން.މިއުޅެނީ ރައްޔިތުން ކައިރީގައި ބުނީ ޔާމީނަކީ ވަގެކޭ ޕީޕީއެމްމީހުންނީ ވަގުންނޭ. އެހެންވެގެން ދޮގުހަދައިގެން ވޯޓް އޮޅުވައިގެން އައި ސަރުކާރު . މިއުޅެނީ ބުނެވުނު ބަހުގައި ހިފަހައްޓައިގެން މިކަމުގައި ބައިވެރިވެ ޚިޔާނާތް ތެރިވީމާ އެހެރީ ޖަލުގައި މިމައްސަލަ، ބަލަން ޔާމީންއުޅުނުހިސާބުން ޔާމީންގެ ދުވަސް ދުއްވާލަން އުޅުނު މީހަ އެއޮތީ އެކަމަށް އިޢތިރާފް ވެފަ.މިއޯގާތެރި ސަރުކާރު ހާދަރަނަގަޅޭ. ތިގޮތަށް ކަލޯމެން ވެރިކަމުގައި ތިއްބާ ވީ ޚިޔާނާތް ވެސް ބެލުން އެދެނެ. އަދި އެފްޕީއައިޑީގެ މައަސަލަވެސް ބެލުންއެދެނެ. ވަކިމީހެއްގެ މައްސަލަ ބަލާފަ ވަކިމީހެއްގެ މައްސަލ ނުބަލާ ޒާތީ ވާނެކަމެއްނެތް. ދައުލަތަށް ލިބެންޖެހޭ ފައިސާ ވެއްޖެއްޔާ ކޮންމެ ދައުރެްގެ ކުރި ވައްކަމެއްވެސް ބެލެން ޖެހޭނެ. ބެލެންވާނެ

  6. ސްޕައިޑޮކްޓަރ

    މިސަރުކާރު ދެމިއޮންނާނީ ކިހާދުވަހަކަށްބާ! ޢެމްއެމްޕީއަރސީ ގެ މައްސަލައިގެ ޝާމިލްވީމީހުން ތިބިތަންތަނަކީ ޤައުމުންބޭރުގައި. އެމީހުން ފުރުވާލީ ނައިބު ރައީސް އަދީބު. އަދީބު މިސަރުކާރުގެންނަން ބިޔަހޭދައެއްކޮށްފައިވޭ! މާރިޔާދީދީއަކީވެސް ތިފައިސާއިން ފެންވެރި މީހެއް! މިސަރުކާރުގެ އިސްސަފުގައިތިބީ އެމްއެމްޕީއާރސީގެ ފައިސާގެ ފުރިހަމަ ހިއްސާވާ މީހުން. ދެންފެންނާނީ އަތައްގޮވިތަން. ޅިޔަނަށް ފުލުހުންގެ އިދާރާ ދިނަކަމަކު ތީތަންފުކެއް ބޮޑުވަރު!