ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަޙީމް އަބްދުﷲ (އަދުރޭ)، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދަށް ތަޢުރީފު ކުރައްވައިފިއެވެ. އަދުރޭ ތަޢުރީފު ކުރައްވާފައިވަނީ ނޫސްވެރިއެއްގެ ގޮތުގައި ނަޝީދު ކުރެއްވި މަސައްކަތްޕުޅަށެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އަދުރޭ ވިދާޅުވީ ފަހުގެ ތާރީޚުގައި ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔަ ނޫހަކީ ނަޝީދުގެ އިސް ދައުރަކާއެކު ނެރުނު "ސަންގު" ނޫސްކަމަށެވެ.

"މި ފަހުގެ ތާރީޚުގައި ދިވެހިންގެ ތެރޭގައި އެންމެ ބޮޑަށް މަޝްހޫރުވެގެން ދިޔަ ނޫހަކީ "ސަންގު" ނޫސް. މި ނޫހުގެ ބާނީއަކީ މުޙައްމަދު ނަޝީދު" މީގެކުރިން ނަޝީދަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައިވާ އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިހެން ވިދާޅުވިއިރު، ޕީޕީއެމްގެ ޕީޖީ ގްރޫޕު ލީޑަރު، އަޙުމަދު ނިހާން ހުސައިން މަނިކު ވެސް ވަނީ ނަޝީދަށް ތަޢުރީފު ކުރައްވާފައެވެ. އެގޮތުން، ރާއްޖޭގައި ނޫސްވެރިންނަށް ދޭ އެވޯޑެއް، ނަޝީދުގެ ނަމަށް ނިސްބަތްކޮށް ދޭން ޖެހޭނެކަމަށްވެސް ނިހާން މިއަދު ވިދާޅުވިއެވެ.

ކުރީގެ ރައީސް މައުމޫން އަބްދުލް ޤައްޔޫމުގެ ވެރިކަމުގެ ދުވަސްވަރު ނަޝީދު ވަނީ ނޫސްވެރިކަމުގެ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. މައުމޫނަށާއި މައުމޫނުގެ ސަރުކާރަށް ފާޑުވިދާޅުވެ ނަޝީދު ލިޔުއްވި ބައެއް ލިޔުއްވުންތަކުގެ މައްސަލަ ބޮޑުވެސްވެގެން ގޮސްފައިވެއެވެ.

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

  1. ޑިމޮކްރަޓިސްޓް

    ކިތެންމެ ކައިރީގަ އުޅުނަސް އިހުލާސްތެރިން ނޭންގިދާނެ.. އެކަމަކު އަހަރެމެންގެ އަޒުމު ގުޑުވާލުން އެއީ ވާނެކަމެއްނޫން.. އަހަރުން ކޮޅު ސެލެކްޓްކުރަނީ ލިބޭ ބޮނޑިވަރަކަށްނޫން.. އަދި ޕާޓީއަކަށް ސޮޔެއް ދުވަހަކުވެސް ނުކުރަން.. އެކަމަކު ގައުމުގެ އިހްލާސްތެރިންނާއެކު އަބަދުވެސް ވާނަން.. ޔާމީނުއަށް އަބަދުވެސް ކާމިޔާބަށްއެދެން..

  2. ޖޮއްބެ

    އެއީ ނަޝީދު ވެރިކަމަށް ފައި ނަގަން ވެގެން ފުރަތަމަ ގަތް ގަނޑެވެ. އެ ނޫހުގެ ސަބަބުން ދިވެހިރައްޔިތުން ނާ އެއިރުގެ ސަރުކާރާ ޖެހި ބައިބައި ވުން އުފެދިގެންދިޔައެވެ. އެއީ އެއްވެސް ހައިޘިއްޔަތަކުން ދިވެހިން ހޭލުންތެރި ކުރުވާ ދިވެހިބަސް ކުރި އަރުވާ އެންމެން އެއްބައިވަންތަ ކޮށް އިސްލާމްދީނަށް ނަޞްރުދީ ހެދި ނޫހެއްނޫނެވެ. އެހެންކަމުން މިހާރުގެ ރ. ޓީވީއެކޭ އެއްގޮތަށް ދޮގުޚަބަރު ފަތުރަމުން ގައުމުގައި ފިތުނަފަސާދަ އުފެއްދި ނޫހަށާ އެ ނޫސް ހިންގި ފާސިދުކަލޭގެ އަށް އަދުރޭ ތަޢުރީފް ކުރާކަށް ނުޖެހެއެވެ.

  3. Miadhu

    ޢަދުރޭ އަދި ނަޝީދުވެސް އެތާއިދުކުރެއްވީ ނަޝީދުވެގެނެއްނޫން އެއީ ފަރުދީގޮތުން ނޫސްވެރިކަމަށް އޭނާކުރި މަސައްކަތަށް އެއީ އިންސާގެ ބެލުން ބެލުމަކީ މިއަދުގެ ސްޕްރިންކޯޓަށް މިވަނީ އެހެނެއްނޫން ގިނަފައިސާއަށް ހުކުމްތައް ބަދަލުކުރަނީ އެއީ ރިސްވަތުގެބެލުމަކީ

  4. ހ

    ދެން އަދުރޭ ނަމުގައި އެވޯޑެއް ދޭންވީނު

  5. ރާވެރިބެ

    މީކީ ހައިރާންވާވީ ކަމެއްނޫން. ލައިގެން ހުންނަ ގަމީހުގެ ކުލައާ ގުޅޭގޮތުން އަގައިން ނުކުންނަ ބަސްތައް ނުކުންނަ ބައެއްގެ މެދުގައި މިފަދަ ކަންކަން ފެނުމަކީ ބޮޑެތި ސުރުޚީތަކާއެކު ޚަބަރުލިޔަންޖެހޭ ކަމެއް ކަމުގައި ނުދެކެން .. މިނޫންކޮންވެސް ޚަބަރެއް ގެނެސްދެވޭތޯ ބަލާ.. ތެދަށް މިބުނަނީ .. ސުރުޚީގެ އިތުރުން މިޚަބަރުގެ އެކައްޗެއްވެސް ނުކިޔަން.

  6. އެދުރުބެ

    ދެން ތި އަދުރޭ ގުޅޭނީ އެމްޑީޕީއާއި ! ސިޔާސީ މީހުން އުޅޭވައްްތަރު ! ދެފުއްދެގޮތް މުނާފިޤް ގޮތަށް ! މިސްމިސް ! މިވެސް ލާރީގެ ދަހިވެތިކަމުގައި އުޅޭގޮްތް

  7. ކައުންސެލަރު

    އެކައްޗެއްވެސް ދޭންޖެހޭމީހެއްނޫން އެއީކީ. ލޯލާރިއެއް ހާވަރުވެސް

  8. ހުއްބުލްވަތަން އަސްލު

    ހަގީގަތާ ދެކޮޅު ހެދޭނީވެސް ވަކިވަރަކަށް، ކިތަންމެ ދުވަހެއް ވިޔަސް ހަގީގަތް ބަދަލެއްނޫވާނެ އަދި އެކަން ދޮގުކުރަން އުނދަގޫވާނެ، އެއީ ތޮބީއީ ކަމެއް.

  9. ކޮޅުފުށީ ޞަބްރީ

    މަށަށް ބުނެވޭނީ އަބޫޖަހުލަކީވެސް ވަރަށްވަރުގަދަ ނޫސްވެރިއެކޭ. އެޒަމާނަކީ ލިޔެ ޗާޕް ކުރާ އިރަކަށް ނުވާތީ އަނގަބަހުން އިސްލާމް ދީނާއި، ރަސޫލާއާ ދެކޮޅަށް ވަރަށް ގަދައަށް ނޫސްވެރިކަން ކުރި މީހެއް އެއީ! ދެން އެކަލޭގެއަށްވެސް އަހަރެމެން ތަޢްރީފް ކޮށް އެވޯޑްދީ ހަދަން ގޮވާލަންވީތަ؟؟؟؟؟؟؟؟؟؟؟؟؟؟؟؟؟

  10. ލައްޓި

    ކޮޅުފުށީ ޞަބްރީ ބުނެފައިއެވަނީ ހަމަ ރަނގަޅު ވާހަކައެއް. އަންނިއަކީ އަބޫޖަހުލު ކަހަލަ، ކީރިތި ރަސޫލާއަށާއި އިސްލާމް ދީނަށް ފުރައްސާރަކުރާ މީހެއް.