ރައްޔިތުން މަޖިލީހުގެ މެންބަރު އަލީ ހުސައިން އާއި މެންބަރު ކަމުން ވަކިވެފައިވާ ކަމަށް ނިންމާފައިވާ މުހައްމަދު އަމީތު ހައްޔަރުކޮށްފި ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.

އެމްޑީޕީ އިން ބުނީ ދެބޭފުޅުން ވެސް ހައްޔަރު ކުރީ މިހާރު މާލޭގައި ކުރިއަށްދާ މުޒާހަރާގެ ތެރެއިން ކަމަށެވެ.

ދެބޭފުޅުން ހައްޔަރު ކުރީ ޒިކުރާ މިސްކިތް ކައިރިންނެވެ.

އަމީތު އާއި އަލީ ހުސައިން ހައްޔަރު ކުރިކޮށްގެން ޝަހީދު ހުސައިން އާދަމް ބިލްޑިންގަށް ގެންގޮސްފައިވާ ކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް ދެބޭފުޅުން ހައްޔަރު ކުރުމާއި ބެހޭ ގޮތުން ފުލުހުން އަދި މައުލޫމާތެއް ނުދެއްވައެވެ.

މިރޭ އިދިކޮޅު ފަރާތްތަކުން މަގުތަކަށް ނިކުތީ ސަރުކާރު ހުއްޓުވާލާނެ ކަމަށް ބުނަމުންނެވެ. ނަމަވެސް މުޒާހަރާގައި ބައިވެރިވަމުން ދަނީ މަދު އަދަދެއްގެ މީހުންނެވެ. ބައެއް ސަރަހައްދުތަކުން މުޒާހަރާގެ ބައިވެރިން ފަހަތައް ޖައްސަން ފުލުހުން ވަނީ ޕެޕަ ސްޕްރޭ ޖަހާފައެވެ.

އެކި ސަރަހައްދުތަކަށް އެއްވުމަށް މީހުން މަސައްކަތް ކުރި ނަމަވެސް މީހުން އެއްވާ ސަރަހައްދެއް ކައިރިން ފުލުހުންގެ ވެހިކަލް ފެންނަ އިރަށް މުޒާހަރާގެ ބައިވެރިން އެކި ސަރަހައްދުތަކަށް އަމިއްލަ އަށް ގޮސް މުޒާހަރާ ރޫޅެއެވެ.

 

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ސިނާ

    އަމީތަކީ ގައުމަށް ހުރި މުސީބާތެއް!

    • ާަަަނަޒަރު

      މީދެން ބޮޑަވަރަ މިގަައުމު ގެ ހަލަާކު

  2. ޫތަހު

    ޢަމީތު ދޫނުކުރާތި ދެން!

  3. ޢަލީ ހަމީދު

    ތިޔަ އަލީހުސެން ދޫނުކުރާތި. މިއަދުވެސް ކާލިގަޑު ޓީވީގަ އެންމެ ބާރައް ސަރުކާރު ވައްޓަން ގޮވަން އިނީ އަލީގެ ދަރި ހިސެއިން

    • ހަދީޖާ

      ނުވަވަނަމީހާޔާ އިދެގެން އަލީހުސައިން އުޅެނީ