މައިމީހާ ވިހެއުމުގެ ތެރޭގައި އައްޑޫ ސިޓީ ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން މައިމީހާގެ ބަނޑުގައި އޮތް ދަރިފުޅު ނިޔާވެފައިވާ ކަމަށް، ނިޔާވި ކުއްޖާގެ އާއިލާ އިން ބުނެފިއެވެ.

ހިތަދޫ ހޮސްޕިޓަލްގައި ނިޔާވި ކުއްޖާގެ އާއިލާ މެންބަރަކު "ވަގުތު" އަށް މައުލޫމާތު ދެމުން ބުނީ ކުއްޖާގެ މަންމަ މިދިޔަ ހޮނިހިރު ދުވަހު ޑޮކްޓަރަށް ދެއްކުމުން ސްކޭނެއް ހެދި ކަމަށާއި ސްކޭނުން ކުއްޖާގެ ކަރުގައި އެއްޗެއް ހުރިކަމަށް ދެއްކި ނަމަވެސް އެމައުލޫމާތު ސްކޭންގެ ރިޕޯޓްގައި ވެސް ލިޔެފައި ނެތް ކަމަށެވެ.

"ސްކޭން ކުރި ޑޮކްޓަރު ބުނީ ކަރުގައި އެއްޗެއް އޮޅިފައި އޮތް ކަމަށް. ނަމަވެސް އެއީ މައްސަލައެއް ނޫން ކަމަށާއި މައިމީހާ ވިއްސާއިރު އެކަމަށް ވަރަށް ބޮޑަށް ސަމާލުކަން ދޭނެ ކަމަށް. ސްކޭންގެ ރިޕޯޓް ދިން އިރު އެކަމުގެ އެއްވެސް ވާހަކައެއް ރިޕޯޓްގައި ނެތް." އާއިލާ މެންބަރު ބުންޏެވެ.

އާދިއްތަ ދުވަހަކީ ސަރުކާރު ބަންދު ދުވަހަކަށް ވުމުން އަންހެނުންގެ ޑޮކްޓަރަށް އެދުވަހު ދެއްކޭނެ ގޮތެއް ނުވިއެވެ. މާބަނޑު މީހާ ވަނީ ހޯމަ ދުވަހު އަނެއްކާވެސް ޑޮކްޓަރަށް ދައްކާފައެވެ. ކުރިން ދަރިފުޅު ތޮޅުނު ވަރަށް މިހާރު ނުތޮޅޭ ކަމަށް މާބަނޑު މީހާ ބުނުމުން ޑޮކްޓަރު ވަނީ ތުއްތު ކުއްޖާގެ ހިތުގެ ހިނގުން ބަލާފައެވެ. ހިތުގެ ހިނގުން ވަރަށް ބޮޑަށް ދައްވެފައި ހުރުމުން ވަގުތުން ސިޒޭރިއަން ހަދަން ޑޮކްޓަރު ނިންމިއެވެ.

"ސިޒޭރިއަން ހަދަން އޮޕަރޭޝަން ތިއޭޓަރެއް ނުލިބުނު. އެވަގުތު އެތަނުގައި ކުދިންތަކެއް ހިތާނު ކުރަނީ ކަމަށް ބުނެ އޮޕަރޭޝަން ތިއޭޓަރ ނުލިބިގެން ސިޒޭރިއަން ނުހެދި ގިނަ އިރުތަކެއްވީ. ސިޒޭރިއަން ހެދުނު އިރު ކުއްޖާގެ ކަރުގައި ތިން ފަހަރަށް ފޫޅު އޮޅި ކުއްޖާ އޮތީ ނިޔާވެފައި." އާއިލާ މެންބަރު ބުންޏެވެ.

އާއިލާ އިން ވާހަކަދެއްކި މީހާ ބުނީ ފުރަތަމަ ސްކޭން ހެދި ޑޮކްޓަރު ވެސް އެކަށީގެންވާ މައުލޫމާތުދީ ކުއްޖާގެ ހާލަތު ރިޕޯޓްގައި ލިޔުނު ނަމަ އަދި ސިޒޭރިއަން ކުރަން ޖެހުނު ވަގުތު އަވަހަށް އޮޕަރޭޝަން ތިއޭޓަރ ލިބުނު ނަމަ މިފަދަ ހިތާމަވެރި ހާދިސާއެއް ހިނގުމުގެ ފުރުސަތު ކުޑަ ކަމަށެވެ.

"ހިތާނު ކުރުން މެދުކަނޑާލާފައި ވެސް މާބަނޑު މީހާ އޮޕަރޭޝަން ކުރެވެން ޖެހޭނެ ކަމަށް އަޅުގަނޑުމެން ގަބޫލު ކުރަނީ. މިވާހަކަ ދައްކަން މިޖެހެނީ މިފަދަ ހާދިސާއެއް ދެން ވެސް ހިނގުމުގެ ފުރުސަތު ނުދިނުމަށް." އޭނާ ބުންޏެވެ.

މިހާދިސާ އާއި ގުޅިގެން ހިތަދޫ ހޮސްޕިޓަލްގެ ބަހެއް ނުލިބެއެވެ.

ކިޔުންތެރިންގެ ހިޔާލު

32 ކޮމެންޓް

  1. ގާސިމު

    ތިކުއްޖާގެ މަރުގެ މައްސަލަވެސް ބަލާ އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އެޅުމައް އިބުރާހިމުއައް ގޮވާލަން

  2. ރަސީދު

    މިފަހަރު ސަރުކާރެއް ވެސް ނޫން ރައީސް ސެއްވެަް ނުން ދޯ

  3. ހިތަދޫ

    ތިޔަ ހޮސްޕިޓަލުގައި އުޅޭ އަންހެން މުއައްޒަފުންގެ ހުންނަ

    ކިބުރު ވެރި ކަމާއި ބޮޑާކަން އެއީ އެތަނަށްދާ ކޮންމެ މީހަ

    ކަށް ވެސް އެނގޭނެ ކަމެއް. ރުން ކުރު ޖަވާބު ދިނުމާއި

    ފަރުވާ ކުޑަކަން އިންތިހާ އަށް. ބަލާނެ މީހަކު ނުހުރޭ.

    1
    1
    • ތެދު

      ތިއީ ހަމަ ތެދު. އަދި ތިތާގަ އުޅޭ ކުޑަކުދިންގެ ޑޮކްޓަރ އެއީ އޭނަ ހިތުން މަތިން ފައިބައިގެން އުޅޭ މީހެއް. ބޮޑާ ކަމާއި ކިބުރުވެރިކަން ގައިގަ ހުރި މީހަކު ރަނގަޅުނުވާނެ.

  4. ފާތުމަ

    މިސަރުކާރުގަ ތިޔަކަހަލަ ކަމެއްނުވާނެ.ވިޔަސް ވާނީ ކުރީގެ ސަރުކާރުގަ ޔާމީނު ކުރި ކަމެއްގެ ސަބަބުން.މިސަރުކާރުގައި ހޮސްޕިތަލެއްގައިމީގަކު މަރުވެގެން ނުވާނެ.

    • އޯކޭ

      މަންޖެ ހަމަތަ؟

  5. ފާތުމަ.

    ތިޔައޮތީވަށްބޮޑަށް އިހުމާލުވެވިފަ.

  6. ލަބީބު

    ރައީސް ޔާމީންގެ ބޮލުގައި އަޅުވާ! އެއީނު 2014 ން 2018އަށްވެސް ކުރި ކަމަކީ!

  7. މީހާ

    ކޮބާ ހެލްތް މިނިސްޓރު... ކަލެޔަށް އެބައިވޭތަ. ކޮބާ ކަލޭގެ ޒިންމާ

    • މިމީހާ

      މިއޮއްހާ ދުވަހު ކަލޭމެނަށް ނޭނގުނު ދޯ ގޮވާކަށް

  8. މިއަދު

    ތިއޮޅުވާލީތަ މީގެ ކުރިން ސިއްޙީމަރުކަޒަކުން ނުވަތަ ހޮސްޕިޓަލަކުން ވިއަސް އެފަދަ ކަމެއްވެއްޖެނަމަ މިނިސްޓަރ ނޫނީ ރައިސްމީހަ މިފަހަރު ދެވެރިންސަލާމަތްވެ ހޮސްޕިޓަލުގެ މުއައްޒަފުންނަށް މިއަމާޒުވީ ކީއްވެބާ؟؟؟؟؟؟؟؟

  9. މިއަދު

    ހިތަދޫ ހޮސްޕިޓަލްގެ އިހްމާލުން ކުއްޖަކު ނިޔާވެއްޖެ މިމައްސަލަ ބަލަން ކޮމިޝަނެއް އުފައްދަން ރައިސަށް ގޮވާލަން

    • ާއިބޫ

      ތާޢީދު

  10. އަލީ

    ތިކުއްޖާ މަރުގެ މައްސަލަ ބަލަން އިތުރު ކޮމިޝަނެއް ހަދަން ފެނޭ!

  11. ތަހުނާ

    ރައީސް ޔާމީންގެ ކަމަކަށް ނުވާނެބާ؟

  12. މައިނާ

    ކޮބާ އިބޫ، ކޮބާ ގާސިމް، މައުމޫނު، ކޮބާ އިމުރާން. ކޮބާ ޑިފެންސް މިނިސްޓަރ، ކޮބާ ހެލްތް މިނިސްޓަރ. މިސަރުކާރަކުން ތިކަހަލަކަމެއް ނުވާނެ. ތީ ޔާމީން ސަރުކާރުގަ ބަނޑުބޮޑުވި ކުއްޖަކަށްވާނީ.

  13. ޑޮން

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  14. ނަސީރާ، ސ.ހިތަދޫ

    އަޖައިބު އަންތަރީސް ވެދާނެ. އިބޫގެ ސަރުކާރު މަސްއޫލިއްޔަތާ ހަވާލުވި ފަހުން އަދި ނުވޭ 100 ދުވަސް. ތިޔަ ޑޮކްޓަރެއް ތިޔަ ހޮސްޕިޓަލަކަށް ގެނައީ މި ސަރުކާރަކުން ނޫން. ތި މީހާ ތި ތަނުގައި އިނދެ މީހުން ފޮތި ފޮތި ކުރާތާ ކިތަންމެ ދުވަހެއް.

  15. އިހުމާލު

    ތިޔަކަންތީ ޔާމިން ސަރުކާރުގަ ހިނގިކަމެއްނަމަ މި ކޯޅޭޝަން ވަރަށް ފޯރިހުރީސް. ކޮބާ ހެލްތު މިނިސްޓަރު؟ ކޮންތާކުވީ. މިކަމާމެދު ބަހެއް ބުނަން ނުޖެހެނީތަ ހެލްތު މިނިސްޓަރަށް.

  16. ރަށްދު

    އެމްޑީޕީގެ ސަރުކާރުގެ އިހުމާލުން ވީ ފުރަތަމަމަރު 1

  17. ފަޓުލޫނު

    ތަހުގީގެއްވެސް ނުކުރަނީސް ތަނުގެ އިހުމާލުންކަމަށް ނިންމާ ނޫހުގެ ފަލަ ސުރުހީ ޖަހުން އެއީ ނޫސްވެރިކަންކުރުންތަ؟؟؟؟؟؟؟؟

  18. ަިއިހުމާލު

    ސިއްހީ ފަރުވާއަކީ އިންސާނިއްޔަތަށްޓަކައި ދެވޭ ޚިދުމަތެއްކަން އިހުސާސްވެސް ކުރެވޭ މީހަކު ހިތަދޫ ހޮސްޕިޓަލުގައި މަސައްކަތް ކުރާހެން ހީނުވޭ! ކުޅުދުއްފުށި ހޮސްޕިޓަލުން ޚިދުމަތް ހޯދުމުން ދެހޮސްޕިޓަލުގައި މަސައްކަތްކުރާ މީހުންގެހުރި އިންސާނީވަންތަކަމާ ބަލިމީހާއަށް ކަމޭހިތުމުގައި ހުރި ބޮޑުތަފާތު ފެނުމުން ވަރަށް އުފާވި އަދި ވަރަށް ދެރަވެސްވި! ހިތަދޫ ހޮސްޕިޓަލުގައި ވަޒިފާ އަދާކުރާމީހުން ވަރައްބޮޑަށް ބަދަލުވާން އެބަޖެހޭ! އަޅާލުމާ، ކަމައްކަމޭހިތުމާ، އެޓިޓިއުޑް ބަދަލުކުރުމާ، ކަސްޓަމަރުންނަށް އެހީތެރިވުމުގައި ތިބޭބައެއް ކަމުގައިވާން އެބަޖެހޭ!

  19. މަންމަ

    އެކުއްޖާގެ ފުރާނަގެންދަވަން ހުރިގޮތްއެއީ ،، ބަދަލުގެނެވޭނެ މީހަކުނުހުންނާނެ .....

  20. ރައްޔިތު މީހާ

    މިތާ ސިޔާސީ ވާހަކަ ދެއްކުމަށް ވުރެ ރަނގަޅީ ނުދެއްކުން . މީ ސިޔާސީ ކަމެއް ނޫން . މީ މުއަސަސާ އަކުން އިހުމާލު ވިކަމުގެ ވާހަކަ އެއް. މި މައްސަލަ ބަލާ ތަހުގީގު ކުރިޔަ ދޭންވީނުން.. ?‍♂️

  21. އަބޫ

    މިސަރުކާރުންލީ އެއްވެސް މުއައްޒަފެއްތިތާކު ނުތިބޭނެ . މިސަރުކާރުން ޒިންމާވާކަށް ނުޖެހޭ.

  22. އައްޑޫ

    މުއައްޒަފުންނަކީ ބޮޑާ ކިބުރުވެރި ބައެއް.ހާއްސަކޮށް އަންހެން މުއައްޒަފިން. ހިނިތުންވުމެއް ނުހުރޭ..ތުންފަތުގަ
    ކުލަ ހާކައިގެން، އެއިން ކުލަ ކޮޅެއް ހަޑިވެދާނެތި ތުން
    ދަމައިގެން ތިބޭނީ

  23. ޟޫތު

    ޢަމީން އިސްތިއުފާ

  24. ސައއަަސސަސަ

    ދަރިފުޅު ނުތޮޅޭ ކަމަށް ފާހަނގަކުރެވުނީމަ ސަރުކާރު ބަންދު ދުަވަހަކަށްވިއަސް އަދި އަންހެނުންގެ ޑރ ނެތަސް އިމާރޖެންސީ ރޫމް އަދި ލޭބަރ ރޫމަށް ގޮސް ދަރިފުޅުގެ ވިންދު ބަލައި ޗެކްކުރަން ޖޭހެނެނޫންތޯ؟

  25. މި ވެރިކަމު ނުވާނެ!

    މިހާރު ހޮސްޕިޓަލް މައްސަލަ ނެތީ، ރައީސް މީހާ މައްސަލަ ނެތީ، ސަރުކާރު މައްސަލަ ނެތީ. ދެން ކާކު މައްސަލަ؟

  26. ޢަލީހަމީދު

    ޓ
    ޓިޔަކަމުގެ ޒިންމާނަގަންޖެހޭނީ ޔާމީނުސަރުކާރުން . ޢެއީ އެމީހާބަލިވެ އިން އިރު ރައީސަކަށްހުރީ ޔާމީނު އެހެންވީމަ ތިމަރުގެ ޒިންމާ ނަގަންޖެހޭނީ ކުރީގެސަރުކާރުން... އަވަހަށް މަރުތަހުގީގު ކުރާ ކޮނިސަނަށް ތިމަރުވެސް ފޮނުވާ..

  27. ސޫދު

    މަމީހުޅުދޫމީހެއް ވަރއށްގަދަބަސް ބުނާނަުހުންތިބޭ ހިޔެނުވޭ ތިބެނީވަޒީފާގަ ކަމެއްވެ އެމީހުންނަކަނެގޭ.......

  28. ސޫދު އަލީ ހުޅުދޫ

    މަމީހުޅުދޫމީހެއް ވަރއށްގަދަބަސް ބުނާނަުހުންތިބޭ ހިޔެނުވޭ ތިބެނީވަޒީފާގަ ކަމެއްވެ އެމީހުންނަކަނެގޭ.......