ހުޅުމާލޭ ހައިވޭގައި ރޭ ފަތިހު ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެމީހަކަށް ފަރުވާ ދޭން ފަށައިފިއެވެ.

ހުޅުމާލޭ ހޮސްޕިޓަލް ހިންގާ އާސަންދަ ކުންފުނިން ވިދާޅުވީ ހައިވޭގައި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ދެ ފިރިހެނަކު ރޭ ފަތިހު 05:30 ހާއިރު ހުޅުމާލޭ ހޮސްޕިޓަލަށް ގެނައި ކަމަށެވެ.

އަނިޔާވެފައި ވަނީ ލ.ކަލައިދޫ އުމުރުން 36 އަހަރުގެ ފިރިހެނަކަށާއި 29 އަހަރުގެ ފިރިހެނަކަށެވެ. މިދެމީހުންނަކީ ވެސް އެއް ސައިކަލެއްގައި ތިބި ދެމީހުންނެވެ.

އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބެއް އަދި ސާފެއް ނުވެއެވެ.

ދެމީހުން ވެސް މިހާރު އިތުރު ފަރުވާ ދިނުމަށް އައިޖީއެމްއެޗް އަށް ބަދަލު ކޮށްފައިވާ ކަމަށް ހުޅުމާލޭ ހޮސްޕިޓަލުން މައުލޫމާތު ދެއެވެ.

ދެމީހުންނަށް ލިބުނު އަނިޔާތަކުގެ ތަފްސީލް އެއްވެސް ހޮސްޕިޓަލަކުން ލިބޭގޮތެއް އަދި ނުވެއެވެ.

ހުޅުމާލެ އާއި މާލެ ގުޅުވާލި ބުރިޖަށް ދިއުމަށް ތަރައްޤީ ކުރި މަގުތަކާއި، ބުރިޖު މަތީގައި އެކްސިޑެންޓް ހިނގުން ވަނީ ވަރަށް ބޮޑަށް އާންމު ވެފައެވެ. އެކްސިޑެންޓްތައް އާންމު ގޮތެއްގައި ހިނގަމުން ދަނީ ޤަވައިދާއި ހިލާފަށް އޯވަޓޭކް ކުރުމުގެ ތެރޭގައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ސޫދާ

    ބްރިޖް މަތީގައި 2 ސައިކަލް ނުވަތަ 3 ސައިކަލް އެއްހަމައެއްގައި ތިބެގެން ވާހަކަ މަޖާ ކުރަމުން މަޑު ދުވެއްޔެއްގައި ދުއްވުމަކީ މިހާރު ޢާއްމު ކަމަކަށް ވެއްޖެއެވެ. ދެން ފަހަތުން އަންނަ މީހުން ޖެހެނީ ކުރިނޭރިގެން، ހަތަރުފުރޮޅުލީ އުޅަނދަށް ޚާއްޞަ ކުރެވިފައިވާ ލައިނަށް އަރާށެވެ. މިހިރީވެސް ވަރަށް ނުރައްކާ ކަންތައްތަކެވެ. އަނެކުންނަށް ވާނެ އުނދަގުލަކަށް ވިސްނާލައިގެން އުޅުން އާދަކުރަންވެއްޖެއެވެ.

  2. އެނގޭ މީހާ

    ހުރިހާ އެންމެނަށްވެސް ފަސޭހައަކަށް ބްރިޖާއި ހައިވޭ ހަދާފައިވަނީ، ސޫދާގެ ކޮމެންޓަކީ ވަރަށް ރަނގަޅުކޮމެންޓެއް، އާޔާހިލާފަށް ބާރަށް ދުއްވާ މީހުންނައި އުނދަގޫވާވަރަށް މަޑުންނާޢި ގްރޫޕްހަދާފައި ވާހަކަދައްކާ ފޮޓޯނަގަމުން ދުއްވާމީހުންގެ ސަބަބުން ގިނަމީހުންނަށް މީގެން އުނދަގުލާއި ނުރައްކާތެރިކަމާއި ކުރިމަތިވަނީ. ދިވެހިން އެބަޖެހޭ ކަންކަމުގައި އަމަލުކުރަން ހެދިފައިވާ ޤަވައިދުތަކަށް އަމަލުކުރަން ދަސްކުރަން.

  3. މިއަދު

    ތިއީ ހައިވޭ ހަދަފައި އޮތްގޮތުންވީކަމެއްނަމަ ޒިންމާއުފުލަންޖެހޭނީ މުއިއްޒުއާއި ރައިސްޔާމީނު ދެއްތޯ

    • ސައިކަލް

      ނޫނޭ...ޒިންމާ އުފުލަންޖެހޭނީ ސައިކަލުގެ ދެ ފުރޮޅު.