ތަހްޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަން ފުލުހުން އާންމުންގެ އެހީއަށް އެދިއްޖެއެވެ.

ފުލުހުންގެ ވެބްސައިޓްގައި ވީޑިއޯއެއް އާންމުކޮށް ފުލުހުން މިއަދު ވިދާޅުވީ ވީޑިއޯއިން ފެންނަ މީހަކީ ފުލުހުންގެ ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަން ޑިޕާޓްމަންޓުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދާ މީހެކެވެ.

އޭނާ ހޯދަމުން ދަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން ވިދާޅެއް ނުވެއެވެ.

ފުލުހުން ވިދާޅުވީ އޭނާ އާއި ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ މޯލްޑިވްސް ޕޮލިސް ސަރވިސްގެ ނަންބަރ 3322111 ނުވަތަ ހުޅުމާލެ ޕޮލިސް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަމްބަރު 9980062 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.

މިފަދަ ކަންކަމުގައި ރައްޔިތުންގެ ފަރާތުން ފުލުހުންނަށް ލިބެމުންދާ އެއްބާރުލުން މި ފުރުސަތުގައި ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށް ވެސް ފުލުހުން ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ސިގިރެޓް އިޝްތިހާރު

    ތީ އެނގިގެން ނުވަތ ނޭނގި ސިގިރެޓް އިޝްތިހާރު ކުރަން ވެގެން ކޮއްފަ އޮތް ކަމަކަށް ވެދާނެ. މިހާރު ސިނގިރެޓު ނުބޯ މީހުން މުޖްތަމަޢުން އެއްފަރާތްެ (މަރޖިނަލައިޒް) ވެފަ ތިބެނީ. ނުބޯމީހުންގެ ޢަދަދު މަދުވީމާ، ޑީމޮކުރަސީ ވެސް ފުލުހުންވެސް ގިނަމީހުންނާ އެއްކޮޅަށް. މިހާވަރުން ދަންޏާ ޑުރަގު ނުނަގާ މީހުން ވެސް މުޖްތަމަޢުން އެއްފަރާތްެ (މަރޖިނަލައިޒް) ވާނެ.

  2. ނޫރާ

    އިންސާނިއްޔަތައްޓަކައި ތިޔަމީހަކު ހައްޔަރު ނުކުރަން ފުލުހުންނަށް ގޮވާލަން.

  3. ޏަމްޏަމް

    ކީއްކުރަންތަ ތިމީހާތި ހޯދަނީ މިހާރުގެ ސަރުކާރަކީ މީހުންނަށް ގަދަރުކުރާސަރުކާރެއް އެހެންވީމާ އިންސާނިއްޔަތަށްޓަކާ ތިމީހާ ދޫކޮއްލައްވާ އަހަރުމެންރައްޔަރުން ތިމީހާގެ މައުލޫމާތެއް ނުދޭނަން އިންސާނިއްޔަތައް ޓަކާވެސް ހޯރައިއްބެ އާއި ވެލަޒިނީ އަށް އެކަނިތަ އިންސާނއްޔަ ވަންތަކަން އޮތީ.......