މިދިޔަ މަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕެއިނުގެ ތެރެއިން ޕީޕީއެމް އިން ބޭއްވި ސައިޒު ދައްކާލާ ބޮޑު ޖަލްސާއަށް ރާއްޖޭގެ އެކި ކަންކޮޅުތަކުން ވައިގެ މަގުން ސަޕޯޓަރުން ގެނައުމަށް ކުރި ދަތުރު ތަކަށް ލިބެން ޖެހޭ ފައިސާ ނުލިބިގެން މޯލްޑިވިއަންއިން ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ފައިސާ ހޯދުމަށް މޯލްޑިވިއަނުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅީ މިދިޔަ ހޯމަ ދުވަހުއެވެ. އެކުންކުންފުނިން ވިދާޅުވި ގޮތުގައި ކަމާ ބެހޭ ބައެއް އިދާރާތަކަށް މައްސަލަ ހުށަހެޅީ ފައިސާ ނުދައްކާ ގިނަ ދުވަސް ވާން ފެށުމުން ކަމަށެވެ.

މިދިޔަ މަހުގެ 23 ގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި އެ ޕާޓީގެ ކެންޑިޑޭޓު ރައީސް ޔާމީންގެ ކެމްޕެއިންގެ ބޮޑު ޖަލްސާއަށް މާލެ ސަޕޯޓަރުން އުފުލުމަށް ކުރި ޚަރަދުތަކަށް ފައިސާ ނުދައްކައިގެން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ވެސް އައިއޭއެސް އިން ހުށައެޅި އެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނުން ވަނީ ދަތުރުތައް ކުރުމަށް ފަހު ޕީޕީއެމް އިން ދައްކަން ޖެހޭ ފައިސާ އެޕާޓީގެ ބަޖެޓުން އުނިކޮށްދިނުމަށް އިލެކްޝަންސް ކޮމިޝަނުގައި ވެސް އެދިފަ އެވެ. ނަމަވެސް އީސީ އިން އިއްޔެ ބުނެފައި ވަނީ ޕާޓީގެ ބަޖެޓުން އެގޮތަށް ފައިސާ އުނި ނުކުރެވޭނެ ކަމަށެވެ.

ޕީޕީއެމުން އެ ޖަލްސާ އަށް މީހުން ގެނައުމަށް މޯލްޑިވިއަން އާ އެކު ސޮއިކުރި ކްރެޑިޓް އެއްބަސްވުމެއްގެ ދަށުން އެ ޕާޓީން އެ ކުންފުންޏަށް 4.8 މިލިޔަން ރުފިޔާ ދައްކަން ޖެހެ އެވެ.

އައިއޭއެސް އިން އީސީއަށް މައްސަލަ ހުށައެޅުމާ އެކު ޕީޕީއެމުން އެއް މިލިއަން ރުފިޔާ ދެއްކުމުން ބަކީ އަދިވެސް 3.8 މިލިއަން ރުފިޔާ ދައްކަން އެބަ އޮތެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. Miadhu

    އީސީއިން ޕީޕީ އެމަށް ދޭންޖެހޭ ފައިސާ ނުދީ ތިބިމައްސަލަ ކޯޓަށް ހުށައަޅަންޖެހޭނެ މިގައުމުގައި އޮތް އެއްމެ ގައްދާރު ދެ މުއައްސަސާއަކީ ސްޕްރިންކޯޓާއި އީސީ

  2. ޔާމީން

    ކުރިއަށް ބާރަށް ކުރިއަށް.