އދ.ގެ އެސިސްޓަންޓް ސެކްރެޓަރީ ޖެނެރަލް ފޯރ ޕޮލިޓިކަލް އެފެއާޒް މިރޮސްލާވް ޔެންކާ އާއި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބައްދަލު ކުރައްވައިފިއެވެ.

އިދިކޮޅު ފަރާތްތަކުން ވަނީ އަންގާރަ ދުވަހުގެ ވަގުތެއްގައި އދ. ގެ ހިއުމަން ރައިޓްސް ކޮމިޝަނާ ޕްރިންސްޒައިދު ރައާދު އަލް ޙުސައިންއާ ވެސް ބައްދަލު ކުރައްވާފައެވެ.

އދ ގެ މައި އޮފީހުގައި ބޭއްވި މި ބައްދަލުވުމުގައި ގުޅިފައިވާ ޕާޓީތަކުގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ރައީސް ނަޝީދުގެ ސަރުކާރުގެ ފޮރިން މިނިސްޓަރު އަހުމަދު ނަސީމްއެވެ.

އދ ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭޒް ވެސް ވަނީ ރާއްޖޭގައި މިހާރު އިއުލާނުކޮށްފައިވާ ކުއްލި ނުރައްކަލުގެ ހާލަތު އުވާލައި ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ރޭ ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރެއްވުމަށް ވެސް ގޮވާލައްވާފައެވެ.

އޯލް ޕާޓީ ޓޯކްސް އާއި ގުޅޭ ގޮތުން ބޭރުގެ މީޑިއާ އަށް މައުލޫމާތު ދެއްވުމަށް ރައީސް އޮފީހުގައި އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަކުވުމެއްގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ޝައިނީ ވިދާޅުވީ ރައީސް ޔާމީންގެ އިސްނެންގެވުމުގެ މަތިން އިދިކޮޅު ފަރާތަކާއި އެކު މަޝްވަރާގެ މޭޒަށް ދާން ބޭނުންވި ނަމަވެސް އިދިކޮޅު ޕާޓީ ތަކުން އެކަމަށް އެއްބާރުލުން ނުލިބޭ ކަމަަށެވެ.

ޝައިނީ ވިދާޅުވީ މަޝްވަރާގައި އދ ބައިވެރިވާން ސަރުކާރުން ދެކޮޅު ނޫން ކަމަށާއި ސަރުކާރުން ބާއްވާ މަޝްވަރާގައި ބައިވެރިވާން އީޔޫ, އަދި އދ އިން ބައިވެރިވާން ސަރުކާރުން މަރުހަބާ ކިޔާނެ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ފާތުން

    މިއީ ފުރަތަމަ މަޢުމޫން މަރަށް ފިސްތޯލަ އެތެރެކުރި މީހުން މިހާރު ބޭރުޤައުމުތަކުގައި ތިބެގެން ޤައުމު ހަލާކުކުރަނީ މަޢުމޫނަށްވެސް ވެރިކަމުގެ ދަހިވެތިކަމުގައި ހަދާނެއްނެއްމިކަމެއް.

  2. މިނިވަން

    އދ. އާއި. އީޔޫ. އާއި އިނދިކޮޅު ޕާރޓީތަކުން ބޭނުންވެގެން އުޅެނީ އެއް ކަންތައްތަކެއް އެއީ އިސްލާމްދީން ނޫން އެހެންދީންތަކަށް ރާއްޖެ ހުޅުވާލުމާއި، އިސްލާމީ ޝަރީޢަތުގެ ޙުކުމްތައް ތަންފީޛުކުރުން މަނާކުރުމާއި، އެއްޖިންސުން ކާވެނި ކުރުން ހުއްދަ ކުރުމާއި، ރާބުއިމާއި ޖުވާކުޅުން ހުއްދަ ކުރުން. މިކަންކަމަށް ދިވެހިރައްޔިތުން ވަރަށް ބޮޑަށް ފާރަލައި ވިސްނަންއެބަޖެހޭ މިޒަމާނުގައި ޤައުމެއްގެ މިނިވަންކަން ގެއްލިއްޖެނަމަ ކުރިއަށް އޮތް 1000 އަހަރުންވެސް އެކަން ބަދަލެއް ނުކުރެވޭނެ، އިރާޤާއި، ލީބިޔާ، ތޫނިސް، ފަލަސްތީން، ސޫރިޔާ، އަށް ވަމުންދާގޮތް ބައްލަވާ ލައްވާ.