މިހާރު ރާއްޖޭގެ ގިނަ ބައެއްގެ މެދުގައި މަޤުބޫލުކަން ހޯދާފައިވާ ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑް، "ޖެނެޓް"ގެ އުފެއްދުންތައް، މާލޭ "ތްރީއޭ ސިގްނޭޗާ" ފިހާރައިން ވަރަށް ހެޔޮ އަގުގައި ވިއްކަން ފަށައިފިއެވެ.

މާލޭގައި ކޮސްމެޓިކްގެ މަޝްހޫރު އެކި ބްރޭންޑްތައް ހެޔޮއަގުގައި ވިއްކާ، "ތްރީއޭ ސިގްނޭޗާ" އިން، ޖެނެޓް ބްރޭންޑުގެ ގިނަ ޢަދަދެއްގެ ޕްރޮޑަކްޓުތައް މިހާރު ވަރަށް ބޮޑަށް އަގުހެޔޮކޮށްފައިވާއިރު، އޮލިމްޕަސް އާއި އަލިކިލެގެފާނު މަގާއި ދެމެދުން މަޖީދީމަގުގައި ހުންނަ އެ ފިހާރައިން ޖެނެޓްގެ ޖުމްލަ 25 ޕްރޮޑަކްޓެއް މިހާރު ލިބެން ހުންނާނެއެވެ.

ޖެނެޓް ބްރޭންޑުގެ ޕްރޮޑަކްޓުތައް ރާއްޖެއަށް އެތެރެކޮށް މާކެޓްކުރާ "ލިބޭ" އިން ބުނެފައިވަނީ، އެފަރާތުން މިހާރު ޖެނެޓްގެ އުފެއްދުންތައް އެއް އަގެއްގައި ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ފޭސްބުކް ޕޭޖު މެދުވެރިކޮށްވެސް ވިއްކަމުންދާ ކަމަށެވެ. އެގޮތުން މިހާރު އެ ޕްރޮޑަކްޓުތައް ރާއްޖޭގައި އެންމެ ހެޔޮ އަގުގައި ހޯލްސޭލްކުރާ ފަރާތަކީ އެއީ ކަމަށް "ލިބޭ" އިން ބުނެއެވެ.

"ލިބޭ" އިން މިހާތަނަށް ޖެނެޓްގެ ޖުމްލަ 25 އުފެއްދުމެއް ރައްޖެއަށް އެތެރެކޮށް، ހެޔޮ އަގުގައި ހޯސްލޭސްކޮށް ރީޓެއިލް ކުރަމުންދާއިރު އެފަރާތުން ބުނީ، މިވަގުތު އެންމެ ބޮޑު ޑިމާންޑެއް އޮތީ އެ ބްރޭންޑުގެ މޫނުގެ ހަންގަނޑު އަވަހަށް ދޮންކޮށްދޭ "ފެއާނެސް ކްރީމް އަދި ފޭސްވޮޝް" އާއި، ލަކުނު ފިލުވާލުމަށް ޚާއްސަ "ޕަޕާޔާ ނޯމާކް ޓްރީޓްމަންޓު"ގެ އިތުރުން، ބޮލުން އިސްތަށި ފޭބުން ހުއްޓުވައިދޭ "ޖެނެޓް ހެއާފޯލް ޓްރީޓްމަންޓް ތެޔޮ، ޝޭމްޕޫ އަދި ކޮންޑިޝަނާ" އާއި، އިސްތަށިގަނޑުން ޑޭންޑްރަފް ފިލުވާލާ ދުޅަހެޔޮކޮށްދޭ "ޖެނެޓް ޑޭންޑްރަފް ކޮންޓްރޯލް އޮއިލް އަދި ޝޭމްޕޫ" އަށް ކަމަށެވެ.

ގިނަ ބައެއްގެ މެދުގައި މަޤުބޫލު އަދި އެތައް ބައެއްގެ އިތުބާރު ހޯދާފައިވާ ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކާއި އޭގެ މަޢުލޫމާތުތައް، ފޭސްބުކް ޕޭޖް "ލިބޭ" އިން ލިބެން ހުރިއިރު، މި ޕްރޮޑަކްޓުތައް ބައްލަވައިގަތުމާއި އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް، 7660630 ނަމްބަރު ފޯނަށް ގުޅުމަށް އެފަރާތުން އެދެއެވެ.

ޖެނެޓްގެ ޕްރޮޑަކްޓުތައް މިހާރު މާލެ އާއި ހުޅުމާލެ އަދި އައްޑޫގެ އިތުރުން ލ. އަތޮޅުންވެސް ލިބެން ހުންނާނެއެވެ. ހުޅުމާލެއިން ޖެނެޓްގެ ޕްރޮޑަކްޓުތައް ވިއްކަމުން އަންނަނީ، 'ސަމަރ ސްޕޯޓްސް' ފިހާރަ (ލޮޓް ނަމްބަރު: 11165، ބޮކަރުމާ ހިނގުން) އިންނެވެ. މާލެ އިން ޖެނެޓުގެ ޕްރޮޑަކްޓުތައް ތްރީއޭ ސިގްނޭޗާ ފިހާރައިން ލިބެން ހުރިއިރު، "ލިބޭ"ގެ ނަމްބަރަށް ގުޅުމުންވެސް ބައްލައިގެންނެވޭނެއެވެ. "ލިބޭ"އިން އަންނަނީ މާލޭގައި ޖެނެޓްގެ ޕްރޮޑަކްޓުތައް ހިލޭ ޑެލިވަރީ ކޮށްދިނުމުގެ ޚިދުމަތް ފޯރުކޮށްދެމުންނެވެ.

ޖެނެޓް ބްރޭންޑުގެ އުފެއްދުންތަކަކީ، 100 އިންސައްތަ ޤުދުރަތީ މާއްދާތައް ހިމަނައިގެން 1961 ވަނަ އަހަރުން ފެށިގެން "ބިއުޓީ" އަދި "ޕާސަނަލް ކެއަރ"އަށް ޚާއްސަކޮށް އުފައްދާފައިވާ، ގިނަ ބައެއްގެ އިތުބާރާއި ޔަޤީންކަން ހާސިލްކޮށްފައިވާ އުފެއްދުންތަކެކެވެ. މި ބްރޭންޑުގެ އެންމެ ޚާއްސަ އުފެއްދުންތަކުގެ ތެރޭގައި ހިމެނެނީ "ސްކިން ކެއަރ" އަދި "ހެއަރ ކެއަރ"ގެ އުފެއްދުންތައްކަން ފާހަގަކޮށްލެވެއެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ޖެނެޓްގެ އުފެއްދުންތައް ވިއްކާ "ލިބޭ" އިން ބުނެފައިވާ ގޮތުގައި އެފަރާތުން މިހާރު ދަނީ މި ބްރޭންޑުގެ އިތުރު ޕްރޮޑަކްޓުތައްވެސް ރާއްޖެއަށް ތަޢާރަފްކުރުމަށް ތައްޔާރުވަމުންނެވެ.

ހަމަ އެކަނި ހަންގަނޑާއި އިސްތަށިގަނޑަށް ޚާއްސަކޮށްގެން ޖެނެޓުން މިހާތަނަށް 50 އަށްވުރެ ގިނަ ޕްރޮޑަކްޓު އުފައްދާފައި ވެއެވެ. ޖެނެޓް ބްރޭންޑްގެ އުފެއްދުންތައް ރާއްޖެ އާއި މުޅި ދުނިޔޭގައިވެސް ގިނަ ބައެއްގެ މަޤުބޫލުކަން ހޯދަމުންދާއިރު، މިހާތަނަށް އެ ބްރޭންޑުން ވަނީ ދުނިޔޭގެ ފެންވަރުގެ ދެ އެވޯޑެއްވެސް ޙާސިލްކޮށްފައެވެ.

ތްރީ އޭ ސިގްނޭޗާ އިން ދަނީ ޕެރިސް، ބަޔޯ ގްލޯ، ޑޯރަލް ކަލެކްޝަން، ޖޭޕީޑީ އަދި އެހެނިހެންވެސް ބްރޭންޑްތަކުގެ ކޮސްމެޓިކްސް ހޯލްސޭލް ކޮށް ވިއްކަމުންނެވެ.