ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކުރީގެ ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި، ޕީއެޗްޑަށް ކިޔަވާ ވިދާޅުވާން ހުންނަވަނިކޮށް ވަޒީފާ އިން ވަކިކުރި ސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އަދި ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ އިންސްޕެންޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް (ޑީޑީ) އަށް ވަޒީފާ ދިނުމަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.

ފުލުހުންގެ ވަޒީފާ އިން ވަކިކޮށްފައިވާ ކުރީގެ ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒާއި، ޕީއެޗްޑަށް ކިޔަވާ ވިދާޅުވާން ހުންނަވަނިކޮށް ވަޒީފާ އިން ވަކިކުރި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް އަދި ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ އިންސްޕެންޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް (ޑީޑީ) އަށް ވަޒީފާ ދިނުމަށް ސިވިލްކޯޓުން އަމުރުކޮށްފިއެވެ.

އެކެއް ފެބުރުވަރީގެ އަމުރާ ގުޅިގެން މާލޭގައި ހިނގާދިޔަ ކަންކަމާ ގުޅިގެން ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވާ، ކުރީގެ އެސްއޯ ފުލުހެއް ކަމަށްވާ އިންސްޕެންޓާ އޮފް ޕޮލިސް އަބްދުﷲ އިބްރާހިމް (ޑީޑީ) ވަޒީފާއިން ވަކި ކުރުމުގެ ކުރިން ގއ. ގެމަނަފުށީ ޕޮލިސްޓޭޝަނަށްވެސް ބަދަލުކޮށްފައިވެއެވެ.

ސިވިލް ކޯޓުން ވަޒީފާ ދިނުމަށް އަމުރުކުރި ކުރީގެ ސްޕްރިންޑެންޓް އޮފް ޕޮލިސް މުހައްމަދު ރިޔާޒު ޗުއްޓީގައި ހުއްޓާ ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާގެ ސުލޫކީ މައްސަލައެއް ބެލުމަށްފަހު ފުލުހުންގެ ވަޒީފާގައި އިތުރަށް ބަހައްޓަން ނުފެންނަކަމަށް ބުނެ 2017 ވަނަ އަހަރުގެ ސެޕްޓެމްބަރ މަހުގެ ތެރޭގައެވެ. އޭނާ ވަޒީފާއިން ވަކިކުރުމުގެ ކުރިން ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަން ކޮމާންޑުން، ކޮމިޝަނަރ ބިއުރޯއަށްވެސް ބަދަލުކޮށްފައެވެ.

ސަރުކާރު ބަދުނާމު ކުރުމަށް މީސްމީޑިއާގައި ވާހަކަދައްކާތީ ކަމަށް ބުނެ ފުލުހުންގެ ވަޒީފާއިން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ފައިރޫޝް ވަކިކޮށްފައިވަނީ، ޕީއެޗްޑަށް ކިޔަވާ ވިދާޅުވާން އޮސްޓްރޭލިއާގައި ހުންނަވަނިކޮށެވެ.

ފުލުހުންގެ ވަޒީފާއިން ކުރިން ވަކިކުރި އެމްސީ ހަމީދަށްވެސް އަލުން ވަޒީފާދޭން ސްޕްރީމް ކޯޓުން ހުކުމް ކުރުމާ ގުޅިގެން އޭނާއަށް ފުލުހުންގެ ވަޒީފާ ދީފައިވާއިރު، ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމަށް ބަދަލުކޮށް އިއްޔެ އޭނާއަށް ވަނީ ފުލުހުންގެ އިދާރާ ހިންގުން ހަވާލުކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ވާވާ

    ސާބަހޭ ކޯޓްތައް... މިހާރު ސަދޫމްގެ ކޯޓުތަކުން މިއަންނަނީ ސައްޚަ އަމުރު އުތަ؟؟؟

  2. ޤަރީ

    ކޯޓުތަކުގައި ތިބީ ލާރި ނުލިބޭ ކުދިން

  3. ޖޯކު

    މަޖާކަމެއް ހުވާ . މަ ގޮލާ ހީ ޙީ ހީ

  4. ހަލާސް

    ކޮބާ ސުޒީ އަށް ވަޒީފާ ދެނީ ކޮންއިރަކުން

  5. ރިޔާލް

    ހުރިހާ ބާޣީންވެސް ހަމަ ސާފު ހުދު ފޮށަޔަކަށް ބަދަލުވީ....؟