ފުލުހުންނަށް ކުރަމުން ދަނީ ޣައިރުު ގާނޫނީ އަމުރުތަކެއް ކަމަށް ބުނެ އެކަން ހުއްޓާލުމަށް އިންޒާރުދީ ފުލުހުންގެ ޔުނީފޯމުގައި ތިބި ބަޔަކު ވީޑިއޯއެއް އާންމު ކޮށްފިއެވެ.

މިއަދު ޔޫޓިއުބަށް އަޕްލޯޑު ކުރި އެ ވީޑިއޯގައި ފުލުހުންގެ ޔުނީފޯމުގައި ތިބި މީހުންގެތެރެއިން އިސްކޮށް ވާހަކަ ދެއްކި މީހާ ބުނީ މިހާރު ކަންތައް ހިނގަމުންދާ ގޮތުން ފުލުހުންގެ މުވައްސަސާ ވެފައި ވަނީ ޕީޕީއެމްގެ ޖަގަހައަކަށް ކަމަށެވެ.

"މިދަނީ ވަރަށް ގާތުން ބަލަމުން. އަޅުގަނޑުމެންގެ ވެރިންނަށް ބުނެލަން އޮތީ، އަޅުގަނޑުމެން ބޭނުންކޮށްގެން ތިޔަ ހިންގާ ޖިނާއީ ކުށްތަކާއި އަޅުގަނޑުމެންގެ މައްޗަށް ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމުރުތަކަށް ލައްކަ ދުވަހަކު ކެތްތެރިވެވިއްޖެ. ފެބްރުއަރީ ހަތެއްގައިވެސް އަޅުގަނޑުމެން ނުކުތީ މުއައްސަސާގެ ދިފާއުގައި. މިހާރުވެސް އަޅުަގަނޑުމެން މި މުއައްސަސާގެ ދިފާއުގައި ނުކުންނާނަން. ގާނޫނު އަސާސީގެ ދިފާއުގައި ނުކުންނާނަން." އޭނާ ބުންޏެވެ.

ވީޑިއޯގައި ވާހަކަ ދެއްކި މީހާ ވަނީ ފުލުހުން ސިޔާާސި ކުރުމަށް މަސައްކަތް ނުކުރަން ގޮވާލާފައެވެ. އަދި އޭނާ ބުނީ ފުލުހުން ބޯލަނބަން ޖެހޭ އެއްވެސް ސިޔާސީ ކުލައެއް ނޯންނާނެ ކަމަށެވެ. އަދި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ކުރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

"ގާނޫނު އަސާސީއަށް ރުޖޫއަ ނުވެއްޖެނަމަ އޭޕްރިލް އެކެއްގައި މުޅި މުއައްސަސާގެ ދިފާއުގައި އަޅުގަނޑުމެން އެންމެން ނުކުންނާނަން." އޭނާ އިންޒާރު ދިނެވެ.

ސުޕްރިޑެންޓް އޮފް ޕޮލިސް ޝިފާންއަށް ނިސްބަތްކޮށް އެ ވީޑިއޯގައި ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް އޭނާގެ ޖުމްލަ ނިމުުމުގެ ކުރިން ވިޑިއޯ ވަނީ ނިމިފައެވެ. އޭނާ ބުނީ "އެކަމަކު ޝިފާން އަޅުގަނޑުމެން މިގޮތަށް ގޮވާލުން ކުށްވެރިކޮށް މިކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފި ނަމަ ވެރިންނަށް.." ކަމަށެވެ.

ފުލުހުންގެ ޔުނިފޯމުގައި ތިބި ބަޔަކު މި ގޮތަކަށް ވާހަކަ ދައްކާފައިވާއިރު އެމީހުންނަކީ ހަގީގަތުގައިވެސް ފުލުހުން ކަމެއް ކަށަވަރެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

47 ކޮމެންޓް

  1. ވަހީދާ

    ތީ އެމްޓީޕީ މީހުންކަން ވަރަށް ސާފު

    • ޅޮބޭ

      އެމްޓީޕީ އެއް ނޫން ކިޔަނީ އެމްޑީޕީ

      • ޜުސްދީ

        ޢެކައްޗެކޭ އެއީ ހަމަ

  2. އަލީ

    ކީއްވެބާ ނަޝީދު ފުލުހުންނަށް ނުފޫޒުފޯރުވަން މަސައްކަތް ކުރާ ވާހަކަ މިވީޑިއޯގަ ނުބުނީ؟

    • ފާތުމަ

      ގަމާރާ މިއަދު ނަސީދު ފުލުހުންނައް ނުފޫ×ުފޯރުވާނަމަ ޔާމީނުއެއްނު ޖަލުގަ ހުރީހީ

  3. އަބްދުއްލާ

    މިއީ ފުލުހުންގެ ބަޔާނެއްކަމަކަށް ނުބެލެވޭ.

  4. ގޯޕު

    އިބިލީސް ކައިވެނި ކުރުން....

    • އިބިލީސް

      މަށޭ ކިޔައިގެން ކީކޭ ތި ކިޔަނީ ؟

  5. އަމޫ

    ތީފޭކެއް

  6. ޖޮކާ

    ބުނެލަން އޮތީ ފުލުސް އޮފީހަކީ ކަލޭމެން ތިންމީހުންތަ... ތީ ކަލޭމެން ތިންމީހުން އެކަނި ހިންގާތަނެއްތަ... ތީތިންފިޑިން ކަމެއްވާނަމަ އިންޒާރުއެއްނޫދޭނީ... މަހައްދޭބަލަ ނިކަން.... ކެރެންޔާ އަޅެނުކުމެބަލަ... ނުކުމެފަ ދެން ވަންނަން ހިތައްނާރުވާތި... ދެން ދާންޖެހޭނީ ކުޑަގޮޅިއަށް... މި ދެނީ ފަހުގެ އިންޒާރު...

  7. ކާލީ

    ފުރަތަމަ ކޮނޑުމައްޗައް ބެލީމަވެސް އިނގޭ ފުލުހުނެއް ނޯންކަން??

  8. ކަލޯ

    މީގެ ކުރިން ކީއްވެބާ ތިކަހަލަ ވީޑިއޯއެއް ޢާންމު ނުކުރީ؟ ކަންކަން ޙައްދު ފަހަނަ އަޅައިދީޔައިމާ ހެޔޮވިސްނޭ ބަޔަކު ތިބިނަމަ އެބަޔަކު ބަސްކިޔާނެ. އެފަދަ ޔުނީފޯމެއް ގެންގުޅޭތަ؟ ސުވާލެއް ކުރަން ޖެހޭކަމެއްނޫން އެއީ ފުލުހުންތޯ ؟ އެއީ ހަމަ ކަނޑައެޅިގެން ފުލުހުން ކަމުގައި ދަންނަވަންކެރޭ!

  9. މނޑފ

    ނިކަން ނިކުމެބަލަ. ތިއީ ތިއީދިވެހިރާއްޖޭގައި އޮތް އަމާން ބަލަހައްޓާ ހަމައެކަނި މުއައްސަސާ ނޫންކަން ހަނދާންކޮށްދެން.

    • ރަށު ސޮރު

      ލައްބަ! މީ ދިވެހިރާއްޖޭގެ އަމަން ބަލަހައްޓާ ހަމައެކަނި މުއަސަސާ.. ދެންއޮތީ ހަމައެކަނި ބޭންޖަހާ ފިލުމުކުޅެން އޮންނަ މުއަސާއެއް.

      • ޖަލު

        ބޮރޯ ތީމިގައުމު ހަލަބޮލިކުރާ މުއައްސަސާ އަމަން އަމާނަ ކަން ނަގާލާ ބައިގަޑު... ދިވެހިންނަށް އަނީޔާކުރާ ހަމަ އެކަނި ސްޓިކާޖަހައިގެން ރައްޔިިތުން ފެލާ ގުރޫޕް ގަޑު... ކަލޭމެންވެސް ފަހުގަޑިގަ އައްނައްޖެހޭނީ ޖަލައް އަހަރުމެންކައިރިޔަށް. ވަރައްސަލާ...

  10. ހުސެން

    ތިކަހަލަ ފޭކުއެތައް ވީޑިޔޯއަކާ މނޑފ ގެ މީހުން ބުންޔޭކިޔާފަ އެތައް ލިޔުމެއް ކުރިޔައްމިއޮތް 72ގަޑިއިރުތެރޭ ގޭގެއައް ވެސް ފޮނުވާނެ. ރައްޔިތުން ނިކަންވިސްނާތި

  11. ޒޯރު

    ހަމަބުއްދި ފިލާފަ ތިބިމީހުން ގަބޫލު ކުރާނެ އެއީ ފުލުހުންކަން ހަމަ ފޭކް ވީޑިއޯއެއް ތީ

  12. ލައިލާ

    ތޮއްޔިބޫ! މިކަމަށް ކޮށްލާނެ ފޭކް ޓްވީޓެއް ނެތްތަ؟

  13. ޗަކޮޮްނޮރިސް

    ފޭކް ސްޓަންޓް ނުކުންނާނެވާހަ ބުނާއިރު އާއި ވާހަކަ ދެއްކުމުގަ އެއްޗެއްބަލއިގެ ކިޔާކިއުމެ. ތީލިޔަފދިނީމަ ކިޔާއެއްޗެހިތކެއްކަން އަޑުއަހާލީމަ އެނގޭ.

  14. ޔާމީން އަލީ

    މިމައްސަލައަކީ ތަހުގީގު ނުކުރާނެ މައްސަލައެއް!!!!

  15. ީއިއްމަ

    ތި ތިން މީހުން ދޭބަލަ ރުކަން އަރަން..
    ކެއްކެއްކޭ!! ???

  16. ޑޭވް

    ކޮންމެ ސަރުކާރެއް އަޔަސް ބޭރު ފަރާތްތަކުގެ ނުފޫޒް އަންނަންޏާ އެބައެއް ޖެހޭނީ ރޯން. މީ އަހަރުމެންގެ ގައުމު. އީޔޫ އާ ބެހޭ ތާކު އޮތް ތަނެއް ވެސް ނޫން މީކީ.

  17. އަލީ

    ވަރަށް ހިތްވަރުގަދަ ކުދިންކޮޅެއްތީ.

  18. ފުލުސް މީހާ

    ކަލޭމެން އަޅެފަހެ ހުތުބާ ކިޔަނީތަ..... މަހަމަ ހީހީ ހަލާކު

  19. ޙެހެ

    ފޭކަ ވީޑިއޯއެއް. ހަހަހަ

  20. ގުއްޔު

    ސުޕްރިޑެންޓް އޮފް ޕޮލިސް ޝިފާންއަށް ނިސްބަތްކޮށް އެ ވީޑިއޯގައި ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް އޭނާގެ ޖުމްލަ ނިމުުމުގެ ކުރިން ވިޑިއޯ ވަނީ ނިމިފައެވެ. އޭނާ ބުނީ "އެކަމަކު ޝިފާން އަޅުގަނޑުމެން މިގޮތަށް ގޮވާލުން ކުށްވެރިކޮށް މިކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފި ނަމަ ވެރިންނަށް.." ކަމަށެވެ.

    މީގެންވެސް އިނގޭ ތީ ފޭކް ފުލުހުންކަން. ޝިފާން ސަރ ކިޔާފަ މުޚާތަބު ކުރާނެ އަސްލު ފުލުހުންނަމަ. އިސްތިއުފާ ދީފަ ފިލި މީހާގެ އަތަށް ގޮވަނީ...

  21. ރާއްޖެ

    އެމްޑީޕީ އަކީ މިހާރު ސައްހަ ޕާތީއެއްނޫން
    ޢުވާލާ!

  22. މުހައްމަދު

    މިހާ ފިޑި މީހުންވެސް އުޅޭދޯ..ހަހަހަ

    ކީއްތަވާނީ އެހާ ގަޓުހުރިއިރު މޫނުވެސް އިނގޭނޭ ގޮތަށް ވާހަކަ ދައްކާލުން.

    ހަމަ ގައިމު އިނދިކީލި މީހުން ބުނޭ ވިއްޔާ ވަޒީފާ ގެއްލުނަސް ހޯދަ ދޭނަމޭ... ފަހަރެއްގައި ފުލުހުންގެ ވެރިންނަށްވެސް ހަމަ ޖައްސާ ދީފާނެ ވިއްޔާ ދޯ

  23. ފަގިޑި

    ބަލަ! ދަތްއަޅަން ކެރޭ ކުއްތާއެއް ވައްވަކެއް ނުޖަހާނެ! އިންޒާރު ދީބަލަ ތިބާމެންގެ މަންމަ އާއި ބައްޕައަށް، ކީއްވެގެން ކަންއެނގޭތަ އަޑުއަހާ! އެއީ ކަލޭމެން މި ބިމަށް އުފަންވަންދެއް މިރާއްޖޭގައި އުޅުނީމާ ތިބާމެން އުފަންކުރުމަށް ހުރިހާ ދީންތަކެއް އޮތް ވެއްޓަކަށް ނުދިޔައީމާ ބޭނުންގޮތަކަށް މިތާގައި ތިބާމެންނަށް ނޫޅެވޭތީ!.............

  24. ކިންގު

    ތި އިންޒާރު ހީވަނީ ހުކުރު ހުތުބާ ހެން ...

  25. ނަސް

    އަޅެ އެންމެ ދެ ތިން މީހުން ތިބެގެން އެންމެންގެ ފަރާތުންނޭ ބުނީމާ ބޮޑު ޖޯކެއް.ބޮޑު ފައިޖެއް ދައްކާލި ނަމަ

  26. ޛުހާ

    ޤާނޫނު އަސާސީ އަކީ އެމްޑީޕީ ފިކުރުތޯ

  27. ސަންތި

    މީގެކުރިންވެސް ރޓީވީން ތިކަހަލަ ވީޑީއޯއެއް ހަދައިގެން ދެއްކި. ތީ 16ވަނަދުވަހަށް މާލެއަށް މީހުން ނާންނާނެތީ މީހުން ގެނައުމަށް ޖައްސާ ގޭމެއެއް.

  28. ވަރަށްވާހަކަ

    އަދީބް ބްރޯ؟؟

  29. ފާތުން

    މިޤައުމުގައި ފިތުނަފަސާދަ އުފެއްދުމަށް ޔަހީޫދިންކުރާކަންތައްތައް މިޤައުމުގައި މިކުރަނީ މިއީ މުސްލިމުޤައުމެއް ތިއީ ޕޮލިހުންގެ ތެރޭގައި ފިތުނަފަސާދައުފެއްދުމުގެ ގޮތުން އެމްޑީޕީ މީހުން ކޮށްގެންއުޅޭކަމެއް އެމީހުންނަށް ކުރަންނުކެރޭކަމެއްނޯންނާނެ އެބާޑީގެ މީހުންނަކީ ޤައުމަށް ހެޔޮއެދޭ ބަޔެއްނޫން ޤައުމަށް އެޔޮއެދޭ ބަޔެއްނަމަށް ބޭރުޤައުމުތަކުން މިޤައުމު ހިސޯރުކުރާކަން ނުގޮވާނެ ހިތުން އަމިއްލައެދުމުގައި މިކަންބިކުރަނީ އަޅުގަނޑުމެންނެކޭ އެއްފަދައިން އެމީހުންވެސް އުޅެންޖެހޭނީ އަޅުވެތި ކަމުގައި މިއުޅެނީ އެއްވެސްކަމެއްވެގެންނެއްނޫން ވެރިކަމުގެ ދަހިވެތިކަމުގައި ހިފިފައިވާ ރިސްވަތުގެ ފައިސާތަކުގެ ސަބަބުން ޤައުމުހަލާކުކުރަނީ އިރާދަކުރެއްވިއްޔާ ތިޔަބައިމީތުންނަށް ﷲ ކާމިޔާބު ނުކުރައްށިއެވެ.

  30. ފާތުން

    ކެރޭމީހުން ކަންތައްތައްކުރަނީ ތިގޮތަށްނޫން ކެރިކަން ކަންތައްކުރާނީ ކޮންމެ މީހަކަށްވެސް މޫނުނިވައިކޮށްގެން ޔޫނިފޯމްލައިގެން ވަހަކަ ދެއްކިދާނެ.

  31. އިބްރާހިމް

    ތިކަހަލަ ވީޑިއޯއެއް ކުރިން އެހެންބަޔަކުވެސް ދެއްކި މިއަދު އެވީޑިއޯ އެއީ ކޮންބަޔަކު ހަދައިގެން ދެއްކި ވީޑިއޯއެއްކަން އެގެންވާފަރާތްތަކައް އެގޭނެ.ތިކަންވެސް ލަސްތަކެއްނުވެ އެގޭނެ.

  32. އެމެންނޭ

    ތިޔާއީ ރަންރީނދޫ ޓްވިޓަރޭ ދަ ބަތާހަރާމީ ދަ ބަނޑު ދޮންނައޭ ދަ ސޯމާލިއަން ޑީއެންއޭ ތައްޔާރުކޮށް ފައިވާ ފޭކް ވީޑިއޯއެއް އެމްޑީޕީގެ ގުންޑާއިން ބޭނުން ކޮށްގެން. ތިޔާ ރިލްވާން ވެސް ގެެއްލުނު ގޮތް އިނގޭނެ ޓްވިޓަރޭ އަށް އަދި ޔާމީން ރަޝީދު ވެސް އެއީ ރަންރީނދޫ ޓްވިޓަރޭ މެން އަޑީގައި ތިބެގެން ކުރި ކަމެއް ކަމަށް މަމެންނަށް ވަރަށް ބޮޑަށް ޝައްކޭ ބުނަން މަމެން ނެތީމުދޯ.

  33. ށޭހު

    ޙުތުބާ އެއްތަ، ވަރަށް ވައްތަރު ހުތުބާ ކިޔާ މީހަކާ

  34. ނެޔނގެ

    އޭޕުރިލު ފުޫލްސް ޖޯކް؟

  35. ސ

    ތީ ހާދަ ފިޑި ބަޔެކޭ .. އެހެން ވީމަ ދޯ މޫނު ފޮރުވީީ... ހިހި ލަދުން ބޯ ހަލާކު

  36. މޫ

    ހާދަ ފިޑިބައެކޭދޯ! ގަޓްހުރެގެން ނުކުންނަ މީހުން ނުތިބޭނެ މޫނު ނިވާކޮށްފައެއް. އެކަހަލަ މީހުންނަށް ކިޔާނީ ފިޑިން.

  37. ފާތީ

    ޙުސް ފޭކު

  38. ޖާދޫގަރު

    މީކީ ފުލުހުންނެންނޫން ފުލުހުން މިހާގަމާރެއްނުވާނެ. މީއަންނިގެ ސްޓަންޓެއް މިކަންވެސް ކާމިޔާބުވާގޮތަކަށްނޫން އެކުރެވުނީ.

  39. ޕަޕެޓު

    އިއްޔެ ރޭ އަޑުއިވުނީ މިސްކިތައް ނަމާދައް ދާމީހުންގެ އަތުން 5 ރުފިޔާ ދުވާލަކައް ނަގާވާހަކަ /ދޮގު ހެދުމާ މަކަރުހެދުމާ ޚީބަބުނުމާ ދެބަ އެޅުވުމާ މީހުން ހެއްވުމައް ހަދަހަދައިގެން ވާހަކަ އައި އަގަޔައް އައިހައި އެއްޗެއް ތިމާއާއި ޚިޔާލްތަފާތު ވާ ކޮންމެ މީހަކާ ދިމާލައް ކިޔާ ލިޔެ ފެތުރުމަކީ ޓީވީތަކުން އާންމުކޮއް މިހާރުކުރާ ކަމަކައްވެއްޖެ ޚައްސަ ކޮއް ރާއްޖެ ޓީވީ ސަމާލް ވޭ މަރު އަޅުގަނޑު ފަދައިން ތިޔަބައި މީހުން ނާބައްދަލް ކުރާ ނެ

  40. ވަރަށް ދެރަވޭ

    އިސްލާމީ އުސޫލްތަކާ އެއްގޮތަށް އަމަލު ކުރާނަމަ މިހުރިހާ ކަމެއް މެދުވެރިއެއް ނުވާނެ.
    މާތް ﷲ ހެޔޮ ވިސްނުން ދެއްވާށި.

  41. ޚދހދގ

    ނުހުއްޓަން ބުނާ މުޒާހަރާ ހުއްޓެނީ!!!
    ނިކުންނަން ބުނާ ވަރަށް ނުނިކުންނަނީ!!
    އެއްވަން ގޮވާ ވަރަށް އެއްނުވަނީ!!!
    އަންނަން ގޮވާ ވަރަށް ނާންނަނީ!!!!
    އެއްވާ ހައެއްކަ ކެނަ ފަހާލަނީ!!!
    ޖައްސާ ސްޓަންޓްތައް ފެއިލްވަނީ!!!
    ވައްޓަން ޖަހާ ހިސާބު ގޯސް ވަނީ!!!!!
    ވެއްޓެން ބުނާ ގަޑި ފާއިތުވަނީ!!!
    ވައްޓަން ބުނާ ވެރިކަން ގަދަ ވަނީ!!!!!??????????????????????????