ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ވެރިކަމުގައި ރާއްޖޭގެ ޝަރުއީ ދާއިރާގައި ތިއްބެވި ފަރާތްތަކަށް މިނިވަންކަމުގެ އިހުސާސް ކުރެވޭކަމަށް ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް ރިޓަޔާޑް މުޙައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.

ނާޒިމް މިހެން ވިދާޅުވީ، އޭނާގެ މައްޗަށް އިއްވާފައި އޮތް ނުރައްކާތެރި ހަތިޔާރުގެ ގެންގުޅުމުގެ ކުށް، އޭނާގެ މައްޗަށް ސާބިތުނުވާކަމަށް ސުޕްރީމް ކޯޓުން ނިންމެވި ޝަރީއަތުގެ މަޖިލީހަށްފަހު، ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންނެވެ.

"އަޅުގަނޑު ދަންނަވާނީ އަޅުގަނޑުމެންނަށް މިއަދު މި އިހުސާސް ކުރެވެނީ މި ސަރުކާރު ޚާއްޞަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ މި ވެރިކަމުގައި ޖުޑިޝަރީގައި ތިއްބެވި ބޭފުޅުންނަށް ކޮންމެސް ވަރެއްގެ މިނިވަންކަމެއް އިހުސާސްވެގެން ދާކަން." ކާނަލް ނާޒިމް ވިދާޅުވިއެވެ.

ނާޒިމް ވިދާޅުވީ އޭނާއަށް ލިބުނު އިންސާފުން ހާމަވެގެންދަނީ ޖުޑިޝަރީގައި ތިއްބެވި ފަރާތްތަކަށް އެފަރާތްތައް ކުރަން ޖެހޭ މަސައްކަތްތައް ކުރަން ފުރުޞަތު ލިބިފައިވާކަން ކަމަށާއި އެހެންކަމުން އެފަރާތްތަކަށް ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާކަމަށެވެ.

"އަޅުގަނޑަށް މި ލިބުނު އިންސާފަކީ އަޅުގަނޑު ޤަބޫލު ކުރާގޮތުގައި އެބޭފުޅުން ކުރަން ޖެހޭ މަސައްކަތް ހަޤީޤަތުގައި ކުރުމަށް ފުރުޞަތުތަކެއް ލިބެމުންދާކަން ހާމަވިކަމެއް. އެހެންކަމުން ޖުޑިޝަރީގައި މަސައްކަތް ކުރާ ހުރިހާ ބޭފުޅުންނަށް އަޅުގަނޑު ވަރަށް ބޮޑަށް ޝުކުރު އަދާކުރަން." ކުރީގެ ޑިފެންސް މިނިސްޓަރު އިތުރަށް ވިދާޅުވިއެވެ.

ކާނަލް ނާޒިމްގެ މައްޗަށް ނުރައްކާތެރި ހަތިޔާރު އެތެރެކޮށް ގެންގުޅުމުގެ ކުށުގައި 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފައިވަނީ 2015 ވަނަ އަހަރުގެ މެއި މަހުގެ 27 ވަނަ ދުވަހުއެވެ. އެކުށް އޭނާގެ މައްޗަށް ސާބިތުވީ އޭނާ ދިރިއުޅެމުންދިޔަ ގޭގެ ކޮޓަރިން ފިސްތޯލައެއް ފެނުމާ ގުޅިގެންނެވެ. ކްރިމިނަލް ކޯޓުން ކުރި ހުކުމް ހައިކޯޓުގައި އިސްތިއުނާފު ކުރިއިރު އެކޯޓުންވެސް ނިންމާފައިވަނީ ދަށު ކޯޓުގެ ޙުކުމް ރަނގަޅުކަމަށެވެ. އެހެންނަމަވެސް، ސުޕްރީމް ކޯޓުން މިރޭ ނިންމާފައިވަނީ އެ ޙުކުމް ޝަރުއީ އަދި ޤާނޫނީ މިންގަނޑުތަކަށް ނުފެތޭތީ ބާތިލު ކުރުމަށެވެ.

ރައީސްކަމުގެ މަޤާމަށް ސޯލިހު އިންތިޚާބުވެވަޑައިގެންނެވި ހިސާބުން ފެށިގެން އިދިކޮޅު ފަރާތްތަކުގެ މައްޗަށް ރާއްޖޭގެ ކޯޓުތަކުން ކޮށްފައިވާ ޙުކުމްތައް ދަނީ ބަދަލު ކުރަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. ނަފީލް

    ގައްޑާ! އަދި ފެންނާނެ ހިތި އިންޝާއަﷲ!

  2. ޥާންޗޯ

    ?????? ވަރަށް ފުރިހަމަ ???

  3. Miadhu

    ނާޒިމުއަކީ ކުށެއް ކޮށްގެން ބަންދުކުރެވުނު
    މީހެއްނޫންކަން ގަބޫލުކުރަން ނާޒިމުއަށް އިހުތިރާމުކުރަން ނަމަސް މިއަދު މިރާއްޖޭގެ ޖުޑިޝަރީގެ ދިފާޢުގައި ތިބުނިބަސް ކުއްވެރިކުރަން މިހާރު މިރާްޖޭގައި މިއޮތް ސްޕްރިންކޯޓަކީ މިހާތަނަށް ރާއްޖެދުށް އެއްމެ ކޮރަޕްޓް ސްޕްރިންކޯޓް ނާޒިމުގެ ތިބަސް ގަބޫލުކުރަަނެ ވިހި އިންދައްތަ މީހުން ޖުޑިސަރީގަވެސްނެތް

  4. ރާރާ

    ތިކަން އިގޭ ..މިނިވަންވީވަރަކުންނު އެޔެއްމިއެއް

    ނުބަލާ ޖަލުގަ ތިބިއްޔާތިބި ނުރައްކާތެރި ކުއްވެިން

    މިނިވަންކުރަމުންއެގެންދަނީ އެއްވެސް ކުށެއްނެއް

    ކަމަށްހަދާފަ...ޝަރުއީދާއިރާ މިނިވަންވާނީދެން މިވަރަކަންނު.

  5. ޑީޑީ

    ޝަރުއީދާއިރާ މިނިވަންކަމުން މިހާެރަކު އިންސާފު

    ހޯދަންދާނެތަނެއްވެސްނެއް ޝަރުއީދާއިރާއަކަށް

    އިތުބާރުކުރާނެެގޮތެއްވެސްނޭނގެ މިފަދަހާލެއްގަ

    ރާއްޖެމިއޮތީ މިހާރު

  6. މުހައްމަދު

    ކުއްވެރިން ނެތް ޤައުމެއްގައި ޝަރުޢީ ދާއިރާ ކީއްކުރަންތޯ ހުރިހާ ކަމެއް އޮންނާނީ މިނިވަންވެފަ. ޖަލުގަ ތިބި ހުރިހާ މީހުން މިނިވަންކޮއްފަ ސުޕަމާޓް ހުޅުވާލާ. ﷲ ގެ ހަޞްރަތުގައި ކޮޅަށްތިބޭ ދުވަހުގެ ބިރުވެރިކަމާއެވެ.

  7. އަހުމަދު

    ނާޒިމް...
    އަޅުގަނޑު ނާޒިމްއަށް ވަރަށް އިޙުތިރާމކުރަން.... ދިވެހި ރާއްޖޭގެ ރައީސުލް ޖުމުހޫރިއްޔާކަމުގެ މަޤާމަށް މަނިކުގާނު ކުރިމަތި ލައްވާދުހަހު ހިތުން ރުހުމުން މަނިކުފާނަށް ތާއީދުކުރާ ފުރަތަމަ މީހާއަށް އަޅުގަނޑުވާނން...
    އެހެންނަމަވެސް މިހާރު މިފެންނަ މަންޒަރަކީ ކުރިއަށްވުރެވެސް ބޮޑަށް ޝަރުޢީ ދާއިރާ އަޅުވެތިވެފައިވާތަން...
    ޤާނޫނުން މަޢާފުނުކުރެވޭނެ ބޮޑެތި ކުށްތައްވެސް މަޢާފުކުރާތަން.... ސްޕްރޯމްކޯޓުން ކޔރިންކުރޮ ބޮޑެތި ޙުކުމްތައް އެސްޕްރީމްކޯޓުން ބާޠިލް ކުރާތަން... ކޮންކަމަކާ ހުރެތޯ؟ ވަޒީފާ ގެއްލިދާނެތީ.....
    ށއޕްރީމްކޯޓުގެ ފަނޑިޔާރުން ނަލަންތިބޭތި...
    ޟޖިލިސް އިންތިޚާބު ނިމޭ އިރަށް ނަގައި އެއްލާލާނެ.....އޭރުންތިބޭތި ސޮނިބާލަން..

  8. ދިހާޝް

    މިނިވަން ކަން ތިޔަ ވިދާޅު ވަނީ ކޮން މާނަ އެއްގަބާ! މިނިވަން ކަމުގެ ތެރެއިން އެމީހަކު ހިތު ހުރި ގޮތަކަށް ހުކުން ކޮށްލުން ބާ!

  9. އަރުތޫރު ނާއްޓޭ.

    ތިމާ ބޭނުންވާ ގޮތަށް ނިމުނީމަ އެއީ އިންސާފު އަދި މިނިވަން ސަރީއަތެއް ކަމަށް ވާނަމަ އެކަން ވެއްޖެ. މިނޫން ދުވަހެއް އޮތްކަން ހަނދާނުގައި ބެހެއްޓުން ވަރަށް މުހިންމު

  10. ބުނެލިިިީީ

    މިސަރުކާރުގަ ކޯޓްތައް ނެތަސް މާރަނގަޅު ވާނެ.މިއީ ސަރުކާރެއްތަ؟

  11. ޙުސެން

    މިނިވަން ވުމަކީ ތިމާ ބޭނުންވާ ގޮތަށް ހުކުމް ކުރުންތޯއެވެ... މިނިވަނެއް ނޫނެވެ. ޢަދިވެސް އޮތީއަތް ބާނާފައެވެ.

  12. ގައުމު

    ނާޒިމް ސާރ އަށް ވަރަށް ތާއީދު ކުރިން.. ބަންދު ކުރެވުނީ ހައްޤުން ނޫންކަންވެސް ޤަބޫލުކުރަން.. ނަމަވެސް މިހާރު އެނގިއްޖެ ތީވެސް އަމިއްލަ އެދުމާހުރެ އުޅޭ ބޭފުޅެއްކަން.. ދެން ކުރެވޭނެ ތާއީދެއް ނެތް.. މިހާރު މިއޮތް ސަރުކާރުގެ ޖަރީމާތައް ހުދު ކާފޫރައް ހެދީތީ ހިތާމަކުރަން..

  13. ފިދަނަ

    ނާޒިމް ދޫކޮށްލުމުން ޝާރުއީ ދާއިރާ މިނިވަންވީ ކަމަށް ތިމާ ގަބޫލު ކުރިޔަސް މިފެންނަނީ ޝަރުއީ ދާއިރާ ބައެއްގެ މުށިތެރޭ ތާށިވެފަ އޮތް މަންޒަރު... ރައީސް ޔާމިންގެ ވެރިކަމަކު ނޫން އެކަން ހޮގީކީ

  14. ގައުމު ދެކެ ލޯބިވާ ދިވެއްސެއް

    ދިމާއަށް ފެންނަން އޮތް ކަމެއްގަ ނާޒިމް ތިފަދަ އެއްޗެއް ވިދާޅުވީތީ ހިތާމަ ކުރަން. ޝަރުއީ ދާއިރާ މިހާ ނިކަމެތިވެފަ އޮތް ދުވަޙެއް ދިވެހި ތާރީޚްވެސް ދެކިފ ވާނެ ހެނެއް ހިއެއް ނުވޭ. މަނިކުފާނުގެ މައްސަލަައިގަ ސުވާލެއް ނެތް. އެކަމަކު ދެން އެ ނިނިިްމިހާ ކަންތައްތައް އެއީ ލަދުވެތިކަމުން ފުރިގެންވާ ކަންތައްތަކެއް. ބޮޑެތި މުޖުރިމުން އިއްޒަތްތެރިން ކަމުގައިވެ އަބުރުވެރިންގެ ގަދަރެއް ނެތް ތަނަކަށް ރާއްޖެ މިިވަނީ ބަދަލުވެފަ. މީ ހިތާމަ ހުރި ކަމެއް. މިކަމުން ސަލާމަތް ވުމަށް މަސައްކަތް ކުރައްވަން ޖެހޭ، މަނިކުފާނުފަދަ ބޭފުޅުންގެ ތިޔަފަދަ ބަސްތަކަކީ ޖަރީމާވެރިންނަށް ދެވޭ ހިތްވަރެއް. އެހެން ނަހައްދަވާ.

  15. އަދުރޭ

    އިންސާނުން ކޮށީ ކޮއްޓަށް ލައި ބަންދު ކޮއްގެން ގެންގުޅުމަކީ ކޮންކަހަލަ ކަމެއް ތޯ؟

  16. ނުރަބޯ

    އެންމެ މަތީ އަގެއް ހުށަހެޅި ފަރާތަކަށް ނިންމާލާގޮތައް ދެއްތޯ؟ ތިޔަހާކައްހާ ވަރަށް ދެން ދާއިރާއެއް މިނިވަންކޮށް އޮންނާނީ.

  17. ނަޖިމާ

    މީނަގެވެސް ސިކުޑީގެ މައްސަލައެއް އުޅޭހެއް ހީވަނީ އެހެއްވެތަ ކުޑަކުދީންނާ ބެހިގެން ޖަލަންލީ މީހުންވެސް ދޫއެކުރަނީ ކޮބ ާނިކަމެތި މީހާގެ ޙައްޤު ތިކަހަލަ އިންޒަންތެރި ބޭކަލުން މިނިވައްވީރު ނިކަމެތި މީހާ އެއޮތީ އަދިވެސް ޖަލުގަ

  18. ޢެކަނޑަމީ

    ސަރުއީދާއިރާ މިހާރުތީ އިސްލާހުކުރަންޖެހިފައިވާ ތަނެއް ތިޔައީ ލާރިޔަށް ވިކި ހުސްވެފާވާ ޖަރީމާ ހިންގާ ބޮޑުންގެ ރަސްމީ ގެޔަކަށް މިހާރު ވެއްޖެ ތިތަން އިސްލާހު ކުރުމަޢް ރައްޔަތުން މިހާރު ނުނިކުމެ ނެތްވާކަށް.