ކުރީގެ ރައީސް ޔާމީންގެ އެކައުންޓްތަކުގެ މައުލޫމާތު ފުލުހުންގެ އިދާރާ އަށް ފޮނުވަން ބޭންކްތަކަށް ފުލުހުން އަންގައިފިއެވެ.

މައުލޫމާތު އެނގޭ އިތުބާރު ކުރެވޭ ފަރާތަކުން "ވަގުތު" އަށް ކަށަވަރު ކޮށްދީފައިވާ ގޮތުގައި ޔާމީންގެ ބޭންކް އެކައުންޓްތަކުގެ މައުލޫމާތު ފުލުހުންނަށް ފޮނުވަން ފުލުހުން ވަނީ ރާއްޖޭގެ ހުރިހާ ބޭންކަކަށް އަންގާފައެވެ.

ޔާމީންގެ އެކައުންޓްތަކުގެ މައުލޫމާތު ސާފު ކުރަން ފުލުހުން ބޭންކްތަކަށް އެންގި އެންގުމާއި ގުޅޭ ގޮތުން ފުލުހުން އަދި އެއްވެސް އެއްޗެއް ވިދާޅެއް ނުވެއެވެ. ފުލުހުންގެ މީޑިއާ އޮފިޝަލުންނަށް ތަކުރާރުކޮށް ގުޅުމުން ވެސް އެއިން ބޭފުޅަކު ފޯނަށް ޖަވާބު ނުދެއްވާތީ ފުލުހުންގެ ބަހެއް މިކަމާއި ގުޅިގެން ނުލިބުނެއެވެ.

ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ވުމަށް ވެސް ފުލުހުން މިރޭ ވަނީ ޔާމީނަށް އަންގާފައެވެ. ނަމަވެސް ފުލުހުންގެ އިދާރާއަށް ޔާމީން ހާޒިރު ކުރަނީ ކޮން މައްސަލައަކާއި ގުޅިގެން ކަމެއް ފުލުހުން އަދި ވިދާޅެއް ނުވެއެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް މީގެ ކުރިން ފެންމަތިވެފައި ވެއެވެ. އެމައްސަލަ އޭސީސީ އިން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. އެއް މިލިއަން ޑޮލަރު ހުރީ އެއް އަހަރު ދުވަހުގެ މުއްދަތައް ބޭންކް އެކައުންޓްގައި ހޯލްޑް ކޮށްފައި ކަމަށް ޔާމީން ދާދިފަހުން ވިދާޅުވިއެވެ.

އޭގެ އިތުރުން ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެއް ވެސް ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. އެމައްސަލަ ފުލުހުންނަށް ހުށަހެޅީ އެމްއެމްއޭ އިންނެވެ.

ދާދިފަހުން ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރެވިދާނެ ކަމަށާއި ނަމަވެސް ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 14:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ޏޫޓް

    ޢަތައް ގޮވަނީހެން ހީވަނީ

    • ޢިމޯދު

      ޥެދާނެ

  2. ދޮންބެ

    އިންޑިޔާ އައް އެއަރ ޕޯޓާ ހޮސްޕިޓަލާ ވިއްކާލާފަ ކޯއްޝެއް ތޯފޮރު ވަން ތިއުޅެނީ

  3. ޙަސީނާ

    ސާބަހޭ އިބޫ! އަންހެނުންގެ ޅިޔަނު ފުލުހުންގެ ވެރިޔަކަށްލައިގެން ރައީސް ޔާމީންގެ ދުވަސް ދުއްވާލަން ތޮ ތެޅުބާލަނީ، މިދުވަސް ބަދަލް ނުވާނެއޭ ހިތާތަ؟ ޙިލާ އެހެނެއްނުވާނެ. ނަސްރު ދެއްވަނީ ﷲ. ﷲ ސުބުހާނަހޫ ވަތަޢާލާ އވަސްނިމުމަކުން ތި ނުބައި ކަންތައް ނިންމަވާށި އާމީން

  4. ދެބޯގެރި

    މިއުޅެނީ މި ޤައުމު އިންޑިޔާއަށް ވިއްކާލާ އެއްބަސްވުމުގައި ސޮއިކުރާއިރު އެކަމުން ދިވެހިންގެ ސަމާލުކަން އަނބުރާލަން. އިބޫ 3 ދުވަސް ފަހުން ހުންނާނީ އިންޑިޔާގަ. ވިސްނާ.

  5. ހައްގުބަސް

    ހިތުން މޮޅު ކަމެއް ތިވެސް ވެރިކަން ވެއްޓުމުގެ އަލާމާތްތައް ފެންނަން ފަށަނީ

  6. ރާޅު ބޯއީ

    މި ސަރުކާރުގެ ނުބައި ނުލަފާކަން މިފެންނަނީ. އަދި މިއުޅެނީ މަހެއް ނުވެގެން މިހާރު ހޭބަލިވާންފެށީ. މިހާރު ރާއްޖޭގެ މަޝްރަހު ހުރިގޮތުން ކޮންމެ ފަދަ އިލްޒާމެއް އަޅުވާފަ ނަމަވެސް ރައީސް ޔާމީން ޖަލަށްލައިފާނެ. ޝަރުއީ ކޯޓުތައް ހުރީ އެމީހުންގެ ބާރުގެ ދަށުގައި. ތިކަނުގެ ހިތި ކަލޭމެންނަށް އަދި ފޯރާނެ.

  7. ރަބަރޭ

    މާލޭގައި 25 ބުރީގެ ގެއެއް އަޅަނީ. ކުރިން 1 މިލިއަން ޑޮލަރު އެކައުންޓަށް ޖަމާކުރި. ކެމްޕޭނާ ދިމާކޮށް 22.5 މިލިއަން ރުފިޔާ އެކައުންޓަށް ޖަމާކުރި. އެކަމަކު ކުރާ ވިޔަފާރިއެއް ނެތް. މުސާރަފުޅުވެސް ނެންގެވީ އެއްބައި. މިއީ އަޅެ ކިހާ ބޮޑު އަޖައިބެއް؟ މިއީ އަދި އާންމުކޮށް އިގެން ހުރި ކަންކަން. އަދި ނޭގި ކިހާ ބައިވަރެއް އޮންނާނެ؟

    • ކިބޫ

      އެގެހަދަނީ 25ބުރިއަށްކަން އެގެނީ އެގޭގެ ޑިޒައިން ފެނުނީތަ ނޫނީ އިއުލާނު ކުރީތަ އަދި އެތަނުގަހުރީ 7ބުރިކަމަށް ނޫސްތަކުން ފެންނަނީ މާލޭގަ 10ބުރި 12ބުރިއަށް ނަހަދާ ގެއެއް އެބަހުރިތަ. އެއްމެންވެސް ގެހަދަނީ މަތިހުސްކޮށްއޮތީމަ މައްޗަށް ނަގައިގެން. ލޯނުނަގައިގެން އެހެންމީހުންވެސް އެކަންކުރާ ގޮތަކަށް ރޔާމީނަށްވެސް ކުރެވޭނެދޯ.

    • Anonymous

      އިބޫގެ އެކައުންޓަށް އެޅި 56 މިލިޔަން ޑޮލަރު އެއީ ކޮންތާކުން އާއި އެއްޗެއްބާ؟ ޔާމީނަށްވާ އެންމެ މިލިޔަނެއްނު. އިބޫ އަށް ހަމަ ވިޔަފާރިން ލިބުނު އެއްޗެއް ބާ؟؟

  8. މޯޑު

    ސަރުކާރު ތެރޭގަ ތިބިވަގުންގެ މައްސަލަތަ ފުރަތަ ބަލާ ދީބަލަ!

  9. ޙައްވަ

    ތިކަން ވާނެބާ؟؟؟؟؟؟????

  10. ާބުންބުންބުން

    މިހާރުވެސް ތިކަން ކުރަން މާ ލަސްވެއްޖެ. އަވަހައް މީނަ ގެންގޮސް ޖަލައް ލައި މިޤައުމުގެ ޚަޒާނާއިން ކުރި ވައްކަމާއި ފޭރުމާއި ހިންގި ފަސާދައިގެ ބަދަލުގައި މުޅި އުމުރުދުވަހު ބައިންދަންވީ ބުރަ މަސައްކަތާއެކު ޖަލުގަ

  11. މުހައްމަދު

    ހޫން ރ.ޔާމިންގެ އަންޑަވެއަރ ތައްވެސް ހޯދާތި އޭރުންވެސް ހެއްކަށް ބޭނުންވާ މައުލޫމާތު ލިބިދާނެ ތޯއްޗެއް ހެހެހެހޭ

  12. މުނާ

    ކޮބާތަ އިބޫ ގެ އެކައުންްްްްްްޓައް ކެންަޕޭން ތެރޭގަ ޖަމާވި ޑޮލަރު އެވާހަކަ ދައްކަބަލަ

  13. ސަލްމާނު

    ކޮށްމެ މީހަކުވެސް ވެރިކަމައް އަށްނަނީ ރައްޔަތުންގެ ޙައްގުތައް ކެވޭތޯ ވިއްޔާ.

  14. ދަރީ

    ބޮޑު ވަގު އަވަހަށް ހައްޔަރުކުރޭ

  15. ސާހިދު

    އަލިފާނާކުޅެނީ! ރޯވާނެ!

  16. ޢަދުރޭ.

    ޔާމިން އަމިއްލަ އަށް ވެފަވާ، އިޢްތިރާފަށް ބައްލަވާފަވެސް ތަހްޤީޤަށް ޙާޝިރު ކުރުން ލަސްވެއްޖެ.

  17. ކަޅުބެ

    އިންސާފުވެރި ސަރިއަތެއް ހިންގަން ޖެހޭނެ.

  18. މަންޖެ

    މިހާރުވެސް ތިކަން ކުރަން މާ ލަސްވެއްޖެ. އަވަހައް މީނަ ގެންގޮސް ޖަލައް ލައި މިޤައުމުގެ ޚަޒާނާއިން ކުރި ވައްކަމާއި ފޭރުމާއި ހިންގި ފަސާދައިގެ ބަދަލުގައި މުޅި އުމުރުދުވަހު ބައިންދަންވީ ބުރަ މަސައްކަތާއެކު ޖަލުގަ

    • ތިއްތަ

      ނިމި ދިޔަ ސަރުކާރިގަ ތިބި ހުރިހާވަގުންނާ ޔާމީނު ވީއެންމެ އަވަހަކަށް ހައްޔަރުކޮށް މައްސަލަ ބެލުން އަވަސްކޮށް ޖަލުގެ ތޭރިތަކުގެ ތެރެއަށް ލުމަށް ގޮވާލަން މިހާރުމަާ ލަސްވެސްވެއްޖެ.