ކުރީގެ ރައީސް އަބްދުﷲ ޔާމީން ރައީސް ކަމުގައި ހުންނަވައިގެން ޤާނޫނާއި ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާ މައްސަލަ ފުލުހުން ތަޙްޤީޤު ކުރަމުން ގެންދާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ދެންމެ ނެރުނު ކުރު ބަޔާނެއްގައި ވިދާޅުވީ ކުރީގެ ރައީސް ޔާމީން ރައީސްކަމުގައި ހުންނަވައިގެން ޤާނޫނާ ހިލާފަށް މާލީ މުއާމަލާތްތަކެއް ހިންގަވާފައިވާ ކަމަށް ތުހުމަތު ކުރެވޭ، ދައުލަތުގެ އިދާރާތަކުން ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކެއް ފުލުހުން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ.

"މިމައްސަލަތަކާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް މޯލްޑިވްސް ޕޮލިސް ސާވިސްގެ ފަރާތުން އަޅަމުންދާ ވާހަކަ ދަންނަވަމެވެ." ފުލުހުންގެ ބަޔާނުގައި ވެއެވެ.

ޔާމީންގެ މައްޗަށް ތުހުމަތު ކުރާ ޤާނޫނާއި ހިލާފަށް ހިންގެވި މާލީ މުއާމަލާތްތަކުގެ ތަފްސީލެއް އަދި ފުލުހުން ވިދާޅެއް ނުވެއެވެ.

ނަމަވެސް މައުލޫމާތު ލިބިފައިވަ ގޮތުގައި ފުލުހުން ތަޙްޤީޤު ކުރަމުން ގެންދަނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރު ޔާމީންގެ އެކައުންޓަށް ގިނަ އަދަދެއްގެ ފައިސާ ޖަމާކުރި މައްސަލައެކެވެ، އެމައްސަލަ ފުލުހުންނަށް ހުށަހެޅީ އެމްއެމްއޭ އިންނެވެ.

ޔާމީންގެ އެކައުންޓަށް އެއް މިލިއަން ޑޮލަރު ޖަމާކުރި މައްސަލައެއް ވެސް މީގެ ކުރިން ފެންމަތިވެފައި ވެއެވެ. އެމައްސަލަ އޭސީސީ އިން ގެންދަނީ ތަޙްޤީޤު ކުރަމުންނެވެ. އެއް މިލިއަން ޑޮލަރު ހުރީ އެއް އަހަރު ދުވަހުގެ މުއްދަތައް ބޭންކް އެކައުންޓްގައި ހޯލްޑް ކޮށްފައި ކަމަށް ޔާމީން ދާދިފަހުން ވިދާޅުވިއެވެ.

ދާދިފަހުން ޔާމީން ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ އެމަނިކުފާނު ހައްޔަރު ކުރެވިދާނެ ކަމަށާއި ނަމަވެސް ހައްޔަރު ކުރަން ޖެހޭ ސަބަބެއް ނޯންނާނެ ކަމަށެވެ.

ޔާމީން ފުލުހުންގެ އިދާރާ އަށް ހާޒިރު ކުރަނީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު ފަހު 14:00 ގައެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. މުހައްމަދު

    ތީދެން މާކުރިންވެސް ނިމިފަ އޮތްކަމެއް އެއްކޮޅުން އެމްސީ އަނެއްކޮޅުން ރިޝްވަތުގެ ހުކުމްފަނޑިޔާރު ވަގަށްނެގި ވޯޓްގެ އހުލުވެރިން މެދުގަ ވީމާ ނިމޭނެގޮތް ވަރަށް ސާފް ހެހެހޭ ކުޅޭ ކުޅިއުތަ

  2. ޕޯލިސް މީހާ

    ނުފޯރާ ފޮތިން ފޫގެޅީމަ ފެންނާނީ ފިނދު

  3. ޕޯލިސް މީހާ

    ޔާމިން ޖަލުގަ ބާއްވަިގެންވެސް ކަލޭމެންނަށް ކެވޭތޯ ބަލާ

  4. ޙޯރަބޭ

    ޢަވަސްކުރޭ ޖަލަންގެންދޭ 35 އަހުގެ ހުކުމެއްޖަހާ

  5. އިބުރާހިމު

    ލައްކަ ފައިސާއެއް ފެންފޮދަކާ ނުލާ ދިރުވާލެވިފަ ހުންނާނެތާ

  6. ؟؟؟؟

    ތީ ކުޅަންފުރު ހަތަޔަށް އޮއްގާ އުކުންކަހަލަ ކަމެއް.

  7. ރުޒާނާ ޗޮއްޕަޓު

    މައުމޫނު ފުލުސް އޮފީހަށް ދަމާ، އަލިވާގެއަށް މިރުސް ދުން ޖަހާ، މަގުމަތީ ކުނާ ފަތުރައިގެން ކިނބިގަސްދޮށުގެ ދައުލަތަށް ނަގަން ގަރާރު ފާސްކޮށް، މަގުމަތީ ކޯޓު ހަދައިގެން ހުކުމް ނެރެ ހެދި ދުވަސްވެސް ފާއިތުވެ ދިޔަ ފަދައިން މި ދުވސްވެސް މާޒީއާ އުކުވެ ނިމިގެން ދާނެކަން ކަށަވަރު. ﷲގެ ރަހުމަތުން ދާދި އަވަހަށް ލާދީނީ، އަނިޔާވެރި، ޚުލްގު ނުބައި، އަޚްލާގު ދަށް ލަދު ކުޑަ ބައިގަނޑުގެ ކަންތައް.ނިމި އަވަދި ކުރައްފާނދޭވެ. އާމީން!

    • ޢަހަންމާ

      އާމީން ޔާރައްބަލް ޢާލަމީން.

  8. މަސްވެރިޔާ

    ރ.ސޯލިހުއެވެ؛ ދިވެހިން މިދެކެނީ ވަރަށް ކަޅު އަދިރި ޑިމޮކްރެސީއެކެވެ. ވެރިކަންކުރާކޮންމެ މީަހަކު ވެރިކަމުން ފޭބީމަ ހައްޔަރުކުރަނީއެވެ. ތިބާއަށްވެސް ޖެހޭނީ މިފަދަ ކަމެޖެވެ..ތިއީ ހަމަ ބަދަލް ހިފުމުގެ ރޫހެވެ. އަންހެނުންގެ ޅިޔަނު ކަމިޝަނަރަކަށްލާފަ ކުޅި ހިންގަން ފެށީދޯއެވެ. މަބުނަންތަ ވާހަކައެއް، ތިޔަކުޅެން އުޅެނީ 96000 މީހުންގެ ލެޔާއެވެ. ފުލުހުންވެސް ހިގަންވާނީ ޤާނޫނީ ހަމަތަކުގެ މަތިން ތަފާތު ނުވާގޮތަށެވެ. ވެރިކަމަކީ ރައްޔިތުންގެ ބާރެވެ. ގޮށްމުށުގެ ބާރެއްނޫނެވެ. ލެޓްސް ސީ..

  9. ލަބީބު

    ތިޔައީ ބުހުތާން ދޮގު! ތިޔައީ މައުމޫނު އަޑިގައިހުރގެން ޔާމީންއަށް ލަޑެއްދޭން ރާވާ ރޭވުން. ކޮބައިބާ 2008 ން 2012 އަށް ހުރި ޢޮޑިޓްރިޕޯޓުތަކުގެ ފައިސާތައް؟ އެ ހޯދަން އަންނި ދަމާބަލާ! މާ ތާހިރުވާނެ! ވެރިކަން ނިމެން އުޅޭކަމުގެ ސިގްނަލެއް ތިޔައީ!

  10. ނީބުމަ

    ސާބަހޭ ސާބަހޭ.. ކޮންމެވެސްގޮތެއްހަދާލަންވާނެ، އަޅެހަމަ ތިކަންތިކުރާ ގޮތައް ރައީސް ނަޝީދުގެ ވެރިކަމުގަ ދައުލަތުގެ ޚަޒާނާ ބަނޑުއަޅާލި އާލާތުން އެކުރިވައްކަން އޯޑިޓް ރިޕޯރޓް ތަކުން ފެންނަންހުރިއިރު އެކަން ފުރަަތަމަ ބަލަންއުޅުންނަމަދޯ ؟ ފުރަތަމަކުރިވައްކަންތައް ބާއްވާފަ ފަހުންކުރިކަމައްތުހުމަތު ކުރެވޭވައްކަމެއް ބަލަންއަވަސް ވެގަތީމަ ރައްޔިތުންނައް މިދައްކައިދެވެނީ ކޮންނަމޫނާއެއްތޯ؟ ރަންގަޅު ގޮތުގަ ކަމެްއކޮށްފިނަމަ ނަތީޖާ ރަންގަޅުވާނެ. މިއަދުތިޔަކުރަންއުޅޭކަމެއްގެ ނަތީޖާ އަކަށްވުންއެންމެގާތީ ސުލްހަމަސަލަސްކަން ގެއްލި ހަމަނުޖެހުންތައްއުފެދި ގައުމުހަލަބޮލިވެ ދެކޮޅުވެރިކަމާ ބައިބައިވުންއުފެދި އަމާންކަންގެއްލުން. އައިތިންކް ދިސްއިސް ނޮޓް ޕްރޮޓެކްޓް އެންޑް ސާރވް. ބަަޓް އެންޖޯއި އިފްޔޫލައިކް.ޝުކުރިއްޔާ

  11. ސްޕައިވެއަރ

    އިންޑިޔާއަށް މިޤައުމުގެ މިނިވަންކަން ވިއްކާލަން ތައްޔާރުވާން މޮޅުކުޅިގަނޑެއް ކުލެންފެށީ. މިހާރުވެސް އެތައް ބައެއް މިސަރުކާރުން އިންޑިޔާއަށް ވިއްކައިފި! ކުފޫހަމަ ނުވާ މީހަކު ވެރިކަމަށް ގެނެވުނު މޮޔަހީވެ މިހާރު އަތްފައިން ގޯސް ހަދަންފެށީ! ސޭޓު މިމޮޔައިން ޗީ ހައްދައިފަ މަޖްލީސް ދަމައިގެންފި. މުސްކުޅިބޭ ދެންހުރިބައި ކައިލަނީ. ކެރަފާގޭ ނަޝީދު ފާދިރީންނަށް ދެންހުރިބައި ވިއްކާލީ! ޙީހީ ހަޅާކު

  12. މެގީ

    އިބޫ ކަލޭ އިސްތިއުފާދީ

  13. ހުރާގަނޑު

    އިބޫ އިސްތިއުފާދިނުންނޫން ގޮތެއް ދެނެއްނެތް.