އާދަޔާއި ހިލާފު ބޮޑެތި ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ދިނުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް ރައްޔިތުންގެ މަޖިލީހަށް ފޮނުވި ބިލަށް ބޮޑެތި ބަދަލުތައް ގެނައުމަށް ފަހު އަންނަ ހޮނިހިރު ދުވަހު ބިލް ފާސް ކުރަން ތައްޔާރުވެއްޖެއެވެ.

ކޮމެޓީ އިން ވަނީ 01 ފެބްރުއަރީ 2012 އިން ފެށިގެން މިއަހަރުގެ ފެބްރުއަރީ 17 އާއި ހަަމައަށް ހިނގާފައިވާ ކަންކަން ބެލުމުގެ ބަދަލުގައި ރައީސް އެކުލަވާލާ ޤަރާރުގައި ވިދާޅުވެފައި އޮންނަ ތާރީޚެއްގެ ކަންކަން ބެލޭ ގޮތައް ބިލް ބަދަލު ކޮށްފައެވެ.

ސަރުކާރުން ބިލް މަޖިލީހަށް ހުށަހެޅިއިރު މިއީ ދައުލަތުގެ ފައިސާއާއި މުދަލަށް ޚިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލް ކަމަށް ބަޔާންކޮށްފައި އޮތް ނަމަވެސް ކޮމެޓީ އިން ވަނީ މިއީ ރިޔާސީ ކޮމިޝަންތަކުގެ ޤާނޫނު ކަމަށް ބުނެ ބިލްގެ ނަން ބަދަލު ކޮށްފައެވެ.

ތަންތަން ފާސް ކުރުމަށް ކޯޓު އަމުރު ހޯދުމާއި ތަންތަން ފާސްކުރުމުގައި ފުލުހުންގެ އެހީތެރިކަން ހޯދަން ސަރުކާރުން ހުށަހެޅި ނަމަވެސް ކޮމެޓީ އިން ވަނީ އެމާއްދާ ވެސް ބަދަލު ކޮށްފައެވެ. މިހާރު ކޯޓު އަމުރު ހޯދުމާއި ބެހޭ އެއްވެސް ވާހަކައެއް ބިލްގައި ނެތެވެ.

ނަމަވެސް ހެކި ހުށަހަޅަން މީހުންނަށް އެންގުމާއި އެމާއްދާ އާއި ހިލާފު ވެއްޖެނަމަ އެމީހަކު އެކުރަނީ ކުށެއް ކަމަށް މިހާރު ބިލްގައި އެބައޮތެވެ.

ބޭންކް އެކައުންޓްތައް ފްރީޒް ކުރުމާއި ޕާސްޕޯޓް ހިފެހެއްޓުމަށް ކޯޓު އަމުރު ހޯދުމުގެ ބާރު ކޮމިޝަނަށް ލިބޭ ގޮތައް ސަރުކާރުން ބިލް ހުށަހެޅި ނަމަވެސް އެމާއްދާ ވެސް މިހާރު ވަނީ އުނިކޮށްފައެވެ.

އަދި ތަޙްޤީޤީ އިދާރާއަކަށް ލިބިގެންވާ އެންމެހާ ބާރުތައް ރިޔާސީ ކޮމިޝަންތަކަށް ލިބިގެންވާ ކަމަށް އޮތް މާއްދާ ވެސް ކޮމެޓީ އިން ވަނީ އުވާލާފައެވެ.

ބިލު ކުރިން އޮތް ގޮތުން ޕީޖީ އޮފީހުގައި ވަކި އޮފީހެއް ހެދުމާއި ތަހުގީގު ތަކުގެ ޝަރީއަތް ހިންގާ ތާރީހުތައް ބަޔާންކޮށްފައި އޮންނަ މާއްދާ ވެސް ވަނީ އުނިކޮށްފަ އެވެ.

މިހާރު ބިލް އޮތީ އިދިކޮޅު ޕީޕީއެމް އިން ބޭނުންވި ގޮތައް އިސްލާހު ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ނާއި

    ތަންދޮރު ނުދަަންނަ މީހުން ޤާނޫނު ހަދަންލީމާވާނީ ތިހެން. ހެކި ހޯދުމަކީ އެބައެއްގެ ކަމެއް .
    ޙެކި ދެއްކުމަކީ ދަޢުވާކުރާ ފަރާތުގެ ކަމެއް. މައުމޫނުގެ ފޯނު ނުދީގެން މައުމޫނު ކުށްވެރިވިހެން ތިވަނީ.

  2. ނަން

    ކޮންމެ ވާހަކައެއް ދެއްކިޔަސް ތި ބިލު ޤާނޫނު އަސާސީއާ ޚިލާފު

    • ތަންދޮރު

      ދެން ޔާމީނު ގާނޫނާ ހިލާފޭ ބުނާ އިރައް އެވީ ހިލާފު

  3. ޖުނައިދު

    އެހެންވީމަ އަދިވެސް މަޖިލިހުގަ އޮތީ ޕީޕީއެމްގެ ބާރުތާ؟ޔަގީންނުންވެސް މިހާރު އެއޮތީ މަހުޖަނު ގާސިމް އާ ޑީލް ހަދާފަ.ތީނަހުއްޓާ މިގައުމުގަ ހަމަޖެހިގެން ބަޔަކަށް ވެރިކަމެއްނނުކުރެވޭނެ.

  4. ޢިންސާފް

    ތިގޮތައް ތި ބިލެއް ފާސް ވާނެބާ؟؟؟؟

  5. އަބޯ

    ގާނޫނުއަސާސީގަ ކަނޑައެޅިފައިވާ މިނިވަން މުސްތަގިއްލު ކޮމިސަންތަކަށް ވުރެ ބާރު ގަދަކޮށް ވަގުތީ ކޮމިސަނެއް ނުހެދޭނެ. 115 ގެ ގ ބުނަނީ ރައީސަށް އުފެއްދޭނީ ވަގުތީ ކޮމިސަންތައްކަމަށް އަދި މިކޮމިސަން ހެދޭނީ ވަކިކަމެއްކުރުމަށް އެކަން ނިމުމުން ކޮމިސަން އުވޭނެ.

  6. ރަޝީދު

    ދި ހެޔޮނުވާނެ މިހެއްވާނީ ނުކިޔަވާ ޤަމާރަކު ވެރިކަމަށް އައިމާ