ހަނިމާދޫ އެއާޕޯޓް ޖީއެމްއާރަށް 99 އަހަރަށް ދިނުމަށް ދިވެހި ސަރުކާރުން ނިންމާ އަދި އެއެއާޕޯޓްގެ ސަލާމަތީ ކަންތައްތައް ބެލެހެއްޓުމަށް އިންޑިއާ ސިފައިން ބައިތިއްބުމަށް ނިންމާފައިވާ ކަމަށް ދެކެވޭ ވާހަކަތަކުގެ ހަޤީޤަތް ދިވެހި ރައްޔިތުންނަށް ސާފުކޮށްދިނުމަށް ރައްޔިތުން މަޖިލީހުގެ ނައިފަރު ދާއިރާގެ މެންބަރު އަހްމަދު ޝިޔާމް ރައީސް އިބްރާހިމް މުހައްމަދު ޞާލިހްގެ އަރިހުން އެދިއްޖެއެވެ.

މެންބަރު ޝިޔާމް މިކަމަށް އެދިވަޑައިގެންނެވީ ރައީސް ސޯލިހާއި ފޮރިން މިނިސްޓްރީގެ ޓްވިޓާ ހޭންޑަލް ޓެގް ކުރެވުމަށް ފަހު ކުރެއްވި ޓްވީޓެއްގަައެވެ.

ރައީސް ސޯލިހް އަންނަ ހޯމަ ދުވަހު އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި އިންޑިއާ އިން ރާއްޖެއަށް ޑޯނިއާ ފްލައިޓެއް ހަދިޔާ ކުރުމުގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ހަމަޖެހިފައިވާ ކަމަށާއި އެފްލައިޓް ބެލެހެއްޓުމަށް އިންޑިއާ ސިފައިން ހަނިމާދޫގައި ބައިތިއްބަން ދިވެހި ސަރުކާރުން އެއްބަސްވެފައިވާ ކަމަށް މީގެ ކުރިން މީޑިއާ އިން ވަނީ ރިޕޯޓް ކޮށްފައެވެ.

މިހާރު ވެސް އިންޑިއާގެ ގިނަ އަދަދެއްގެ ސިފައިން ރާއްޖޭގައި ތިބެއެވެ. އިންޑިއާ ސިފައިން ރާއްޖޭގައި ތިބެނީ އިންޑިއާ އިން ރާއްޖެއަށް ހަދިޔާ ކޮށްފައިވާ ކަމަށް ބުނާ ދެހެލިކޮޕްޓަރު ދުއްވުމުގެ ނަމުގައެވެ. ނަމަވެސް ދެ ހެލިކޮޕްޓަރު ދުއްވަން ސާޅީހަަކަށް ސިފައިން ތިބޭތީ އެތައް ބަޔަކު ގެންދަނީ ސުވާލު އުފައްދަމުންނެވެ.

ދެހެލިކޮޕްޓަރާއި އިންޑިއާ ސިފައިން ރާއްޖެ ދޫކޮށް ދިއުމަށް ކުރީ ސަރުކާރުން އެންގި ނަމަވެސް އެއެންގުމަށް އިންޑިއާ އިން ތަބާވެފައެއް ނުވެއެވެ. ރައީސް ސޯލިހް ވެރިކަމަށް ވަޑައިގެން ނިންމަވާފައި ވަނީ ހެލިކޮޕްޓަރުތައް ފޮނުވައި ނުލުމަށާއި އިންޑިއާ އިން ބޭނުންވާ އަދަދަކަށް އިތުރު ސިފައިން ހެލިކޮޕްޓަރުތައް ބަލަހައްޓަން ރާއްޖޭގައި ތިބުމަށް ދިވެހި ސަރުކާރުގެ މައްސަލައެއް ނެތް ކަމަށެވެ.

ނަޝީދުގެ ވެރިކަމުގައި ވެސް ހަނިމާދޫ އެއާޕޯޓް ޖީއެމްއާރް އާއި ހަވާލު ކުރުމަށް މަޝްވަރާތައް ކުރެވުނެވެ. ނަމަވެސް ޖީއެމްއާރް އާއި ހަނިމާދޫ އެއާޕޯޓް ހަވާލު ނުކުރެވެނީސް ނަޝީދުގެ ވެރިކަން ވަނީ ވެއްޓިފައެވެ.

ކިޔުންތެރިންގެ ހިޔާލު

37 ކޮމެންޓް

  1. މުޙައްމަދު

    ހުރި ހިތާމައެއްގެ ބޮޑުކަމާއެވެ.

  2. މުހައްމާ

    މުޅިރާއްޖެ އިންޑިޔާއަށް ވިއްކާލައިގެން ނަމަވެސް ހަތަރު ލީޑަރުން ވެރިކަމުގަ ތިބެން އެބަބޭނުންވޭ. އެމީހުންނަކީ މިގައުމަށް ހެޔޮއެދޭބައެއްނޫން. މިގައުމުގެ ޒުވާނުން ހޭއަރަންވެއްޖެ. މިއީ އެހަތަރު މުސްކުޅީންގެ ގައުމެއްނޫން. ވޭކް އަލް.

  3. ޙށނ

    ޢިންޑިޔާއިން ދެންމާލަސްތަކެއްނުވެ ރާއްޖެހިފާތަންފެންނާނީ މަލިކުހިފިގޮތައް....

    • ބޮކި

      އިތުރަކަށް ދެން ހިފާނެކަމެއް ނެތެއްނު. ހިފައި ނިމިފައެއްނު މިއޮތީ.

  4. ހާމަ

    އިންޑިޔާ ސިފައިން ބޭތިއްބުމާ ދެކޮޅަށް ރާއްޖޭގެ ހުރިހާރައްޔިތުން މުޒާހަރާކުރަން ނިކުތުމަށް ގޮވާލަން. މީ ދިވެހިންގެ ބިން، މިބިން، އިސްލާމްދީން ހިމާޔަތްކުރަން ތިބީ ހަމަ ދިވެހިން ، އެހެންކަމުން މިކަމާ މިއަދު ދެކޮޅު ނަހަދައިފިނަމަ ފަހުން ހިތާމަކުރަން ޖެހިދާނެ

    • ވަނަން

      ތިކަމަށް ތާއީދު

    • ޢަހުން

      ކާކު ނުކުންނާނީ ގިނައީ ބޮޑިބަތް ކައިގެން ރީދޫހުން ޖެހިފަ ތިބި މީހުން އެމީހުން ކައިރީގަ ރޭގަނޑު މިއީ ދުވާލޭ ބުންޏަސް ތިބޭނީ ގަބޫލުކޮށް ގެން ހާމަ އާ އަހުން ކަހަލަ ދެތިން މީހަލު ތިބޭނީ ނުކުންނަން

  5. މޫސާ

    މި ވެރިކަންވެސް ވެއްޓޭ ހިސާބަށް ތިދަނީ!

  6. ވަޙީދު

    އިބްރާހީމް ފަހާ ދިވެހިން ދުއްވައިގަންނާނެ ދުވަސް ކައިރި ވެއްޖެ.

    • ލަކުޑި

      މަށެއްނުދުވާނަން. މަހުންނާނީ އަތްޖަހަން.

      • ރައްޔިތުމީހާ

        މަ ހުންނާނީ ފޮޑިޖަހަން...

  7. ކުޑަކާށި

    އިންޑިއާގެ ސަލާމަތަށްޓަކައި ރާއްޖޭގެ ދެކޮޅު ވިއްކާލީ...............

  8. މުސްތަފާ

    ވަގުތުފާއިތުނުވަނީސް މިކަމާފިޔަވަޅު އަޅަންއެބަޖެހޭ. ވައްކަންކޮށްގެންނާ ޓެރަރިޒަމްގެ ބޮޑެތި ކުއްތަކުގައި ދިގު މުއްދަތަކަށް ޖަލަށް ޙުކުމްކޮށްފަތިބިމީހުނާ އެކިއެކި ބޮޑެތި ކުށްތަކުގައި ޙުކުމް ކޮށްފަ ތިބިމީހުނަށް ފަޓާސްބަރިއެއްހެން ޝަރީއަށް ހިންގާ ހުދުކާފޫރަށް ހަދަމުންމިދަނީ މިކަމުގައި އެމީހުންގެ އަނގައިގައި ޓޭޕް އަޅުވާފަ. މިކަމަކީ އަޅާނުލާ ޔިބެފިއްޔާ އތުނުޖެހިހިގައިދާނެވަރުގެ ކަމެއް.

  9. ބުލްގިޔާ

    ރައީސު ސޯލިހްއާ ގުޅޭނަމްބަރެއް އޮތްނަމަ އެނގޭމީހަކު ކޮމެންޓް ކޮށްދެއްވުން އެދެން.

  10. ރައްދު

    ރާއްޖޭގެ އެއްވެސް އެއާޕޯޓެއް އިންޑިއާ އަށް
    ނުދިނުމަށް އިބޫ ސޯލިހްގެ ސަރުކާރަށް ގޮވާލަން

  11. ފިތުނަތު

    ތި ވަގުތުން ފަތުރާ އަސްލެއް ނެތް ފިތުނަވެރި ވާހަކަ..

    • ކިންގްފިޝަރ

      ވަގުތު އެއްނޫން މިވާހަކަ މިދައްކަނީ. ޓްވިޓަރ ތަކަށް ބަލާލަބަލަ.

    • ސައްތާރު

      ފިތުނަވެރިާހަކަތަ އަންނިގެ ވެރިކަމުގަ އިންޑިޔާއިން ހަދިޔާކުރި ސިފައިންނަކީވެސް؟؟؟؟ އަންނިގެ ވެރިކަމުގަ އިންޑިޔާއިން ހަދިޔާކުރީ އިންޑިޔާސިފައިން، ދެން އެމީހުން ދުއްވާނެ އެއްޗެއްވެސް އޮންނަންވާނެތާ ޖާސޫސުކުރަން !!! ކަލޭ ނޭގޭ ވާހަކަ ނުދައްކާހުރޭ!

  12. ޖުހާ

    ހަޖަމްނުވެގެން ގޮސްހަދާވާހަކަތައްތީ

  13. ނަން

    މިތާ އިންޑިއާ ސިފައިން ބައިތިއްބަން ނުޖެހެ. މިއަށް އަތްނުލާ އައްދޯވުން. މީ އަޅުވެތިކަން މި ޤައުމުގައި ބޭރުގެ އެއްވެސް ބާރެއް ބޭތިއްބުމަށް ޖާގަދީގެން ނުވާނެ. ޢިބޫ ރައީސްކަމަށް ރައްޔިތުން ހޮވީ އަޑިން ޑީލު ހަދާކަށް ނޫން.

  14. ޙުސެެެން

    ޙަމަ ރަގަނޅު ކުރިޔަށް ގެންދޭ ތީގިނަބަޔަކު އެދޭގޮތް...

  15. އަހްމަދު ޢަލީ

    އިންޑިޔާ ސިފައިން އެއްވެސް ބަހަނާއެއްގެ ދަށުން މި ރާއްޖޭގައި ބޭތިއްބުމާއި ދެކޮޅަށް އަޑުއުފުލުމަކީ ޤައުމީ އަދި ދީނީ ވާޖިބެއް.

  16. ދދދދދ

    އިިރާދަ ކުރެއްވިއްޔާ މިވެރިކަންވެސް ދާދި އަވަހަށް ވެއްޓި ބަލާ މުސީބާތުން ސަލާމަތް ކުރައްވާށި. އާމީން!

  17. ާއަހްމަދު

    އިބޫގެ ސަރުކާރަށް ހަލާކު ހުރި!

  18. ސްޕައިވެއަރ

    މިވަގުތު ރާއްޖެދަތުރުކުރަނީ 2012 އިއާދަވުމާ ކައިރި މިސްރާބަކަށް. މިފަހަރު ތަފާތުތަޖްރިބާތަކެއް ކުރުމަކީ ދުރުކަމެއްނޫން! 2012 ގަ އަރިއަޅާލީ ނަޝީދުގެ ސަރުކާރުގައި ހިގަމުން ދިޔަ ނޭއްގާނީކަންތައް ގިނަވެ ޝަރްޢީނިޒާމަކީ ނެތްއެއްޗަކަށް ހަދައިގެން ހިތުހުރިގޮތަކަށް ނަޝީދާއި ގާތްގުޅުމެއް އޮންނަ އިންޑިޔާއަށް ސަރުކާރުގެ ބިންތަކާއި ބައިނަލްއަގުވާމީ ވައިގެ ބަނދަރުދީގެން! އެއިރުނަޝީދުގެ ވެރިކަން ނިމިދިޔައީ 30އަހަރުގެ ޚުދުމުޚްތާރު ވެރިކަންކުރެއްވި މައުމޫނު މޭސްތިރިއަކަށް ހުންނަވައިގެން. ހިތާމަޔަކީ މިފަހަރު މައުމޫނާއި ނަޝީދު ވެސް މިވަނީ ގުޅިލާމެހިފަ މަންފާތަކެއް ޙާސިލްކުރުމަށް އެއްބަސްވުމަކާއެކު! ވެރިކަން ހިންގަންތިބީ މިބައިމީހުން! ކިޔަނީ އެއްބަހެއް، ޤައުމުއަމާން މަންޒިލަކަށް ގެންދަން! ދީން ޙިމާޔަތްކުރަން! ޤައުމުގެ ތަރިކަ ޙިމާޔަތް ކޮށްދޭން! އެއްދިމާލުން މިފެންނަނީ ގަންނާނެބާ ކިޔަމުން ދުވާތަން! މިޙާލަތުގެންނަން މިމީހުން ކިޔަނީ އެބައެއްގެ އެބަޔަކު އަމިއްލަޔަށް ނިކުމެ ބަދަލު ނުކުރާހާ ހިދަކުﷲ ބަދަލެއް ނުކުރައްވައޭ! ބޮޑެތިރިޝްވަތުދީ މީހުން ނައްތާލުމަށް ގޮވާހެދިމީހުން މިތިބީ ފޭރިގަނެގެން ވެރިކަމަށް އަރާ! ހަލާކުހުރި

  19. Anonymous

    އަރަމެން ދެން ނިކުންނާނީ އިންޑިޔާ ސިފައިންނަށް ދުއްޕާންކުރަން!

  20. ޗިއްލޫ

    އަރަމެން ދެން ނިކުންނާނީ އިންޑިޔާ ސިފައިންނަށް ދުއްޕާންކުރަން!

  21. ހުސޭނުބޭ

    އަޖައިބެއް! އިންޑިޔާއިން ލޯނުގެ ގޮތުގައި ދޭން ފުރަތަމަ ބުނީ 1 ބިލިއަން. ފަހުން ހަމަޖެއްސީ 700 މިލިއަން. ވީމާ ބާކީ 300 މިލިއަން މޭޒުދަށުން ލިބުނު މީހުން ޤައުމު ވިއްކާލުމަކީ އަޖައިބުވާކަމެއްނޫން!

  22. މުސްމިން

    ޔެސް ދެނީ ދެންކީއްކިރާނީ މިފަހަރުދީފަ ހުއްޓާލާނީ ވޯޓްދިނީ ކީތްކުރަން ބޭނުންގޮތެއްހަދާނީ

  23. ރަފީގާ

    ތީ އެއްވެސް ސުވާލެއް އުފައްދައްޖެހޭ ސުވާލެއްނޫން މިހާރު އޮތީ މުޅިން ތިކަން ހަމަޖެހި ނިމިފަ އިބޫ އިންޑިޔާއަށް މި ކުރާ ދަތުރުގައި ތި އެއްބަސްވުމުގައި ސޮއިކުރާނެ އެއީ 100% ޔަގީންކަން ވަރަން ސާފު

  24. ކެރޭ އަބްދުﷲ

    ދިވެހިން މުޒާހަރާއައް ނުކުނަން ވެޖެއް. މިޤައުމް އިންޑިޔާގެ އައްދަސައް ނުދަނީސް މިޤައުމް ސަލާމައް ކުރުމައްޓަކާ. މިސަރުކާރު މިއުލެނީ މިޤައުމް އިންޑިޔާއައް ވިކާލަން ކަން ޔަގީން. ދިވެހިން ހޭލަން ވެއްޖެ މިކަމުގަ. އަވަހައް މިޤައުމް ސަލާމަތް ކުރުމައް ޓަކާ މުޒާހިރާއައް ނުކުނަން ގޮވާލަން.

  25. ހަރީި

    ވިއްކާކައަފި އެބައިގަޑަށްދީފަ ދެންދާންވި އަދި ބުނަންތަ މގައުމުގެނިކަމެތިރަތްޔެތުންއހންޑިއާގެފަގީރުއަވަށްގަޑަށްގެންދާނެﷲއަޅަމެންމިއަނިޔާއިންސަލާމަތްކުރަށްވާށިއެވެ.أمن

  26. އެމްޑީޕީ

    އިބުރާހިމް ސޯލިހު ހިފާ ހައްޔަރު ކުރޭ ދިވެހި ސިފައިންނަކީ މިގައުމުގެ އަމަން އަމާން ކަން ބަލަހައްޓަން ތިބޭ ބައެއް ސިފައިން ތިކަން ނުބަލާކަމުގައި ވަނީނަމަ އަހަރުމެން ރައްޔަތުން ނިކުމެ ސޯލިހު ވެރިކަމުން ބާލާނަން ހުވާކޮއްފަ މިބުނީ މިހާރު ރައްޔަތުން ރަތަށް އަރައިފި........

  27. ގެރި މޯޑީ

    އިންޑިޔާ މީހުން ބުނެފިއްޔާާ މި ސަރުކާރުން ބރ ވެސް ވިއްކާލާނެ.

  28. ވަތަން

    އޭތް ލޮބުވެތި މުއާތިނުންނޭވެ. ހުޅަގުފަރާތުން ނަގަމުން އަންނަ ބޮޑު ކަޅުވިލާ ގަޑެގެ ބޮޑުކަމާއި ނާމާން ކަމާއި ބިރުވެރި ކަމެއް ގެ ބޮޑުކަމާއޭ. ހުރި ހުރި ހިތާމައެއް ގެ ބޮޑު ކަމާއޭ. މި ލޮބުވެތި ވަތަން ގެ މުސްލިމް ދަރިންނޭވެ. ވަގުތު ފާއިތުވުމުގެ ކުރިން ޣާފިލް ކަމުގެ ނިދިން ހޭލާތިއްބަވާ. ގެއްލިއްޖެ ވަގުތަކީ އަބުރާ ލިބޭނެވަގުތެއްނޫން. ކާފަރުން ދުވަހަކުވެސް މުސްލިމުންނަކަށް ހެވެނޭދޭ ނެ އެއުރެންގެ ދީނަށް ތަބާވުމުން ނޫނީ. ޢަޅުގަޑު މެންެގެ ލޮބުވެތި ކާބަފައިން މިލޮބުވެތި އިސްލާމް ދީނާ ގައުމު މިޖީލަށް އަމާނާތް ތެރިކަމާއެކު ރަށްދުކޮށް ދިންފަދައިން ކުރިޔަށް އޮތްޖީލުތަކަށް ރަށްދުކޮށް ދިނުމަކީ އަޅުގަޑުމެން ގެ ވާޖިބެ ނޫންތޯ. ޢިހްލާސް ތެރިހިތަކާއި ވިސްނުން ތެރި ސިކުޑިޔެއްގެ ބޭނުން ހިއްޕަވާ. މިނިކަމެތި އަޅާގެ ނިކަމެތި ބަސް އިއްވެން އޮތްގޮތައް އިއްވާއިފިން ޔާﷲ އިިބައިލާހް ހެކިވެވޮޑިގެންފާދޭވެ. މިލޮބުވެތި ގައުމު އިސްލާމް ކަންމަތީ މިނިވަން ކަމާ އެކުއުޅުމުގެ ހެޔޮ ތައުފީގު ދެއްވާށި އާމީން

  29. ކުރަނގި

    ލޮބުވެތި ގައުމުގެ ރައްޔަތުންނޭވެ މުޒާހަރާ ޖެއްސުމައް ތައްޔާރުވޭ އޭތް އޯތް ހަވަރުނިކުންނަން ތައްޔާރުވޭ މާތްކަލާކޯ މިގައުމުގެ ރައްޔަތުންނޭވެ ޢާފިލުވެފާ ނުތިބެބަލަ ހަމަ މިހާރު ނިކުންނަންވީ.

  30. ފާތުން

    ތީ ރާއްޖޭގެ ރައްޔިތުން ބޭނުންވިގޮތް
    ޢަމިއްލަޔަށް އަންދަވަޅުގަނޑުކޮނެފަ ވެއްޓިގަތީ
    ޖީއެމްއާރ އަށް އަހަރެމެންގެ އެޔަރޕޯޓު ދީގެން ނުވާނެ މޯދިޔަކީ ރާއްޖެ އަރުވަން ހެޔޮވެސް ނުވާވަރުގެ މިޒަމާނަށް ފާޅުވި ފިރުއައުނެޢް