ދިވެހި ރާއްޖޭގައި ބަރަހަނާ ސައިޓުތައް ބްލޮކްކޮށް ދިނުމަށް ސަރުކާރުގެ ކިބައިން ދީނީ އިލްމުވެރިޔާ ޝައިހް ޒައިދު އެދިއްޖެއެވެ.

ރޭ ޝައިހް ޒައިދު އޭނާގެ ފޭސްބުކް ޕޭޖުގައި ކުރެއްވި ޕޯސްޓެއްގައި ބުނެފައިވަނީ ރާއްޖޭގައި ބަހަރަނާ ޕޯސްޓްތައް ބްލޮކްކޮށްދިނުމަށް އެދި ހޯމް މިނިސްޓަރ ޝައިހް އިމްރާން އަބްދުﷲ އާއި ޓެކްނޮލޮޖީ މިނިސްޓަރ މަލީހް ޖަމާލްގެ އަރިހުން އެދޭކަމަށެވެ. އަދި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ޝައިހް ޒައިދުގެ ޕޯސްޓްގައި ފާހަގަކޮށްފައިވެއެވެ.

"ރާއްޖޭގައި ބަހަރަނާ ޕޯސްޓްތައް ބްލޮކްކޮށްދިނުމަށް އެދި ހޯމް މިނިސްޓަރ ޝައިހް އިމްރާން އަބްދުﷲ އަދި ޓެކްނޮލޮޖީ މިނިސްޓަރ މަލީހް ޖަމާލްގެ އަރިހުން ވަރަށް އަދަބާއި އިހްތިރާމް އާއި އެކު އިލްތިމާސްކުރަން. މިއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމުގައި ދެކެން" ޝައިހް ޒައިދުގެ ޕޯސްޓްގައިވެއެވެ.

ޝައިހް ޒައިދު އިތުރަށް ވިދާޅުވީ ރާއްޖެ ފަދަ އިސްލާމީ ޤައުމެއްގައި ބަރަހަނާ ސައިޓުތަކަށް ވަދެވިގެން ނުވާނެ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން އެންމެ ގިނައިން ވަންނަ ވެބްސައިޓުތަކުގެ ތަފާސް ހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ދިވެހިން ވަންނަ ވެބްސައިޓްތަކުގެ ތެރޭގައި ބަރަހަނާ މަންޒަރު ފެންނަ ވެބްސައިޓްތައް ހިމެނެއެވެ. ކުރީ ސަރުކާރުން ވެސް ބަރަހަނާ ސައިޓްތައް ބްލޮކް ކުރާ ވާހަކަ ކޮންމެވެސް ވަރަކަށް ދެއްކިއެވެ. ނަމަވެސް އެކަމަށް އަމަލީ ސިފައެއް އައިސްފައެއް ނުވެއެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ރާއްޖޭގައި ބަރަހަނާ ވެބްސައިޓްތައް މަނާ ނުކުރަނީ މުއާސަލާތީ ޚިދުމަތް ފޯރުކޮށްދޭ ކުންފުނިތަކަށް ލިބޭ އާމްދަނީ ދަށަށް ދާނެތީއެވެ. އެކުންފުނިތަކުގެ އާމްދަނީ ދަށަށް ދާނަމަ އެކުންފުނިތަކުން ޑިވިޑެންޑްގެ ގޮތުގައި ސަރުކާރަށް ދައްކާ ފައިސާ އާއި ޓެކްސްގެ ގޮތުގައި ސަރުކާރަށް ދައްކާ ފައިސާގެ އަދަދު މަދުވާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

27 ކޮމެންޓް

  1. އަލީ

    ހަމަ ގައިމުވެސް ބަލާ މީހުން މަދުވާނެކަން ޔަގީން. އެއްކޮށް ބްލޮކް ނުކުރެވޭނެކަން އެނގޭ. އެކަމް ކޮންމެވެސް ވަރެއް ވާނެ.

  2. ާިއިބުރާހިމް

    މިހާރުވެސް ލަސްވެއްޖެ ތިކަންކުރަން މިއީމުސްލިމް ގައުމެއް

  3. މޫސާ ދީދީ..

    އަޅުގަޑު ވަރަށް ބޮޑަށް ތާއީދުކުރާކަމެއް ބަރަހަނާ ސައިޓްތަށް ބުލޮކް ކުރުމަށް ދިވެހި ސަރުކާރަށް ޝައިހް ޒައިދު ގޮވާލެއްވި ގޮވާލެއްވުމަކީ، އަޅުގަޑަށް ފެންނަގޮތުގައި ފުރަތަމަ ސަރުކާރުން ކުރަންވީ ކަމަކީ އަންހެނުންނާއި ފިރިހެނުން ވަޒީފާ އަދާކުރާ މާހައުލުގަ ބޭނުން ކުރާން ވީހާވެސް ނިވާކަން ބޮޑު ހާއްސަކޮށް އަންހެނުންގެ އައުރަ ނިވާވާނެ ހެދުން ތަކެއް ފާސްކުރުމެވެ.

  4. Miadhu

    ވވވ ތާއިދު

  5. Anonymous

    ދިވެހިރާއްޖޭގައި އެތައްހާސް ބަންގާޅު ފިރިހެނުން އުޅެމުންދާއިރު އަދި އެހެން ގައުމުތަކުގެ މީހުންވެސް އުޅޭތަނަކަށްވާއިރު އަސްލު މިބާވަތުގެ އެއްޗެއްސަށް ދިވެހިން ވަންނަ ކަމުގެ ދަލީލަކީ ކޮބާ؟

  6. އިމްތިހާން

    ބަރަހަނާ ވީޑިއޯ ބެލީމަ ކޮބާތަ މައްސަލައަކީ

    • Anonymous

      ހެއްހެއް

  7. Ach

    ތިޔަައް އެޑިކްޓް ވެފަތިބި މީހުން ގިނައީ މިހާރުވެސް. އެހެންވީމަ ތީކީ ވާނެ ކަމެއްނޫން. ބަލަން ބޭނުން މީހުން ބަލާނީ. ނުބަލަން ބޭނުން މީހުން ނުބަލާނީ. ނޫނީ ބަލަން ބޭނުންނޫން މީހަކު ހުރިއްޔާ އަމިއްލަ ފޯނުން ބްލޮކް ކުރާނީ.

  8. މާރިޔާ

    މި ވެރިކަމުގަ ތީ ވާނެ ކަމެއްނޫން..

  9. ހައިވަކަރުއޮޑި

    ސައިޓަށްވުރެން މުހިއްމީ ވިލާ ޓީވީން ޣީބަ ބުނާ ޕްރޮގްރާމް! ޥަރަށް ސަޅި ޕްރެޒެންޓަރ ހެދުން އަޅާފަ ހުންނަގޮތް! ޖަނގިޔާކައްގަނޑު ދައްކައިގެން ހުންނަނީ އިރުކޮޅަކާ އެކްސްޕޯޒް ކޮއްލަ ކޮއްލާ ކެމެރާމަން ހުންނަނީ، އެގޮތްވެސް ރަގަޅުބާ އަންހެން ކުއްޖެއް ކައިވެނިކޮށްފަ ވަރިވެސް ވެއްޖެ! މޮޔަނުވޭތަ

  10. ވަޙިދު

    ވެބްކެމް ސަރުކާރެއް އޮއްވައި އެކަން ނުހުއްޓުވާނެ.

  11. މަގޭ

    ބަލަ ދިރާގާއި އުރީދޫ އަށް ފައިދާވަނީ ތި ސައިޓް ތަކުންނޭ

  12. ލަމް

    ވ ތާއީދު.

  13. ޢަހަންމާ

    އާން އެޔޮއްގެން ކޮށްދިނީ. ޔަހޫދީ ޕާޓީ އަކުން އައިސްހުރި ރައީސް ތިކަން ވަރަށް ކޮށްދޭނެ.

  14. ޢިންސާފް

    ތިކަމެއް ނުވާނެ ބުލޮކް ކޮއްފިނަމަ އެމީހުން ބަލާނީ ކިހިނެއް އަނެއްކާ ރީނދޫ ކުދިން ގޮވާނެ އިންސާނީ ހައްގެކޭކިޔާފަ ތިކަމެއް ނުވާނެ ނުވެސް ކުރާނެ

  15. ޟީތަލަ ހަންނާން

    ހާދަ ފަހަތުގަޔޭދޯ، ތިހެން ސައިޓްތައް ބުލޮކެއް ނުވާނެ، ކުރިޔަސް. ވަންނާނަން، އިންޓަނެޓް އެއީ ކޮންއެޗެއްކަން ނޭގެންޔާ ދަސްކޮއްލާ،

    • -_-

      ހާދަ ބަލިކައްޓޭދޯ! ޝައިތާނާގެ މައްޗަށް ގަދަ ނުވެވޭ. ﷲ އާމެދު ބިރުވެތިވުމެއް ހިތުގަ ނެތް. ދެންވެސް ކިތަނީ އިސްލާމުންނޭ

  16. ނަވްބެ

    ކުރީ ސަރުކާރުންވާ ކީތާ ތިޔަފަދަ ސައިޓުތަކާއި އަދި މަރަށްމަރު ހިފާވާހަކަވެސް އެކަމު ކަމެއްނުވީތާ..... މިސަރުކާރުން ތިޔަވާހަކަވެސް ނުދައްކާނެ...އިތުރަށް ތިކަންކަން ޕްރޮމޯޓުކުރާނީ...ޒައިދުކަހަލަ މީހަކަށް މޑޕ ގެ ފިކުރު ނޭންގޭތީ އަހަރެން ހައިރާންވަން....

  17. ޓަވަރު

    ސިގިރޭޓުބުއިން ހުއްޓުވާބަލަ!

    • *_*

      ޔޭސް! ސިނގެރެޓާ ސުޕާރީއާ ދުފުން މަނާކުރޭ! ސިއްހަތައް ގެންލުންވާޒާރުގެ ހުރިހާކަމަކުން އަންނަންއޮތް ޖީލު ހިމާޔަތްކުރޭ!

  18. ޟމ

    މިހުރިހާ ދުވަހަކު ނުކުތާކަމެ މިހާރު

  19. ހަބީބު

    ރާއްޖޭގަ މަނާކުރަންވީ ބަނގުރާ ވިއްކުން ރަލަކީ އަސްލު ހުރިހާ ނުބައެއްގެ ފެށުން

  20. ^_^

    އިންޝާﷲ! އިސްލާމް، ޤުރުއާން، ޝަރުޢީ ރުޤުޔާ ކިޔަވާދިނުމުގެ މަންހަޖު ތަރައްޤީކުރަންވެސް ފެނޭ. ގިނަ މީހުނަކީ ދީނުގެ ތަނެއްދޮރެއް ނުދަންނަ މީހުން. ދީނުގަ ނެތް ކަންކަންވެސް ބައެއް މީހުނަށް ނޭނގި އެއީ ދީނުގަ އޮތް ކަމެއްކަމަށް ގަބޫލުކުރެވޭފަހަރުވެސް އާދޭ. އަންނަން އޮތް ޖީލަކީ ވަރަށް ސާލިހް ޖީލެއްކަމު ލައްވާށި.
    އަދި މަގުތައްމަތީ އޮރިޔާންވެ އުޅޭ އަންހެނުނާ ފިރިހެނުން ހުއްޓުވައިދެއްވުން އެދެން. ރާއްޖޭގައި 100% ހަލާލު ޓުއަރިޒަމް ގާއިމްކޮށްދެއްވާ!

  21. عبدالله

    މަނާކަމެއް މަނާކުރެވޭތޯ ހުރިހާގޮތަކުންވެސް ބަލަންޖެހޭނެއެވެ. އެހެނީ، ބަރަހަނާވުމަކީވެސް އަދި ބަރަހަނާ ވީޑިއޯ ބެލުމަކީވެސް މަނާކަމެކެވެ.

  22. ފުއާދު

    ރާއްޖޭގައި މޮބައިލް ފޯނުމަނާކުރަންވެއްޖެ އެއީ ފޯނުން ބަރަހަނާ ފޮޓޯ ފޮނުވާތީވެ.

  23. ސުކުން

    ވީ އެންމެ އަވަހަކަށް ތިކަންކުރޭ

  24. ގައިސް

    ނަމާދުކުރުން އާދަކޮއްދިނުމާއި މީހުންމެރުމާއި ޑްރަގް މައްސަލަ ހައްލުކޮއްދިނުމަށް ކޯއްވެ ނޭދެނީ. އަޚްލާޤް ރަނގަޅުކޮއްދިނުމަށް ކީއަވެ ނޭދެނީ. އޭރުން ތި ހުރިހާކަމެއް ރަނގަޅުވާނެ.ވަރަށް ގިނަ ޝައިޚުންނަކީ އަންހެނުންގެ ކަންކަމުގަ ހައްދުންނައްޓާފަ ތިބޭބައެއް