ރާއްޖޭގެ ހެލްތު މިނިސްޓަރު އަބުދުﷲ އަމީން އިންޑިއާގެ ހެލްތު މިނިސްޓަރު ޖޭޕީ ނައްޑާއާ އިއްޔެ ބައްދަލުކުރައްވައިފި އެވެ

މިނިސްޓަރ އަމީން އާއި މިނިސްޓަރ ޖޭޕީގެ ބައްދަލުވުމަކީ މިހާރު ނިއުދިއްލީގައި ކުރިއަށް ގެންދާ "ޕާޓްނާސް ފޯރަމް 2018" ގެ ހަވާސާގަ ކަމަށް އިންޑިއާގެ ހެލްތު މިނިސްޓްރީއިން ބުނެއެވެ،

އެ ފޯރަމްގެ ހަވާސާގެ ތެރެއިން، މިނިސްޓަރު އަމީން ވަނީ އިންޑިއާގެ ހެލްތު މިނިސްޓްރުގެ އިތުރުން އެގައުމުގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ވެސް އިއްޔެ ބައްދަލުކުރައްވައިފަ އެވެ.

މިނިސްޓަރ އަމީން އިންޑިއާގެ ހެލްތު މިނިސްޓަރާއި ބައްދަލުކޮށް ދެކެވުނު ވާހަކައިގެ ތަފްސީލް ހާމަކޮށްފައި ނުވާއިރު ބެލެވޭ ގޮތުގައި އަންނަ ހޯމަ ދުވަހު ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅުގައި ސިއްހީ ދާއިރާ ހަރުދަނާކޮށް ކުރިއެރުވުމަށް ދެ ގައުމުގެ ދޭތެރޭގައި މަޝްވަރާކުރެވިގެންދާނެއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އިންޑިއާ އަށް ކުރައްވާ ދަތުރުފުޅުގައި ރާއްޖޭގެ ތަރައްޤީއާއި ބެހޭ ގިނަ އެއްބަސްވުންތަކުގައި ސޮއިކުރެވިގެންދާނެ ކަމުގައިވެސް ބެލެވެއެވެ. ރައީސް ޞޯލިހުގެ ސަރުކާރުން އިންޑިއާ އާއި އަންނަނީ ހާއްސަ ގުޅުމެއް ބާއްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ޙާބެ

    ދަރުމަވަންތަ ހޮސްޕިޓަލް ވިއްކާލުމުގެ ކޮޅުމަތި ފެށުނީ.. މުޅު ގައުމު އިންޑިއާ އައް ވިއްކާލާނެ..

  2. ކެރަފާ

    އިންޑިއާއަށް ގައުމު ވިއްކައިފި އަމީންވެސް ހައްޔަރުކުރުމަށް ދިވެހި ފުލުހުންނަށް ގޮވާލަން .