އިންޑިޔާ އަސްކަރިއްޔާގެ ގިނަ އަދަދެއްގެ ސިފައިން މިއަދު ދިވެހިރާއްޖެއަށް އަތުވެއްޖެއެވެ. މި ސިފައިން ރާއްޖެ އައިސްފައިވަނީ އިންޑިޔާގެ އަސްކަރީ މަތިންދާބޯޓެއްގައެވެ.

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެމްޑީއެފް) އިން ވިދާޅުވި ގޮތުގައި އިންޑިޔާގެ 45 ސިފައިންގެ މީހަކު ރާއްޖެ އައިސްފައިވަނީ ކޮންމެ އަހަރަކު އެއް ފަހަރު ބާއްވަމުން އަންނަ "އެކްސަސައިޒް އެކުވެރިން" ގައި ބައިވެރިވުމަށެވެ. އެފަރާތުން އިތުރަށް ވިދާޅުވީ މި އަހަރު އިންޑިޔާ އިން އައިސްފައިވަނީ 17 ވަނަ ބެޓޭލިއަން އޮފް މެޑްރާސް ރެޖިމެންޓް ގެ ސިފައިންކަމުގައެވެ.

އެކްސަސައިޒް އެކުވެރިންގެ ނުވަވަނަ ބުރު މި އަހަރު ބޭއްވުމަށް ހަމަޖެހިފައިވަނީ އެމްއެންޑީއެފް ނޮދަން އޭރިޔާގެ ހެޑްކުއާޓަޒް، ޅ. މާފިލާފުށީގައެވެ.

އެމްއެންޑީއެފް އިން އިތުރަށް ހާމަ ކުރައްވާފައިވާ ގޮތުގައި މި ހަރަކާތުގައި އެމްއެންޑީއެފް މެރިން ކޯގެ ސިފައިން ބައިވެރިވުމަށް ހަމަޖެހިފައިވާއިރު ތަމްރީނުތަކުގައި ކިޔަވައިދިނުމަށް ހަމަޖެހިފައިވަނީ ދެ ޤައުމުގެ އަސްކަރީ މުދައްރިބުންނެވެ.

އެކްސަސައިޒް އެކުވެރިންގައި ކައުންޓަރ ޓެރަރިޒަމާއި، ކައުންޓަރ އިންސަރޖެންސީ އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު މައިގަނޑު ގޮތެއްގައި ކުރިއަށް ގެންދަން ނިންމާފައިވަނީ ވޯޓަރބޯން އިޕަރޭޝަންތައްކަމަށްވެސް އެމްއެންޑީއެފް އިން ވިދާޅުވިއެވެ.

އެއްގަމާއި ކަނޑު މަގުން ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ނިންމާފައިވާއިރު، މާފިލާފުށީގެ އިތުރުން ޅ. އަތޮޅުގެ އެހެން ފަޅުރަށްތަކުގައިވެސް މި ހަރަކާތްތައް ކުރިއަށް ގެންދާނެއެވެ.

ކިޔުންތެރިންގެ ހިޔާލު

19 ކޮމެންޓް

  1. ޭއެސޮރު

    ޙާދަ ބަޔެކޭ ތިއަންނަނީ

  2. އެކޮއި

    ހޫނނނނ އެކްސަސައިޒް ނިންމާފަ އަވަހަށް ރަށަށްދޭ އިގޭ!

  3. ޢަލީ ހަމީދު

    ޢަޅުވެތި ކުރުމުގެ ފެށުން ފުރަތަމަ ބައިގަނޑު ޔިޔަ އައީ

  4. ރަސީދު

    މިހާރަކައް އައިސް ހާދަގިނައިން ތަމުރީން ބާއްވައެ އިހައްދުވަހު ދޯސްތީ މަނަވަރު

  5. އިންސާފު

    ޢަނެއްކާ މި ސިފއިން އެބުރި ދާނެބާ؟؟؟!!

  6. ޏަމްޏަމް

    ދިވެހިރާއްޖެ އިންޑިއާ ސިފައިންނަށް ވިއްކައިފި ވިއްކައިފި ވިއްކައިފި ގައުމެއްނެތް އަޅުވެތިވުމުގެ އަލާމަތްތަށް ފެންނަން ފަށައިފި ގައުމުގެ ދަރީންނޭވެ ހޭއަރާތިބޭތި މިގަުމުގައި އިންޑިޔާ ސިފައިން ކަސްމީރުގައި ހިންފާފަދަ ޖަރީމާ ދެން މާގިނަދުވަހެއްނުވެ ހިންގަންފަށާފާނެ ވަގުތުކުޑަތަންވެއްޖެ ހަމަމިހާރު ސޯލިހު ވެރިކަމުން ދުރުކުރުމަށްމަސައްކަތް ފަށަންވީ ވަﷲ އައުލަމް.

  7. މަސްވެރިޔާ

    އިންޑިއާގެ 8 ވަނަ ޓެރޓޮރީ އަށް ހެދުމުގެ މަސއްކަތް ފެށުނީ. ރ.ސޯލިހު ހަދާންކުރާތި.ޤައުމެއްގެ އެންމެ މުހިންމު ކަމަކީ މިނިވަންކަން. ރައްޔިތުން ތިބާ ހޮވީ ވެރިކަން ހިންގަން. ޤައުމުގެ އިސްތިގުލާލް ނޮޅާލާކަށްނޫން.
    ސްޓްރެޖިކަލީ އިންޑިއާއަށް ރާއްޖެ މުހިންމު ކަމެއްކަމަށް ދެކުނަސް ރާއްޖޭގެ އުތުރުން 80 މޭލު ދުރުގައިވާ މަލިކް އަތޮޅަކީ 20 ރަށުގެ މަށްޗަށް އެކުލެވޭ އަތޮޅެއް. މިލިޓަރީ އެތަނުގައި ހެދުން މާރަގަޅުވާނެ. މަލިކް އިންޑިއާ އިން ކަވާލީ އެއިރު ވެރިކަމުގައި ތިބި ޚާއިނުން ތަކެއްގެ ނިންމުމެއްގެ ދަށުން. 400 އަހަރަށްފަހު ރާއްޖޭގެ އުތުރުގެ ރަށްތައް މިގޮތަށް ދޫކޮށްލަނީތޯ. ފަރުވާއްތެރިވާތި. މިނިވަންކަން ގެއްލޭނީ އިގްތިސާދީ އަޅުވެތިކަމެއްގެ ތެރެއިން.

  8. ދޮން ބައްޕަ

    މިހާރު ފެންނަމުންދާ ކަންތައްތަކުގެ ސަބަބުން ބިރުގަނެއެވެ. ރާއްޖެ އަޅުވެތި ވުމުގެ ކަންތައްތައް ފެންނާތީއެވެ. ވެރިކަމުގެ ބޭނުމުގައި ބޮޑެތި ޤައުމު ތަކުގެ އަޅުވެތި ކަމަށް ވެއްޓެމުންދާ ތަން ފެންނާތީ އެވެ.
    މާތްﷲ މިޤައުމު މަކަރުވެރީންގެ މަކަރުވެރި ކަމުން ސަލާމަތް ކުރައްވާށިއެވެ! އެ މަކަރުވެރިންގެ ދަލުގައި ޖެހޭ ބައެއް ކަމުގައި އަޅަމެން ނުލައްވާށިއެވެ!

  9. އެމްޑީޕީ

    ރާއްޖެ ފެތެނީ ފެތެނީ ސަލާމަތް ކުރެއްވޭނީ ހަމައެކަނި ރައީސް ޔާމީންއަށް .......އަވަސްކުރޭ ގައުމުގެ ދަރީންނޭ.

  10. ދދ

    އިންޑިއާ ސިފައިން ދެން ރާއްޖެއިން ނުފައިބާެނެއެވެ
    ރައްޔިތުންނޭ ވަރަށްވެސް ދެރަކަމެއް ހިތާމައިގެ ކޮޅެއްވެސްނެތެވެ

  11. ހުސޭނުބޭ

    ކޮބައްޔޯ މިހާރު ޔާމީނު ޗައިނާ ސަރުކާރަށް އަޝްކަރީ މަރުކަޒު އަޅަން ދިން ރަށްތައް! އެ ވާހަކަ މިހާރު ނެތް ދޯ!

  12. ވިސްނާލާ

    މިކަން އޮއްބާލަން ރޔާމީން ދަމަނީ ފުލުހަށް. މިއީ ބޮޑު ޖަރީމާއެ. މައުމޫނާ ގާސިމާ މިކަމުގެ އަގުއަދާކުރަންޖެހޭނެ. ހަދާންޖުރާތި. އެއްމެހާ ރައްޔިތުންނޭ ސިޔާސީފިކުރު އެއްފަރާތްކޮށް ގައުމުގެ ހައްގުގަ ނުކުމެދީ ގައުމު އަޅުވެތިވެއްޖެ. ﷲއައްޓަކާ މިގައުމުގެ އިސްތިގުލާލު ސަލާމަތްކޮއްދީ. ދެެހެލިކޮޕްޓަރު ބަލަހައްޓން 40ސިފައިން ތިބެންޖެހޭ ސަބަބެ ނުވިސްނޭ. މާފިލާފުށީގަ އިންޑިޔާ ސިފައިން ހަދަމުންދިޔަ މަރުކަޒު މިސަރުކާރުން އަލުންހަދަނީ މޑޕގެ ވެރިކަމުގަ ދިނީ މޑޕ މިގައުމު މިނިވަންކަން ފުޑާލީ މިހުރިހާ ކަމެއެގިތިބެ ގާސިމާ މައުމޫނާ އިމުރާނު އެމީހުންނާ ގުޅިގެން ރޔާމީނާމެދު އޮތް ހަސަދަވެރިކަމުން ގައުމު ވިއްކާލާ އަޅުވެތިކުރީ މީގެ ބަދަލު ރައްޔިތުންދޭނެ...

  13. ދޮށީކޮއި ޢަލީގެ މުޙައްމަދު

    ބަލާބޮޑު ބައެއްދޯ އެއްފަހަރު ދޯސްތީ ،އަނެއްފަހަރު އެކުވެރި ކިޔާފަ މިއަންނަނީ މިރާއްޖޭ ވެރިމީހާ ހަމަ އެއްމިޔަކަނުން ހެވިފައި އެހުންނަނީ ރަނގަޅު ލަގާއެއް ދޭނެ ތިޔމީހުން ވަރަށް ސަލާމް

  14. މިލިޓަރީ

    ކިހިނެއްތަ މިވަނީ.

  15. ވީރު

    ދިވެހިރައްޔަތުންނޭ ބަލަންނުތިއްބަވާ އަވަސްކުރޭ ބަލަލޯހުރިއްޔާފެންނާނެ އެއީންޑިިއާއެއާފޯޓުތަ

  16. އިންސާފް

    މިސަރުކާރު އޮތްހާ ހިނދަކު އިންޑިއާގެ ކިބައިން އަހަރެމެންނަށް ސަލާމަތެއް ނެތް. އިންޑިއާއަކީ ކެހިވެރި އެކުވެރިއެއް..

  17. ޙާމް

    ޚަރުނުން މިދެލޯ ފުރިދާ ހިނދުގައި.... އިންޑިޔާ ގެ އަޅުވެތިކަމުން މިންޖު ވާންދޭއެވެ. ޢެއީ މިކުޑަ ކުޑަ ޤައުމަށް ހެޔޮ އެދޭނެ ބައެއް ނޫނެވެ. އޭގެ ހެކި އެބައިމީހުންގެ ޤައުމުން ވެސް ފެންނަން ހުރުމަކީ މިހިތައް ކެތްކުރެވޭ ވަރުގެ ކަމެއް ނޫނެވެ. ކިތެއް ކުޑަ ކުދިންނެއްތޯއޭ ބަނޑުފުރާނަ މުއްތި ކުރާނެ ކާއެތިކޮޅެއް ނުލިބި ނިމިގެން ދަނީ އެބިޔަ ބޮޑު އިންޑިޔާގައި. ޚަޒާނާގައި ހުރި މުއްސަދިކަން ކީއްވެތޯއޭ އޭގެ ހައްޤްވެރިންނަށް ހިދުމަތް ކުރުމުގައި ހޭދަ ނުކުރެވެނީ

  18. ސަލީމް

    އިންޑިއާއާ އޮތް ސިޔާސީ ގުޅުމުގެ ލެވެލް ދައްކުރަން އަޅުގަޑު އެދެނީ. އަޅުގަޑަކީވެސް ދިވެއްސެއް އަޅުގަޑުގެ ޤައުމާ މެދު އެއްޗެއް ބުނުމުގެ ހައްޤު އަޅުގަޑަށްވެސް އޮންނާނެ. މީ އިންޑިއާ ރައްޔިތުންނާ އޮންނަ ދެކޮޅުވެރިކަމެއްނޫން އިންޑިއާ ސަރުކާރާ އޮންނަ ދެކޮޅުވެރިކަމެއް. އެމްބަސީ އުވާލާފަ. ހަމައެކަނި ލޭޒަން އޮފީހެއް ބަހައްޓަން ފެންނަނީ.

  19. ހުުޫމް

    ކަލޭމެން ކީއްވެތަ ބޭރުބައެއް އަރާ އިރަށް ހާސްވަނީ. ބަލަ ރާއްޖެ މީހުން އެހެން ގައުމުތަކަށް ނުދަނީތަ؟ އަނެއް ރާއްޖެ އެ އެތެރެކުރާ ކާޑު ކޮޅުވެސް ލިބެނީ އަބައިމީހުން ދޭތީވެގެން، އަމިއްލަ ދަރިން ބަލަންވެސް ގެނެސްގެން އުޅެނީ އިންޑިޔާ އަންހެނުން. ދަރިންނަށް ކިޔަވަދެން ގެންނަނީ އެހެން ގައުމުތަކުގެ މީހުން. ރާއްޖެ އަޅުވެތިވަނީ ހަމައެނި ސިފައިން އެރީމަތަ؟ ގަމާރު ދިވެހިން. މިއަދު ބޮޑު އެހީއެއްދީބަލަ އެކަހަލަ ގައުމަކުން ސަނާ ކިޔާވަރު ފެންނާނެ