ކުރީގެ ރައީސް އަބްެދުﷲ ޔާމީން ފުލުހުންގެ އިދާރާއަށް ވަޑައިގަންނަވާނީ ހިންގަވާފައިކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.
މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސް އެއްގައި ވިދާޅުވީ އެމަނިކުފާނު ފުލުހަށް ވަޑައިގަންނަވާނީ ޕީޕީއެމް އޮފީހުން ފެށިގެންކަމަށެވެ.
"މާދަމާވެސް އެމަނިކުފާނު ޕޮލިހަށް ވަޑައިގަންނަވޭނެ އެހުންނެވި ތަނަކުން ހިންގަވާފައި. އަޅުގަނޑުމެންގެ ސަޕޯޓަރުންގެ މައުލޫމާތަށްޓަކައި މި ދެންނެވީ އެމަނިކުފާނު ވަޑައިގަންނަވާނީ ހަމަ ޕާޓީ އޮފީހުން ހިންގަވާފައި ޕޮލިސް ސްޓޭޝަނަށް. އިނގޭތޯ. އެއްގޮތަކަށްވެސް އަނދިރި ބިއްލޫރި ޖެހި ކާރެއްގައި ގޮސް ދޮރުމައްޗަށް މަޑުކުރައްވާ ފައިބައިވަޑައިގަންނަވާ ގޮތަކަށް ނޫން އޮތީކީ." ޕީޕީއެމްގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވިއެވެ.
މީގެއިތުރުންވެސް، ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން ފޮނަދޫ ދާއިރާގެ މެންބަރުކަންވެސް ކުރައްވާ އަދުރޭ ވިދާޅުވީ، ރައީސް ޔާމީން ހިންގަވާފައި ވަޑައިގަންނަވާކަން ހާމަކުރެއްވުމުން، ވާދަވެރިންނަށްވެސް ކަންތައް ކުރަންވީ ގޮތް ރާވާލަން ފަސޭހަވެގެންދާނެކަމުގައެވެ.
"މިއީ އަޅުގަނޑުމެން އެއްގޮތަކަށްވެސް ސިއްރުކޮށްފައި ބާއްވަން ބޭނުންވާ ކަމެއް ނޫން، ވަރަށް ފާޅުގައި މި ދަންނަވަނީ ރައީސް ޔާމީން ވަޑައިގަންނަވާނީ މި އޮފީހުން (ޕީޕީއެމް އޮފީހުން) ނިކުމެވަޑައިގެން ހިންގަވާފައޭ. އެހެންވީމާ ކުރީ ބައިގައި ދެން އަޅުގަނޑުމެންގެ ވާދަވެރިން ކަންތައް ކުރައްވާނެ ގޮތް ރާވަންވެސް ފަސޭހަވާނެ. އެހެންވެގެން މި ވާހަކަވެސް މި ދަންނަވާލީ." އަދުރޭ އިތުރަށް ވިދާޅުވިއެވެ.
އަދުރޭ އިތުރަށް ވިދާޅުވީ ޤާނޫނު އަސާސީއާއި ޤާނޫނުތަކާ، ޔާމީން ޚިލާފުވެވަޑައިގެންފައި ނޯންނާނެކަމަށާއި އެހެންކަމުން ޤާނޫނުތަކުގެ ތެރެއިން އެމަނިކުފާނު ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެކަމުގައެވެ. އަދި، ޔާމީން ހައްޔަރު ކުރަންޏާ ހައްޔަރު ކުރާނީ ސިޔާސީ ބޭނުމަކަށްޓަކައިކަމަށްވެސް ވިދާޅުވިއެވެ.
ޔަޤީން ކަމަކީ ޤާނޫނީ އިމުގެ ތެރެއިން ރައީސް ޔާމީން ހައްޔަރު ނުކުރެވޭނެކަން. އެމަނިކުފާނު ޤާނޫނާ ޚިލާފު ކަމެއް ކުރައްވާފައެއް ނޯންނާނެ. ހެދިފައި ހުރި ޤާނޫނުތަކާއި، ޤާނޫނު އަސާސީއާ އެއްގޮތަށް އެމަނިކުފާނުގެ ފަސް އަހަރު ވެރިކަން ކުރެއްވީ. އެހެންވީމާ ޤާނޫނު އަސާސީއާ ޚިލާފުވެގެން ނުވަތަ ޤާނޫނާ ޚިލާފުވެގެން ހައްޔަރު ކުރަން ޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ. ހައްޔަރު ކުރަންޏާ ހައްޔަރު ކުރާނީ ސިޔާސީ ބޭނުމަކަށް." އަދުރޭ ވިދާޅުވިއެވެ.
ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާ ގުޅިގެން، ކުރީގެ ރައީސް ފުލުހުންގެ އިދާރާއަށް ހާޟިރުވެވަޑައިގަތުމަށް ޗިޓު ފޮނުވާފައިވަނީ މާދަމާ މެންދުރުފަހު 14:00 އަށެވެ.
ޅަދުކުަދ
.ފަތާފަދިޔަސް ހެޔޮ?
މެސީ ދުވެފަ ނުދެވޭނެތަ؟
އަހަރެންނަށް ވަރިހަމަ މަގުމަތީ ފުރޮޅެމުން އަޔަސް ?
ގަން ހިންގުވާލަނީ ތޯ؟
ހެއްކައް ނުފޫޒުފޯރުވާފާނެތީ މައްސަލަނިމެންދެން ބަނދުގައިބަހައްޓަންފެނޭ
ދުވެފަ ނަމަވެސް ދޭބަލަ
ދުވެފަ ނަމަވެސް ދޭބަ
އަޅުގަނޑުމެންމިތިބީ ރައީސްޔާމީންއާއި އެކު ދާތަނަކަށް ވަޑައިގަންނަވަން ތައްޔާރަށް .
އަންނި ގެ ސްޓައިލް ކޮޕީ ކުރަނީ
ޢަހަރެންވެސް އެކުގައި ދާނަން
ކަލޭގެ ޚިޔާލަށް އައިހާ ގޮތަކަށް އަޑުފެތުރީމަ ކަލޭމެންގެ ގޮޑި ކޮށްކޮ ޕޮލިހުން މީހުންހިފާ ހައްޔަރު ކުރިއިރު އަހަރުމެން ތިބީ ބަލަން ! މިއަދު ކަލޭމެން ޖެހޭނީ ހަމަ ކިޔަމަންވާން ! އެނޫން ގޮތެއް ނެތް ! ވަރިހަމަ ހިގާފަ ދިޔައަސް ނޫނީ ފިރުކެމުން ދިޔަޔަސް ! ކަލޭ މެދުއުޑުގައި ފިޔަޖަހާތަން އަހަރުމެން މިތިބީ ބަލަން !
އަޖައިބެއް ނުވާނެތަ، ހިނގާފައިތޯ ދުވެފައިތޯ ބަލަން ބަޔަކު އެބައުޅޭތަ، ނޭގިގެން އުޅެނީ ފައިސާތަކަށް ވެގެން އުޅޭގޮތެކޭ.
ޔާމީނު ޕޮލިހަށްދާންއެންގީ ފުލައިޓަކުނޫނޭ .. މޮޔަނުގޮވާ ..
ހުރިހާ ވައްކަމެއް ސިއްރުކޮށްފަ، ފުލުހަށް ހާޒިރުވާން ޖެހުނީމަ ހިނގާފަ. ޗީޗީ ތެޅޭ ވައްތަރެއް!
ކުށެއް ކުރި މީހަކުނަމަތާ ފިލަންއުޅޭނީ އެހެންނޫނަސް ފުލުހާ ޖަލަކީ ރ ޔާމިނަށް އާތަންތަނެއްވެސްނޫން ވީމާ ހާސްވާކަށްނުޖެހޭނެ ސާބަހޭ ރ ޔާމިން
ހުރިހާ ވައްކަމެއް ފޮރުވާ ސިއްރުކޮށްފަ، ޕޮލިހަށް ދާންޖެހުނީމަ ފައިމަގުގަ ހިނގާފަ. ޗީޗީ... ތެޅޭ ވައްތަރުު އުތަ!
ތިގޮތް ކަމަކު ނުދާނެ ! ބޮޑާމީހަކު ތިހާ ހާލުގައި ގެންދާކަށް ނުވާނެ !
ކިހިނެއްވީ. ބީއެމްޑަބްލިޔު ކާރު ނެތީމަތަ. ޔާނު އަދިވެސް ހަމަބިމަށް ފައިބާކަށް ނުވޭތަ. ޥަގުތު އޮއްވާ އިސްލާހުވެބަލަ.
ސާބަހޭ އަހަރެމެންގެ ތަރައްގީގެ ރައީސް... ތިޔައީ ފިސާރި ގަޓު ރައީސެ... އަހަރެމެން ފަޙުރުވެރިވާ ރައީސެ. ވާއެއްޗެވާން އަހަރެމެންވެސް މިތިބީ މަނިކުފާނާއެކު. އަޅުވެތިކަމުން މިގައުމު ސަލާމަތްކުރަން މަނިކުފާނު ނުކުމެވަޑައިގަންނަވާ. އަހަރެން އާދޭސްމިކުރަނީ މިނިވަންކަމައްޓަކާ ޖިހާދަށް ޕޕމގެ ފައުޖު ނުކުމެދޭށޭ އަހަރެމެންގެ ލޭކެކެމުން މިދަނީ ވަތަނައްޓަކާ ރޔާމީންގެ ޓީމާއެކު ނުކުމެ މިކަން ނިންމުަމަށް ހިފާ.
ސާބަހޭރައީސްޔާމިން
އަޖައިބެއް ކަހަލަކަމެއް އިނގޭމީ މައުމޫން, ޔާމީން، އަންނި އަދި ގާސިމް ނޫނީ މިގައުމުގަ ވެރިކަން ކުރެވޭނެ މީހަކު ނެތްކަމަށް ދޯ މިބައިގަނޑު މެދެކެނެނީ ކިހާ ބޮޑުވެއްޖެކަމެއް ބޮޑު މުސީބާތެއް މީ...........
ބަލަ ޔާމީނު ހާސްވާކަށް ނުޖެހޭ. ޢެއީ އޭނާ ކޮށްފަ އޮތްވައްކަމެ ނޯންނެއެވެ. މިހާރުގެ ވެރިކަމުގަ އެތިބީ ހުސްވަގުން. ޢަހަރުމެން މާބިރުގަނެޭ ޤާއުމު ވިއްކާލާތީ.
ސުބުހާނަﷲ. އެމަނިކުފާނު ހިންގަވާފައޭ.... އަންގަބޫލަބަލް
ޕޮލިހަށް ވަޑައިގަންނަވަން ޗިޓް ފޮނުވީމަ ޕޮލިހަށް ވަޑައިގަންނަވާނެ. ނުއެއް ފިއްލަވާނެ. މައިބަދަ ގުޑަނީއޭ ގޮވައި ބަހަނާއެއް ނުދައްކާނެ. މީ ތަފާތަކީ. ގަޓު ރައީސޭ ކިޔަނީ ކަމެއް ވީމަ.
ކީއްވެބާ ފިރުކިފަ ނުދަނީ
ތީގަ ކޮބާ މޮޅުކަމެއް؟ އެސޮރު އެއީ ނުކުޅެދޭ ސޮރެއްތައް ހިނގާފަ ތަންތަނަށް ނުދެވެން. އަނެއްހެން ފަހު ވަގުތު ވެްސް އެސޮރު ގަން ހިންގުވާ ލަދު ގަންނަވާލަނީ ދޯ. ނޫނޭ އަދުރޭގެ ރޭވުން ވަރަށް މޮޅި. ފަހު ވަގުތު ވެސް އެސޮރު ގުބޯ ހެއްދޭތޯ ބަލާތި....
ބެރިކަމުގަ 5 އަހަރުވީއިރު 1 ނަންބަރު ފާލަމުން ރައީސްއޮފީހަށްވެސް ދަނީ ކާރުގަ...ދެންކީއްވެބާ ވަކި ޕޮލިހަށް ހާޒިރުވާން އެންގީމަ ހިނގާފަދާންވީ
ވެއްޓިގެން ދިއުމުގެ މަލަމަތި ފެށުނީ. ރ. ސޯލިހު ވިސްނަންޖެހޭ... މިއީ މައުމޫނަށް އިބޫ ދެއްވާ ހަދިޔާއެއް. 96000 މީހުންގެ ލެޔާ ނުކުޅޭތި.
ގަޑިނުޖެހި ދާތި..
ވަރިހަމަ ބޭންޖަހާފަ ދިޔައަސް. ޖެހޭނީ ހަމަ ދާން.
ރައީސް ޔާމީން އަކީ ގަޓުހުރި ރައީސް އެކޭ ބުނަނީ އެހެންވެ. ރައީސް ޔާމީނުގެ އެވެސް ކުސެއެއް ނުފެނާނެ. ރައީސް ޔާމީން ދާހާތާކައް އަހަރެން ވެސް ދާމިހުރީ ތައްޔާރައް. ސާބަހޭ ރައީސް ޔާމީން.
ސާބަހޭ ރައިީސް ޔާމީން
ޔާމީނު ދާނީ ސަޢޫދިން ކާރުގައި އުދުހިފައި އެހާބޮޑާ ކިބުރުވެރިއަކު ހިނގަފަ ދާނެކަމަކަށް މަށަކަށް ޤަބޫލެއް ނުކުރެވޭ.
ޢެސޮރަށް ބާ ސައިކަލުގަނޑެއްވެސް ދޭނެ ސަޕޯޓަރެއް ނެތީތަ އަޅެ. ސޭޑް ލައިފް ?
ޖަވާބްދާރީ ނުވެ ފިލި މީހުން ރައްޔިތުން ނައް އިންގޭ. ވައްކަންކުރިނަމަ މޭފުއްޕާލާފަ މަގުމަތީގަހިނގާފަ ދާކައްނުކެރޭނެ. ރައީސް ޔާމީން އަކީ އަހަރުމެންގެ ލޯތްބާ އިޙްތިރާމް ލިބިގެންވާ ތެދުވެރި ދިވެހި ދަރިޔެއް.
މާފުށީ ޖަލަށްވެސް ދާނީ ހިނގާފަދޯ ނޫނީ ފަތާފަ ދޯ؟ އަދީބުގެ ގޮޅި އެބަހުރި ރެޑީގަ ބަހައްޓާފަ މަނިކުފާނަށްޓަކާ. ވަރަށް އަރާމު 2 ފޫޓު 4 ފޫޓުގެ ކޮންކްރީޓް އައްޓަކާ ހަނޑަސްބުރިއެއްވެސް ހުޜޭ!
ޥަރަށް ތަފާތު ، ޕޮލިހަށް ދާން އެންގުމުން ފިލާގެން ރަށްރަށަށް ނުދިއުން ، މަގުމަތީގައި ޕޮލިހުންގެ އަގުވައްޓާނުލުން، އެމްބަސީއަށް ފިލަން ނުވަނުން ، (.) ރީތިގޮތުގައި ކިޔަމަންތެރިކަމާ އެކު ހިގާފައި ހާޝިރުވުން ..
އަޑުއިވޭވަރަށް ވަގަށް ގޮވާލެވޭނެދޯ ސަޕޯޓަރުންނަށް
އަޅުގަނޑުމެން މިތިބީ ރައީސް ޔާމިން އާއެކު.
އަޅުގަނޑުމިހުރީ ރައީސްޔާމީންއާއި އެކުގަ.
ރައީސް ޔާމީނާ ދެކޮޅަށް ކީޔާލު ފާޅުކުރި އެންމެނަކީވެސް ހަދަސަވެރިން ގައުމަށް ގައްދާރު ތަރައްގީ ލޯހުއްޓަސް ނުފެންނަމީހުން
ކަލޭމެން ތިކޮމެންޓުކުރާމީހުންގެލަދުހަޔާތް ކޮބާ ލަދުނުގައްނަ ކޮއްމެމީހަކައްވެސްބޭނުންއަނގައެއް އެރުވިދާނެ ރާއްޖޭގެބަލާލިކޮއްމެދިމާލަކޮން ތިބުނާވަގުޔާމިނުގެ ތަރައްގީ ފެއްނަކަމީފެންނަންހުރިހަގީގަތް މިޔަކާދެކޮޅެއްނުހެދޭނެ ވައްކަންނުކޮއް ވެރިކަންކުރިމީހުން ކުރިކަމެއްފެއްނަކައްނެތްތާނގަ ތިބުނާތެދުވެރިން އެއްކުރިފައިސާއެއްވެސްފެންނާކައްވެސްނެތް ގައުމުއޯތީއިންޑިޔާއައް ދަރާވިކިފަ ަެދަރަނިތައްއަދާކޮއްފަ ގައުމުތަރައްގީކޮއްފަ ތިރުނޑިންނަހަވާލުކުރީމަވެސްއެއުޅެނީހަދާނެގޮތެއްނޭނގިގެންމަތާހިރެއްނުން ގުއިތަފަލުގަ ދަޑިންތެޅިއްޔާ
އަޅެ އެއްދުވަހުވެސް ތިބެލަބަލަ ބްރިޖަށް ނާރާ ޔާމީނު ދެކެ އަންނަ ރުޅިން ނުކެރޭނެ ހަމަ ޔާމީން ބްރިޖްވެސް އެޅީ ހުޅުމާލެސަޅިސިޓީއެއްގެ ގޮތުގައި މިއަދު ފެންނަނީ ވެސް އެހެންވެ ޔާމީން ސަޅި ބްރިޖް އަދި މާސަޅި