ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުގެ ސަރުކާރުން ވެރިކަމަށް އައިސްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމު ހައްޔަރު ކުރައްވަންކަމަށް ޕީޕީއެމް އިން ވިދާޅުވެއްޖެއެވެ.

މިއަދު ކުރިއަށް ދިޔަ ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުން ޕީޕީއެމްގެ ނައިބު ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވީ ރައީސް ޔާމީން ހައްޔަރު ކުރުމަކީ މި ސަރުކާރު ވެރިކަމަށް އައިންސުރެ އެނގޭ ކަމެއްކަމުގައެވެ.

"ރައީސް ޔާމީން ހައްޔަރުކުރާނެކަން މިއީ މި ސަރުކާރު އައިންސުރެ އަޅުގަނޑުމެންނަށް އެނގޭކަމެއް. އެހެން އޮއްވަ ކުއްލިއަކަށް ދިމާވި ކަމެއް ނޫން. މި ސަރުކާރު އައުމުގެ މައިގަނޑު މަގުސަދަކީވެސް ރައީސް ޔާމީން ހައްޔަރު ކުރުން." އަދުރޭ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އަދުރޭ ވިދާޅުވީ ރައީސް ޔާމީންގެ އިތުރުން، ކުރީގެ ސަރުކާރުގެ ކެބިނެޓުގައި ތިއްބެވި މިނިސްޓަރުންނާއި، ކުންފުނިތަކުގައި މެނޭޖިންގ ޑިރެކްޓަރުކަން ކުރެއްވި ބޭފުޅުން އަދި ޕާލިމެންޓްރީ ގްރޫޕުގެ އިސް ފަރާތްތައް ހައްޔަރު ކުރުމަކީވެސް މިހާރުގެ ސަރުކާރުގެ އަމާޒެއްކަމުގައެވެ.

"ރައީސް ޔާމީނާއި ރައީސް ޔާމީނަށް ތާއީދު ކުރައްވާ އެމަނިކުފާނު ސަރުކާރުގައި ވަޒީރުކަން ކުރެއްވި ބޭފުޅުންނާއި އަދި ކުންފުނިތަކުގެ އެމްޑީކަން ކުރި ބޭފުޅުންނާއި ޕާލިމެންޓްރީ ގްރޫޕުގައި ތިބި އިސް މީހުން ހައްޔަރުކުރުންވެސް އެއީ މި ސަރުކާރުގެ މައިގަނޑު އަމާޒު" ޕީޕީއެމްގެ ނައިބު ރައީސް ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަދުރޭ ވާހަކަ ދައްކަވަނީ- ވަގުތު އިމޭޖަސް: އަމީން ފަހްމީ

ހަމައެހެންމެ، މި ސަރުކާރު އައީ ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދޭކަށް ނޫންކަމަށާއި ސަރުކާރު އައީ ޒާތީ ހަސަދަ ފިލުވާ، ބަދަލު ހިފުމަށް ކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މި ސަރުކާރަކީ އެއްގޮތަކަށްވެސް ރައްޔިތުންނަށް ޚިދުމަތްތަކެއް ކޮށްދޭކަށް، ތަރައްޤީގެ މަޝްރޫޢުތަކެއް ހިންގާކަށެއް އައި ސަރުކާރެއް ނޫން. މި ސަރުކާރު އައި ޒާތީ ހަސަދަ ފިލުވަން، ބަދަލު ހިފަން، އެރޫހުގައި އައި ސަރުކާރެއް މިއީ. ސަރުކާރަށް އެއްގޮތަކަށްވެސް މާ ބޮޑެތި ކަންތައްތަކެއް ކުރެވިދާނެކަމަކަށް ރައްޔިތުން އެއްގޮތަކަށްވެސް އުންމީދު ކުރައްވާނެ ކަމެއް ނެތް." އޭނާ ވިދާޅުވިއެވެ.

ހަމައެހެންމެ، އެމްޑީޕީގެ ސަޕޯޓަރުންގެ ހިތްހަމަ ޖައްސައިދިނުމަށް ކަންތައްތަކެއް ކުރައްވާނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"އެހެންނެއް ނޫން އެމްޑީޕީގެ ސަޕޯޓަރުން ނުވަތަ އެބޭފުޅުންނަށް ތާއީދު ކުރައްވާ ބޭފުޅުންގެ ހިތްޕުޅު ހަމަޖެއްސެވުމަށްޓަކައި ކުރައވަން ޖެހޭ ކަންތައްތައް ކުރައްވާނެ." އިތުރަށް ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

11 ކޮމެންޓް

  1. Anonymous

    ޜަގަލު

  2. ޅޮލު

    ޜަގަލު

  3. އަލްޖިބްރާ

    ވަކިމީހަކު ސަރުކާރަށް އައިމަކާ ނޫން ! ޔާމީނު ވޯޓުން ތަޅާ ބަލިކުރީ އޭނާގެ މައްޗަށް ޝަރީއަތް ކޮށް ޤާނުނު އިން އޭނާއަށް ދޭން ޖެހޭ އުޤޫބާތް ދޭން ޖެހޭތީ ! ޕީ.ޕީ.އެމް އިންވެސް ތިހެން ބުނެ އެއްބަސް ވާން ޖެހުނީ ސަބަބުތަކެއް ހުރީމަތާ !

    • ދޮގެއް؟

      ވޯޓުން ވައްކަން ކޮށްގެން ވެރިކަން ފޭރިގަތުމަކީ ވޯޓުން ވެރިކަން ލިބުމެއް ނޫން. 2008 ގަވެސް ވެރިކަން ފޭރުނީ ވައްކަން ކޮށްގެން. ރައްޔިތުން ނޫޅޭ ލާދީނީ ބަޔަކަށް ވޯޓު ދޭކަށް. ކޮބާ ލަދު.

      • ދޫނި

        ޔާމީން ނުކުރެ ވައްކަމެއް.

  4. ޙާމިދާ

    ޙައްޔަރު ކުރަން ޖެހުމުން އެކަންކަން މީގެ ކުރިންވެސް ކުރެއްވި

  5. ÷ poI

    ދެންކޮބާ މައްސަލައަކީ؟

  6. ާަަަަަެެެޮޮިުއަފީ

    ތިއުޅެނީމިސަރުކާރުވވެއްޓެއްވެގެން

    ޔާމީނުހިގިމަގަކުންވެސްނުހިގޭނެ

    ޔާމީނުކިޔެވިވަރައްކިޔަވާފަހުރިމީހެއްވެސްމިސަރުކާ

    ރަކުނެއް އެހެންވވެތިއުޅެނީޖޭވެގެން

    ތިކަންހަދާންނައްތާލާތިކަމެއްނުވާނެ؟؟؟؟???

  7. ހަސަން

    ބަލަ ރައްޔަތުން ނޫންތަ މި ސަރުކާރު ވެރިކަމަށް ގެނެއީ؟ މިސަރކާރު ގެންނަން ރައްޔަތުން އެންމެ ބޮޑަށް ބޭނުންވަނީ ހަމަ ޔާމީނު އާއި ދެންވެސް ރައްޔަތުންގެ ފައިސާ އަށް ޚިޔާނާތްތެރި ވެފަ ތިބި މީހުން ހައްޔަރު ކޮށް އެމީހުން ޝަރީޢަތުގެ ކުރިމައްޗަށް ގެނައުން. އެއީ މޑޕ ނުވަތަ އިބޫ އެކަނި ބޭނުންވާ ކަމެއް ނޫން. އަހަރުމެން އިބޫ އަށް ވޯޓް ދިނީ ޔާމީނު ކުރަމުން ގެންދާ ތަރައްޤީ ނުފެންނާތީކީ ނޫން. އެކަމަކު ކުރަމުން ދިޔަވައްކަން އެނގޭތީ އެކަން ހުއްޓުވަން.

  8. ޢަލ

    ސަރުކާރުގެ ފައިސާއިން ކުރި ތަރަގީ ލޯތަކަށް އެއޮތީ ފެންނަން
    ދެން ފެނުންގާތީ ބައެއެްގެ އަޅުވެތި ކަމުގެ ދަށަށް ދާމަންޒަރު
    މިއީ އަހަރެން ޚިޔާލު

  9. عبدالله

    ރައީސް ޔާމީނަކީ 5 އަހަރުގެ ދައުރެއް ފުރިހަކޮށް މިރާއްޖޭގެ ކުރިއެރުމާއި ތަރައްޤީއަށްޓަކައި ރައްޔިތުންނަށް ބޭނުންވާ ވަރަށްގިނަ ކަންތައްތައް ކޮށްދެއްވާފައިވާ ވެރިއެކެވެ. އެއަރްޕޯޓާއި ބްރިޖާއި ހަސްފަތާލު ނޫނަސް ރާއްޖޭގެ ހުރިހާ ހިސާބަކުން އެމަނިކުފާނުގެ ވެރިކަމުގެ ޤާބިލުކަން ދައްކުވައިދޭ މިސާލުތައް ފެންނަށް އެބަހުއްޓެވެ. 96000 ވޯޓް އެ،ަނިކުފާނަށް ލިބިފައިވަނީ، ބުނެވިދިޔަ ސަބަބުތަކަށްޓަކައެވެ.