އަދުރޭ ވާހަކަ ދައްކަވަނީ- ވަގުތު އިމޭޖަސް: އަމީން ފަހްމީ

ވީ އެއްޗެއްވާން ތިއްބަވާނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އާއެކު ކަމަށް ޕީޕީއެމްގެ ފަރާތުން އެޕާޓީގެ ނައިބު ރައީސް އަބްދުއް ރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ މިހާރު ކުރިއަށްދާ ޕްރެސް ކޮންފަރެންސް އެއްގައި ވާހަކަ ދައްކަވަމުންނެވެ.

"އަޅުގަނޑުމެން ތިބޭނީ ވީ އެއްޗެއް ވާން ރައީސް ޔާމީނާ އެކީ. ވީ އެއްޗެއް ވާން ރައީސް ޔާމީނާއެކީ ވަރަށް ސީބިތުވާން އެބަތިބިން. އަޅުގަނޑުމެންނަކީ އެއްގޮތަކަށްވެސް ހައްޔަރު ކޮށްފާނެތީ ބިރު ގަންނަ ބައެއް ނޫން. އަޅުގަނޑުމެންނަކީ ޕޮލިހަށް ހާޟިރު ކުރަން އުޅޭތީ ބިރު ގަންނަ ބައެއް ނޫން." މިއަދުގެ ޕްރެސް ކޮންފަރެންސްގައި އަދުރޭ ވިދާޅުވިއެވެ.

އަދުރޭ އިތުރަށް ވިދާޅުވީ މިހާރު ޕީޕީއެމް އޮތީ އިދިކޮޅު ޕާޓީއެއްގެ ގޮތުގައި ވަރަށް ރަނގަޅަށް ތައްޔާރުވެގެން ކަމަށާއި ސަރުކާރު ޒިންމާދާރު ކުރުވުމަށް ކުރާ ހުރިހާ ކަމެއްވެސް ކުރާނީ ޤާނޫނީ އިމުގެ ތެރެއިންކަމުގައެވެ.

"އަޅުގަނޑުމެން މިހާރު މި ތިބީ ވަރަށް ރަނގަޅަށް އިދިކޮޅު ޕާޓީއެއްކަމަށް ތައްޔާރުވެގެން. އިދިކޮޅުގައި ތިބެގެން ސަރުކާރު ޒިންމާދާރު ކުރުމަށް ކުރަން ޖެހޭ ހުރިހާ ކަމެއް ކުރާނަން. އަޅުގަނޑުމެން ކުރާ ކޮންމެ ކަމެއް ކުރާނީ ޤާނޫނީ އިމުގެ ތެރެއިން. އެކަމަކު އަޅުގަނޑުމެން ދައްކަން ޖެހޭ ވާހަކައެއް ދައްކާނަން. އަޅުގަނޑުމެން އަޅުވެތިކަމަކަށް އާނ އެކޭ ނުބުނާނަން." އޭނާ ވިދާޅުވިއެވެ.

މިއަދު ޕީޕީއެމް އިން ބޭއްވި ޕްރެސް ކޮންފަރެންސްގެ ތެރެއިން- ވަގުތު އިމޭޖަސް: އަމީން ފަހުމީ

ހަމައެހެންމެ، ރައީސް ޔާމީން ހައްޔަރު ކުރަން އުޅެނީ، ސަރުކާރުން އިންޑިޔާއާއެކު އެއްބަސްވުންތަކެއް ވާން ތައްޔާރުވަމުންދާތީ އެކަމުގެ ފޯކަސް ގެއްލުވާކަންކަމަށާއި އެހެންނަމަވެސް، އެކަންކަމަށް ރައްޔިތުން ފުރުޞަތު ނުދޭނެކަމަށްވެސް އަދުރޭ ވިދާޅުވިއެވެ.

"މިހާރު ވެގެން މި އުޅޭ ގޮތަކީ އިންޑިޔާއާ މި ސަރުކާރާ ދޭތެރޭ ހުރި އެއްބަސްވުންތަކާ، ހިންގަން އުޅޭ ކަންތައްތައް ރައްޔިތުންގެ ސަމާލުކަމަށް އައިސްދާނެތީ ރައްޔިތުންގެ ފޯކަސް އެހެން ދިމާއަކަށް އަނބުރާލުމަށްޓަކައި، ހައްޔަރު ކުރަން، ޕޮލިހަށް ހާޟިރު ކުރަން މި ކަންތައްތައް ހިންގަނީ. އަޅުގަނޑުމެން ޤަބޫލު ކުރަނީ މި ކަންކަން ކުރަން ދިވެހި ރައްޔިތުން ފުރުޞަތު ނުދޭނެކަމަށް." އަދުރޭ ވިދާޅުވިއެވެ.

ހދ. ހަނިމާދޫ އިންޓަނޭޝަނަލް އެއަރޕޯޓު އިންޑިޔާގެ ޖީއެމްއާރް ކުންފުންޏާ ދިނުމާ ބެހޭގޮތުން އަދުރޭ ވިދާޅުވީ އެކަންކަމާ ދެކޮޅަށް އެފަރާތްތަކުން އަޑު އުފުލާނެ ކަމުގައެވެ.

"މީގެކުރިން ޖީއެމްއާރު މައްސަލައިގައިވެސް އަޑު އުފުލީ އަޅުގަނޑުމެން. ހަނިމާދޫ އެއަރޕޯޓު ދޫކޮށްލާއިރުވެސް އަޑު އުފުލަން ތިބީ އަޅުގަނޑުމެން. އަދި މި ޤައުމުގައި މިލިޓަރީ ބޭސްތައް ހަދާއިރު އެކަމާ އަޑު އުފުލަންވެސް ތިބީ އަޅުގަނޑުމެން. އަޅުގަނޑުމެން ފަހަތަކަށް ނުވެސް ޖެހޭނެ، ނުވެސް ޖެއްސޭނެ." ފޮނަދޫ ދާއިރާގެ މެންބަރު އަދުރޭ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

14 ކޮމެންޓް

  1. ކޮޕީ ކުރިމަކީ ވަރަށް ހަޑި ކަމެއް މީ ސްކޫލްތަކުންވެސް ކިޔަވަދޭއިރު ދޭ ނަސޭހަތް

  2. ވީއެއްޗެއް ވާން ނުތިބެ ދެން ވަންނާނެ އެއްވެސް ވަލެއް ނެތް ! އަދުރޭ އަދި ތިގޮތަށް ތިބި ހުރިހާ މުލު ވަގުންތަށް ޝަރީއަތަށް ހާޒިރުކޮށް ކަލޭމެނަށް ދޭންޖެހޭ އުޤޫބާތް ދޭނެ ! މީ މުޖައްރިބް ކަމެއް !

  3. ޔަގީން .!!

  4. ހެހެ. ޢަންނިގެ ވީޙާލެއްގަވާން ކޮޕީކުރީ ދޯ. ޢަބަދުވަސް ކޮޕީކުރެވޭތޯ ބަލާތި.😂😂😂😂

  5. އިރާދަ ކުރެއްވިއްޔާ ވާނީ ހަމަ ރަނގަޅަށް އެއީ ހިވަރުގަދަ ފަހުލަވާނެއް ތެދުވެރި ދިވެހިބަތޮލެއް އިޙުލާސްތެރި ރައީސެއް އެކުވެރި ރަގަޅު ރަހުމަތްތެރިއެއް ނިކުމެ ވަދަިގަންނަވާނީ ވަރަށް ސާފު ތާހިރުކޮން .

  6. ކޮޕީކުރުމަކީ ވަރަށް ހަޑި ކަމެއްކަމަށް ސްކޫލް ތަކުން ޓީޗަރުން ދަރިވަރުންނަށް ކިޔައިދޭ މިކަހަލަ ހަޑި ކަންތަށް ކުރުން ހުޓުވަމާ ތަރުބިއްޔަތު ލިބިގަނޭ

  7. މިސަރުކާރު އުޅެނީ ޔާމީން ސަރުކާރުގަ ކުރިކަންތައް ކޮޕީ ކޮށްގެން. ކޮޕީ ސަރުކާރު.

  8. ޜާއްޖެ އިސްލާމް

    މިގައުމް އަޅުވެތި ކުރާ ބަޔަކަހް މި ޤައުމްގައި ރައްކާތެރި ކަމެއް ނީންނާނެ.

    4 ލީޑަރުނަށް އަނގަ ބައްދައިގެން ތިބެޥޭނީ ކިހާދުވަހަކަށްތޯ ދިވެހިން މިތިބީ ބަލަން . ޤައުމަށް ޤައްދާރުވެފަ އެއްވެސް ބަޔަކަށް ސަލާމަތެއް ނުވެޥޭނެ

  9. ޔާމީނު ގެނެސްދިން ތަރައްޤީ އެހެން އެއްވެސް ރައީސަކު ގެނެސްދީފައެއް ނުވޭ. މިހާރު ރައީސް އިބޫ ހަދާނެ ގޮތެއް ނޭނގޭ. ފެންނަ ފެނުމަށް ބަލާއިރު އިބޫއަކީ މިހާރުގެ ރައީސެއް ނޫން. ރައީސެއްގެ ގޮތުގައި އުޅޭތަން ފެންނަނީ އެހެން މީހެއް. މިއީ މިއަދުގެ ދިވެހިން ވިސްނާލަން ޖެހޭ ކަމެއް.

  10. ބަލަ މައިންބަފައިންނަށް ލިބޭ ދަރިން މަންމައަށް "މަންމަ"، ބައްޕައަށް "ބައްޕަ" ވެސް ކިޔާ މި ނުވޭތަ ކޮޕީކުރުމަކަށް.

  11. އިންޑިޔާގެ އައްދަސައް މިޤައުމު ދާކައް ދުލެއް ނުކުރާނައް. މަވެސް އަދުރޭއާ އެކު ނުކުއް ނާނަން. މިޤައުމު ސަލާމަތް ކުރުމައް.

  12. އަންނި އަކީ އެއްވެސް ދިވެހި މުސްލިމަކު ކޮޕީ ކުރާނެ މީހެއްނޫން. އަދުރޭ ބޭނުންކުރާ ހ ށ ގެ އަކުރުތައް ކޮޕީކޮށްގެން ދިވެހިބަހުން ވާހަކަ ދައްކަނީ އަސްލުގަ ކެނެރީގޭ ނަޝީދު.. އެނގިއްޖެތަ؟ އެނގިއްޖެތަ؟ އެނގިއްޖެ ދޯ!

  13. ކީއްކުރާނީ..** އަދުރޭ އަބަދުވެސް އެހާލުގަ.ހިސާބު ނަމްބަރ އެއްހަދަން ދިނަސް ހަމައެހާލެއްގަ.

  14. ކެނެރީގޭ ނަޝީދަކީ މިގައުމުދުއް އެންމެ ބޮޑު ދައްޖާލު ސާފުވެއްޖެތަ ސާފުވެއްޖެދޯ.