މޯލްޑިވިއަން އަށް ޕީޕީއެންއިން ދައްކަން ޖެހޭ 4.8 މިލިއަން ރުފިޔާއިން މިހާރު ނުދެއްކިވާ ފައިސާ ކަމަށްވާ 3.8 މިލިއަން ރުފިޔާ ނުދެއްކި ލަސްވަނީ ސަރުކާރުން ޕީޕީއެމްއަށް ލިބެން ޖެހޭ ފައިސާ ނުލިބޭތީ ކަމަށް ޕީޕީއެމްގެ ނައިބް ރައީސް އަބްދުރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ޕީޕީއެމްގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ މޯލްޑިވިއަން އަށް ދައްކަން ޖެހޭ 3.8 މިލިއަން ރުފިޔާ އެބަހުރި ކަމަށެވެ.

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން 3.8 މިލިއަން ރުފިޔާ އަދި ނުދެއްކި އޮންނާނީ. އެފައިސާ ޕާޓީގެ ހާލަތު އޮތް ގޮތުން ނުދެއްކިމިވަނީ" އަބްދުއްރަހީމް ވިދާޅުވިއެވެ.

މޯލްޑިވިއަންއަށް ދައްކަން ޖެހޭ ފައިސާ ދިނުން ލަސްވާ ސަބަބު ބަޔާންކޮށްދިނުމަށް އެދި ނޫސްވެރިއަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ ސަރުކާރުން ޕީޕީއެމް އަށް ލިބެން ޖެހޭ އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ އެބަހުރި ކަމަށާއި އެފައިސާ ނުލިބި އޮއްވާ މޯލްޑިވިއަންއަށް ފައިސާ ނުދެއްކޭނެ ކަމަށެވެ.

"ދެން ސަރުކާރުން އަޅުގަނޑުމެންނަށް ދޭން ޖެހޭ ފައިސާ ނުދީ އޮތީމާ ކިހިނެއްތޯ އަޅުގަނޑުމެން ސަރުކާރަށް ފައިސާ ދައްކާނީ. އެހެންވީމާ ސަރުކާރުން އަޅުގަނޑުމެންނަށް ފައިސާ ދިނީމާ ނޫންތޯ އަޅުގަނޑުމެންނަށް ސަރުކާރަށް ފައިސާ ދެއްކޭނީ. އެހެންނޫންތޯ. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ސިޔާސީ ޕާޓީތަށް ހިންގުމަށް އިލެކްޝަން ކޮމިޝަން މެދުވެރިކޮށް ސަރުކާރުން ފައިސާ ދޭން އެބަ ޖެހޭ އަޅުގަނޑުމެންނަށް. އެގޮތުން 8 މިލިއަނަށް ވުރެއް ގިނަ ފައިސާ އެބައުޅޭ ސަރުކާރުން އަޅުގަނޑުމެންނަށް ދައްކަން ޖެހޭ" އަބްދުއްރަހީމް ވިދާޅުވިއެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިންނަށް ޕީޕީއެމްއިން ކުރި ދަތުރުތަކަށް މޯލްޑިވިއަންއަށް 4.8 މިލިއަން ރުފިޔާ ދައްކަން ޖެހެއެވެ. އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ޕީޕީއެމްއިން މޯލްޑިވިއަން އަށް ދައްކާފައިވާއިރު. ބާކީ ހުރި 3.8 މިލިއަން ރުފިޔާ ހޯދުމަށް މޯލްޑިވިއަން އިން ވަނީ އެތައް މަސައްކަތެއް ކޮށްފައެވެ.

ކިޔުންތެރިންގެ ހިޔާލު

8 ކޮމެންޓް

  1. އަލްޖިބްރާ

    މިސަރުކާރުން ކަލޭމެން ވަގަށް ނަގައިގެން އުޅޭ ޕީ.ޕީ.އެމް އަށް ދަރައެއް ނޯންނާނެ ! ކަލޭމެން ވެރިކަމުގައި ތިބި އިރު ކަލޭމެން ބޭނުންތާކުން ބޭނުންގޮތަކަށް ރައްޔިތުންގެ ފައިސާތަށް ތިތިބީ ބަޑުއަޅައިގެން ! ޔާމީނު ހަދާގެ ވެސް އެއީ ރައްޔިތުންގެ ފައިސާއިން ހަދާތަނެއް ! އޭނާގެ ގެ ވިއްކާލާފަވެސް ތިދަރަނި އަދާކުރަން މަޖްބޫރު ވާނެ !

  2. އަފީ

    ޕޕމ ވަގަށް ނަގައިގެން ބަޔަކު ނޫޅޭ! ޕޕމ ގެ ޒުވާނެއްގެ ހައެސިއްޔަތުން، އަދި އަދި ދިވެހި ލޭ ހިނގާ ދިވެހި ޒުވާން ރައްޔިތެއްގެ ހައެސިއްޔަތުން ބުނެލަންއޮތީ ޕޕމ އަކީ ޕޕމ ގެ އާންމު މެމްބަރުން. ޕޕމ ގެ އާންމު މެމްބަރުން ތިއްބެވީ ސާބިތުކަމާ ހިކުމަތްތެރިކަމާ، ކެތްތެރިކަމާ އެކީ ރައީސް ޔާމީން ފަހަތްޕުޅުގައި ވީ އެއްޗެއް ވާން. އިންޝާﷲ

  3. ކެރޭ އަބްދުﷲ

    ރައީސް ޔާމީނު ވެރިކަމުގަ ހުރި 5 އަހަރު ރައީސް ޔާމީނަން މުސާރަ ލިބެމުން ދާނެ. އެހެން ވެ އެމުސާރައިން ރައީސް ޔާމީންގެ ގެވެސް ހަދަނީ. އަލްޖިބްރާ އައް ވަރަން އިގިގެން ތިއުޅެނީ. ނޭގޭ ވާހަކަ ނުދައް ކާ.

  4. ޢަލިބެ

    ކިހާ ފައިސާއެއް ދަވާލިތަ އަދުރޭމެން ނިހާނުމެން މިހާރު ފައިސާ ދައްކަން ޖެހުނީމަ މިބުނަނީ ފައިސާއެއް ނެތޭ ހަދާ ބުހުތާން ދޮގު ފައިސާ ހުންނާނެ އުލުބައިންދައިގެންވެސް ފައިސާ ހޯދަން ޖެހޭނެ.

  5. އަބުޅޯ

    އޭ އަލްޖިބުރާ. އަނގަނާރުވާ. މިސަރުކާރުން ޕީޕީއެމް.އަށް ދަރާފައޮތީ އެއީ ދޭންޖެހޭ ފައިސާ. ތިހެން ބޯދަމައެއްނުގަނެވޭނެ.

  6. Miadhu

    ފުރަތަމަ ސަރުކާރުން ޕީޕީ އެމަށްދެރީ ކުޑަކުޑަ ޕާޓީއަކަށް ސަރުކާރަށް ދަރާ އޮތުމަކީ ލަދުވެތިކަމެއް ޕީޕއެމަށް ސަރުކާރުންދޭންޖެހޭފައިސާގާނޫނުތަކއގަވަޢިދުތަކާއި ޚިލާފަށް ނުދީހިފަހައްޓާފައިވަނީ އީސީން މިކަމުގެ ސަބަބުން ސަރުކާރުގެ އަގުވެއްޓި އެތަށްބައެއްގެ ނުރުހުން ޝަރީފާއި އިބޫއަށްދަނީ ލިބެމުން

  7. Miadhu

    ދިނީމަ ދޭނީ ކުރިއަކުން ނުލިބޭނެ

  8. ޟަޜަ

    ދިނީމަ ނޫނީ ނުދޭތި.