މ. މުލިން މިރެއިން ފެށިގެން ކަރަންޓު ކެނޑިފައިވާތީ އެރަށު ރައްޔިތުން ކަންބޮޑުވުން ފާޅު ކުރަމުން އެބަދެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެރަށުން ކަރަންޓު ކެނޑިފައިވަނީ އެރަށު އިންޖީނުގޭގައި ހުންނަ ޖަނަރޭޓަރުތަކަކަށް މައްސަލަ ދިމާވެގެންނެވެ.

މުލީ ކައުންސިލުގެ ރައީސް އިބްރާހީމް ޒަކީ "ވަގުތު" އަށް މައުލޫމާތު ދެމުން ވިދާޅުވީ އެރަށުން ކަރަންޓު ކެނޑިފައިވަނީ މިރޭ 19:20 އިން ފެށިގެންކަމަށެވެ. އެހެންނަމަވެސް، މިދިޔަ ހަފްތާ އިން ފެށިގެން އެރަށުން ވަރަށް ގިނައިން ކަރަންޓު ކެނޑެމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

"މިރޭ 7:20 އިން ފެށިގެން ރަށުން ވަނީ ކަރަންޓު ކެނޑިފައި. މިދިޔަ ހަފްތާ އިން ފެށިގެން ރަށުން ދަނީ އެކި ވަގުތުތަކުގައި ކަރަންޓު ކެނޑެމުން." ކައުންސިލްގެ ރައީސް ޒަކީ ވިދާޅުވިއެވެ.

ކައުންސިލުގެ ރައީސް އިތުރަށް ވިދާޅުވީ އެރަށު އިންޖީނުގޭގައި ހުންނަ ޖުމުލަ ތިން ޖަނަރޭޓަރުކަމަށެވެ. އެއީ، 160 ކިލޯވޯޓުގެ ޖަނަރޭޓަރަކާއި، 250 ކިލޯވޯޓުގެ ޖަނަރޭޓަރެއްގެ އިތުރުން 400 ކިލޯވޯޓުގެ ޖަނަރޭޓަރެއްކަމަށް އޭނާ ވިދާޅުވިއެވެ. އެހެންނަމަވެސް، މިހާރު ބޭނުން ކުރެވޭ ހާލަތުގައި ހުރީ ހަމައެކަނި 250 ކިލޯވޯޓުގެ ޖަނަރޭޓަރުކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

250 ކިލޯވޯޓުގެ ޖަނަރޭޓަރަކީ އެރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް އެންމެ އެކަށީގެންވާ ވަރުގެ ޖަނަރޭޓަރަކަށް ނުވާއިރު، ކަރަންޓު ކެނޑެމުންދަނީ އެކަމުގެ ސަބަބުންނެވެ. އަދި މިރޭ މުޅި ރަށުން ކަރަންޓު ކެނޑިފައިވަނީ މި ޖަނަރޭޓަރުގެ އޭވީއާރަށް މައްސަލައެއް ދިމާވުމުންކަމަށް ޒަކީ ވިދާޅުވިއެވެ.

މީގެއިތުރުންވެސް، އޭނާ ވިދާޅުވީ ބެލި ބެލުންތަކުން އެނގުނު ގޮތުގައި ޖަނަރޭޓަރުގައި ހުރީ ހުސް ފެންކަމަށެވެ.

"އަޅުގަނޑުމެންނަށް މިހާރުވަނީ މައްސަލަ އައިޑެންޓިފައި ކުރެވިފައި. އެތެރޭގައި (ޖަނަރޭޓަރުގެ) ހުރީ ހުސް ފެން." ޒަކީ ވިދާޅުވިއެވެ.

މުލީ އިންޖީނުގެ ހިންގަމުންދަނީ ފެނަކަ ކޯޕަރޭޝަން އިންނެވެ. އެހެންނަމަވެސް، އެކުންފުނީގެ ފަރާތުން އެރަށު އިންޖީނުގެ ހިންގުމާ ހަވާލުވެ ހުންނަ މެނޭޖަރު މިހާރު ހުރީ ޗުއްޓީގައެވެ. އަދި މި ވަގުތު އިންޖީނުގޭގައި މަސައްކަތް ކުރަމުން ދަނީ ވަރަށް ޒުވާން މުވައްޒަފުންތަކެއްކަމަށާއި އިންޖީނުގޭގެ ކަންކަން ބަލަހައްޓަމުން ދަނީ ކައިރީގައި އޮތް މުލަކު އިންޖީނުގޭންކަމަށްވެސް ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ޒަކީ އިތުރަށް ވިދާޅުވީ މިކަމުގެ ސަބަބުން ރައްޔިތުންނަށް އެތައް ދަތިތަކަކާ ކުރިމަތިވަމުން އަންނަކަމަށާއި އަދި އެކަމުގެ ސަބަބުން ރައްޔިތުން ހިތްހަމަނުޖެހުން ފާޅު ކުރަމުން އަންނަކަމުގައެވެ. އަދި މިކަން ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ސަމާލުކަމަށް ގެންނަން ބޭނުންވާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ކިޔުންތެރިންގެ ހިޔާލު

20 ކޮމެންޓް

  1. ނާދު

    އޮހޯ މިސަރުކާރުގައި އެއްވެސް ރަށަކުން ކަރަންޓް ނުކެނޑޭނެ. ވަގުތު ވެސް ދޮގު ޚަބަރު ނުފަތުރަބޭ ހަހަހާ

  2. ކަރަންޓް

    ތިވާނީ އޮޅުމަކަށް. މިސަރުކާރުގަ ކަރަންޓްއެއް ނުކެނޑޭނެ. ތިވާނީ ޔާމީން ސަރުކާރުގަވީކަމެއް ކަމަށް.

  3. އައްޑޫ މީހާ

    މިހާރު ނުކެރޭނެ ނިކުމެ ހަޅުތާލު ކުރާކަށް ނިކަން މޑޕ ކުދިންކޮޅު އަޅެ ނިކުމެ ގޮތެއް ހަދާލަބަލަ

  4. ލަބީބު

    މިވެރިކަމުގައި ކަރަންޓު ކެނޑިގެން ނުވާނެއެވެ. ހޮސްޕިޓަލެއްގައި ، ޖަލެއްގައި މީހަކު މަރުވެގެންނުވާނެެވެ. ތަޅާފޮޅުމެއް މާރަމާރީއެއް ހިންގިގެނެއްނުވާނެއެވެ. މިއީ ވަރަށް ވާހަކަ އިގޭތޯއެވެ!

  5. ކަލޯ

    މިސަރުކާރުގައި ތިފަދަކަންތައްވުމަކީ މަނާކަމެއް

  6. ޙަސަން

    މި ސަރުކާރަކު ކަރަންޓެއް ނުކެނޑޭނެ. އެހެން ނޫހަކު ތިޔަ ވާހަކަ ނުވެސް ލިޔާނެ. އެހެން ސަރުކާރެއް އޮތްނަމަ އެމްޑީ.ޕީގެ އާލާތްގަނޑު ފެލޭވަރުން ނުކުޅަދާނަވީސް. އިހަށްދުވަހު މާލޭގެ ހެންވޭރުކޮޅުގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑުނު ވާހަކަވެސް އެއްވެސް ބަޔަކަށް ނޭނގުނެއްނު. އެއްވެސް ނޫހެއްގައިވެސް އެވާހަކައެއް ނުލިޔެއެއްނު.

  7. މުލީ ރައްޔިތެއް

    ޒަކީ މައުލޫމާތު ދިނީމަ ވ ޖޯކް، ކަންވެ ނިމުނުފަހުން މޫނު ދައްކާލެވުނީ، މުލަކު މީހުން އިންޖީނުގެ ހަލާކު ކުރަނީ، އެންމެ ފަހުން ހެދި ނަރުދަމާ ވަޅުވެސް ކިރިޔާ ގޮއްވާނުލީ

    • ނަނާ

      މުލަކުން މީހުން ގޮސްގެން މުލީ އިންޖީނުތައް މިވީހާތަނަަށް ހަދާފަވެސް ހުރީ...

      • މުލީ ރައްޔިތެއް

        އެންމެފަހުން ރޫޅި އިންޖީނުވެސް ހަދަންވެސް ނޭގުނު

  8. ދޮންތަ

    ކަރަންޓު އަގުހެޔޮ ކޮއްލަން ވެގެން

    • މުލީގަ އުޅޭ ބީރަށްޓެއްސެއް

      މިކަމުގެ ހަޤީގަތަކީ ކުރީގެ ސަރުކާރުން ވެފައިވާ އިހުމާލެއްމީ، 250 ގެ އެންމެ ޖަނަރޭޓަރަކުން ކަރަންޓު ދެމުން އަންނަތާ ކިތަންމެ ދުވަހެއް.

  9. މުލީ މުޙައްމަދު

    ޔާމީން ސަރުކާރުން ކަރަންޓް 24 ގަޑިއިރަށް ޔަގީން ކޮށްދިންތާ 1 މަސްދުވަސް ނުވަނީސް މައްސަލަޖެހުމަކީ 1 މަސްނުވާ އިބޫގެ ސަރުކާރުގެ މައްސަލައެއްނޫން، ކަރަންޓް ޔަގީންކޮށްދިންލެއް ޔަގީންކަމުން ވީގޮތެެއް، ފެނަކައިގަތިބި ރަނގަޅު މުވައްޟަފުންތައް ކަނޑާ ބުރުވާލާފަ އުޑެއް ބުޑެއް ނުދަންނަ ކުދިންނަށް ސިޔާސީ ވަޟީފާތަކެއްދީގެން މުޅި ފެނަކަ ހަރާބުކުރުމުގެ ނަތީޖާ މިފެންނަނީ.. ވަރަށް ސަލާމް

    • ދެރަސޮރު

      ޙަގީގަތަށް ތިބުނީ ސެލިއުޓް

  10. ޑިމޮކްރަޓިސްޓް

    ކޮބާ ޔާމީނު ވެރިކަމުގަ ކަރަންޓު ކެނޑުނީމަ ޓުވީޓުކުރާ ބައިގަނޑުކޮބާ؟ މިހާރު ޓުވީޓުކުރަން ނުކެރިގެން ތިއުޅެނީއޯ؟ މިވެސް ޔާމީނު ސަރުކާރުތަ؟

  11. ނޫރާ

    ތިޔައީ ރައީސް ޔާމީނު ކުރި ކަމަކަށްވާނީ

  12. ޖަނަރެެޓަރު

    ފެނަކަ ???

  13. ކަރަންޓް

    ކަރަންޓް މައްސަލަ ދިމާވަމުން އަންނަތާ ވަރަށް ގިނަ ދުވަސް ވެއްޖެ، މިއީ ރައްޔިތުންނަށް ދެމުންއަންނަ އަސާސީ ޚިދުމަތަކަށް ޕީ.ޕީ. އެމް ސަރުކާރުން ވެފައިވާ ބޮޑު އިހުމާލެއްގެ ސަބަބިން ދިމާވާ މައްސަލައެއް.

  14. ހުސޭނުބޭ

    އަހަރެމެން ވޯޓުދިނީ ޖަޒީރާ ރާއްޖެއަށް! ޖަޒީރާ ރާއްޖޭގައި ކޮން ކަރަންޓެއް އޮންނާނީ! ފުޅިބައްތި ދިއްލީމާ އޯކޭވާނެ! އަތިރިއަށް ދާނީ ގޮނޑުދޮށަށް! އެހެންވެ ޖަޒީރާވަންތަ ކުރަންވެގެން ހުންނާނީ ކަރަންޓް ކަނޑާލާފައި!

  15. ނާނު

    ތިއީ ރައީސް ޔާމީނު ކުރިކަމަކަށް ވާނީ ދެބޯގެރި އިބޫ ކޮބާތަ އަނެއްކާ ޑީލެއްހަދަން އިންޑިއާއަށް ދިޔައީދޯ....

  16. ޢީޝާ

    ކީކުރާ ކަރަންޓެއް ޖަޒީރާގަ ފުޅި ބައްތި އޯކޭ ވާނެ