ދިވެހި ގައުމީ ފުލުހުން ކަމަށް ބުނެ ޔޫޓިއުބް އަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯ އިން ފެންނަނީ ފުލުހުން ކަން ކަށަވަރު ނުވާ ކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.

ފުލުހުން ވިދާޅުވީ ޔޫޓިއުބަށް އަޕްލޯޑް ކޮށްފައިވާ ވީޑިއޯގެ މައްސަލަ ފުލުހުން ދަނީ ބަލަމުންނެވެ.

"މިހާ ހިސާބަށް ބެލި ބެލުމުން އެވީޑިއޯ އިން ފެންނަނީ ފުލުހުން ކަން ޔަގީން ކުރެވިފައެއް ނުވޭ. ތަޙްޤީޤު ކުރިއަށްދާ މިންވަރަކުން މިކަމުގެ މައުލޫމާތު ހާމަކުރާނެ ކަމުގައި ދަންނަވަން." ފުލުހުން ވިދާޅުވިއެވެ.

މިއަދު ޔޫޓިއުބަށް އަޕްލޯޑު ކުރި އެ ވީޑިއޯގައި ފުލުހުންގެ ޔުނީފޯމުގައި ތިބި މީހުންގެތެރެއިން އިސްކޮށް ވާހަކަ ދެއްކި މީހާ ބުނީ މިހާރު ކަންތައް ހިނގަމުންދާ ގޮތުން ފުލުހުންގެ މުވައްސަސާ ވެފައި ވަނީ ޕީޕީއެމްގެ ޖަގަހައަކަށް ކަމަށެވެ.

"މިދަނީ ވަރަށް ގާތުން ބަލަމުން. އަޅުގަނޑުމެންގެ ވެރިންނަށް ބުނެލަން އޮތީ، އަޅުގަނޑުމެން ބޭނުންކޮށްގެން ތިޔަ ހިންގާ ޖިނާއީ ކުށްތަކާއި އަޅުގަނޑުމެންގެ މައްޗަށް ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމުރުތަކަށް ލައްކަ ދުވަހަކު ކެތްތެރިވެވިއްޖެ. ފެބްރުއަރީ ހަތެއްގައިވެސް އަޅުގަނޑުމެން ނުކުތީ މުއައްސަސާގެ ދިފާއުގައި. މިހާރުވެސް އަޅުަގަނޑުމެން މި މުއައްސަސާގެ ދިފާއުގައި ނުކުންނާނަން. ގާނޫނު އަސާސީގެ ދިފާއުގައި ނުކުންނާނަން." އޭނާ ބުންޏެވެ.

ވީޑިއޯގައި ވާހަކަ ދެއްކި މީހާ ވަނީ ފުލުހުން ސިޔާާސި ކުރުމަށް މަސައްކަތް ނުކުރަން ގޮވާލާފައެވެ. އަދި އޭނާ ބުނީ ފުލުހުން ބޯލަނބަން ޖެހޭ އެއްވެސް ސިޔާސީ ކުލައެއް ނޯންނާނެ ކަމަށެވެ. އަދި ފުލުހުންނަށް ޣައިރު ގާނޫނީ އަމުރު ކުރުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލާފައެވެ.

"ގާނޫނު އަސާސީއަށް ރުޖޫއަ ނުވެއްޖެނަމަ އޭޕްރިލް އެކެއްގައި މުޅި މުއައްސަސާގެ ދިފާއުގައި އަޅުގަނޑުމެން އެންމެން ނުކުންނާނަން." އޭނާ އިންޒާރު ދިނެވެ.

ސުޕްރިޑެންޓް އޮފް ޕޮލިސް ޝިފާންއަށް ނިސްބަތްކޮށް އެ ވީޑިއޯގައި ވަނީ ވާހަކަ ދައްކާފައެވެ. ނަމަވެސް އޭނާގެ ޖުމްލަ ނިމުުމުގެ ކުރިން ވިޑިއޯ ވަނީ ނިމިފައެވެ. އޭނާ ބުނީ "އެކަމަކު ޝިފާން އަޅުގަނޑުމެން މިގޮތަށް ގޮވާލުން ކުށްވެރިކޮށް މިކަމާ ދެކޮޅަށް އެއްވެސް އެއްޗެއް ބުނެފި ނަމަ ވެރިންނަށް.." ކަމަށެވެ.

 

ކިޔުންތެރިންގެ ހިޔާލު

10 ކޮމެންޓް

 1. ޅޮސްބެ

  ޔަގީން އެއީކީ ފުލުހުންނެއްނޫންކަން. ބަޔަކުމީހުން މީސްކޮޅުމަދުކަމުން މީހުންނެރެން ޖެއްސި ސްޓަންޓެއް. ތި ޝޫޓުކުރީ ތިލަފުށީގައި

  • ޙާހަ

   ވެއްޓެނީ ވެއްޓެނީ

   • ވަރަށްވާހަކަ

    މުޒާހަރާތެރޭ ވަރަށް "މީހުން" ވެއްޓުން

  • ޙަދީޖަރ

   ޅޮސްބެ ހުރެގެންތަ ، ވީޑިއޯ ކުރީ ކޮންތާކުކަން އެނގުނީ...

 2. ސާށް

  ފުލުހުން ނޫންކަން އެގޭ. ހަހަ.

 3. ލަހަވެތި

  ޔާމީނުގެ ދިފާއުގަ ވާހަކަ ދެއްކޭކައް ނެތް. އެއީ ހަމަ ފުލުހުން.. ފުލުހުންވެސް ހައްްްގުބަސް އެބުނަނީ.. ޔާމީން އިސްތިއުފާ...

 4. ނޫރު

  ހޯހޯ މިއީ ޒަމާނީ ފޭކް، ފުލުހުންނަކީ މިކަން ކުރާނެ ބަޔެއްނޫން. 7 ފެބްރުއަރީގައި ފުލުހުންގެ މިއުޓިނީއަކީ އިސްލާމްދީން ދިފާއުކުރުމަށް ކުރި ޖިހޙދެއް. މިހާރު އިދިކޮޅުމީހުން ޤައުމު ނީލަން ކިޔަނީ ވީމާ ފުލުހުން މިމީހުންގެ ދިފާއުގައި އަޅެފަހެ ތެދުވާނެ ހެއްޔެވެ. ފޭކް.. ވީޑިއޯ

 5. ގުއްޔު

  "މިދަނީ ވަރަށް ގާތުން ބަލަމުން. އަޅުގަނޑުމެންގެ ވެރިންނަށް ބުނެލަން އޮތީ، އަޅުގަނޑުމެން ބޭނުންކޮށްގެން ތިޔަ ހިންގާ ޖިނާއީ ކުށްތަކާއި އަޅުގަނޑުމެންގެ މައްޗަށް ކުރަމުން ގެންދާ ޣައިރު ގާނޫނީ އަމުރުތަކަށް ލައްކަ ދުވަހަކު ކެތްތެރިވެވިއްޖެ. ފެބްރުއަރީ ހަތެއްގައިވެސް އަޅުގަނޑުމެން ނުކުތީ މުއައްސަސާގެ ދިފާއުގައި. މިހާރުވެސް އަޅުަގަނޑުމެން މި މުއައްސަސާގެ ދިފާއުގައި ނުކުންނާނަން. ގާނޫނު އަސާސީގެ ދިފާއުގައި ނުކުންނާނަން." އޭނާ ބުންޏެވެ.

  އިސްތިއުފާ ދީފަ ފިލިމީހާގެ ޑައިލޮގަކުން ފަށާފަ ތިއޮތީވެސް. ތީ ފުލުހުންގެ އަގު ވައްޓާލާ ފުލުހުންގެ މެދުގައި ހަމަނުޖެހުން އުފައްދަންވެގެން ވެރިކަމާހެދި ހޭބަލިވެފަ ހުރި ފިލި ކަލޭގެ ޖައްސައިގެން އުޅޭ ގޭމެއް.

 6. ހުސޭނުބެ

  ފޭކް!! ގޮތް ހުސްވެގެން ފޭކް ޖައްސަން ފެށީ އިދިކޮޅޭ މިކިޔާ ގުންޑާއިން!!!

 7. ޖަސް

  މިމީހުންގެ ބޭނުމަކީ ފުލުހުންނާ ސިފައިން ޖައްސުވާގެންވެސް 7 ފެބްއަރީ ޖައްސަން އޭރާ މިހާރާއި ވަރަށް ތަފާތު. މީމިމީހުންގެ ފަހުކާޑު