އަހަރުގެ ފަހުކޮޅާ ދިމާކޮށް ޝީޝާ އިން 100 ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ ހާއްސަ ޕްރޮމޯޝަނެއް ފަށައިފިއެވެ.

ޝީޝާއިން ބުނާ ގޮތުގައި ޝީޝާގެ ހުރިހާ އައުޓްލެޓް ތަކުގައި (މާލެ، ހުޅުމާލެ، އައްޑޫ އަދި ކުޅުދުއްފުށީ) މި ޕްރޮމޯޝަން ކުރިއަށް ދާނެއެވެ.
އަހަރުގެ ފަހުކޮޅާ ދިމާކޮށް ޝީޝާ އިން ވަނީ 100 ދުވަހަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށާފައ- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

ޝީޝާ އިން ބުނީ މިއަދު ފެށި "100 ދުވަސް" ޕޮރޮމޯޝަނުގައި ދިވެހިންގެ ތެރޭގައި ބޮޑު މަގުބޫލުކަމެއް ހޯދައިފައިވާ އެއް މޮޑަލް ކަމުގައިވާ ހޮންޑާ އެއާރ ބްލޭޑް އިން ހައިރާންވާވަރުގެ ބޮޑެތި ޑިސްކައުންޓްތަކެއް ދިނުމަށް ނިންމާފައިވާ ކަމަށެވެ. އެގޮތުން އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 15 ވަނަ ދުވަހުގެ ކުރިން ސައިކަލި ރިޒާވްކޮށްފިނަމަ އެއަރ ބްލޭޑްގެ އަގުން 12،000 ވުރެއް ބޮޑު އަދަދެއް މަދު ކުރެވިގެންދާނެއެވެ. އޭރުން އެއާރ ބްލޭޑްގެ އަގަކީ 54،100 ރުފިޔާއެވެ. މާކެޓުގައި އެއާބްލޭޑް މިހާރު ވިއްކަމުން އަންނަނީ 67،000 އަށް ވުރެއް މަތީ އަގުތަކެއްގައެވެ.

އަހަރުގެ ފަހުކޮޅާ ދިމާކޮށް ޝީޝާ އިން ވަނީ 100 ދުވަހަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށާފައ- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

އަދި މުޖުތަމައަށް އަގުހުރި ހިދުމަތްތަކެއް ކޮށްދޭ ނަރުހުންނަށާއި ޓީޗަރުންނަށް ޝީޝާއިން ސައިކަލު އިންސްޓޯލްމަންޓް މެދުވެރިކޮށް ނެގުމަށް ޙާއްސަ ޑިސްކައުންޓް ޕެކޭޖެއް މި ޕްރޮމޯޝަންގައިވަނީ ތައާރަފްކޮށްފައެވެ.

އެގޮތުން ކުރިން އިންސްޓޯލްމަންޓް އިންޓްރަސްޓް ޕަސަންޓް ގެ ގޮތުގައި ޝީޝާއިން ނަގަމުން އައި 1.5 އިންސައްތަ ވަނީ ނަރުހުންނާއި ޓީޗަރުންގެ ޕެކޭޖުގައި 1.25 ޕަސެންޓަށް ކުޑަކުރެވިފައެވެ.

މިޕްރޮމޯޝަންގެ އެންމެ ހާއްސަ އެއްކަމަކީ ޕްރޮމޯޝަން ކުރިއަށްދާ 100 ދުވަހުގެ ތެރޭގައި ސައިކަލު ބައްލަވައި ގަންނަވާ ކަސްޓަމަރުންނަށް އެ ކަސްޓަމަރު ބައްލަވައިގަންނަ ސައިކަލު ޝީޝާ ގެ އައުޓްލެޓް ނުހުންނަ ރަށަކަށް ގެންދާނަމަ "ނާލު ފައިސާ" ގެ ގޮތުގައި ދޯންޏަށް ނުވަތަ ބޯޓަށް ދެއްކުމަށް 500ރ ޝީޝާއިން ދޭތީއެވެ.

އަހަރުގެ ފަހުކޮޅާ ދިމާކޮށް ޝީޝާ އިން ވަނީ 100 ދުވަހަށް ޚާއްޞަ ޕްރޮމޯޝަނެއް ފަށާފައ- ވަގުތު އިމޭޖަސް: މުޙައްމަދު ޖިމީ

މި ޕްރޮމޯޝަންގައި އިންސްޓޯލްމަންޓް ޗާރޖްގެ ގޮތުގައި އެއް ޕަސެންޓް ނަގަމުން އައި "ޒޫމާރ އެކްސް ސަޅި ޑީލް" ވެސް ކުރިއަށް ގެންދާ ގޮތަށް ވަނީ ހަމަޖެހިފައެވެ.

100 ދުވަހުގެ ޕްރޮމޯޝަނުގެ ތެރޭގައި ޝީޝާ މެދުވެރިކޮށް ފުލް ޕޭމަންޓް، އަދި އިންސްޓޯލްމަންޓް އަދި އެމް.އައިބީގެ އިތުރުން އެމް.އެފް،އެލް.ސީ މެދުވެރުކޮށް ސައިކަލު ނަންގަވާ ހުރިހާ ކަސްޓަމަރުންނަށް ހާއްސަ ޑިސްކައުންޓެއް ލިބިގެންދާނެކަމަށް ޝީޝާއިން ބުނެއެވެ.

ޝީޝާއަކީ ދުނިޔޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދައިފައިވާ ހޮންޑާގެ ރާއްޖޭގެ އޮތޮރައިޒްޑް ޑިސްޓްރިބިއުޓާއެވެ.

ކިޔުންތެރިންގެ ހިޔާލު

3 ކޮމެންޓް

  1. ޑޮކްޓަރުން

    ކޮބައިބާ ރާއްޖޭގެ ޑޮކްޓަރުން.އެމީހުންނަށް ނެތްތަ ޑިސްކއަުންޓެއް.

  2. އައްޔަ

    ކޮބައި ޕްރިންސިޕަލުން ނެއްތަ ތިލިސްޓަކު.

  3. އަހުމަދު ހުޝާމް

    ޢަންތަރީސްވާވަރުގެ ޑިސްކައުންޓެއް ހަމަ އުޅެއުޅެ ނުފެނުމުން އަންތަރީސްވެ ބައިނާޅިވެފަ މިހުރީ