މާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވެއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މ.ނަލަހިޔާ ކައިރީގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވި ކުއްޖާއަށް އައިޖީއެމްއެޗްގައި ދަނީ ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗް އިން ވެސް ވަނީ ސިމެންތި ބަސްތާއެއް ވެއްޓިގެން ނުވަ އަހަރުގެ ކުއްޖަކަށް ފަރުވާ ދެމުން އަންނަ ކަން ކަށަވަރު ކޮށްދީފައެވެ، އެކުއްޖާއަށް އެމަޖެންސީ ކޮޓަރީގައި ފަރުވާ ދެމުން އަންނާތީ ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުނުވާކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއެއް މިއަދު ހެނދުނު 10:45 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

މާލޭގައި ދޭތެރެ ދޭތެރެއިން ހަދަމުން އަންނަ އިމާރަތްތަކުގެ މަތިން އެއްޗެހި ވެއްޓި މީހުންނަށް އަނިޔާވެއެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. އަނެއް

    ޖަޒީރާ ރާއްޖެއަކު ތިކަމެއް ނުހިނގާނެ ތިޔައީ ދޮގެއް .

  2. އެ މަންޖެ

    ތީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ އެއްވަނަ ލައިޝާ ޖުނެއިދުގެ ގެ!