އިއްޔެ ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ އެޖެންޑާގައި މުހިންމު ބިލްތަކަކަށް ވޯޓަށް އަހަން އޮއްވައި، ސަރުކާރު ކޯލިޝަންގެ ބައެއް މެމްބަރުން ޖަލްސާ އަށް ވަޑައިނުގެންނެވި ސަބަބު ބަލަމުން އަންނަ ކަމަށް ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު ވިދާޅުވެއްޖެ އެވެ.

މަޖިލީހުގެ ޖަލްސާގައި ރައްޔިތުންނާ ގުޅުން ހުރި ބިލްތަކަކަށް ވޯޓަށް އެހުމަށް އެޖެންޑާކޮށްފައި ވަނިކޮށް، ވޯޓަށް އެހޭވަރަށް މެންބަރުން ޖަލްސާގައި ވަޑައިގެން ނެތުމުން، އެ ބިލްތަކަށް ވޯޓަށް ނާހައި، ވަނީ ދޮޅު މަސް ދުވަހުގެ ޗުއްޓީއަކަށް ވަޑައިގެންފަ އެވެ.

އިއްޔެގެ ޖަލްސާއަށް ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސް ކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލާއި ބާ ކައުންސިލެއް އުފެއްދުމާ ގުޅޭ ގޮތުން މަޖިލީހަށް ހުށަހެޅި ބިލަށް ވޯޓަށް އެހުމަށް އޮތީ އެޖެންޑާކޮށްފަ އެވެ. މީގެ ތެރެއިން ހައްޖަށް ދާން ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތަށް، ޕެންޝަނާ ބެހޭ ގާނޫނަށް ސަރުކާރުން ހުށައެޅި އިސްލާހު ފާސް ކުރުމަށާއި ރިޔާސީ ކޮމިޝަންތަކުގެ ބިލަކީ ސަރުކާރުން ވަރަށް ބޮޑަށް ފާސްކުރަން ބޭނުންވި ދެބިލެވެ.

އަދި އިއްޔެގެ ޖަލްސާ އަށް މުހިންމު ކަންތައްތަކެއް އެޖެންޑާކޮށްފައި އޮއްވައި، ސަރުކާރު ކޯލިޝަންގެ މެމްބަރުން ޖަލްސާ އަށް ވަޑައިނުގެން ސަބަބު އޮޅުން ފިލުއްވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާއަށް އެޖެންޑާ ކޮށްފައިވާ ބިލްތަކަށް ވޯޓަށް އެހޭނީ މަޖިލިހުގެ ޖުމްލަ މެމްބަރުންގެ ދެބައި ކުޅަ އެއްބަޔަށް ވުރެ ގިނަ މެމްބަރުން އެ ވޯޓެއް ނަގާ ޖަލްސާއަށް ހާޒިރުވެގެންނެވެ. ނަމަވެސް އިއްޔަގެ ޖަލްސާއަށް ހާޒިރުވެ ތިއްބެވީ ސަރުކާރު ކޯލިޝަންގެ ޖޮއިންޓް ޕާލަމެންޓްރީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ 39 މެމްބަރުން އެކަންޏެވެ.

ސަރުކާރު ކޯލިޝަންގެ މެމްބަރުންގެ ތެރެއިން ޖަލްސާ އަށް ހާޒިރުވެވަޑައިނުގަންނަވަނީ 10 މެންބަރުންނެވެ. އެއީ، މާފަންނު އުތުރު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ (އިންތި) އާއި ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހިމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނާއި މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު އާއި، ކެޔޮދޫ ދާއިރާގެ މެމްބަރު މޫސާ ނިޒާރާއި އިސްދޫ ދާއިރާގެ މެމްބަރު އަހުމަދު ރަޝީދާއި މާވަށު ދާއިރާގެ މެމްބަރު އަޒްހާން ފަހުމީ އާއި ވިލިނގިލީ ދާއިރާގެ މެމްބަރު ސައުދު ހުސެއިނާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު އަބްދުލްކަރީމް (ރުކުމާ)އެވެ.

ކިޔުންތެރިންގެ ހިޔާލު

12 ކޮމެންޓް

  1. ވިސްނާ

    ސަރުކާރުން ބޭނުންވާހާ ބިލެއް ފާސްކޮށްދެން ނުޖެހެ. ޤާނޫނު އަސާސީއާ ޚިލާފަށްވެސް ބިލްތައް ފާސްކުރަންވީ.

  2. މެމްބަރު

    ބަތާ ހަރާމީން!!

  3. ރައްޔިތު

    ސަރުކާރުން ކުޅޭ ހުރިހާ ކުޅިގަނޑެއް ފާސްކުރާކަށް ނުޖެހޭނެ.

  4. ބޮޑު ބާޣީ

    ބަލަބަލާ ހުރޭ. ހުރިހާ ގަލެއްވެސް ފުރޮޅާތި. އެކަމަކު ދުވަހަކުވެސް ވަގުތު ޖެހުނު ކަމަށް ނަހަދާތި.

  5. ހުސޭނުބޭ

    ވޯޓުދެވޭނީ ލާރިދިނުމުން! ލޯނުގެ ގޮތުގައި 700 މިލިއަން ދީފައި ބާކީ 300 މިލިއަން ލާދިނީ ޖީބަށް!

  6. ޖޮއްބެ

    ސަރުކާރުން ބޭނުންވާހާ ގޮތަކަށް ބިލް ފާސްކޮށް ނުދިނީ ސަރުކާރު ޖަވާބުދާރީ ކުރުވަން ޖެހޭތީ. އަދި އެއީ ގާނޫނާ ގަވައިދާ ޚިލާފަށް ޚުދުމުޚުތާރު ކަމާއެކު ކުރަން އުޅުނު ކަމަކަށްވާތީ.

  7. ދަތްދޫނި

    ތި ޖަލްސާ ދޫކޮއް ދިޔަ ނުވަތަ ބައިވެރި ނުވި އެއްވެސް މެމްބަރެއް 2019 މަޖުލިސް ހަދާން ނައްތާލާ. ލާހިކެއްނޫން މަޖުލިހުގެ ގޮޑިއެއް ހީދާކަށް. ވ ސަލާން.

  8. عبدالله

    ބޮޑު މުސާރާގައި ހިތުހުރި ގޮތަކަށް އުޅުމުގެ ފުރުޞަތު އަމިއްލައަށް ތަނަވަސްކޮށް، ބަޙުޘްކުރުމުގައި ޤާނޫނަށް ނުބަލައި، މަޤާމުގެ ޒިންމާއާއި މަސްއޫލިއްޔަތު އަދާކުރުމުގައި އިހުމާލުވާ މީހުން ތިޔާގެ ތެރޭގައި ގިނަވުމަކީ، ތިޔަމައްސަލާގެ އަސާސެވެ.

  9. ޛދޖދ

    މެންބަރުންގެ ނަޒަރުން ރައްޔިތުންގެ ފެންވަރު ވ ސާފު..... ފްރީ ގަޑީގައި ކުރާގޮތައް

  10. އަމާނު

    އެމްޑީޕީ ބުނާހާގޮތަކަށް ހަދަން މެންބަރުން އެއްބަސްނުވިކަމީ އަދި ހާޒިރު ނުވިކަމީ ލާދީނީ ސަރުކާރަށް ލިބުނު ބޮޑު ޝޮކެއް މިކަމަކީ އިބޫ ގެ ސަރުކާރު ވެއްޓުމުގެ ބޮޑު އަލާމާތެއް.

  11. ފުނަދޫ

    ޕެންސަންފައިސާއިން ހައްޖައްދެވޭގޮތްހަދަންވައުދުވީ 50 % ދޭކައްނޫން ވައުދުވީގޮތާހިލފައް ބިލެއްފާސްކުރާކައް އެމީހުންވެސްނުތިބޭނެދޯ އެމީހުންވެސް އެމީހުންގެދައިރާގެމީހުންވެސް ބޭނުމެއްނުވާނެކަން އިނގޭ 50% ފައިސާއެއް ހައްތާކުމުސްސަދިންނުތިބޭނެ އެވަރުނުއިނގޭގަމާރެއް ވެރިކަމުގަ މިހާރުކޮފިއެހުރީ ވޯޓުވަގު ތީބޮޑުވަގެއް

  12. އެމްޑީޕީ

    ވޯޓު ވަގު އިބޫ އަވަހަށް ގައުމުދޫކޮއްފަ ގެރިމޯދީ ކައިރިޔަށް ހިޖުރަކުރޭ މިއީ މިގައުމުގެ އާދޭސް.