މިދިޔަ ހުކުރު ދުވަހުން ފެށިގެން އިންޑިއާގެ ކޮޗިން އެއާޕޯޓުގައި ނުފުރި ތާށިވެފައި ތިބި ރާއްޖެ އައުމަށް ފުރައިފިއެވެ.

އިންޑިއާގެ ޓްރެވަންޑްރަމްގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮޗިން އެއާޕޯޓްގައި ތާށިވި ދިވެހިން ކޮލަމްބޯ މަގުން ރާއްޖެ އައުމަށް ފުރާފައިވާކަން ސްރީލަންކަން އެއާލައިނުންނާއި ކޮޗިން އެއާޕޯޓް ކަށަވަރު ކޮށްދީފައިވާ ކަމަށެވެ.

ގިނަ އަދަދެއްގެ ދިވެހިން އެއާޕޯޓްގައި ތާށިވެ ދިމާވި މައްސަލަތައް ހައްލު ކުރަން ސްރީލަންކަން އާއި ކޮޗިން އެއާޕޯޓްގެ އޮފިޝަލުން ވެދިން އެހީތެރިކަމަށް ކޮންސިއުލޭޓް އިން ވަނީ ޝުކުރު އަދާކުރައްވާފައެވެ.

ހުކުރު ދުވަހު މެންދުރުން ފެށިގެން ކޮޗިން އެއާޕޯޓުގައި 69 ދިވެއްސަކު ތާށިވެފައި ތިބީ އެ މީހުން ރާއްޖެ އަންނަން އޮތް ސްރީ ލަންކަން އެއާލައިންސްގެ މަތިންދާބޯޓުގެ މައްސަލައެއް ދިމާވެ، ނުފުރިގެންނެވެ. ފަސެންޖަރުން ހޮޓަލަށް ގެންދިޔައީ ވެސް އެއާޕޯޓްގައި ތިބޭތާ ވިއްސަކަށް ގަޑިއިރުވި ފަހުން އިއްޔެ ރޭ ފަތިހުއެވެ.

ވައިގެ ދަތުރުފަތުރާ ބެހޭ ބައިނަލްއަގްވާމީ މިންގަނޑުތައް އޮންނަ ގޮތުން ވަކި ވަގުތަކަށް ވުރެ ފުރުން ލަސްވާ ނަމަ، ފަސިންޖަރުންނަށް އެކަމޮޑޭޝަނާއި ކެއުން ހަމަޖައްސައި ދޭން ޖެހޭނީ އެ އެއާލައިނަކުންނެވެ. އަދި ވަކި ވަގުތަކަށް ވުރެ ދަތުރު ދިގުވާ ނަމަ ކެއުން ވެސް ދޭން ޖެހެ އެވެ. ނަމަވެސް ސްރީލަންކަން އިން އެމިންގަނޑުތަކަށް އަމަލު ކޮށްފައެއް ނުވެއެވެ.

ކިޔުންތެރިންގެ ހިޔާލު

5 ކޮމެންޓް

  1. ޢުންބެ

    ގެލުނު ހައްގު ހޯދަންވާނެ ދިވެހިން ވީމަ ކޮންމެ ތަނަކުންވެސް ހަދާގޮތަކީމީ މީގެ އަހަރުތަކެއް ކުރިންވެސް ދިވެއްސަކައް ވަނީ ކޯަޓުން ބަދަލް ނަގާދީފަ

  2. އަލްޖިބްރާ

    އެއީ ދިވެހިން ވީމަ ހެދިގޮތް ! ތަންކޮޅެއް ދޮންބައެއް ނަމަ އެގޮތަށް ކަންތަށް ކޮށްފިނަމަ މުޅިއެއަރލައިން ފުޑާލާނެ ! ދިވެހިން އެޅިހާބަތަކަށް ރިހަ ވީމަ ވާގޮތް !

  3. ޓެކުސް

    ތީގެ ބަދަލު ސުރީލަންކަން އެއާލައިނޔން ދޭންޖެހޭނެ ނުދީފި ނަމަ ކޯޓަށްމައްސަލަ ވެއްދުމަށް ފަސިންޖަރުންގެ އަރިހުން އެދެން ނޫނީ 2 ވަނަ ފަހަރަށް ތިކަން ތަކުރާރުވެދާނެ .

  4. ޓެކުސް

    ތީގެ ބަދަލު ސުރީލަންކަން އެއާލައިނުން ދޭންޖެހޭނެ ނުދީފި ނަމަ ކޯޓަށްމައްސަލަ ވެއްދުމަށް ފަސިންޖަރުންގެ އަރިހުން އެދެން ނޫނީ 2 ވަނަ ފަހަރަށް ތިކަން ތަކުރާރުވެދާނެ .

  5. އިބްރާހީމް

    އެކަމަކުވެސް ދިވެހިން ނަށް ދެވޭނީ އޭ ގެން!!!!