މ. މުލީގައި އިންޖީނަށް ލޯޑު ބޮޑުވެ، ކަރަންޓް ކެނޑޭތީ، ކަރަންޓް ބޭނުންކުރާ މިންވަރު ދަށްކުރުމަށް ފެނައިން އެދިއްޖެއެވެ.

ފެނަކައިން ބުނެފައި ވަނީ މުއްޔަށް ކަރަންޓް ފޯރުކޮށްދެމުންދާ ޖަނަރޭޓަރުތަކުގެ ތެރެއިން ދެ ޖަނަރޭޓަރަކަށް މައްސަލަތަކެއް ދިމާވެފައިވާ ކަމަށާއި، މިހާރު ކަރަންޓް ފޯރުކޮށްދެމުން ދަނީ 250 ކިލޯ ވޯޓުގެ ޖަނަރޭޓަރަކުން ކަމަށެވެ. ފެނަކައިން ބުނެފައި ވަނީ އެ ޖަނަރޭޓަރުން މުޅި ރަށަށް ކަރަންޓް ދިނުން އުނދަގޫ ކަމަށާއި، ލޯޑު ނުހިފަހައްޓާ ކަމަށެވެ.

ފެނަކައިން އިތުރަށް ބުނެފައި ވަނީ ރަށުގެ ކަރަންޓުގެ ހާލަތު ރަނގަޅު ކުރުމަށް، ޖަނަރޭޓަރުތަކަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް ބާރު ސްޕީޑުގައި މަސައްކަތް ކުރަމުންދާ ކަމަށާއި، އާންމު ހާލަތަށް ގެނެވެންދެން ރަށުގެ އެކި ސަރަހައްދުތަކުން ދޭތެރެ ދޭތެރެއިން ކަރަންޓު ކެނޑެމުންދާނެ ކަމަށް ފެނަކައިން ހާމަކުރެއެވެ.

ފެނަކައިން ބުނެފައި ވަނީ ރަށުގެ ކަރަންޓް ހާލަތު ހުރިގޮތުން ދިމާވާ ދަތިތަކަށް ރައްޔިތުންގެ ކިބައިން މާފަށް އެދޭ ކަމަށެވެ.

ކިޔުންތެރިންގެ ހިޔާލު

2 ކޮމެންޓް

  1. ބުރުގާ

    އައްޗޯ، ވާންޗޯ. ހަރަދު ކުޑަކުރަން މުލިއާގެތެރޭ ފުޅިބައްތި ދިއްލައިގެން ބިޑި އަނބުރަން ތިބެންވީނު....

  2. ހުސޭނުބޭ

    ކަރަންޓް ކަނޑާލީމާ ނިމުނީނު! ޖަޒީރާ ރާއޖޭގައި ކަރަންޓް ހުރުން ބޭނުމެއްނޫން!