މ.ނަލަހިޔާ ކައިރީގައި ހަދަމުން އަންނަ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި ޒަހަމްވި ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާ ވެއްޓޭ މަންޒަރު ފެންނަ ވީޑިއޯއެއް އާންމު ވެއްޖެއެވެ.

މީސް މީޑިއާގައި އާންމުވެފައިވާ ވީޑިއޯއަކީ ލަފާކުރެވޭ ގޮތުގައި އެ ސަރަހައްދުގައި ހަރުކޮށްފައިވާ ސީސީޓީވީ ކެމެރާއަކަށް އަރާފައިވާ ވީޑިއޯއެކެވެ. ވީޑިއޯއިން ފެންނަ ގޮތުގައި ހިނގާފާ ދަނިކޮށް ބޮލަށް ސިމެންތިތަކާއެކު ބަސްތާ ވެއްޓުމުން ކުއްޖާވެސް ބިންމައްޗަށް ވެއްޓެއެވެ.

ކައިރީގައި ތިބި މީހުންނަށްވެސް ފުރަތަމަ ވީނުވީއެއް ނޭނގިފައި ތިބޭ ނަމަވެސް، ފަހުން އެ ކުއްޖާ ނެގުމަށް މީހުން ޖަމާވާ މަންޒަރުވެސް ވީޑިއޯގައި ފެނެއެވެ.

މިއަދު އަނިޔާވި ކުއްޖާއަށް މިހާރު ދަނީ އައިޖީއެމްއެޗްގައި ފަރުވާ ދެމުންނެވެ.

އައިޖީއެމްއެޗް އިން ބުނެފައި ވަނީ ސިމެންސި ބަސްތާއެއް ބޮލަށް ވެއްޓުނު ނުވަ އަހަރުގެ ކުއްޖަކަށް ފަރުވާ ދެމުން ދާ ކަމަށެވެ. އެކުއްޖާއަށް އެމަޖެންސީ ކޮޓަރީގައި ފަރުވާ ދެމުން އަންނާތީ ކުއްޖާގެ ހާލަތާ ގުޅޭ ގޮތުން މައުލޫމާތު ސާފުނުވާކަމަށް އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ކުރިން ވިދާޅުވިއެވެ.

"ވަގުތު"އަށް އެނގިފައިވާ ގޮތުގައި އަނިޔާވި ކުއްޖާއަކީ ބިދޭސީ ގައުމަކަށް ނިސްބަތްވާ ކުއްޖެކެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ މާލޭގައި ކުއްޖެއްގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓުނު ހާދިސާއެއް މިއަދު ހެނދުނު 10:45 ގައި ފުލުހުންނަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ. އެކަން ބަލަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. ޙސހސހ

    ތިތަނުން އެއްޗެހި ތިގޮތަށް ވެއްޓުނު ފުރަތަމަ ފަހަރެއްނޫން ތީކީ. މީގެ ދެމަސްކުރީން ވެސް މީހަކު ހަމަ ކިރިޔާ ސަލާމަތްވީ. ޢެފަހަރުވެސް ކޮމްޕްލެއިން ކުރިން. މިހާރުދެން ތިއޮތީ ވާނެއެއްޗެއް ވެފަ. ހިތާމަޔަކީ މައުސޫމް ކުއްޖެއްގެ ދުވަސްދިޔާމަ.

  2. ހަފްސާ

    ސުބުޙާނައަﷲ، ަެކުއްޖާ އަށް ފުރިހަމަ އަވަސް ޝިފާއެއް ދެއްވާނދޭވެ. ހަދަމުންދާ ގިނަ އިމާރާތްތައް ހުންނަނީ ސަލާމަތީ ކަންކަން ވަރަށް ދަށްކޮށް. ގިނަފަހަރަށް ބަންގާޅީންގެ ބެލުމުގެދަށުގަ ދިވެހި ސުޕަވައޮޒަރެއް ސޭފްޓީ ބަލަހައްޓާނެ މީހެއް ނުހުރޭ. ÷ޭވްމަންޓުން ހިނގޭކަށް ނޯވޭ އަދި މަގަށް ނިކުމެ ހިނގާލެވޭކަށްވެސް ނޯވޭ. ޙިތާމަހުރި

  3. ީއިބޫ

    ހިނގާމީހުންއަށް އެއްވެސް ރައްކަލެއްނެތް މަގުމަޗަކު މިހާރު މަސައްކަތް ކުރާމީހުންގެ ސަބަބުން އާއި ދުއްވާ ތަކެތީގެ ސަބަބުން..

  4. ށނރ

    އަނާރާ ގެ ކުންފުނި، އިންސާނިއްޔަތަށް ޓަކައި މަޢާފް ދެއްވާނެ އިބޫ.

  5. އެ މަންޖެ

    ތީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ އެއްވަނަ ލައިޝާ ޖުނެއިދުގެ ގެ!

  6. ތިި އިމާރާތުން ސިމެންތި ބަސްތާ އެކަންޏެއްނޫން
    ވެއްޓެެނީީ ގާވެސް ވެއްޓޭ ކިރިޔާ ﷲ ހެޔޮ ރަހުމަތުން 2 މައިން އެދުވަހު ސަލާމައިތްވީ .. ކުޑަ ދަރިންްނަށްް ވެސް ނުރައްކާ ގޭތެރޭ ތިއްބަސް އެތާކައިރީ ދިރިއުޅޭ މީހުނަށް ސިމެންތިން ފުރިފަ ގޭތެރެވެސް. މިކަހަލަކަމެއްް ހަމަ އެ އިމާރާތުން ދިމާވި މީހެއްގެ ހައިސިއްޔަތުން އެމީހުންގެ ފަރުވާކުޑަކަން ކުއްވެރިކޮށް އެ އިމާރާތް ހުރަސްކޮށް ގެތަކަށް ވަންނަން ޖެހިފައިވާ މީހުނަށް ރައްކާތެރިކަން ގާއިމްކޮށްދިނުން އެދެން.

  7. ހުސެނ

    ސަޅި ފުރަތަމަ ކައިރިވި މީހުން ބަލަން ތިބީ