މާލޭގައި ހަދަމުންދާ އިމާރާތެއްގެ މަތިން ސިމެންތި ބަސްތާއެއް ވެއްޓި، އެކަމުގެ ސަބަބުން ބޮޑެތި ޒަޚަމްތަކެއް ލިބިފައިވާ އުމުރުން ނުވަ އަހަރުގެ ކުއްޖާގެ ހާލު ސީރިޔަސްކަމަށް މައުލޫމާތު ލިބިއްޖެއެވެ.

މިއަދު މެންދުރު ކުރިން ހިނގާފައިވާ މި ޙާދިސާގައި ޒަޚަމްވީ ކުޑަ އަންހެން ކުއްޖާގެ ހާކު ސީރިޔަސްކަމަށް މައުލޫމާތު ލިބޭއިރު، އެކުއްޖާ މިހާރުވަނީ އޮޕަރޭޝަނެއް ކުރަން ވައްދާފައިކަމަށްވެސް އައިޖީއެމްޗްގެ މީޑިޔާ އޮފިޝަލް ވިދާޅުވިއެވެ.

ސިމެންތި ބަސްތާ އެއް ވެޓިފައިވަނީ މ. ނަލަހިޔާ ކައިރީގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިންނެވެ. އެއިމާރާތުގެ ކޮންސްޓްރަކްޝަން މަސައްކަތް ކުރަމުން ދިޔައީ "ޑަބްލިޔު ކޮންސްޓްރަކްޝަން" ނަމަކަށް ކިޔާ ކުންފުންޏަކުންކަމަށްވެސް މައުލޫމާތު ލިބެއެވެ.

މި މަންޒަރު ފެންނަ ވީޑިޔޯއެއް މިއަދު ފޭސްބުކުގައި އާއްމުވެފައިވެސްވެއެވެ. ވީޑިޔޯ އިން ފެންނަ ގޮތުގައި މި ކުޑަ ކުއްޖާގެ ބޯ މައްޗަށް ސިމެންތި ބަސްތާ ވެއްޓި، މުޅި އެސަރަޙައްދުގައި އެއްކޮށް ސިމެންތު ދުން އޮވެއެވެ. އަދި ކުއްޖާ އެވަގުތު އެއްވެސް ހަރަކާތެއް ނުކުރާކަންވެސް ވީޑިޔޯ އިން ފާހަގަކޮށްލެވެއެވެ.

މީގެއިތުރުން، ކައިރީގައި ތިބި މީހުންނަށްވެސް ފުރަތަމަ ވީނުވީއެއް ނޭނގިފައި ތިބޭ މަންޒަރާއު، ފަހުން އެ ކުއްޖާ ނެގުމަށް މީހުން ޖަމާވާ މަންޒަރުވެސް ވީޑިއޯ އިން ފެނެއެވެ.

ކިޔުންތެރިންގެ ހިޔާލު

18 ކޮމެންޓް

  1. މުޙައްމާ

    ވަރަށް ބޮޑު އިތުރުފުޅެއް. ކައިރީގައި ތިބި މީހުންނަށް ކުއްޖާއަށް ވަފައިވާގޮތް ވަރަށް ރަނގަޅަށް އެގޭކަން ވީޑިއޯއިން އިގެއެވެ، އެކަމު އަޅާ ނުލާ ތިބިކަންވެސް ފާހަގަ ކުރެވެއެވެ. ވަރަށް ރަޙުމް ކުޑަ ބައެއް ކަންވެސް ފާހަގަ ކުރެވެއެވެ. އެމީހުންނަށް އަދަބު ލިބެން ޖެހޭނެއެވެ.

  2. ދުމައިން

    ޑަބްލިޔޫ ކޮންސްޓްރަކްޝަންގެ ވެރިޔާ އަނާރާ ނައީމު މިކަމަށް ބުނާނީ ކީކޭ؟ އަދިވެސް ހައްގު ނުލިބިގެން ދުނިޔެ މަކަރާޖަަހައިގެން ކެވޭތޯ ބަލާ!!

  3. ސަޓޯ

    ތީގެ ޒިންމާ ނަގަން ޖެހޭނީ އިބުރޭ ސޯލިހުއާއި އަންނި އާއި އެމް.ސީ ހަމީދު...

    • ޒިންމާ ސަޓޯ

      އިޚުލާސްތެރިކަން ހުރިވަރުން ހަމަ އަޖައިބުވޭ....ކިތަންމެ ހިތާމަވެރިކަމެއް ދިމާވިޔަސް ސިޔާސީ ފައިދާއެއް ވޭތޯ އަބަދު؟ ބަ***ތާ! ޒިންމާ ކިޔަން އިނގުނީމަވެސް މާ ހައިރާންވެއްޖެ....

  4. ސޮއްބެ މާލެ

    އަހަރެމެން އިބުރޭސޯލިހުއަށް ގޮވާލަން ނިކަން ކެރެންޏާ ޑަބިލިއު ކޮންސްޓްރަކްޝް ކުންފުނި 1 މިލިއަން ރުފިޔާއިން ޖޫރިމަނާކޮއް މަސައްކަތުގަ އުޅުނު ބަންގާޅިންތައް ޑީޕޯރޓްކޮއް އެކުންފުނީގެ ސުޕަވައިޒަރު ވަޒީފާއިން ވަކިކޮއް ހައުސިންގް މިނިސްޓަރު މަގު ބަލަހައްޓަން ނެރުމަށް.. ގަޓެއް ހުރިއްޔާ މިކަަން ކޮއްބަލަ.. އޭރުން މިކަހަލަ ކަންތައްތައް ނުވާނެ

    • ސޯބޭ

      ގަޓެއް ހުރިއްޔާ ކަލޭ ޖަންގިޔާ ބޮލުގަ އަޅައިގެން ހުސްގަޔާ މުޅިި މާލޭގަ ހުރިހާ ކޮންސްޓްރަކްޝަން ތަންތަން ރައްކާތެރިތޯ ބަލަން ހިނގާބަލަ..އިޚުލާސްތެރިކަން ހުރިވަރުން ހަމަ އަޖައިބުވޭ....ކިތަންމެ ހިތާމަވެރިކަމެއް ދިމާވިޔަސް ސިޔާސީ ފައިދާއެއް ވޭތޯ އަބަދު؟ ބަ***ތާ!

      • ޑިމޮކްރަޓިސްޓް

        ކަލޯ ހޭބަލިނުވެބަލަ.. ކަލޭމެންތީ ޔާމީނު ސަރުކާރުގަ ކިރިޔާކަމެއްވާއިރަށް ޔާމީނާ އެހެންމީހުން ޒިންމާއަދާނުކުރާވާހަކަ ގޮވަމުންދާމީހުން.. މިސަރުކާރުގަ ވީމަ އަނގަބެދިފަ ޒިންމާވާންޖެހޭމީހެއްގެ ނަންވެސް ބުނެލަންނުކެރިފަ ތިތިބެނީ ކެވުނުވަރު ގިނަކަމުންތަ..

  5. ސަނދުވާ

    ސަރުކާރާޖެއްސުމަށް، ޤަވަޢިދުތައް މުގުރާލާ، ކޮންސްޓްރަކްޝަންވެސް، ބަންގާޅީންނަށް ދޫކޮށްލާފައި ބަލާލާނެ ދިވެއްސަކު ނެތުނީމަވާނެގޮތް މިއީ. ކޮބައިތޯ ދަމާފަހުރި ނެޓް.؟ ކޮބައިތޯ ސްޕަވައިޒަރ؟ އެ ކުނފުނީގެ މައްސަލަ ބެލެންވާނެ.

  6. ނަފާ

    ކޮބާ. ސިޓީކައުންސިލު. ރައްޔިތުންނަ އެއްވެސް ރައްކާތެރިކަމެއްނެއް މިރާއްޖެއަކު.އެއްވެސްކަމެއް އެބަކުރެވޭތަ. ވެރިކަމައް އައިސް ކޮމެޓީ ހެދުންނޫންކަމެއްނެއް.

  7. މަސްވެިރިޔާ

    މިފަދަ ހާދިސާ ހިނގަނީ ސިޓީ ކައުންސިލް އިން ނުބެލޭތީ.

  8. މުއްމަދު

    މިކަމުގައި ޒިއްމާވާ ހުރިހާފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އަޅަންޖެހޭ، ވ ދެރަވެއްޖެ އަދި އެއްވެސް ސޭފްޓީ އެއްނެތި މަސައްކަތް ކުރަން ހުއްދަ ދިންފަރާތްވެސް މިކަމުގައި ޒިއްމާވާންޖެހޭނެ ، މިހާރުދެން މީހަކައް މާލޭ މަގުމަތީގައި ހިގާފަ އުޅެވޭކައްވެސވެނެތް މިނިސްޓްރީ ތަކުގެ ޒިއްމާ ކޮބާ

  9. އެ މަންޖެ

    ތީ މޯލްޑިވިއަން އައިޑޮލް ސީޒަން އެކެއްގެ އެއްވަނަ ލައިޝާ ޖުނެއިދުގެ ގެ!

  10. ހުސޭނުބޭ

    ސިޓީ ކައުންސިލަށް ބާރުތަށް ދިންވަރަކަށް ބޮލަށް ފައިބަނީ ބޮޑެތި ސިމެންތި ބަސްތާ! ބާރުގެ ބޭނުން ހެޔެގޮތުގައި ބޭނުންކުރަން ނޭގެންޏާ އޮންނާނީ ނާރުއަރާފައި!

  11. ޙދ

    ސަރުކާރުން ކުރީ ސަރުކާރުގެ މަސައްކަތްތައް ސުންނާފަތި ނުކޮއް ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ހޯދައިދޭން މަސައްކަތް ކުރުން ކިހިނެއް ވާނެބާ

  12. ލޮލް

    ކުރީގެވެރިކަމުންހުރިހާބާރެއްއަތުލާފަ މިހާރު ސިޓީއޮތްކަންކިރިޔާއެނގުނީ މީހަކުއަޅެހައިރާން ނުވާނެތަ މިވަރުގަމާރުންނައައް ވޯޓުނުދިނުނުން ރަނގަޅުވާނީ

  13. ނަމަނަމަ

    ފަގީރުންގާތައްވޯޓުހޯދަން ހަމައަންނާނެ އޭޗެމީޗެކޭކިޔާފަލަދުގެކަންފުޅެއްވެސްން ނާނެ ކޮބާނިކަމެތިގިންގެ ފުލެޓުވާހަކަނުވެސްދައްކާނެ މިހާރުއެންމެންއުޅެނީފުލެޓުގަ ނުވެގެންއުޅެނީ މުއްސްނދިންނައްބޮޑެތިމަގާމުނުލިބިގެން

  14. ާއަފް

    ޙާދަ ދެރައޭ.. ކުއްޖައަށް އަވަސް ޝިފާއެއް ދެއްވާށި. ޝިފާކަﷲ.

  15. ޙައްޕު

    ޢެ ކުއްޖައާމެދު ވިސްނާލާނެ މީހަކު ހަމަ ނެތީތަ.. ބޭކާރު އަނގަ ނުތަޅަ ދުޢާ އެއް ކޮއްލެވޭތޯ ބަލަބަލަ.. ސާބަސް.. ސިޔާސީ ސިޔާސީ.. ބޯހަލާކު..