ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އިންޑިއާއަށް ވަޑައިގަތުމުން އެގައުމުގެ ވެރިރަށް ނިއު ދިއްލީގެ ވައިގެ ބަނދަރުން އެމަނިކުފާނަށް މަރުހަބާ ދެންނެވީ އިންޑިއާގެ ފޮރިން ސެކެރެޓަރީ ވިޖޭ ގޮކްހާލޭއާއި ޖޮއިންޓް ސެކެރެޓަރީ ޑިނޭޝް ކޭ ޕަތްނައިކް އެވެ.
ރައީސް ސޯލިހް މިއަދުގެ މެންދުރުގެ ވަގުތެއްގައި އިންޑިއާއަށް ވަޑައިގެންނެވުމަށް ދަތުރު ފެށްޓެވި އިރު އެމަނިކުފާނު ދަތުރުކުރެއްވި ހާއްސަ ފުލައިޓް މީގެ އިރުކޮޅެއް ކުރިން ވަނީ އިންޑިއާގެ ނިއުދިއްލީއަށް ޖައްސާފައެވެ.

މިއީ މިދިޔަ މަހުގެ 17 ވަނަ ދުވަހު ވެރިކަމާއި ހަވާލުވެ ވަޑައިގަތުމަށް ފަހު ރައީސް ޞޯލިހު އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ. އަދި މިއީ ވެރިކަމާއި ހަވާލުވެލެއްވުމަށް ފަހު ގައުމުން ބޭރަށް އެމަނިކުފާނު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.

ރައީސަށް ރަސްމީކޮށް މަރުހަބާ ދެންނެވުން އަދި މާދަމާ އިންޑިއާ ރައީސްގެ ގެކޮޅުގައި އޮންނާނެއެވެ.

ރައީސް ޞޯލިހުގެ ދަތުރުފުޅުގައި އިންޑިއާގެ ބޮޑު ވަޒީރު ނަަރެންދަރަ މޯދީ އާއި ބައްދަލުކުރައްވާ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ހަމަޖެހިފައިވެއެވެ. އަދި އެ ދަތުރުފުޅުގައި ދިވެހިންނަށް އިންޑިއާ ވިސާ ހޯދުމުގައި ލިބޭ ދަތިތަކަށް ހައްލެއް ހޯއްދެވުމުގެ ގޮތުން އެއްބަސްވުމެއްގައި ސޮއި ކުރައްވާނެ އެވެ.

ރައީސް ޞޯލިހުގެ މި ދަތުރުފުޅުގައި އިންޑިއާގެ ދިއްލީގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ރާއްޖޭގެ މާލީ ހާލަތު ރަނގަޅުކުރުމަށް ދަތުރުރުފުޅުގައި އިންޑިއާއިން އެހީތެރިވެދެއްވާނެކަމަށްވެސް ހަބަރުތައް ބުނެއެވެ. މި ދަތުރުފުޅަށް ދެގައުމުންވެސް ވަނީ ވަރަށް ބޮޑަށް ތައްޔާރުވެފައެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. ލަބީބު

    ދިވެހިން ހޭއަރަން ނުވޭތޯ؟ ދިވެހިރައްޖެ އަޅުވެތިވުމާ ކައިރީގައިވާއިރުވެސް ކަހާބިހި ހިރުވައިވެސް ނުލަނީތޯ؟ މިނިވަންކަމުގެ އަގު ވަޒަންކުރެވޭނީ އަޅުވެތިވީމާކަމަށްވާތީ ޓެސްޓްކޮށްލަން މަޑުކޮށްލަނީތޯ؟

  2. ހާމަ

    މިޚަބަރު އަސްލު އޮންނަން ޖެހޭނެ ގޮތަކީ " ރައީސް އިބޫގެ މިދަތުރުގައި އިންޑިޔާގެ އަޅުވެތިކަމުގެ ދަށަށް ދިވެހިން ގެންދިއުމާއިބެހޭ ގޮތުންނާއި ދިވެހިރާއްޖޭގެ ހުރިހާ ހަރުމުދަލާއި ރަށްތައް އިންޑިޔާގެ ވިޔަފާރިވެރިންނަށް ނުއަގުގައި ވިއްކާލައި ދަޢުލަތުގެ ބޮޑުންނަށް ފައިސާކޮޅެއް ލިބޭނެ ގޮތަކާއިމެދު މަޝްވަރާކުރާނެ" މިހެންނެވެ. މިއި ޙަޤީޤަތެވެ.
    އަނދުން އެޅުވޭނީ ޕާޓީ ކުދިންގެ ލޮލުގައެވެ. އަޅުގަނޑު ހަމައިގާ ތިބޭ މީހުންގެ ލޮލުގައި އަނދުންނޭޅުވޭނެއެވެ. މިތިބީ ބަލާށެވެ. ޖިހާދުކުރަން ނުކުންނާންޖެހިއްޖެނަމަ މިޤައުމުގެ މާލިއްޔަތާއި މުދަލާއި، ގައުމިއްޔަތާއި ދީނާއި މިނިވަންކަމުގައި ކުރަންޖެހުނު ކޮންމެ ކަމެއްވެސް ކުރާނަމެވެ.

  3. ހުސޭނުބޭ

    މަރުޙަބާދެންނެވިގޮތުން ޔަޤީންވަނީ ތިއީ އަދި އެމީހުންނަށް މުހިއްމު މީހެއް ނޫންހެން!

  4. ވަގު

    އައްޔަސް އަނދިރިޔަސް އޯކޭ ، ދިވެހިން މީ އެހެން ވީމާ އެކަހަލަ ގޮތެއް ވެދާނެ ދެން ތިބެން ވީ ބަލަން ތަ ؟؟؟؟