ދުނިޔޭގެ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑް, ހަ ވަނަ ފަހަރަށް ރާއްޖޭގެ ބަރޮސް މޯލްޑިވްސް އިން ހާސިލް ކޮށްފިއެެވެ.

ލިސްބަންގެ 'ޕަޓިއޯ ޑަ ގާލޭގައި' ބޭއްވި 2018 ވަނަ އަހަރުގެ ވޯލްޑް ޓްރެވަލް އެވޯޑްސް ގްރޭންޑް ފައިނަލް ގާލާގައި ބަރޮސް މޯލްޑިވްސް އަށް އެ އެވޯޑް ލިބުނީ ޓޫރިޒަމަށް މަޝްހޫރު އެތަކެއް ރިސޯޓަކާއި ވާދަކޮށް ކުރިހޯދައިގެންނެވެ.

ބަރޮސް މޯލްޑިވްސްއިން އެންމެ ފުރަތަމަ މި އެވޯޑް ހާސިލްކުރީ 2012 އަހަރުއެވެ. އަދި އޭގެ ފަހުން 2013، 2015، 2016 އަދި 2017ގެ އިތުރުން 2018 ވަނަ އަހަރު އެ ރިސޯޓުން މިވަނީ އެންމެ ރޮމޭންޓިކް ރިސޯޓުގެ އެވޯޑް ހޯދާފައެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އެންމެ 25 މިނެޓު ދުރުގައި އޮންނަ ބަރޮސް މޯލްޑިވްސް ރިސޯޓަކީ ރާއްޖޭގެ އެންމެ ފުރަތަމަ ޑައިވް ސެންޓަރު ވެސް ހުޅުވި ރިސޯޓެވެ. އަދި އެއީ ރާއްޖޭގައި އެންމެ ކުރިން ހެދި ތިން ރިސޯޓުގެ ތެރޭގައި ހިމެނޭ ރިސޯޓެކެވެ.

ބަރޮސް މޯލްޑިވްސް އަކީ މަތީ ފެންވަރުގެ ތިން ރެސްޓޯރަންޓާއި، ޝީޝާ ލައުންޖަކާއި ދެ ބާ އަކާއެކު ތަރައްގީކޮށްފައިވާ މަތީ ފެންވަރުގެ ރިސޯޓެކެވެ. ދުނިޔޭގެ ބޮޑެތި ވިޔަފާރިވެރިންނާއި ފިލްމީ ތަރިން ހަނީމޫން ހޭދަކޮށްލުމަށާއި ޗުށްޓީ ހޭދަކޮށްކުމަށް ވަރަށް ގިނައިން ބަރޮސްއަށް އައިސް އުޅޭކަން ފާހަގަކޮށްލެވެއެވެ.

ކިޔުންތެރިންގެ ހިޔާލު