މޯލްޑިވްސް މީޑިޔާ ކައުންސިލް (އެމްއެމްސީ)ގެ އިންތިހާބު އިއްޔެ ބާއްވާފައިވާ އިރު، އެ ކައުންސިލްގެ ރައީސަކަށް ހަފްތާ އޮންލައިންގެ ހިދާޔަތުﷲ އަދި ނައިބަކަށް ސަން މީޑިއާ ގްރޫޕްގެ އަހުމަދު އާޒިފް ހޮވައިފިއެވެ.

ހިދާޔަތުﷲއާއި އާޒިފް އެ މަގާމުތަކަށް ހޮވިފައި ވަނީ އިއްޔެ ހޮވުނު ކައުންސިލް މެމްބަރުންގެ ތެރޭގައި ނެގުނު ވޯޓަކުންނެވެ.

އިއްޔެ ކުރިއަށް ގެންދިޔަ މީޑިއާ ކައުންސިލްގެ އިންތިހާބުގައި އެކައުންސިލުގައި މީޑިއާތައް ތަމްސީލު ކުރާ އަށް މެންބަރުންގެ ތެރެއިން ހަތް މެންބަރުންގެ މަޤާމަށާއި އާއްމުން ތަމްސީލު ކުރާ ހަތް މެންބަރުންގެ މަޤާމަށް މީހުން އިންތިޚާބު ކޮށްފައިވެއެވެ.

ހޯމް މިނިސްޓްރީން އިއްޔެ ކުރިއަށް ގެންދިޔަ އިންތިހާބުގައި 95 މީޑިއާއަކުން ވޯޓު ދީފައިވާ އިރު، މީޑިޔާތައް ތަމްސީލު ކުރާ މެންބަރުންގެ ގޮތުގައި މީޑިޔާ ކައުންސިލަށް އިންތިޚާބުވެފައިވާ ފަރާތްތަކަކީ:

އަޙުމަދު އާޒިފް، ސަން މީޑިޔާ ގްރޫޕު: 89 ވޯޓު

ޝިފްޒާ މުސްތަފާ، ވީމީޑިޔާ: 86 ވޯޓު

އަޙުމަދު ޖަދުވާން، ޕަބްލިކް ސަރވިސް މީޑިޔާ: 83 ވޯޓު

އަޒްމީ އަލީ، މިދުވަސް އޮންލައިން: 82 ވޯޓު

ހިދާޔަތުﷲ، ހަފްތާ އޮންލައިން: 80 ވޯޓު

އަލީ އަހުސަން، ދިއިސްލާމް: 73 ވޯޓު

އަލީ ރިފްޝާން، ފެންވަރު އޮންލައިން: 70 ވޯޓު

މީޑިޔާތަކުގެ ފަރާތުން 12 މީހަކު މި އިންތިޚާބުގައި ވާދަކުރިއިރު، އާއްމުންގެ ފަރާތުން 14 މީހަކު ވާދަކޮށްފައިވެއެވެ.

މީޑިޔާ ކައުންސިލުގެ މެންބަރުންގެ ތެރެއިން އެއް މެންބަރު ފިޔަވައި އެހެން މެންބަރުންގެ ދައުރު ހަމަވެފައިވަނީ މިދިޔަ ބުދަ ދުވަހަށެވެ.

ކިޔުންތެރިންގެ ހިޔާލު