ވެރިރަށް މާލޭގައި ހަދަމުންދާ ހުރިހާ އިމާރާތްތަކެއްގެ ސަލާމަތީ ކަންކަން ހުރި ނެތް ގޮތް ބަލަން އަންގަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

ޓްވިޓަރ މެދުވެރިކޮށް ރައީސް ސޯލިހު ވިދާޅުވީ މި ތަންތަނުގެ ސަލާމަތީ ކަންކަން މިހާރު ހުރި ގޮތް ބަލަނީ، އެތަންތަނުގެ ސަލާމަތާއި ރައްކާތެރިކަން ވަރުގަދަ ކުރުމަށް އިތުރު ފިޔަވަޅުތައް އެޅުމުގެ ގޮތުންކަމަށެވެ. އަދި، މި ފިޔަވަޅުތައް އަޅަނީ އެތަންތަނުގައި މަސައްކަތް ކުރާ ފަރާތްތަކާއި އާއްމު ރައްޔިތުންގެ ސަލާމަތަށްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

މީގެއިތުރުންވެސް، ރައީސް ސޯލިހު ވިދާޅުވީ މިއަދު މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ސިމެންތި ބަސްތާއެއް ވެއްޓި ހިނގި ހާދިސާގައި ސީރިޔަސް ޒަޚަމްތަކެއް ލިބުނު އަންހެން ކުއްޖާގެ އާއިލާއަށް ހެޔޮ ދުޢާ ކުރައްވާކަމަށެވެ.

މިއަދު މެންދުރުކުރިން، މ. ނަލަހިޔާ ކައިރީގައި ހަދަމުން ދިޔަ އިމާރާތަކުން ވަނީ ސިމެންތި ބަސްތާއެއް ވެއްޓި ކުޑަ އަންހެން ކުއްޖަކަށް އަނިޔާވެފައެވެ. މިކަމުގެ ސަބަބުން އެކުއްޖާގެ އޮޕަރޭޝަނެއް ކޮށްފައިވާކަމަށް އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް އިން ބުނެފައިވެއެވެ.

ރައީސް ސޯލިހު މިހާރު ހުންނެވީ ފުރަމާނަ ދަތުރުފުޅެއްގައި އިންޑިޔާގައެވެ.

ކިޔުންތެރިންގެ ހިޔާލު

9 ކޮމެންޓް

  1. މާމައިން

    Very Urgent:
    Need B positive blood for todays child victim
    Pls contact 9169870

  2. އަހުމަދު

    ގަވާއިދާ އެއްގޮތައް އެއްވެސް މީހަކު ހުރިތޯ ބަލާލަ ބަލާށެވެ. އޭރުން ކަމެއް ދިމާ ވިއަސް މައްސަލަ ބަލާލެވޭނެއެވެ

  3. ޗިއްލޫ

    މާލޭގެ އެކަނިތޯ އިންސާނުން ދިރިއުޅެނީ؟؟ ތިޔައީ މާލޭގެ އެކަނި ރައީސެއްދޯ!

  4. އދ km

    ކޮމިޝަނެއްހައްދަވާ އަވަހަށް. އެހެންނޫނީ ޕާޓީ މީހުން ގަބޫލެއްނުކުރާނެ.

  5. ގުދޯޣުދޯ

    ކޯންޗެއް ފެންނާނީ؟ ތިޔާމީހުންނަށް ފެންނާނީ ޔާމީނުގެ ގޯސްކަމެއްނު؟

  6. عبدالله

    ބާރުދެރަ ނިކަމެތި ސަރުކާރެއް! ވެރިމީހާ ނުކުރާ ކަމެއް ކުރާނެ މީހަކު ނެތް!

  7. ގ

    އަޅުގަނޑުމެން އަމިއްލައަށް ހަލާކުގެތެރެއަށް
    ފުންމާލުމަށްޓަކާމިކުރާކަމަކީ ނާގާބިލްްމީހުން
    ޒިންމާދާރު މަގާމުތަކަށް ލުމެވެ މިހާރުންމިހާރަށް
    ވެސް ހުއްޓާލަންޖެހިފައި އޮތް ވަރަށްމުހިއްމު
    ކަމެކެވެ މާލެ ސިޓީކައުންސިލަކީ ކުރިއްސުރެވެސް ޒިއްމާ އަދާނުކުރާ މުއައްސަސާ
    އެކެވެ އެކަމާހެދި ރ ޔާމީންގެ ސަރުކާރަށް
    އެތައްބުރައެއް އުފުލަން ޖެހުނެވެ ރ ސޯލިހަށް
    އިލްތިމާސް ކުރަނީ މާލެ ސިޓީ ކައުންސިލް
    އުވާލަ ދެއްވުމަށެވެ

  8. ޔާމިން

    ފެލޭނެކަމެއްތިހުރީރާއްޖެވިއްކާލަންގޮސް

  9. އަސްލަމް

    ޗީ ރައީސްއެއްގެސިފަވެސްނެއް ޔާމިންގެވޯޓްކާލާގެންތިހުރީ