މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއެއްގެ ސަބަބުން ކުޑަކުއްޖަކު ޒަޚަމްވީ މައްސަލަ ބަލަމުން އަންނަކަމަށް މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފު ވިދާޅުވެއްޖެއެވެ.

މިނިސްޓަރ ޝިދާތާ މިހެން ވިދާޅުވީ މިއަދު ކުރެއްވި ޓްވީޓެއްގައެވެ.

މިނިސްޓަރގެ ޓްވީޓުގައި އިތުރަށް ވިދާޅުވީ ރައްކާތެރިވާން ޖެހޭ މިންވަރަށް ރައްކާތެރިވެފައި ނެތުމުގެ ސަބަބުން މިފަދަ ޙާދިސާއަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭ ކަމެއް ނޫންކަމުގައެވެ. އަދި، މިކަމާ ގުޅިގެން މިނިސްޓްރީގެ ފަރާތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާކަމަށްވެސް ވިދާޅުވުއެވެ.

ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖަކަށް އަނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި މާލޭގައި ހުރި މިފަދަ ހުރިހާ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރި ނެތް ގޮތް ބެލުމަށް އަންގަވާފައިވާކަމުގައެވެ.

މީގެއިތުރުންވެސް، މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މާލޭގައި އިމާރާތް ކުރުމުގެ ކަންކަން ހުއްޓުވާލާފައިވާކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

22 ކޮމެންޓް

  1. ސާބަސް

    ސިމެންތި ބަސްތާ ގޯސްވީ ކުޑަކުއްޖަކު ފަޅާލި ހޯރައިއްބެ މައްސަލަނެތީ ސިދާތާ ކޮށްމައްސަލަ އެއްވެސް މައްސަލަނެތީ ....

  2. ހޯރަ

    ހޯރައިއްބެ މައްސަލާގައި ސިދާތާ ހަނުހުރުންވެސް ބަލައިނުގަނެވޭ އިސްތިއުފާދީފަ އަވަހަށް ގެއައްދޭ ސިމެންތި ބަސްތާޔަކަށްވުރެ އިންސާނެއްގެ ކިބައިގައި އިންސާނިއްޔަތުކަމެއް ނެތުން މާގޯސް އަދި އެކަން ބަލައިނުގަނެވޭ ވީމާ ސިދާތާ އިސްތިއުފާދީ.....

  3. އަނގަ އައްޕަޗި ވަޒީރު

    ސިނެންތި ބަސްތާ ކުށްވެރި. ކުޑަކުދިންނާ ބެހުން އޯކޭ. ސާބަހޭ ކަލެއަށް. އަދިި އިތުރު އެއް ވަޒީރުކަންވެސް ކަލެއަށް ދޭންވީ.

  4. ގާސީ

    މައްސަލަ ބަލާ ނިމޭއިރު ގޯސްވާނީ ކުއްޖާ!! ޙުކުމް ކުރިޔަސް ކުއްޖާއަށް! މިޤައުމުގެ ހާލަތުމީ!

  5. އަނގަފޭގަނޑު

    ރަޢީސް ސޯލިހު ވިދާލުވެފައެއްނު އޮތީ މަސައްކަތް ކުރާ ހުރިހާ ސައިޓެއްގެ ސަލާމަތީ ކަންކަން ހުރިނެތް ގޮތް ބަލަން. ދެން ކަލޭ ނުޖެހެ އެއްނު އަކަމާ އުޅޭކަށް.

  6. އިބްތިހާލު

    ކުޑަކުއްޖަކާ ބެހުނަސް އޯކޭ. ބޮލަށް އެއްޗެއް ވެއްޓިއްޖެއްޔާ ބަލަންވާނެ ވެއްޓުނުތޯ. ރައީސް ނުބަލަން ބުނެފިއްޔާ ބެލޭކަން ނޯންނާނެ. އިބްތިހާލުގެ މަންމައަށް އިންސާފު ލިބޭނެބާ

  7. ޢަލް

    ދަރިޔަކު ދުނިޔެ ދޫކުރީމަ ކޮން ބެލުމެއް ދެން ބަލަންވީ

  8. އަފްލާ

    ޝިދާތާ ކުރިން އިބްތިހާލުގެމައްސަލަ ބަލާ ފިޔަވަޅު އެޅިނަމަ ގަބޫލު ކުރެވުނީސް އެވެސް ޒިންމާދާރު މަގާމެއްގަ ހުރެ ކަލޭ ހެދި ގޯހެއް ކަލޭގެ ފަހަރިއެއްގެ ހައިސިއްޔަތުން މިބުނެލީ

  9. އަހަންމާ

    ސިދާތާ މު... ކިޔާބަލަ. ކޮބާތަ ބާރުތައްދިން ޝިފަާ. ތީގަ ޒިންމާނަގަންޖެހޭނެ.

  10. ޔާމިން

    ބަލާނުގަނެވޭކިޔާފާއަގަފެތުރީމަނިމުނީދޯ އެއެއްގޮސްެއިންޑިއާއައްރާއްޖެވިއްކާލަނީ މިހިރިބޮޑުމޮޔައާ

  11. ޖޫން

    ޕޭމަންޓްމަތީގަ އިން ބޯޑަށް ސަމާލުވިނަމަ މިކަހަލަ ހިތާމަވެރި ހާދިސާ ތަކުން ރއްކާތެރި ވެނުނީސް

  12. ޔާމިން

    އެހެންތަ އިބްހާލްގެމައްސަލަނުބެލިކަލޭގެދޯމީ ވާވާދައްމާރި

  13. ޔާމިން

    މިދަޅިވަޅުގާއެކަލޭގެއެހެރީރާއްޖެވިއްކާލަންގޮސް ދެންއައްޖަހާ

  14. ޔާމިން

    ކޮބާމާލެސިޓީދައްމާރިތައް

  15. ޙަސަން

    ތިޔައީ ޝިދާތާގެ އެކުވެރި އަނާރާ ނަޢީމުގެ ފިރިމީހާގެ ކުންފުނީގެ މައްސަލައެއް. އިހަކަށް ދުވަހު އަހަރެމެންގެއާ ޖެހިގެން ހުރި ގޭގެ މަތިން އަހަރެމެންގޭ ވައިގޮޅިއަށް މަރުތޭލައެއް ވައްޓާލައި، ވައިގޮޅީގައި ހުރި ފެން އިސްކުރެއް ބިންދާލައިފި. 2 ގަޑިއިރު ވަންދެން ފެން ފޭބި ފަހުން އަހަރެމެންނަށް އެކަމުން ސަލާމަތްވެވުނީ.
    އެ ދިމާގައި ދާ ނުޖަހާ މަސައްކަތް ކުރަނީ. އިހަކަށްރޭ އެގޭ ޝީޓް އަޅާފައި ސިމެންތި ހޭކިފައި ހުރި ހުރިހާ އެއްޗެހި ދޮވުނީ މަގުމަތީ ކާނު ތެރެއަށް. ހަމަ އެ ކުންފުނީގެ މީހުން.

  16. އަސްލަމް

    ކުއްޖާގެ2ފާބިދި އެތެރޭގެބައެއްގުނަވަންތައްހަލާކްސީރިއަސްހާލަތެއްގާއޮތީ

  17. ސުނީތާ

    ޒިންމާނަގަންޖެހެނީ ކުއްޖާގެމަންމަ ކީއްކުރަންމާލެއައީ

  18. ދވހރ

    އެންމެފުރަތަމަ ފިޔަވަޅެއްގެ ގޮތުން ސުޓީކައުންސިލް އުވާލާށެވެ އެއްއަށްފަހު ތަހްގީގު
    ހިންގިމަށް ގޮވާލަން ތިކަހަލަ ޒިއްމާދާރުކަންކުޑަ
    އަމަލް ބަލައެއްނުގސމްނާނަމެވެ

  19. ޢަލީ ހަމީދު

    މޭޔަރުގެ އިހުމާލް..

  20. ހުސޭނުބޭ

    ފޮޓޯ ބަލައިލާފައި ހީވަނީ ސިދާތާ ކުޑަކުދިން ބިރުގަންނަވަން އުޅޭހެން!

  21. ނަރުކެނޑި

    ތިޔަ ޖެންޑަރ މިނިސްޓްރީގައި ތިބި މުޥައްޒަފުން ވަނީ ފެއިލް ވެފައި ނިކަމެތި ރައްޔިތަކަށް ލާހިކެއްނޫން އެތަނުން ޚިދުމަތެއް ހޯދާކަށް އަޅުގަނޑު މީގެ މަސްދުވަސް ކުރިންސުރެ ތިޔަ މިނިސްޓްރީއަކަށް ސިޓީއެއް ލައިގެން ޖަވާބެއް ލިބެނީކީނޫން މައްސަލަ ހައްލުވަނީކީނޫން ނުވިތާކަށް ޖަވަބުދާރީ ވެލެވޭވަރު މީހަކާވެސް ދިމާވަނީކީ ނޫން..

  22. ނުރަބޯ

    ސިދާތާގެ އިހުމާލުން ކުޑަކުއްޖަކު ނިޔާވިނިޔާވުން ބަލައެއްނުގަނެވޭނެ. އެ މައްސަލަ ބަލަންކެރޭނެތަ....؟