މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހި، އަނިޔާވި ބަންގްލަދޭޝް އަންހެން ކުއްޖާގެ އާއިލާއާ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފު ބައްދަލު ކުރައްވައިފިއެވެ.

މިނިސްޓަރު މަހުލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނިޔާވި ކުއްޖާގެ އާއިލާއަށް ދާދި ދެންމެއަކު ޒިޔާރަތް ކުރި ކަމަށާއި، ކުއްޖާއަށް އަވަޝް ޝިފާއަކަށް އެދި ހުރިހާ ބޭފުޅުންވެސް ކޮށްދުމަށެވެ. އަދި ކުއްޖާގެ އާއިލާއިން ނުހަނު ހިތާމާގައި ތިބުމަކީ ވަރަށް ދެރަވެވަޑައިގަންނަވާ ކަމެއް ކަމަށްވެސް މަހުލޫފުގެ ޓްވީޓުގައި ވިދާޅުވިއެވެ.

ދެންމެ ކުރެއްވި ޓްވީޓްގެ ކުރިންވެސް މަހުލޫފް ވަނީ ސިމެންތި ބަސްތާ ވެއްޓުމުގެ ހާދިސާއާ ގުޅުވައިގެން ޓްވީޓެއް ކޮށްފައެވެ. އެ ޓްވީޓްގައި ވިދާޅުވީ މިއަދުގެ ހާދިސާ ހިނގި ގޮތް ހޯދާ، ފިޔަވަޅު އަޅަން ޖެހޭ ކަމަށާއި، އެފަދަ ކަންކަމަކީ އެއްވެސް ވަރަކަށް އަޅާނުލާ ދޫކޮށްލެވިގެންވާނެ ކަންތައްތައް ނޫން ކަމަށެވެ. އަދި މިއަދު ހިނގާދިޔަ ހާދިސާ ސަރުކާރުން ވަރަށް ބޮޑު ސަމާލު ކަމެއް ދީގެން ބަލާނެ ކަމަށްވެސް މަހުލޫފު ވިދާޅުވިއެވެ.

ސިމެންތި ބަސްތާއެއް ވެއްޓި ބަންގްލަދޭޝްގެ ކުޑަކުއްޖަކަށް އަނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހު ވިދާޅުވީ މިފަދަ ކަންކަން ހުއްޓުވުމަށްޓަކައި މާލޭގައި ހުރި މިފަދަ ހުރިހާ ކޮންސްޓްރަކްޝަން ސައިޓުތަކުގެ ސަލާމަތީ ކަންކަން ހުރި ނެތް ގޮތް ބެލުމަށް އަންގަވާފައިވާކަމުގައެވެ.

މީގެއިތުރުންވެސް، މިކަމާ ގުޅިގެން މާލޭ ސިޓީ ކައުންސިލުން ބުނެފައިވަނީ މާލޭގައި އިމާރާތް ކުރުމުގެ ކަންކަން ހުއްޓުވާލާފައިވާކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

7 ކޮމެންޓް

  1. މަހޭކަލޯ

    ކޮންމެހެން ބައްދަލުކޮށްފަ އަދި ޓުވިޓަރގަ ތިމަންނަ މި އައީ ބައްދަލުކޮށްފައޭ ބުނަންޖެހޭތަ ކޮންމެހެން. މަހުލޫފުގެ ނިޔަތާމެދު ޝައްކު އުފެދޭ. ހެވެން އެދިގެން ދާ މީހާ ނުކިޔާނެ އެ ހުރިހާ އެއްޗެއް. އެހެން ނޫނަސް އެކަމާ ގުޅޭގޮތުން ސަރުކާރުގެ ފަރާތުން މައުލޫމާތު ހިއްސާކުރާނެ މީހުން ތިބޭނެ އެކަމަކާ ރިލޭޓްވާ. ސަމާލުކަން ހޯދަން ޑެސްޕަރޭޓްވިޔަސް ބޮޑުވަރު.

  2. ޅިޔަން

    ކަމާ ބެހޭ ވަޒީރެއް ނުވިދޯ އެތަނަށް ދާނެ؟ މުޅިންވެސް ކަމާނުބެޙޭ މީހުން މެޑަލް ޖަހަން ދުވެ މި ނަގަނީ.

  3. ގލޅ

    އަނިޔާވި ކުއްޖާގެ ބެލެނިވެރިންނާ ބައްދަލިކިުމަކުން ނުފުދޭ ރައްޔިތުންގެ ސަލާމަތާއި
    ރައްކާތެރިކަން ފޯރުކޮށްނުދެވޭނަމަ އަވަހަށް
    އިސްތިއުފާ ދޭށެވެ

  4. ބޮލި މުލައް

    އަޅެ ތީ ހެލްތް މިނިސްޓަރ ތަ؟

  5. ހެހެ

    އޯލްއިން ވަން މިނިސޓަރ..އަޅޭ މަހުލޫފު ނޫނީ މިނސްޓަރެއް ނެތީތާ؟

  6. Anonymous

    ދެން މިތަންވަޅުގަވެސް އެއާއިލާ އައް ބޭނުންވާ ޕްރައިވެސީ ނުދީ ސިޔާސީ މަންފާ ހޯދަން މަސައްކަތް ކުރާތި. މި މަހްލޫފް އާ ބުރެ ދެން ރާއްޖެ އައް ސެލެބްރިޓީ އަކަށްވެސް ނާދެވޭނެ. މީނަ ދާން ޖެހޭނެ އެމީހަކާ އެކު ފޮޓޯ ނަގަން. މީނަޔަށް ނޭނގޭ ދައުލަތު ގެ ވަޒީރަކު ނޫނޫ މަޖިލިސް މެމްބަރަކު އެހެން އުޅުމު ް ދައުލަތު ގެ ހައިބަތާ ގަދަރަށް އުނިކަން ލިބި އަގު ވެއްޓޭ ކަން

  7. ސަލަސާ

    ދެން މިތަންވަޅުގަވެސް އެއާއިލާ އައް ބޭނުންވާ ޕްރައިވެސީ ނުދީ ސިޔާސީ މަންފާ ހޯދަން މަސައްކަތް ކުރާތި. މި މަހްލޫފް އާ ބުރެ ދެން ރާއްޖެ އައް ސެލެބްރިޓީ އަކަށްވެސް ނާދެވޭނެ. މީނަ ދާން ޖެހޭނެ އެމީހަކާ އެކު ފޮޓޯ ނަގަން. މީނަޔަށް ނޭނގޭ ދައުލަތު ގެ ވަޒީރަކު ނޫނޫ މަޖިލިސް މެމްބަރަކު އެހެން އުޅުމު ް ދައުލަތު ގެ ހައިބަތާ ގަދަރަށް އުނިކަން ލިބި އަގު ވެއްޓޭ ކަން