މާލޭގެ ކޮންސްޓްރަކްޝަން ސައިޓަކުން ވެއްޓުނު ސިމެންތި ބަސްތާއަކުން ޖެހިގެން އަނިޔާވެގެން ފަރުވާ ދެމުންދިޔަ ބަންގްލަދޭޝްގެ އަންހެން ކުއްޖާ ދާދި ދެންމެއަކު ނިޔާވެއްޖެއެވެ.

އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އުމުރުން، 7 އަހަރުގެ ބަންގްލަދޭޝްއަށް ނިސްބަތްވާ، އެ އަންހެން ކުއްޖާ ނިޔާވިކަން އައިޖީއެމްއެޗްއިން ވަނީ ކަށަވަރު ކޮއްދީފައެވެ.

މި ކުއްޖާގެ ބޮލަށް ސިމެންތި ބަސްތާއެއް ވެއްޓިފައިވަނީ މ. ނަލަހިޔާ ކައިރީގައި ހަދަމުން ދިޔަ އިމާރާތެއްގެ މަތިންނެވެ. އެސަރަޙައްދުގެ ތިރިން ކުއްޖާގެ މަންމައާއެކު ހިނގާފައި ދަނިކޮށް މިކަން ހިނގާފައިވާއިރު، އެމަންޒަރު ފެންނަ ސީސީޓީވީ ފޫޓޭޖެއް އާއްމުވެފައިވެއެވެ.

އެމަޖެންސީގައި މި ކުއްޖާ ގެންގޮސް އެންމެ ފުރަތަމަ ފަރުވާ ދެމުން ގެންދިޔައީ އައިޖީއެމްއެޗްގެ އެމަޖެންސީ ރޫމުގައެވެ. އިއްޔެ ދުވާލުގެ ވަގުތުގައި ކުއްޖާގެ އޮޕަރޭޝަނެއް ކޮށްފައިވެއެވެ. ހަ ގަޑިއިރަށް ދެމިގެންދާ އޮޕަރޭޝަނެއް ކުރިއިރު، އޮޕަރޭޝަންގެ ފަހުންވެސް ކުއްޖާގެ ހާލު ކްރިޓިކަލް ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އޭގެފަހުން ރޭ ދަންވަރުގެ ވަގުތުގައިވެސް ވަނީ ކުއްޖާގެ އިތުރު އޮޕަރޭޝަނެއް ކޮށްފައެވެ. އެހެންނަމަވެސް، މި އޮޕަރޭޝަނަށްފަހުވެސް ކުއްޖާގެ ހާލު ރަނގަޅުވަމުން އައިސްފައި ނުވެއެވެ.

މި ކުއްޖާއަކީ ރާއްޖޭގައި މަސައްކަތް ކުރާ ބަންގްލަދޭޝްގެ އަންހެން ޑޮކްޓަރެއްގެ ދަރިއެކެވެ. ޗުއްޓީއަށް ރާއްޖެ އައިސް އުޅެނިކޮށް މިކަން ހިނގާފައިވާއިރު، ކުއްޖާގެ އާއިލާގެ އެހެން މީހުންވެސް ތިބީ ރާއްޖޭގައިކަމަށް މައުލޫމާތު ލިބެއެވެ.

މި ނުރައްކާތެރި ޙާދިސާއާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސޯލިހުވަނީ، ރާއްޖޭގެ ހުރިހާ ކޮންސްޓްރަކްޝަން ސައިޓުތަކެއްގެ ސަލާމަތީ ކަންކަން ހުރި ނެތްގޮތް ބަލާ ވަޒަންކުރުމަށް އަންގަވާފައެވެ. އަދި، ނައިބު ރައީސް ފައިސަލް ނަސީމް ވަނީ ކުއްޖާގެ އާއިލާއާ ރޭ ބައްދަލު ކުރައްވާފައެވެ.

މީގެއިތުރުން، މިކަމާ ގުޅިގެން ފުލުހުން ބުނެފައިވަނީ ސީރިޔަސް މައްސަލައެއްގެ ގޮތުގައި މިކަން ބަލަމުން އަންނަކަމަށެވެ. ހަމައެހެންމެ، މިނިސްޓަރ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސް، ޝިދާތާ ޝަރީފުވެސް ވިދާޅުވެފައިވަނީ މިކަން ހިނގާދިޔަ ގޮތް ބަލަމުން އަންނަކަމުގައެވެ.

ހަމައެހެންމެ، މާލޭ ސިޓީ ކައުންސިލް އިން ބުނެފައިވަނީ ޑަބްލިޔު ކޮންސްޓްރަކްޝަން ކުންފުނިން ހަދަމުން ދިޔަ މި އިމާރާތް ހެދުމަށް ބޭނުންވާ ހުއްދަތައް ނަގާފައި ނުވާކަމުގައެވެ. އެހެންނަމަވެސް، އެކުންފުނިން މިކަން ދޮގުކޮށް ބުނެފައިވަނީ އެކުންފުނިން މަސައްކަތް ކުރަމުން ދިޔައީ ނަގަން ޖެހޭ ހުރިހާ ހުއްދަތަކެއްވެސް ނަގައިގެންކަމުގައެވެ.

ކިޔުންތެރިންގެ ހިޔާލު

34 ކޮމެންޓް

  1. ނުރަބޯ

    ވަރަށްދެރަ ޚަބަރެއް. އާއިލާއަށް ކެތްތެރިކަން ދެއްވާށި.

  2. މަ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  3. Anonymous

    އިންނާލިއްލާހި ވައިންނާ އިލަހި ރާޖިއޫން

  4. ކިޔުންތެރިޔާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعُونَ

  5. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ * ކުއްޖާއަށް ސުވަރުގެ މިންވަރުކުރައްވާ، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރައްވާށި.. އާމީން

  6. ބަލްގީސް

    އިންނާ ލިއްލާހި ވައިންނާ އިލައިހި ރާޖިޢޫން

  7. Anonymous

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  8. Anonymous

    މަގެޭ ހިތްފަޅައިގެންދާވަރުވެއްޖެ.އެކުއްޖާގެ ފުރާނައަށް ހެޔޮރަހުމަތް ލައްވާށި.. އާމީން.?

  9. ޝުއިދަަަ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  10. ސަަައިދު

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  11. 3ނިރު

    މިސަރުކާރު ތިކަމުގެ ޒިންމާ ނަގަން ޖެހޭނެ ސަބަބަކީ ގަވައިދާޚިލާފަށް ކަންކަންކުރާއިރު ސަރުކާރަށް ނުބެލޭކަމެ

    • ނާނު

      ޢެކަމުގެ ޒިންމާ ޝިފާ ވަނީ ނިމުނު ސަރުކާރުގަ އަޅުވާފަ ގޯސްކޮއް ކަމެއް ވެއްޖެތަ އެކަމެއް ޔާމީނު ސަރުކާރަށް

  12. ނޭމް

    ހިތާމާގެ ކޮޅެއް ނެތް. މިކަން ހަނދާން ނައްތާލާނެ ދައުލަތުން ހަފްތާއެއް ވާނީ. ޑަބުލިއު ކޮންސްޓްރަކުޝަން އުވާލާ.

  13. ސެލް

    އެމް.ޑީ.ޕީ ލޮޖިކް. އިބޫ ގެ ސަރުކާރަށް 1މަސް ، 1މަރު

  14. ޢައިބާ

    މީހަކު މަރުވެ ނުވަތަ ނުކުޅެދޭ ހާލަތަށް ދިއުމުން ސަމާލުކަން ދިނުން ، މިއީ އަބަދުވެސް މިގައުގެ ހާލަތ

  15. ފަޔާޒް

    إنّا لله وإنّا إليه راجعون

  16. މުސްތަޕާ

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعون

  17. ހަފްސާ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ
    ހާދަހާވާ ހިތާމަވެރި ހާދިސާއެކޭ. ޢެކުއްޖާގެ އާއިލާއަށް ކެއްތެރިކަން ދެއްވާށި. އާމީން

  18. Ach

    ?????

  19. ވަހީދު

    إنالله وإنا إليه راجعون

  20. ތަކުރު

    ‎إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ

  21. ރާޅު ބޯއީ

    މި ސަރުކާރުގެ މިފަދަ 2 ވަނަ މަރު

  22. ސޭފްޓީ

    ކުއްޖާގެ ފުރާނަފުޅަށް ހެޔޮރަހުމަތް ލައްވާށި
    ހަމަ އެކަނި މާލެ އެއް ނޫން ރާއްޖޭގެ ހުރިހާ ކަންކޮޅަކަށްވެސް ނަޒަރު ހިންގަން ޖެހޭ.

    • ?

      ޔާﷲ އާމީން

  23. Anonymous

    إِنَّا للهِ وَإِنَّـا إِلَيْهِ رَاجِعونَ މަރުޙޫމު މައުސޫމު ކުއްޖާއަށް ﷲ ރަޙުމަތް ލައްވައި އާއިލާއަށް ކެތްތެރިކަން ދެއްވާށި އާމީން

  24. އެއްމެން

    ތިޔައީ މައާފުކުރެވޭވަރަށްވުރެ ބޮޑުކުށެއް. ކޮންޓްރަކްޓަރު މަރުގެދިޔަ ދޭންޖެހޭނެ. މަސައްކަތުގައި އިހުމާލުވިމީހުންނަށް އަދަބުލިބެންޖެހޭނެ. މަރުގެ ޒިންމާ ނަގަން ޖެހޭނެ.

  25. ހޭލާ..

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

    ހަމަ މިއާއެކު ބުނެލަން ބޭނުމީ ތިޔަ ކަންތަކުގެ ޒިންމާ ހަމައެކަނި ކުންފުނީގެ ބޮލުގައި އަޅުވާފައި ބާކީ ތިބި މީހުން މިންޖު ނުވެވޭނެޔޭ، ތިޔަކަމުގެ ޒިންމާ އުފުލަން ހުރި ދައުލަތުގެ ހުރިހާ މުއައްސަސާ އަކުން ތިޔަ ކަމުގެ ޒިންންމާ އުފުލަން ޖެހޭނެ. ކަމެއްވީމަކާނޫން ތެޅިގަންނަންވީކީ، ކަންތައް ބޮއްސުން ލައިގެން ގޮސް ހައްދުން ނެއްޓިފައި، މާދަމާނޫންކަންނޭނގޭ ބެލްކަނިން ގަސްމުށިގަނޑެއް މީހެއްގެ ބޮލަށްވެޓޭނީ..

  26. އައިޝް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  27. ނާޔިލް

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  28. އަޅުގަނޑު މަޅުގަނޑު

    އިއްނާ ލިއްލާހި ވައިއްނާ އިލައިހި ރާޖިއޫން.
    ހުއްދަ ނެގީމަ އެނިމުނީ އެއްނޫން. ސޭފްޓީ ސްޓޭންޑާޑް ރަނގަޅަށް އިމްލިމެންޓްކޮށް އެއާ އެއްގޮތަށް އަމަލު ކުރުން މުހިއްމީ.

  29. ޕާޓޭ ގެ ޑެޑީ

    إِنَّا لِلّهِ وَإِنَّـا إِلَيْهِ رَاجِعونَ

  30. އަމާނު

    އިބޫގެ 100 ދުވަހުން އެއް މަރު ހުރިހިތާމައެއްގެ ބޮޑުކަމާއޭ!!!

  31. އިންސާނާ

    ކޮބާ އަނާރާ ނައީމު ކުންފުނީގެ ފަރާތުން ބަހެއް ވިދާޅުނުވެ ތިޔައިންނަވާނީ ކީއްވެތޯ؟

  32. ޒަޔާނު

    އިންނާލިއްލާހި ވައިންނާ އިލައިހި ރާޖިއޫން