ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގެ މަގާމަށް ގދ. ވާދޫ، މައިފޫނާގޭ، އަހުމަދު ސައީދު މުހައްމަދު މިއަދު އައްޔަން ކުރައްވައިފިއެވެ.

ފެނަކަ އެމްޑީގެ މަގާމަށް ސައީދު އައްޔަން ކުރައްވާފައި ވަނީ ކުރިން އެ މަގާމުގައި ހުރި މުހައްމަދު ލަމާންގެ ބަދަލުގައެވެ. ލަމާންއަކީ ރައީސް ޔާމީންގެ ސަރުކާރުން ފެނަކައިގެން އެމްޑީ ކަމަށް އައްޔަންކޮށްފައިވާ ބޭފުޅެކެވެ. ލަމާން ފެނަކައިގެ އެމްޑީ ކަމަށް ހަމަޖައްސަވާފައި ވަނީ ސެޕްޓެންބަރު މަހުގައެވެ.

ލަމާންގެ ކުރިން ފެނަކައިގެ އެމްޑީއަކަށް ހުންނެވީ މިހާރު އިލެކްޝަންސް ކޮމިޝަންގެ ރައީސް، އަހުމަދު ޝަރީފެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ދަނީ އެކިއެކި ވުޒާރާތަކަށް ސްޓޭޓް މިނިސްޓަރުންނާއި، ޑެޕިއުޓީ މިނިސްޓަރުން ފެންވަރުގައިވެސް ބޭފުޅުން އައްޔަން ކުރަމުންނެވެ. އަދި ސަރުކާރު ކުންފުނިތަކަށްވެސް އަންނަނީ ބޭފުޅުން އައްޔަން ކުރައްވަމުންނެވެ.

ކިޔުންތެރިންގެ ހިޔާލު

4 ކޮމެންޓް

  1. އިބުރާ

    ނ.ރީޖަންގެ ފާއިޒު ބޭރުކުރޭ.

  2. ރާމިޒާ

    މަ ހީކުރީ ކަންމަތީގެ އާޕު ކަމަށް

  3. ޒުވާނެއް

    ފެނަކަ ސްޓާފުންގެ މުސާރަ އަށް ހެޔޮ ބަދަލް ތަކެއް އަންނާނެ ކަމަށް އުންމީދު ކުރަން.

  4. ޝާން

    މީ މަލަރުވެރި ދޮގުހަދާ އޮޅުވާލާގެން ވާދޫ ރައްޔިދުން ހައްދާގެން އުޅޭ މަކަރުވެރިޔެއް ބައެެއްކުންފުނިތަކައް މަކަރުހއދާގެން ބޮޑެތި މައްސަލަ ތައް ހުރި މުޖިރިމެއް ތީ މިސަރުކާރް ހުރި ބޮޑު ހުތުރެއް ތީ ކޮންމެވެސް އެހެން މީހަކު ތިތަނައް ލާން ފެނޭ